ޚަބަރު / އިދިކޮޅު ފަރާތްތައް

މީޑިއާއަށް އޮތް އެންމެ ބޮޑު ބިރަކީ ބްރޯޑްކާސްޓިން ކޮމިޝަން: ޝިފާޒު

ނޫސްވެރިކަމާ ބެހޭގޮތުން އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދިވެހި މީޑިއާ އަށް އޮތް އެންމެ ބޮޑު ބިރަކީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ރޭ ވިދާޅުވެއްޖެ އެވެ.

"ވައްކަން ފޮރުވަން މީޑިއާ ގުރުބާނެއް ނުކުރެވޭނެ" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝިފާޒު ވިދާޅުވީ ނޫސްތައް ރެގިއުލޭޓު ކުރަން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ސަބަބުން ނޫސްވެރިންނަށް އުއްމީދުކުތަކެއް ލިބިގެން އަންނަ ކަމަށެވެ. އެ ކައުންސިލްގައި މަސައްކަތް ކުރަމުން އަންނަނީ މީޑިއާތަކުގައި ގިނަ ދުވަސްވަންދެން މަސައްކަތް ކުރެއްވި މެމްބަރުންނަށް ވުމުން، ރާއްޖޭގެ ނޫސްވެރިކަމުގެ ހާލަތު ވަރަށް ރަނގަޅަށް އެނގިގެންދާ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ބްރޯޑްކާސްޓަރުންގެ ބެލެނިވެރި ފަރާތް، ބްރޯޑްކޮމްގެ ސަބަބުން އެމްއެމްސީގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސްއެޅޭ ކަމަށާއި އެއީ ވަރަށް ބޮޑު ގޯހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިކަމާ ބެހޭގޮތުން އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މިވަގުތު ރާއްޖޭގެ ނޫސްވެރިކަމަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް އެންމެ ބޮޑު ނުރައްކަލަކީ ވެސް ހަމަ އަދި ނޫސްވެރިކަމުގެ ކުރިމަގަށް އޮތް އެންމެ ބޮޑު ހުރަހަކީ ވެސް ބްރޯޑްކާސްޓިން ކޮމިޝަން. އެ ބޭފުޅުންގެ ޒިންމާއެއް ގޮތަށް އެ ބޭފުޅުންނަށް ދެކެވެނީ، ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާ ނޭއްގާނީ ކަންކަމާއި ކުރަމުންދާ ވައްކަންތަކުގައި ފިޔަށް ޖަހަން ތިބި ބަޔަކީ ބްރޯޑްކާސްޓިން ކޮމިޝަން ކަން،" އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ޝިފާޒު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރު އައި ފަހުން ވަކިވަކި ނޫސްވެރިންނަށާއި މީޑިއާތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ދުވަހު ނޫސް "ހަވީރު" އުވާލުމާއި ސީއެންއެމް ހުއްޓާލުމާއި ރާއްޖެ ޓީވީގައި ރޯކޮށްލުމުގެ އިތުރުން ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގީ ވެސް މި ސަރުކާރުގެ ދުވަސްވަރުގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.

ނޫސްވެރިކަމާ ބެހޭގޮތުން އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ޓީވީ ސްޓޭޝަންތަކާއި އެ ތަންތަނުގައި މަސައްކަތް ކުރަމުން އަންނަ ނޫސްވެރިން ކުރަމުން އެ އަންނަ ކަމަކީ އެ ނޫސްވެރިންގެ ފުރާނަ އަތް މައްޗަށް ލައިގެން ކުރާ މަސައްކަތް. އަޅުގަނޑުމެން އެންމެންނަށް އެބަ އެނގޭ އެންމެ ބޮޑު ޗެލެންޖަކީ ކޮބައިކަން. މިހެން މަސައްކަތް ކުރަމުން ދަނިކޮށް ފެންނަމުން ދިޔައީ ހަމައެކަނި ރާއްޖޭގެ ނޫސްވެރިކަން ނެތިކޮށްލުމަށް އެ ނޫސްވެރިންނަށް އުނދަގޫ ކުރުމަށް ބޭނުން ކުރީ މަގުމަތި ނޫންކަން" ޝިފާޒު ވިދާޅުވި އެވެ

އޭނާ ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީސް ބޭނުންކޮށްގެން އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ސީދާ ނޫސްވެރިންނާ ދެކޮޅަށް ޚާއްސަ ބިލެއް ވެސް ފާސްކުރި އެވެ. އަދި މިހާރު މަޖިލީހަށް ފޮނުވާފައިވާ މީޑިއާ ކޮމިޝަންގެ ބިލަކީ ވެސް ނޫސްވެރިކަން މަރާލަން ސަރުކާރުން ކުރަމުން ދާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން ނޫސްވެރިންނަށް ކިތައްމެ ފިއްތުންތަކެއް ކޮށް ޖެއްސުމެއް ކުރި ކަމުގައި ވިއަސް، އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އާދެވިއްޖެ ނަމަ، މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދޭނެ ކަމަށް ޝިފާޒު ވިދާޅުވި އެވެ.

މީޑިއާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ސަރުކާރުން މީޑިއާތައް އިނދަޖައްސައި، ހަލާކުކޮށްލަމުން ދަނީ ސަރުކާރުގެ ވައްކަންތައް ސިއްރު ކުރުމަށް ކަމަށެެވެ. ނަމަވެސް ސަރުކާރަކަށް އެކަމެއް ނުކުރެވޭނެ ކަމަށާއި ކިތަންމެ ގާނޫނެއް ހަދައިގެން ވެސް ނޫސްވެރިންނެއް ނުހުއްޓުވޭނެ ކަމަށް ވިދާޅުވި އެވެ.

އާ ގާނޫނުއަސާސީއާއެކު މީޑިއާތަކަށް ބޮޑު މިނިވަންކަމެއް ލިބުނު ކަމަށާއި ނަމަވެސް އެ ހުރިހާ ކަމެއް ވެސް، މި ސަރުކާރުން ނިގުޅައިގެންފައިވާ ކަމަށް އަމީތު ވިދާޅުވި އެވެ.

ނޫސްވެރިކަމާ ބެހޭގޮތުން އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެމްޑީޕީގެ ސްޕޯކްސްޕާސަން، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވެސް ވިދާޅުވީ މިނިވަން ނޫސްވެރިކަމެއް އޮތަ ނުދިނުމަށް ކުރަން އޮތް ހުރިހާ ކަމެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އޭގެ އެއް ސަބަބަކީ، ހުދުމުހުތާރު ވެރިން އެންމެ ބިރުގަންނަނީ މިނިވަން މީޑިއާ ދެކެ ކަމަށް ވާތީ ކަމަށް ވިދާޅުވި އެވެ.

ނޫސްވެރިޔާ ރިލްވާން ވަގަށް ނެގިތާ ތިން އަހަރު ވެފައި ވާއިރު އޭނާގެ އާއިލާ އަށް އަދިވެސް އިންސާފު ނުލިބޭތީ އިދިކޮޅު ފަރާތްތަކުން ވަނީ އެކަމާ ކަންބޮޑުވެފަ އެެވެ.

އިންތި ވިދާޅުވީ ރާއްޖޭގެ ނޫސްވެރިކަން އެއް އަހަރުން އަނެއް އަހަރަށް ދަށްވެގެން ދާއިރު އެއީ މުޅި ދުނިޔޭގައި ވެސް ރާއްޖެ ލަދުގަންނަންޖެހޭ ކަމަށެވެ. އަދި މީޑިއާއެއްގެ މިނިވަންކަމަކީ ސަރުކާރަށް ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ރޭގެ ޕެނަލް ޑިސްކަޝަންގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުން ވެސް ވަނީ ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ކޮމިޝަންގެ ބިލަކީ ނޫސްވެރިކަން މަރާލުމަށް ހުށަހަޅާފައިވާ ބިލެއްކަން ފާހަގަކޮށް އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

10 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 38%
icon angry icon angry 31%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްޓަމަސް

10 November 2017

ގަވްމަށްއޮތް ބޮޑުބިރަކީ އެމް.ޑީ.ޕީ.

The name is already taken The name is available. Register?

كبير

10 November 2017

އަމީތު ގިނަވެން ކިތޢް އަހަރު މީޑިއާގާ މަސްކަތް ކުރީ

The name is already taken The name is available. Register?

މެންޓަލިސްޓް

10 November 2017

ތިޔަޝިފާޒް ޓައި އަޅައިގެން އިންނަގަޑީގައި ދައްކާވާހަކަ ނުވާނެ ގަބޫލްކުރާކަށް ،،،،، އަދިޕޯޑިއަމްތަކުގައި ހުންނަގަޑީގައިވެސް ދައްކާވާހަކަނުވާނެ ގަބޫލްކުރާކަށް ،،، މުޅިންވެސް ދައްކާނީ ސިޔާސީ ވާހަކަ ،،،، މާނައަކީ ހަދާނީ ހުސްދޮގޭ ،،،، މުޅިންވެސް އޮންނާނީ އޮޅުވާލުމޭ ،،، ހަގީގީ ވާހަކަދައްކާނަމަ ބުނަންޖެހޭނީ ގާނޫންއަސީސީ ފަރުމާކޮއްފައިއޮތްގޮތުން މަޖިލިސްގެ މެޖޯރިޓީ ލިބޭބަޔަކަށް މީޑިޔާތަށް ރެގިއުލޭޓްކުރާ ބޮޑީގެ ފުރިހަމަ ކޮންޓްރޯލްލިބޭނެޔޭ ،،، ރާއްޖޭގެ ހުރިހާ މިނިވަން މުއައްސަސާތަކެށްލިބޭނޭ ،،،، އެބަޔަކު ވެރިކަމުގައި ތިބޭއިރު އެބަުޔަކު ބޭނުންވާ ކޮންޓްރޯލް ހޯދުން އޮންނާނީ ،، އެއީ ރާއްޖޭގައި އަދި އޮތް ޕޮލިޓީކްސްއަކީ ،،،، އެބައެއްގެ ރޮނޑުން ހަންދަމާނެގޮތް އެބަޔަކު ހޯދައިގެން އުޅެނީ ،،،، އެހެންވެ ނޫންތޯ ތިޔަ ޝިފާޒް ވިދާޅުވީ އެމްޑީޕީގެ މީހުންނަށް ފްލެޓްދީފައި ނޫނީ އެހެންއެކަކަށްވެސް ނުލިބޭނޭ ،،،، ވަރަށްވެދުން

The name is already taken The name is available. Register?

ފަޅުވެރިން

10 November 2017

މީޑިއާއަކަށް އެއްވެސް ބިރެއް ނެތް! ނަމަވެސް ދިވެހި ޤައުމުގެ މިނިވަންކަމާއި، ސިޔާދަތަށް ވަރަށް ބޮޑު ބިރެއް އެބައޮތް! އެއީ މިނިވަން މީޑިއާއޭ ކިޔައިގެން އުޅޭ އިދިކީލި މީޑިއާ! އިދިކީލި މީޑިއާއަކީ މިޤައުމަށް ޖެހިފައިއޮތް ވަރަށް ބޮޑު ނޮހޮރުއްޕާނެއް! މިމީހުން ސައިޒު ކުރެވެން އޮތް ކޮންމެ ގޮތަކުން ސައިޒު ކުރަންޖެހޭ! ތިމާމެންނަކީ ޑިމޮކްރެސީގެ ހަތަރުވަނަ ބާރޭ ކިޔައިގެން ފޮނިކަނޑާއިރު، އަދުގެ ދުނިޔޭގައި މީޑިއާއަކީވެސް ބޮޑު ވިޔަފާރިއެކޭ ބަލަ!! ކޮން ހަތަރުވަނަ ބާރެކޭ ކިޔާކަށްހޭ، ތިޔައީ ބޮޑު ވިޔަފާރިގަނޑެކޭ!!

The name is already taken The name is available. Register?

ދިސްވޭ

10 November 2017

މީޑިއާ އަށް އޮތް އެންމެ ބޮޑު ބިރަކީ ބްރޯޑް ކޮމް އޭ ބުނަން އެމްޑީޕީން ލަދު ގަންނަން ޖެހޭނެއޭ. ވީޓީވީ އަށް ގާއުކީ އެއީ ކޮން ބަޔެއްތޭ. އެއީ އެމްޑީޕީގެ މުޒާހަރާ ތެރޭން ދޯ. ޓީވީއެމް ޕީއެސް އެމް އާއި ހަވާލު ކުރަން މަޖްލީހުން ފާސް ކުރުމުން ނުދީ އެއީ ކެނެރީގެ ނަޝީދުގެ އަމިއްލަ ތަރިކަ މުދާ ކަމަށް ބަލައިގެން ފިކުރު ދިމާނުވާ މީހުންނާއި ޕީއެސް އެމް ހަވާލު ނުކުރީ އެއީ ވެރިކަން ވެއްޓިދާނެ ކަމަށް ބިރުން ދޯ. ނުވެއްޓޭތޭ އެމްޑީޕީގެ ވެރިކަން. ވެއްޓިފައި ވަނީ ދޯ 3 އަހަރު ތެރޭގަައި. އޮންނާނީ ތަމެން އެމްޑީޕީގެ ވެރިކަން ވައްޓާލާފައެވެ. ދެން މަހަށް ދޭބަލަ ބާރަށު ޝިފާޒު މެން. ދެން ކުޅަދާނަ އެއް ނޫން ޕްރޮޕެގެންޑާ ފަތުރައިގެން އެންމެ މިލިމީޓަރެއް ވެސް ކުރިއަށް ދާން އެމްޑީޕީ އަށް. ކުޅަދާނަ އެއް ނޫން. ތަމެންގެ ޓާރން އިޒް އޯވަރ. ފިނިޝްޑް. ތަމެންގެ ޗެޕްޓަރ ކްލޯސް ވެއްޖެ. ދެން ޖެހޭނީ އެމްޑީޕީ ރިބާރތް ކުރަން ކެނެރީގެ އާއިލާ މީހުން ނުހިމަނާ. މިނޫން އެއްވެސް ޗޮއިސް އެެއް ނޯންނާނެ. ދިސް ވޭ އިޒް ދަވޭ.

The name is already taken The name is available. Register?

ނުވާނެއޭ

10 November 2017

މީޑިއާ އަށް އޮތް ބިރަކީ އެއީ ބްރޯޑް ކޮމް އެއް ނޫން މީޑިއާ އަށް އޮތް ބިރަކީ އެއީ މޯލްޑިވްސް މީޑިއާ ކައުންސިލެވެ. އެކައުންސިލުގެ ކޮމްޕޮޒިޝަން ފެނިފައި ވެސް މަމެން ހޭނެތިއްޖެއެވެ. އޭގައި އާންމުންގެ ފަރާތުން މީހުން ތިބެން ޖެހޭނެ ކަމަށް މަމެންގެ ބުއްދި އަށް ނުފެނެއެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުގައި މިތިބެނީ މީޑިއާ ތަކުގެ އެޑިޓޯރިއަލް ބޯރޑް މެމްބަރުންނެވެ. އެގޮތުން ބަލާއިރު އެތާ ތިބީ ރާއްޖޭގެ މަޝްހޫރު އޮންލައިން މީޑިއާ އާއި ޓީވީ ޗެނަލްސް ތަކުގެ މީހުންނެވެ. އެމެން ގެ ރޭވުމެއް އެއީ އަލަށް އުފެދެމުން އަންނަ އޮންލައިން މީޑިއާ ތަކަށް ނޭވާ އެއް ލިޔަ ނުދިނުން. މަމެން ވަރަށް ބޮޑަށް ތުހުމަތު ކުރަން މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމުގައި ވެސް ކޮންފްލިކްޓް އޮފް އިންޓަރެސްޓް ނުހުންނަ ކަމަށް. މޯލްޑިވްސް މީޑިއާ ކައުންސިލެއް ބޭނުމެއް ނުވާނެއެވެ. ބްރޯޑް ކާސްޓިންގް ކަމިޝަން އެކަނި އޮތުމުން ފުދިފައި ޚަރަދު ކުޑަވާނެއެވެ. މީޑިއާ ކައުންސިލު ޖެހޭނީ އުވާލަން. ބޭނުމެއް ނޫން.

The name is already taken The name is available. Register?

ތަމް

10 November 2017

މިހާރު ކަމަކީ ޕޯޑިއަމެއް ފެންނައިރަށް ނަޝީދުގެ މަސްކެއުން. އެއްޗެހި ލައިވްކުރުން މައްސަލައެއްނޫން. އަބުރަކީ ޔާމީނުގެ އެކަނި އޮންނަ އެއްޗެއް ތޯޗެ.

The name is already taken The name is available. Register?

ވަމުންދަނީ

10 November 2017

މީޑިއާ އަށް އޮތް ބިރަކީ އެއީ ބްރޯޑް ކޮމް އެއް ނޫނެވެ. މީޑިއާ އަށް އޮތް ބިރަކީ އެއީ އެމްޑީޕީ އަށް ތާއީދު ކުރާ ޓީވީ ޗެނަލްސް ތަކާއި އަދި އޮންލައިން މީޑިއާ އިން ދޮގު ތެދަށް ބަދަލު ކުރަން ވެގެން ދައްކާ ދަ ހޯކްސް ވާހަކައިގެ ހަގީގަތް ބްރޯޑް ކޮމް އިން ހާމަ ކޮށްދެމުން ދާތީވެ އެމްޑީޕީން އާންމުންނަށް އޮޅުވާލާ މަކަރާއި ހީލަތް ހަދަމުން ދާ ކަން ރައްޔިތުންނަށް އެގިގެން އެމްޑީޕީގެ ޖަނގިޔާޒް ދަ ބޭލެނިންގް ވަނީއޭ އެއީ އޭ މިހާރު ވަމުން ދާ ކަމަކީ.

The name is already taken The name is available. Register?

ބޫމް

10 November 2017

މި ޕެނަލް ޑިސްކަޝަން ލައިވްކުރި ޗެނަލްތަކަށް ފިޔަވަޅެއް ނާޅާތަ؟

The name is already taken The name is available. Register?

ދަންނަމޭ

10 November 2017

މީޑިއާއަށް އޮތް އެންމެ ބޮޑު ބިރަކީ ބްރޯޑްކާސްޓިން ކޮމިޝަން ކަމަށް ބާރަށު ޝިފާޒް މެން ބުނާއިރު އެމެންގެ ވެރިކަމުގައި ކެނެރީގެ ނަޝީދު ގާތުން ނޫސްވެރިއަކު އެހީއޭ ޕީއެސްއެމް ބޯރޑް އާއި ޓީވީއެމް ހަވާލު ނުކޮށްގެން އުޅެނީ ކިއެއްވެތޭ ބުނުމުން އެކަލޭގެ ދިން ޖަވާބަކީ އެއީ އޭނާ އާއި ފިކުރު ދިމާނުވާތީއޭ. ކެނެރީގެ ނަޝީދާއި ފިކުރު ދިމާނުވާތީއޭ ކިޔާ ރައްޔިތުންގެ މުދަލެއް ރައްޔިތުންނާއި ހަވާލު ނުކޮށް އޭނާ އަށް އަމިއްލަ އަށް ޓީވީއެމް ވެރިކުރެވޭނީ އެއީ ޓީވީއެމް އަކީ އޭނާގެ ތަރިކަ މުދަލެއް ކަމަށްވާނަމަ ނޫންތޭ. އެކަމަކު ޓީވީއެމް އަކީ އެއީ ކެނެރީގެ ނަޝީދުގެ ތަރިކަ މުދަލެއް ނޫން ދޯ އެއީ ރައްޔިތުންގެ މުދާ ދޯ. ކަން މިހެން ހުރުމުން މިއަދު ވެރިކަން ނުލިބިގެން ތެޅި ބޭލެމުން ދާ ބާރަށު ޝިފާޒް މެން ފަދަ ލޯ ޕްރޮފައިލް މީހަކު މީޑިއާ އަށް ހުރި ގޮން ޖެހުމަކީ އެއީ ބްރޯޑް ކޮމް ކަމަށް ބުނުން އެއީ އީގޯ ސިންޑްރޯމް ކަން މަމެން ދަންނަމޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454