ގާކޮށީގައި ހަދާފައިވާ "މާލޭ ސްކެއާ"ގެ ފްލެޓްތައް-- މިހާރު ފޮޓޯ
07 ނޮވެމްބަރ 2017 - 12:15
މާލޭގެ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހިންގި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބުނު މީހުން އެ ފްލެޓްގެ އަގުގެ ގޮތުގައި ދައްކަން ޖެހޭ ދެ މިލިއަން ރުފިޔާގެ ލޯނަށް އެދުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.
ފްލެޓް ހޯދުމަށް ލޯނަށް އެދުމަށް ބޭންކް އޮފް މޯލްޑިވްސް އާއި އިސްލާމިކް ބޭންކުން ދިން މުއްދަތު މިދިޔަ މަހު 15 ވަނަ ދުވަހު ވަނީ ހަމަވެފަ އެވެ. އެކަމަކު މި މަހުގެ 12އާ ހަމަ އަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
ޓާޓާ ފްލެޓްތަކަށް ގުރުއަތުން ހޮވުނު 268 މީހުންގެ ތެރެއިން ފައިސާ ދައްކަން ދިން މުއްދަތު މިދިޔަ ޖެނުއަރީ 26 ވަނަ ދުވަހަށް ހަމަވިއިރު 47 މީހަކަށް ފައިސާ ދައްކައިދޭން އިސްލާމިކް ބޭންކު (އެމްއައިބީ) އިން ވަނީ ނިންމައިފަ އެވެ. އެއީ ލޯނަށް ކުރިމަތިލި 100 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ޝަރުތު ހަމަވި މީހުންނެވެ.
ލޯނު ހަމަނުޖެހޭ މީހުންނަށް އިތުރު އެއް މަސް ދުވަހުގެ މުއްދަތެއް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް ވަނީ ދީފަ އެވެ.
ފްލެޓަށް ހޮވުނު މީހަކު ބުނީ ފްލެޓަށް ދައްކަން ޖެހޭ ދެ މިލިޔަން ރުފިޔާ ހޯދުމަށް ބީއެމްއެލް އަށް އޭނާ ފޯމު ހުށަހެޅި ނަމަވެސް، ލިޔުންތައް ބަލާފައި ލޯނަށް ޝަރުތު ހަމަނުވާކަން މިދިޔަ ހަފުތާގައި ބޭންކުން އެންގި ކަމަށެވެ. އެކަމަކު ރޭގައި އަނެއްކާ ވެސް ބީއެމްއެލުން ގުޅައި، އާމްދަނީގެ ގޮތުގައި ލިބެން ޖެހޭ މިންވަރުން 9،000 ރުފިޔާ މަދުވާ ކަމަށާއި އެ ވަރަށް ކޮންމެ މަހަކު ވެސް ފައިސާ ލިބޭނެ ގޮތެއް އޮވެއްޖެ ނަމަ ލޯނު ލިބިދާނެ ކަމަށް އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ.
"ކޮންމެ މަހަކު ވެސް އިތުރަށް 9،000 ރުފިޔާގެ ރަޖިސްޓާޑް އިންކަމެއް ލިބޭނެ ގޮތް ހެދުމަށް އެދުނީ. އަދި އެ ގޮތް ހޯދާފައި ޑޮކިއުމަންޓްތައް 12 ވަނަ ދުވަހާ ހަމައަށް ހުށަހެޅުމަށް އެދިފައިވޭ،" ގާކޮށިން ފްލެޓް ލިިބުނު މީހާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ލޯނު ލިބެނީ ދިރިއުޅުމުގެ ހުރިހާ ހަރަދެއް ކަނޑާފައި 12،000 ރުފިޔާ ރައްކާކުރެވޭ ނަމަ އެވެ. އެކަމަކު ސޯޝަލް ހައުސިން ޔުނިޓްގެ ފްލެޓަކަށް، އެދޭ މީހަކަށް އެވަރުގެ އާމްދަނީއެއް ނުލިބޭނެ ކަމަށް ބުންޏެވެ.
ދެ މިލިޔަން ރުފިޔާގެ ލޯނު، މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ހަމަ ނުޖެހޭ މީހުންނަށް ފްލެޓް ގެއްލިދާނެ ކަމުގެ ބިރު އެބަ އޮތެވެ.
އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ "މާލޭ ގްރޭންޑް" އަދި ގާކޮށީގައި ހަދާފައިވާ "މާލޭ ސްކެއާ"ގެ ފްލެޓްތައް 268 މީހަކަށް ގުރުއަތުން ލިބިފައިވާއިރު ފްލެޓްތައް ލިބެނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާ މީހުންނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަބީބު
08 November 2017
ޜާއްޖެތެރޭ މީހުން ހުރިހާ މަސައްކަތެެއް ކޮށްފަ ލިބޭލާރިކޮޅު ކޮންމެ މަހަކު މާލޭ މީހުނަށް ދީގެން ތިބެންވީ. މާލޭ މީހުން ދެފައި ދަމާފައި ނިދަންވީ. ފުލެޓުތަށްވެސް މާލޭގަ ގެދޮރު ހުރި މީހުނަށް ވިއްކާ. ކަލޭމެން މަރެއް ނުވާނެ ހިތުން. . ދުނިޔެ ފެން ފޮދަކާލައިގެން ދިރުވާލަން ވީނުން؟
އަބްދުއްލާ
07 November 2017
ޓާޓާ ފްލެޓް އިމާރާތް ކުރުމަށް ދިން 21 މިލިއަންޑޮލަރު ހަރަދު ކުރިގޮތް ފެންނަން އެބައޮތްތޯ ؟ ކޮންމެޔަކަސް ފައިސާ އިންކޮނޓެކްޓަރަށް ލިބެންވާބައި ނުލިބިގެން މަސައްކަތްވެސް ހުއްޓަލިދޯ ދެން ހަރަދު ކުރަންޖެހުނީ ދަވްލަތުގެ ބަޖެޓުން ފްލެޓް ގެ އަގު ބޮޑުވީ ކީއްވެކަން އެގޭތަ ؟
ހަބީބު
07 November 2017
އަޅުގަނޑު ދީފަނަން ވަރައް ރަނގަޅު ހިޔާލެއް މާލެޔައް އުފަންމާލޭ ރައްޔިތުން ނައް ސަރުކާރުން ލޯނެއްނަގާފަ ތިތަންތަން ހަވާލުކުރަންވީ އެމީހުންގެ ފަރާތުން ދައްކަންވާ ފައިސާދައްކާފަ މަހަކު 5000 ރުފިޔާ ދައްކާގޮތައް ރައްފުށުމީހުން ތޮއްޖެއްސުމުގެ ބަދަލުގަ މަޖިލިސް އޭރިޔާގަ ހުރި ގެތަކާ ސްޕްރީމްކޯޓާ ޖަސްޓިސް އޭރިޔާ އެކީގަ ހުޅުމާލެޔައް ބަދަލުކުރަންވީ މާލެޔަކީ 70.000 ވަރަކައް މީހުންގެ އާބާދީ އަކައް ބަދަލު ކުުރަންވީ އަދި ބޭރުމަގުގަ ރޭލުވޭ ނިޒާމެއް ގާއިމުކޮއް ބޭރުމަގުތަކުގަ އަމިއްލަމީހުން އުޅަނދު ދުއްވުން މަނަކުރަންވީ އަދި މަގުތައް ފުޅާކުރަން އާންމުންގެ ގެތައް އެތެރެޔައް ޖައްސުވަންވީ އެހެންނޫންނަމަ މާލެތީ ވަރައް ތަކުލީފުބޮޑު ތަނަކައްވާނެ މިހާރުވެސް ވަރައްތަކުލީފުބޮޑު
ބޭޝަރަމް
07 November 2017
ދިވެހި ސަރުކާރުން ވަކި ގޮތެއް ކަނޑައަޅައި ވަކި އުސޫލެއްގެ ދަށުން ދީފައިވާ ފްލެޓްތަކެއް އެޗްޑީސީ މެދުވެރިކޮށް އޭގެ ވެރި ފަރާތަށް ދެ ގުނަ އަގުބޮޑުކޮށް ވިއްކުމަކީ، ރޯމާދުވާލު ލޯކުރިމަތީގައި ކުރާ ވައްކަމެއް! 300 ފްލެޓް ގަތްއަގު 227 މިލިއަން ރުފިޔާ 300 ފްލެޓް ވިއްކާ އަގު 600 މިލިއިން ރުފިޔާ ސޯޝަލް ހައުސިން ސްކީމެއްގެ ފްލެޓްތައް ވިއްކިއަސް މިއީ ތަންފުކެއް ބޮޑުވަރެއް!!
ބޭޝަރަމް
07 November 2017
ސަރުކާރުން އެ ފްލެޓްތަކަށް ދައްކަންޖެހޭ ފައިސާ ދައުލަތުގެ މާލިއްޔަތުން ނުދެއްކި ސަރުކާރުގެ ކުންފުންޏަކުން ދައްކަންޖެހޭނަމަ، އަހަރުމެން ދައްކާ ޓެކްސް އަނބުރާ ދޭންވީ! ސަރުކާރު ކުންފުނިތަކުން ލިބޭ އާމްދަނީން ސަރުކާރު ހިންގުން ރަނގަޅުވާނެ!!
ލީޒް
07 November 2017
ނުވިކުނީ ދެއްތީ ބޮޑު ކަޓު ނުނެގުނީމަ އަލުން ފުރުސަތު އިތުރުކުރީ.. ވަރަށް ގޮތެއް ނެތިގެން ނޫނީ މީހަކު ނުދާނެ ތިޔަތަނަކަށް އެކަމުވެސް ހާދަ ބޮޑު ވަރެކޭ މަހަކު ދައްކަން ތިޖެހެނީ.. ހެޔޮނުވާނެ ކުރީގަ އުވައިން ރާނާފަ ހުރި ތަންތަންވެސް ކޮލިޓީވާނެ ތިޔަ ފުލެޓްތަކަށް ވުރެއް
ހައްޤުބަސް
07 November 2017
ތިހާ ބޮޑު އަގުގަ ވިއްކާ ފެންވަރުގެ ތަނެއް ނޫން ތިޔައީ.. މީގެ 15 ވަރަކަށް އަހަރުފަހުން އަލުން އެއްކޮށް މަރާމާތު ކުރަން ޖެހޭ ހާލަތުގަ ތިހުރީ ލޯނު އަދާވާއިރަށް އަނެއްކާ މަރާމާތު ހަރަދު ދައްކަން ވެފަ ހުންނާނި
ޒައި
07 November 2017
ކަޓުމުއްލަާކޮށް ހަދާފަ ހުރީމަ ބޮޑު އަގުގަ ގަންނާބެ ބަޔަކު ނުވެގެން އަނެއްކާވެސް ހެޔޮފުޅުކަމުން ހުޅުވާލީ ދެއްތޯ؟ 1.5 މިލިޔަނަށް ވެސް ތިޔަ ފުލެޓްތައް ވޯތެއް ނޫން.. 20 އަހަރުވުމުގެ ކުރިން އަލުން ހަދަން ޖެހިފަ ހުންނާނި.. އަބަދު 16000 ލޯނަށް ދައްކާލަ ދައްކާލަ ތިބެން ޖެހޭނި.. ހަމަ ސޭމް ކުލީ ލައިފް
ަަައާންމު މީހާ
07 November 2017
ޓާޓާ އިން މީހުން ފެލަން ވެގެން.......މީހުން ގެ ހާލަތު ދެނެނުގަނެވޭ....... ބޯހިޔާވަހިކަން ހޯދަން މިޖެހެނީ ދަރާ ވިކިގެން......ހިތާމަ ހުރިކަމެއް ތީ...
މްރީ
07 November 2017
ގަންނާނެ މީހަކު ނުވީދޯ.. ހެހެހެހެ