ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ނިހާން ވާހަކަ ދައްކަވަނީ: މައުމޫންގެ ވެރިކަމުގައި ގެނައި އިސްލާމީ ހުރިހާ އުސޫލުތަކެއް ނައްތާލަން ނަޝީދުގެ ވެރިކަމުގައި މަސައްކަތް ކުރި ކަމަށް ނިހާން ވިދާޅުވި --މިހާރު ފޮޓޯ/ނިޝާން އަލީ
09 ނޮވެމްބަރ 2017 - 22:44
ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު މަސައްކަތް ކުރައްވަން ކުރީގެ ރައީސް މައުމޫން ލަދުފުޅު ގަންނަން ޖެހޭ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މިރޭ ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ މައުމޫންގެ ވެރިކަމުގައި ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން ހަމަލާއަކީ ނުހިނގާ ކަމެއް ކަން ބަޔަކު ދައްކަން މަސައްކަތް ކުރި ކަމަށާއި އެކަން ފެށިގެން ދިޔައީ ނަޝީދުގެ ވެރިކަމާ ހިސާބުން ކަމަށެވެ. އެ ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވުނު މީހުންނަށް ސަރުކާރުން އިސް މަގާމުތަކެއް ވެސް އެމްޑީޕީގެ ވެރިކަމުގައި ދިން ކަން ފާހަގަ ކުރައްވައި، ނިހާން ވިދާޅުވީ ނަޝީދާ އެކު މަސައްކަތް ކުރަން މައުމޫން ލަދުފުޅު ގަންނަން ޖެހޭނެ ކަމަށެވެ.
"ނަޝީދާއި އޭނާއާ ގުޅުންހުރި މި ޖަހާލަތުގެ އަނދިރި އަމަލު ހިންގި މީހުންނާ އެކު އެއް ސައްލާއެއް ކުރަން އިންނަވަން ރައީސް މައުމޫން ލަދުފުޅު ގަންނަންޖެހޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން. އަޅުގަނޑުމެންގެ މި ފަހުރުވެރި ވަތަނަށްޓަކައި އަޅުގަނޑުމެން މި ވާހަކަ ތަކުރާރު ކުރަން އެބަޖެހޭ،" ނިހާން ވިދާޅުވި އެވެ.
އެ ހަމަލާގައި ބައިވެރިވިކަން ސާބިތުވި މީހުން ފިލަން އެހީތެރިވީ ވެސް ނަޝީދުގެ ސަރުކާރުން ކަން ފާހަގަ ކުރައްވައި، އެދުވަހު މައުމޫން އޮންނެނީ ފިއްލަވައިގެން ކަމަށް ދައްކަން ވެސް ބަޔަކު މަސައްކަތް ކުރި ކަމަށް ނިހާން ވިދާޅުވި އެވެ. އަދި ނަޝީދާ އެކު މައުމޫން މިހާރު މަސައްކަތް ކުރައްވަނީ، އެ ދުވަހު ހަމަލާ ދިންއިރު މައުމޫން އޮންނެވީ ފިއްލަވައިގެން ކަމަށް އެމަނިކުފާނު އިއުތިރާފްވެ ވަޑައިގަންނަވާތީތޯ ނިހާން ސުވާލު އުފެއްދެވި އެވެ.
"ރައީސް މައުމޫން ހަމަ ސީރިއަސްކޮށް ގަބޫލުފުޅު ކުރައްވަނީތޯއޭ އެ ދުވަހުގެ ރޭގައި ތިމަން މަނިކުފާނު އެ ރޭގައި ދޮންނަ މެޝިނެއްގެ ފޮށިގަނޑެއްގައި އޮންނެވި ބޭފުޅެއް ކަމަށް؟." ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެ ވަޑައިގަތް އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ސުވާލު ކުރެއްވި އެވެ.
މައުމޫންގެ ވެރިކަމުގައި ގެނައި އިސްލާމީ ހުރިހާ އުސޫލުތަކެއް ނައްތާލަން ނަޝީދުގެ ވެރިކަމުގައި މަސައްކަތް ކުރެއްވި ކަމަށާއި އެގޮތުން ހައްދު ޖެހުމާ ދެކޮޅަށް ވާހަކަ ދެއްކުމާއި އެހެން ދީންތަކަށް ފުރުސަތު އޮތްތޯ ބެއްލެވުމަށް ނަޝީދު މަސައްކަތް ކުރެއްވުން ހިމެނޭ ކަމަށް ނިހާން ވިދާޅުވި އެވެ.
ރާއްޖެ އަށް އެހެން ގޮތްގޮތުން ވެސް ގެއްލުން ދެއްވަން ނަޝީދު މަސައްކަތް ކުރެއްވި ކަމަށާއި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރު ކުންފުންޏަށް ދިނުމަކީ ރާއްޖޭގެ މިނިވަންކަން ގެއްލޭ ވަރުގެ ޖަރީމާއެއް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. އޭގެ ސަބަބުން އެތައް މިލިއަން ރުފިޔާއެއް ދައުލަތަށް ގެއްލިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދެންނެވި ޖަރީމާ ދިގު ދެމިގެންދިޔަ ނަމަ އަޅުގަނޑުމެންނަށް އެބަ އިނގޭ މީގެ މުގާބިލުގައި އަޅުގަނޑުމެން ދައްކަން ޖެހޭ މިންވަރު ހަތަރު ބިލިއަން ރުފިޔާ ގެއްލިގެން ނިމުނީ. ރާއްޖޭގެ ކިތައް ރަށުގައި ކިތައް ކަންތައް ކޮށްދޭން ލާރިތޯ މި ގެއްލުވާލީ." ނިހާން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަނސް
11 November 2017
ނިހާނު ގަންނަ އެއްވެސް ލަދެއް ނެތީތަ؟؟
މަރޭމިތުރާ
11 November 2017
ހިޔްހެޔޮ މިޒާޖުގެ މީހުންނާއި އެކު އުޅުމަކީ ކޮނަމެމީހަކުވެސް ކުރާހިތްވާނެކަމެއް!
މަރްޔަމް
11 November 2017
ނިހާނަށް ތިހިރީ އޮޅިފައި ހަމައެކަނި ނަޝީދާއި އެކު އެކަންޏެއްނޫން މަސައްކަތް ކުރަނީ، ވަރަށް ގިނަމީހުން ބައިވެރިވެގެން އެއީ މައްސަލައެއް ނޫން
އައްޑޫ ބެއްޔާ
11 November 2017
މިހުންނަނީ ނިހާންއަށް ބަހެއް ނުބުނަން. އެކަމަކު ލަދު ހަޔާތުގެ ކަންފުޅެއް ހުރި ނަމަވެސް ނިހާން މައުމޫނުގެ ފަހަތުގައި މުޅި ސިޔާސީ ހަޔާތް ވޭތުކުރީސް. ނިހާން ނިހާނަކަށް ހެދީ ސީދާ މައުމޫން.
ރޯނުއެދުރު
11 November 2017
މުގާބިލުގައި-ބަހުގެމާނައަކީ- ދެއްކޭނުދެއްކޭވާހަކައެއްނޭގުމުން ރައްޔިތުންވާވެއްދުމަށްބުނެއުޅޭބަހެއްތޯ. މިކަހަލަމޮޅެތިބަސްތަކުންރައްޔިތުން ގުބޯހެއްދިދާނެކަމަށްހީވާނަމަތީގޯހެއް.
އަކޭ
11 November 2017
ނިހާނު ތީ ކާނދޭއަތުގަ ދަތް އަޅަންއެގޭ މީހެއް.ލަދު ގަންނަން ޖެހޭނީ ތިމާމީހާ..މިކަން ނުދަންނަ މީހެއް ނުހުންނާނެ.
ލޮންސި
10 November 2017
ދިވެހިން ވަރަށް ރަނގަޅަށް ހޭލާތިބޭތި.... މިހާރު ނިހާނު އާއި އަލީ ވަހީދު އެވަނީ މިޝަންއެއްގަ.... އެ ދެމީހުން އެވަނީ ރާވާފަ... ދެކޮޅުން ދެދަންޑި ބާނާފަ ހަލުވައިގަންނަން ތައްޔާރުވެފަ.... ދެ ދަނޑީގެވެސް ކޮޅުގަ ހިފާފައެވަނީ ކާކުކަން މިކޮމެންޓު ކިޔާމީހަކަށް ނަމަ އެނގެންޖެހޭނެ.... ކަލޯގެޔާ އަނެއްކާވެސް އެއްކަލަ ދެމީހުނަށް ވަރަށް ފައިސާ....
ލަންކެމެ
10 November 2017
މައުމޫނު ދޫކޮށްފައި ދާން ނިހާނު އަދި މާލަދުގަންނަންޖެހޭނެ! ކާންދިން އަތުގައި ދަތްއަޅާފައިގޮސް ވާހަކަދަންކަން އަނގަހުޅުވަންވެސް ލަދުގަންނަންޖެހޭނެ!
މުކައްބަ
10 November 2017
އަޅުގަނޑުމެންނަށް އިވިފައިވަނީ ދޮންނަ މެޝިނެއްގެ ފޮށިގަނޑެއްގެ ތެރެއަށް ވެދެވަޑައިގެން އޮންނެވީ އެހެން ބޭފުޅެއް. އޭރު ދައުލަތުގެ ބޮޑު މަޤާމެއްގައި ހުންނެވި ބޭފުޅެއް. އެބޭފުޅާ މިހާރު ހުންނެވީ ޢުމުރުފުޅުން ދުވަސްވި ނަމަވެސް ސަރުކާރު ފަޅީގައި.
Gatu
10 November 2017
ރަން ތިރީސްއަހަރު ހަދާން ހުރި މީހުން ތިބޭނީ މައުމޫން ފަހަތުގަ