"ތައްޔާރު" ގެ ނަމުގައި މާލޭގެ އަލިމަސް ކާނިވާ ސަރަހައްދުގައި ޕީޕީއެމުން އެންމެ ފަހުން ބޭއްވި ޖަލްސާ ނިންމާލެއްވުމަށް ފަހު ޖަލްސާގެ ބައިވެރިންނާއި ރައީސް ޔާމީން ސަލާމް ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
26 އޮކްޓޯބަރ 2017 - 17:51
ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވުމަށް ޕީޕީއެމުން ނިންމައިފި އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާންކުރި ގޮތުގައި އަންނަ ހޯމަ ދުވަހުން ފެށިގެން އަންނަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް މާލޭގެ އިތުރުން އެހެން ތިން ރަށެއްގައި އެ ޕާޓީގެ ބޮޑު ޖަލްސާތަކެއް ބާއްވާނެ އެވެ.
މި ސިލްސިލާގެ ދަށުން ފުރަތަމަ ޖަލްސާ ބާއްވަނީ އަންނަ ހޯމަ ދުވަހުގެ ރޭ ދ. ކުޑަހުވަދޫގަ އެވެ. ދެވަނަ ޖަލްސާ، އަންގާރަ ދުވަހުގެ ރޭ ފ. ނިލަންދޫގައި އަދި އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ރޭ ޕީޕީއެމްގެ ބޮޑު ޖަލްސާއެއް މާލޭގައި ބާއްވާނެ އެވެ. އަދި އަންނަ މަހުގެ 12 ވަނަ ދުވަހުގެ ރޭ ހދ. ކުޅުދުއްފުށީގައި ވެސް، ޕީޕީއެމްގެ މުޝްތަޝާރު ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާއެއް އޮންނާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
"ތައްޔާރު" ގެ ނަމުގައި އަލިމަސް ކާނިވާ ސަރަހައްދުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ނިންމާލެއްވުމަށްފަހު އެމްޑީއޭގެ ލީޑަރު ޝިޔާމާއި ސަލާންކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަންނަވަނީ އެ ރަށުގެ ކުޅި ހިއްކައިގެން އަޅާ އެއާޕޯޓުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށެވެ.
"އަސްތާ" ގެ ނަމުގައި ޕީޕީއެމުން މާލޭގައި ބާއްވާ ޖަލްސާ ހާއްސަކޮށްފައި ވަނީ ނޮވެމްބަރު ތިން ވަނަ ދުވަހު ފާހަގަ ކުރާ ނަސްރުގެ ދުވަހަށެވެ.
ޕީޕީއެމުން ބުނީ މިހާތަނަށް ސިޔާސީ އެންމެ ބޮޑެތި ޖަލްސާތައް ބާއްވާފައިވަނީ އެ ޕާޓީން ކަމަށާއި އެހެންވެ، މި ޖަލްސާތަކުގައި ވެސް ކުރިއެކޭ އެއްގޮތަށް ގިނަ ބަޔަކު ބައިވެރިވާނެ ކަމަށެވެ. އަދި މިއިން އެއްވެސް ޖަލްސާއެއްގައި މީހުން ބައިވެރިވާން އެ ޕާޓީން މަޖުބޫރު ނުކުރާނެ ކަމަށާއި ކުރީގެ ޖަލްސާތަކުގައި ވެސް މީހުން ބައިވެރިވެފައިވަނީ އެ މީހުންގެ އަމިއްލަ އިހްތިޔާރުގައި ކަމަށް އެ ޕާޓީން ބުންޏެވެ.
ރައީސް ޔާމީން ވަނީ ދާދި ފަހުން ރ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން، އެ ރަށްރަށުގެ މީހުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް ވެސް ވަނީ ދާދި ފަހުން އައްޑު އަށް ވަޑައިގެން ރައީސް ޔާމީނަށް ކެމްޕެއިން ކޮށްދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާމަގޭ ބަޖެޓު
29 October 2017
މިއަށް ކިޔަނީ ވެންމަސް ވެނަށްކާންދިނުން....ރައްޔިތުންގެ ލާރީގައި ކެމްޕެއިންކޮށް އެތައްފައިސާއެއް އިސްރާފުކުރާއިރު ދައުލަތާއި ކުންފުނިތަކުގެ މުވައްޒިފުންގެ މުސާރަ ކަނޑަނީ...ސަރުކާރުން ފައިސާދޭންޖެހޭ މަސައަކަތްތެރިންނަކަށް ފައިސާއެއް ނުދެވޭ...އެކިނަންނަމުގައި ނާޗަރަގީ ކުޅެން ކެމްޕޭނަށް ފައިސާތަޅާ ބާލަނީ...ދެންގޮސް ކިޔާނެކަމެއްނެތް. ހަމަ މަދީ ނަގުލަކާ ދެދަޅު.
ޖުމާނާ
27 October 2017
މިދެން ކަންތައް ޖެހުނީ... މި އިން ކޮންމެ ޖަލްސައަކަށް ދެންޖެހޭނެ ދާން... ނޫނީ ވަޒީފާގެ ބިރު ދައްކާނީ. މިނޫން ދުވަހެއް ދައްކަވާނީ ކޮން ދުވަހަކުންބާ؟
ޙޯޙޯ
27 October 2017
މަނިކުފާނު ހއދިއްދޫ އައް އަންނާނި ކޮން ދުވަހަކުަންތޯ މެޑަމް ފޮނުވިޔަކަސް ނުވާނެ މިކަމެއް
ނިލަންދޫ
27 October 2017
ހޮހޯ މިރަށަށް ވެސް އިންޓަރ ނޭޝަނަލް އެއަރޕޯޓެއް ލިބުނީތި....ޔޭޔޭޔޭ
ޝުކުރިއްޔާ
27 October 2017
ދަނޑިވަޅުގެ ބޭނުން ކޮށްގެން ކައިރީގާ އުޅޭ މީހުން ތަށް ފައިދާ ނަގަނީ އެވެ.އަހަރެމެން ފައިދާ ނަގާނީ މީގެ 12މަސް ފަހުން ވޯޓުން ނެވެ.
އަލްޖިބްރާ
27 October 2017
ކިތަންމެ ބައިވަރު ޖަލްސާއެއް ބޭއްވިއަސް 2018ގަ ސައްހަ ވޯޓެއްލައިގެނެއް ޔާމީނެއް ނުހޮވޭނެ !
ގާޒީ
27 October 2017
ތިޔަހެންބާއްވާޖަލްސާއަކައްދާ މީހުންގެ އަދަދުނުގުނާ ކުރަންވީ ކަމަކީ ހޯދޭ ވޯޓު އެންމެ ފުކެއްވިޔަސް އިތުރުުރެވޭތޯބަލާބަލަ.
ކުނި
27 October 2017
ކިތަންމެވަރަކަށް ޖަލްސާ ބޭއްވިއަސް ވޯޓެއްނުދޭނަން ވައުދުނުފުއްދާ ރައީސަށް ސޮރީ ފްލެޓްވެސް ދައުލަތުގެ ފައިސާއިން ހަދާފަ ޕާޓީމީހުނަށް އެކަނި
އިންސިމާ
27 October 2017
ވަރަށް އުފާވެރި ނިއުސްއެއް. މިއަދު މި ފެންނަ ރެޕިޑް ޑިވެލޮޕްމެންޓުގެ ސަބަބުން ކޮންމެ ރަށެއްގެ ސިޓިޒަންވެސް ބޭނުންވޭ ޕްރެޒިޑެންޓު ވަޑައިގަންނަވާ މަންޒަރު ދެކެން. އެހެންވީމާ ކުޑަހުވަދޫވެސް، ނިލަންދޫ ވެސް ޕިންކް ކުލައިން އަވަހަށް ޑެކަރޭޓުކޮށްލަންވީ. ވެރިންނަށް ސާބަސް ދިނީމަ އެމީހުންނަށްވެސް ފީލްވާނީ އެޕްރީޝިއޭޓް ކުރާކަން ރެޔާ ދުވާލު އަހަރެމެންނަށްޓަކާ ކުރައްވާ މަސައްކަތްތައް. އުފާވޭ އެންމެ ބޮޑު ޕާޓީގެ މި ޑެސިޝަންއަށް.
މޯޑް
26 October 2017
މަވެސް ދާނަށް ލާރިދެންޏާ އެކަމު ވޯޓެއްނުލެވޭނެ