ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު މިއަދު ފައްޓަވައި ދެއްވުމަށް ފަހު ރައީސް ޔާމީނާއި ބައެއް އެހެން ބޭފުޅުން އަތް ޖައްސަވަނީ.---ފޮޓޯ: ރައީސް އޮފީސް
13 ނޮވެމްބަރ 2017 - 00:13
ކުރިއަށް އޮތްތަނުގައި ވެސް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ އެންމެ ބޮޑު ގެއްލުމަކަށް ވާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވަކިވުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ ހަ ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުޅުދުއްފުށީގައި ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ތިން ގޮންޖެހުމަކީ އެ މަނިކުފާނު އަވަހާރަކޮށްލަން އުޅުމާއި ޕާޓީގެ އެތެރޭގައި އުފެދުނު ބައިބައިވުންތަކާއި ޕީޕީއެމްގެ މަޖިލިސް މެމްބަރުންތަކެއް ވަކިވެ ކުރަން އުޅުނު "ބަޣާވާތް" ކަމަށެވެ.
އެހެން ދެން ވެސް ލިބިވަޑައިގަންނަވާނެ އެންމެ ބޮޑު ގެއްލުމަކީ އެ ކަންކަން ތަކުރާރުވުން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ އެއީ ހިނގާފާނެ ކަންކަން ކަމަށެވެ.
"ދެން ވެސް އަޅުގަނޑަށް ލިބޭނެ އެންމެ ބޮޑު ގެއްލުމަކީ އަޅުގަނޑުމެން ޕާޓީގެ މެމްބަރުން ކޮޅެއް އަޅުގަނޑާ ވަކިވެގެން ދިއުން. މި އިމްތިހާނު ވެސް އަޅުގަނޑު ކުރާނެ ކަން ނޭނގެ އަދިވެސް. އަދިވެސް އަޅުގަނޑު ސިހުމެއް ނުވާނެ އަޅުގަނޑު އުންމީދެއް ނުކުރަން އިންތިޒާރު ކުރަން އަނެއްކާ ވެސް އަޅުގަނޑު ފުރާނަ އަށް ނުރައްކާވާ ފަދަ ގެއްލުން ދޭނެ ކަންނޭނގެ،" ކުޅުދުއްފުށީގެ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ އެ ރަށުގެ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަދު ހަވީރު ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ފަހު، މިރޭ ކުޅުދުއްފުށީގައި ރައީސް ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމްއިން މިރޭ ބޭއްވި ޖަލްސާގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ޕީޕީއެމުން ވަކިވެގެން މަޖިލީހުގެ މެމްބަރުންތަކެއް ވަޑައިގަތީ އެބޭފުޅުންގެ އަމިއްލަ އެޖެންޑާތަކެއް ހާސިލް ނުވުމުންނެވެ.
އަދި ވިދާޅުވީ އެމަނިކުފާނަށް މަދުވާ ކަމަކީ އިޚުލާސްތެރިކަން ކަމަށާއި ވެއްޓެެމުންދާ އިރު ހިފަހައްޓާ އަސާގަނޑަކަށް ޕާޓީ ނުހެދޭނެ ކަމަށެވެ. ޕާޓީގެ އެއްވެސް މަގާމެއްގައި ހުރުމަކީ ޝަރަފްވެރި މީހަކަށް ވުން ނޫން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީ އަށް ނިސްބަތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ޒަމާނީ ޑިމޮކްރެސީއެއް ގެނައުމަށް އެ ޕާޓީން މަސައްކަތްތަކެއް ކުރި ކަމަށާއި ނަމަވެސް ފަހުން އަމަލުކުރީ ދެއްކި ވާހަކަތަކާ އިދިކޮޅަށް ކަމަށެވެ.
ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ހުވަފެން ދެއްކުމަކަށް ނޫނެވެ. އޭގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރަނީ އިޚުލާސްތެރިކަމާ އެކު ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގަ ތަނަވަސްކަން ނެތް ކަމަށް ބުނެ ނުދެވި ހުރި ކަންކަން މިއަދު ވަމުން އަންނަ ކަމަށެވެ.
ރާއްޖެ އަކީ ތަރައްގީ ކުރަން ބޭނުން ވަރަކަށް ތަރައްގީ ކުރެވޭނެ ގައުމެއް ކަމަށާއި ބޭނުންވަނީ ރައްޔިތުންނަށް އުންމީދުތަކެއް ދިނުމަށް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. ރަށްރަށަށް ޒިޔާރަތް ކުރައްވާއިރު، އެމަނިކުފާނުގެ ލޯފުޅުން ފެން ފާއްދާލާ ސަބަބަކީ މިހާ ގިނަ ދުވަސް ވެގެންދިޔައިރު ވެސް ރައްޔިތުންގެ ބޭނުންތައް އަދިވެސް އިތުރުވުމާއި ރަށްތަކުގައި ވަރަށް ހާލުގައި އުޅޭ ރައްޔިތުންތަކެއް ތިބުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ލޮލުން ފެން ފާއްދާލަނީ އުފާވެރި ކަމާ ވެސް އެކީ. އުފާވެރި ކަމަކީ ކަންތައްތަކެއް ކޮށްދެވޭނެ ކަން ގަބޫލްކޮށް އުންމީދުތަކެއް ރައްޔިތުން އަޅުގަނޑާ ގުޅުވާތީ،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދު ކަފުނަށް ތިރިނުކޮށް އެއަށް ވުރެ ޝަރަފްވެރި ބަަޔަކަށް ދިވެހީން ވާން ޖެހޭ ކަމަށް ރައީސް ޔާމީން މިރޭ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުމްހޫރީ ކަޅުދައުރު
13 November 2017
ދިވެހި ޖުމްހޫރިއްޔާގައި އަދި މިހާތަނަށް ވެރިކަން ކުރެއްވި އެންމެހާ ރައީސުންނަކީވެސް ދުސްތޫރީ ހައިސިއްޔަތާއެކު ވެރިކަން ކުރެއްވި ބޭފުޅުން. އެކަމަކު މަނިކުފާނަކީ ޕާލަމެންޓްގެ ތާއީދުވެސް ގެއްލުމުން ގަދަބާރުން ހިންގަވާ ވެރެިކަމެއް. މިހާރުން މިހާރަށްވެސް ރައްޔިތުންގ މަޖްލިސް ހައްޔަރުން ވަކިވެއްޖެ ނަމަ ދުސްތޫރީ ހަމައިގެ މަތިން ޢަޒުލުކުރެވޭނެ ކަމާއިމެދު ޝައްކުވެސް ނެތްވާހަކަ ޗެލެންޖާއެކު ދަންނަވަން. މަނިކުފާނުވީމަ ބާޣާވާތަކަށް އަދި މަނިކުފާނާ ޚިލާފުވާނަމަ ރިޝްވަތާ ޚިޔާނަތަށްވާ ވާހަކަ ދައްކަވާއިރު ކޮބައޮތޯ މަނިކުފާނާއެކު ރައްޔިތުން ހޮވި ނާއިބުރައީސް؟ މަނިކުފާނު ސައިޑަށް މެމްބަރުންތައް ގެންދިޔައިރު އަދި ގާނޫނުތައް ބަދަލުކުރިއިރު ހަލާލު ހުއްދަކަންކަން ދެެއްތޯ؟ ގައުމަކަށް ލިބޭނެ އެންމެ ބޮޑު އެއްދެރަ އެގައުމެއްގެ ލީޑަރުން އަމިއްލައެދުން ބޮޑުވެ ސަލާމަތް ބުއްދީގެ އުސޫލުތަކާ ޚިލާފުވާ ހިސާބަށް ދިއުން.
ޑިމޮކްރަސީ
13 November 2017
މެންބަރުންކޮޅަކާ މުއައްސަސާތަކާއި ކޯޓްތަކާއި ޕޮލިހާއި ސިފައިންގެ ތާޢީދުގައި ހުންނެވިޔަސް ރައްޔިތުނގެ ތާޢީދްނުލިބޭހާ ހިދަކު ހުންނަވަންޖެހޭނީ އަދުތޯމާދަމައިގަ، ދެންވެސް ވެރިކަމުގެ އާރަ ބާރުގަ ހުންނަން ބޭނުމިއްޔަ ޢަދުލް އިންސާފް ޤާއިމުކޮށް ނަޙައްޤުން މީހުންނަށްދެމުންދާ އަނިޔާތަކާއި އަނިޔާވެރިކަން ހުއްޓާލާ ރައްޔިތު މީހާއާށް ހެޔޮއެދިގެން ކަމެއްކޮށްދެވޭތޯބަލާ
އަލި
13 November 2017
ޔާމީންއަށް އަދި އެހެންވެސް ބޮލެއް ހުރި މީހަކަށް ވެއްޖިއްޔާ އެނގޭނެ އެމްޑީޕީން ކޮރަޕްޓް މީހުން އިތުރަށް ކޮރަޕްޓް ކުރަން ކުރާ މަސައްކަތަކީ ގޮންޖެހުމެއްކަން
ކޮލެޖް ބޯއީ
13 November 2017
މެންބަރުން ކޮޅެއް ގެއްލުމަކީ މައްސަލަ އެއް ނޫނެވެ. ޕާޓީން ވަކިވާ މެންބަރުންގެ ނުވަތަ ޕާޓީ ލައިން އާއި ޚިލާފުވާ މެންބަރުން އެލެކްޝަން ކޮމިޝަން އަށް އެންގުމުން އެ މެންބަރުންކޮޅު މަޖިލީހުން ވަކިވީ އެވެ. ދެން އެއޮތީ ސަޕްލިމެންޓަރީ ބަޖެޓެވެ. ފިކުރާއި ދިމާވާ މީހުން ހޮވެން ދެން ބައި އެލެކްޝަން ތައް ފުލުފުލުގައި ފަޓާސްބަރި އެއް ހެން ބާއްވަންވީ އެވެ. މައްސަލަ ހައްލު ނުވާނަމަ ސުޕްރީމް ކޯޓު އެއޮތީ އެވެ.
އަލީގ
13 November 2017
ރައީސްއައް ނޭނގޭބާ މެންބަރުންގެ ތާއީދައް ވުރެ ޑިމޮކްރަސީއެއްގަ މުހިންމުވާނީ އާންމު ރައްޔިތުންގެ ތާއީދުކަމެއް. މެންބަރުންވެސް ވަކިވާނެ އާންމު ރައްޔިތުންގެ ތާއީދު ވެރިކަމައް ގެއްލެމުންދާވަރަކައް.
އައިޖޭ
13 November 2017
އާދެ، މަނުކުފާނު ގާތުގައި އިހުލާސް ތެރިންނެއް ނެތް.. ހަމަ އަމިއްލަ މަންފަ އަށްތިބި މީހުން ތިބީ... ކޮންމެ މެމްބަރަކު ކަރުފދާސް ކުންފުނި ހަދައގެން ފެނަކަ އަށް ބޮޑު އަގުގައި ތެޔޮ ވިއްކުންފަދަ އަމިއްލަ މަންފާ ވަތީ އަރިހުގައި އެތިބީ ދޮތްތޯ...
ސައްޕެ
13 November 2017
ޕޯޑިއަމް އަކަށް އަރައިފިއްޔާ އަބަދުވެސް މަރު މަރު އަޅުގަނޑު މަރާަލަން އެބަ އުޅޭ!! ތިނޫން އެއްޗެއް ކިޔޭނީ ކޮންދުވަހަކުން
ކަރިޝް
13 November 2017
ތި އުޅެނީ ސިމްޕަތީހޯދަންން . ލިބުނީމަ ހިފަހައްޓަން ނޭގުނީމަ ދެން ކޮންވާހަކައެއްމިހާރު ދައްކާކަށް
އުނބުށެން
13 November 2017
"ދެން ވެސް އަޅުގަނޑަށް ލިބޭނެ އެންމެ ބޮޑު ގެއްލުމަކީ އަޅުގަނޑުމެން ޕާޓީގެ މެމްބަރުން ކޮޅެއް އަޅުގަނޑާ ވަކިވެގެން ދިއުން. މި އިމްތިހާނު ވެސް އަޅުގަނޑު ކުރާނެ ކަން ނޭނގެ އަދިވެސް." މިވާހަކައިން ގާތުގައި ތިބި މީހުން ތިބީ ކިހިނެއްކަމާއި، އެ މީހުންނަށްވެސް އިތުބާރު ނުކުރާކަން ވަރަށް ބޮޑަށް ސާފުވެއެވެ.
މެންޓަލިސްޓް
13 November 2017
އަޅުގަނޑު ހިތައްއަރަނީ ކީޢްވެތޯ މަނިކުފާނުގެ ޕާޓީން މަނިކުފާނު އެވަރަަކަށް މަރަންއުޅެނީ ؟؟ އެއީ ހަމަލޯބިވާލެއް ބޮޑުކަމުން ވާކަމެއްތޯ ؟؟ ސަޕޯޓްމާބޮޑަށްއޮތީމައި ވާކަމެއްތޯ ؟؟ ކުރީންވެސް މަނިކުފާނު އޮޅުކޮއްގެން ކާންދީގެން ގެންގުޅުނު އަދީބްކިޔާސޮރެއް މަނިކުފާނާއި މެޑަމްއާޢި މިނިސްޓަރުން މަރާލަން ފިނިފެންމާލޯންޗް ގޮއްވާލިކަމަށް މަނިކުފާނުވިދާޅުވަނީ ،،، ދެން އެދަވަހު ނަސީބުދިމާކުރިގޮތުން މަނިކުފާނުގެ ހަގު ފިރިހެންދަރިކަލުން ހުންނެވީ އެހެންލޯންޗެއްގައި ،،، އަދި ސިފައިން ކުޅަދާނަކަމުން ލޯންޗްގޮވީމައިވެސް އޭގައި މަނިކުފާނު ބެހެއްޓީއެތައްއިރެއްވަންދެން ،،، އެއީ އެމީހުންނަށް ޔަގީންކަންއޮތީ ދެވަނަ އެއްޗެއްނުގޮވާނެކަން ،،، އަނެއްކާ ހުރިހާކަމެށް ލައިވް ޓީވީތަށް ކުރިމަތީ ،،، ނޫނޭވާ ފައްކާދުވަހެއްއެއީ ،،،، ވަރަށްވެދުން