ޚަބަރު / ވަޒީފާ

ރާއްޖެއިން ވަޒީފާ ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލި ދެ މީހަކު އިންޑިއާގައި ހައްޔަރުކޮށްފި

އިންޑިއާ މީހަކަށް ރާއްޖެ އިން ވަޒީފާ ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލިކަމުގެ ތުހުމަތުގައި ދެ މީހަކު އިންޑިއާއިން ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ހައްޔަރުކުރީ އުމުރުން 37 އަހަރުގެ މުހައްމަދު ޒީޝާން އަލީ އާއި 27 އަހަރުގެ ޝާރިގް އަހުމަދެވެ. އެކަމަކު އެއީ ކޮން ގައުމެއްގެ ބައެއް ކަމެއް ބުނެފައެއްނުވެ އެވެ.

ދިވެހިން ބޭނުންކުރާ ނަންތަކާ އެއްގޮތް ކަމެއް ހުއްޓަސް ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ އިންޑިއާގައި އެކަހަލަ ތުހުމަތެއްގައި ދިވެހިންގެ ބަޔަކު ހައްޔަރުކުރިކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

ދެ މީހުން ހައްޔަރުކުރީ ޓެމިލްނާޑޫގެ ރައްޔިތެއް ކަމަށްވާ ޕަޝީރު މުހައްމަދު އަލީ އަށް ރާއްޖެއިން ވަޒީފާ ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން އޭނާ އަތުން ފައިސާ ވެސް އަތުލާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި ޒީޝާނަކީ ކުންފުންޏެއްގެ މަސްއޫލުވެރިއެއް ކަމަށް ބުނެ 400،000 ރުޕީސް (ގާތްގަނޑަކަށް 100،000ރ) ވަނީ ނަގާފަ އެވެ.

ވަގު ވޯކް ޕާމިޓާއި ވިސާ ފަދަ ތަކެތި އެ މީހުން އުފައްދާފައިވާ ކަމަށް ވެސް އިންޑިއާ ފުލުހުން ބުނެ އެވެ.

ޓޫރިޒަމް ދާއިރާ އިން ތަމްރީން ހޯދުމުގެ ނަމުގައި އިންޑިއާގެ ދަރިވަރުންތަކެއް ރާއްޖެ ގެނެސް ހާލުގައި ޖެހުނު މައްސަލައެއް ވެސް މި ފަހުން ކުރިމަތިވެ، އިންޑިއާގެ މީޑިއާގައި އެ ވާހަކަ ލިއުނެވެ.

3 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 24%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަާކު ބުނީ ކީކޭ

25 October 2017

ބަރާބަރު. ޝުކުރިއްޔާ މޯދީ!!!!!

The name is already taken The name is available. Register?

ރަބަރު

25 October 2017

މިގައުމުގެ މީހުންގެތެރެއިންވެސް ވަރަށް ގިނަބަޔަކު ފައިސާހޯދުމަށްޓަކައި ކޮށްފަ ނުކުރާކަށް ކަމެއް ނެތެވެ.

The name is already taken The name is available. Register?

ޔާމިން

25 October 2017

ވ ދެރަކަމެއް .

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454