މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ނިހާނު ވާހަކަ ދައްކަވަނީ. - ފޮޓޯ: މަޖިލިސް
06 ނޮވެމްބަރ 2017 - 11:18
އިދިކޮޅު މެމްބަރުން ކިތަންމެ ވަރަކަށް ޖެއްސުން ކުރިޔަސް، މަސައްކަތް ކުރުމުގެ ހިތްވަރު ހުރި ކަމަށް ވިދާޅުވެ، ވިލިމާލެ ދާއިރާގެ މެމްބަރު ނިހާނު އެމްޑީޕީ އަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ޖަލްސާގައި ނިހާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް އިދިކޮޅު މެމްބަރުން އިހްތިޖާޖް ކުރައްވަނީ އެއްވެސް ސާބިތު ހެއްކަކާއި ގަރީނާއެއް ނެތި ކަމަށެވެ. އަދި އިދިކޮޅު މެމްބަރުން ކުރައްވާ މަސައްކަތަކީ މަސީހަށް އުނދަގޫކޮށް، މަޖިލިސް ހިންގަން ހުރަސް އެޅުއްވުން ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވި އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް
"ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމަކަށް ތިމާވެއްޓާ ބެހޭ ގޮތުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ލާޒިމް ދަނޑިވަޅެއްގައި އަޅުގަނޑުމެން ގައުމުގެ މިފަދަ މުހިންމު މަސައްކަތްތަކަށް ހުރަސް އެޅުމަށް ނިކުމެ، މަޖިލީހުގެ މެމްބަރުން އަމަލު ކުރަމުން މި ގެންދާ ދިއުން ހިތާމައާ އެކު ފާހަގަކުރަން،" ނިހާނު ވިދާޅުވި އެވެ.
ޖަލްސާގެ އެޖެންޑާގައި ހަމައެކަނި އޮތީ އޯޒޯން ފަށަލަ ހިމާޔަތްކުރަން 1986 ގައި އެކުލަވާލި މުއާހަދާއަށް އިތުރުކުރި އިސްލާހު ރާއްޖެ އިން ތަސްދީގު ކުރުމާ މެދު މަޖިލީހުގެ ރުހުން ހޯދަން ސަރުކާރުން ފޮނުވި މައްސަލަ ގައުމީ ސަލާމަތުގެ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމާއި އެ ރިޕޯޓާ މެދު ގޮތެއް ނިންމުމެވެ. މި ރިޕޯޓު ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 28 މެމްބަރުންގެ އިއްތިފާގުންނެވެ. ވޯޓަށް އެހި ގަޑީގައި އިދިކޮޅު މެމްބަރުން އިދާރީ މޭޒު ކައިރީގައި ތިއްބެވީ އިހްތިޖާޖް ކުރެއްވުމަށެވެ.
ނިހާނު ވިދާޅުވި ގޮތުގައި ތިމާވެއްޓަށް އެހީތެރިވުމަށް މަސައްކަތް ކުރާ، ތިމާވެއްޓަށް ސަމާލުކަން ދޭ ބައެއް ކަމަށް ވާހަކަ ދައްކާ މެމްބަރުން މަޖިލީހުގައި ހިންގަވަނީ ޖަރީމާއެކެވެ. ނަމަވެސް ރިޔާސަތަށް ކިތަންމެ ވަރަކަށް އުނދަގޫ ކުރިޔަސް މަސައްކަތް ކުރުމުގެ ގާބިލްކަން ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ކިތަންމެ ވަރަކަށް ޖެއްސުންކޮށް، ރިޔާސަތަށް ކިތަންމެ ވަރަކަށް އުނދަގޫ ކުރި ނަމަވެސް، މިފަދަ މަސައްކަތްތައް ކުރުމުގެ ހިތްވަރާއި ގާބިލްކަން ހުރިކަން، ހާއްސަކޮށް މަނިކުފާނުގެ ހުރި ކަން އަޅުގަނޑުމެންނަށް މިދަނީ ފާހަގަކުރަމުން،" ރިޔާސަތުގައި އިންނެވި މަސީހަށް ނިސްބަތްކުރައްވާ ނިހާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތިމާވެށި ހިމާޔަތްކުރުމުގެ ނަމުގައި ކެބިނެޓް ވަޒީރުންނާ އެކު ކަނޑު އަޑިއަށް ދިއުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އަދި އެމްޑީޕީ ވެރިކަމުގައި ޖެއްސީ "ސްޓަންޓު" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ އާއި އިދިކޮޅު އެހެން މެމްބަރުން މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖް ކުރައްވަމުން ގެންދެވުން ނިހާނު ސިފަކުރެއްވީ ނުރައްކާތެރި އަމަލުތަކެއްގެ ގޮތުގަ އެވެ. މިއީ ރާއްޖޭގެ ތާރީހަށްޓަކައި ރައްކާކޮށް، މުޅި ދުނިޔެ އަށް ދައްކަން ޖެހޭ މަންޒަރެއް ކަމަށް ވެސް، މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިދާޅުވި އެވެ.
އިދިކޮޅު މެމްބަރުން އިހުތިޖާޖުކުރަައްވަނީ މަސީހުގެ ރިޔާސަތުގައި ޖަލްސާތައް ކުރިއަށް ގެންދަން ދެކޮޅު ހެއްދެވުމުގެ ގޮތުންނެވެ. އެ މެމްބަރުން ގަބޫލުކުރައްވަނީ މަސީހުގެ އިތުބާރު ނެތްކަމަށް 45 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅި މައްސަލައާ އެކު މަޖޯރިޓީގެ އިތުބާރު އެމަނިކުފާނުގެ މައްޗަށް ނެތް ކަމަށެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުކުރީ ސޮއިކުރެއްވި ބައެއް މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން، ބޭނުންވާ އަދަދަށް ސޮއި ހަމަނުވާކަމަށް ބަލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ އާމިރު
07 November 2017
ޙެހެ ނިހާނު ކީކޭތޯ މަސީހަކީ މަޖުލީހުގެ ރައީސެއް ނޫން އަގުލަބިއްޔަތައް ތަބާވޭ
ކާފަ
07 November 2017
ތަމެން ތިބުނާ ފެހިގާނޫނު އަސާސީ ފާސްކުރި މަޖްލީހުގެ އަގުލަބިއްޔަތު އަދިވެސް ނުގެއްލެނީތޯ މެޖޯރިޓީ ލީޑަރުކުރެން އައްސަވާ ބަލަ!!!!!!
ރަބަރު
07 November 2017
މިއީ ކޮންބައެއްތަ؟ މިގައުމުގައިތިބީ މިކަހަލަ ނާތަހުޒީބު މީހުންތަ؟
ޮތަކުރުފާނު
06 November 2017
މަޖީލުގެ ރައީސްގެ ކުރިފުޅުމަތީގައި ލަކުޑިން ޖަހާފައި އެހުރީ ހެތްކާއި ގަރީނާއެވެ. ތާރީޚަށްޓަކައި އެ ފާރުގެ ފޮޓޯ ނަގާފައި ފޮރުވީމާ އަންނަން އޮތް ޖީލުތަކަށް މަޖިލީހުގެ ރައީސް އުޅުއްވި ހާލު ފެންނާނެއެވެ. މިވަރުން ފުދޭނެއެވެ.
ވެށި
06 November 2017
ތިމާވެށީގެ ޖަރީމާތާތައް އަހަރުމެންނަށް ފެންނަން ފަށައިފި! ނިހާނަކަށް ނުފެނޭތަ؟
އަލިބެއްޔާ
06 November 2017
ނިހާން އަތްފުޅާކޮށްފާ މިހާރު އުޅުނެއްކަމަކު އެއީ މިވެރިކަން ބަދަލުވުމާއެކީ އޭނާގެ ރާގުބަދަލުވާނެ މީހެއް. އަދިއޭނާގެ ދަރިއަށް ގަނެދިން ކާރު ވިއްކާލަންޖެހޭ ދުވަސްވެސް އަންނާނެ.
ހެހެހެ
06 November 2017
ހިއްވަރު ހުރިކަން އިނގެއޭ ބީއެމްޑަޔު ކާރު ފަދަ އަގު ބޮޑު ތަކެތި އެންމެ 18 އަހަރުވީ ދަރިޔަށް ގަނެދޭއިރު!
މެންޓަލިސްޓް
06 November 2017
އަޅުގަނޑު ދުށީން ނިހާން ގެ ލައިވް އިންޓަރވިއުއެއް ތަންކޮޅެއްކުރީން ،،، އޭގައި ނިހާންބުނޭ އަދީބްއޭ ކިޔައިގެން ކޮރަޕްޝަނޭކިޔައިގެން އިދިކޮޅުފަރާތްތަކުން ވާހަކަދައްކަނީ އަދީބުކަހަލަ ޒުވާނެއް ކުރިއަރައިގެން ދިއުމުންކަމަށާޢި އެތުހުމަތު ތަކަކީ އެއްވެސް އަސްލެއްނެއްވާހަކަތަކެއްކަމަށް ،،،، އެހެންކިޔާފައި އޮއްވާ ރައިސްޔާމިން ލައިވްޓީވީގައި ވިދާޅުވީ އަދީބް ނެގިފައިސާގެ އަދަދު ނޭންގޭކަމަށާޢި މަޖިލިސްމެންބަރުންނަށް ދިން އަދެދެއްވެސް ނޭންގޭކަމަށާޢި އެތައްބައިވަރު ރަށެއްވިއްކިފައިސާއަށް ހެދިގޮތެއްވެސް ނޭންގޭކަމަށް ،،،، އެހެންވީމައި ތިޔަ ނިހާން ދައްކަވާ ވާހަކަތަކީ ވޮއްއަލިވާ ހިސާބުގައި އިރުގެ އަލިކަންލިބޭހިސާބެއްގައި އަޑުއަހަން ހެތޮވާވަރުގެ ވާހަކަތަކެށްނޫން ،،،، އެއީ ހުސްސިޔާސީ ވާހަކަ ،، މާނައަކީ ހުސްދޮގޭ ،،،،، ވަރަށްވެދުން
ކާފަ
07 November 2017
ހުސްދޮގު
ފޫހި
06 November 2017
ނިހާނޫ ރައްޔިތުންގެ ޝުޢޫރުތައް ކިޔާލަބަލަ. އަދި ލައިކްސް އާއި ޑިސްލައިކްތައް ބަލާލާފަ ދެން އޮންނަމަޖިލީހެއްގައި ބަސްބުނޭ.
ާޒަހީނު
06 November 2017
ޔާމީނު ނިހާނަށް އެއްވެސް އިތުބަރެއް ނުކުރާ ކަން ނިހާނަށް ވެސް އެނގޭނެ ..ދެން ތި ޑްރާމާ ކުޅުން ހުއްޓާލާ.