ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުން ރަސްމީކޮށް ފެށުމަށް އިއްޔެ އެ ރަށުގައި ބޭއްވި ހަފުލާގައި ނަޝީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
13 ނޮވެމްބަރ 2017 - 11:25
ހދ. ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އިތުރަށް ބޭނުންވަނީ 180 މީހުން ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ހަ ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އެ ރަށް އިތުރު ހަރުފަތަކަށް ގެންދިއުމަށް ބޭނުންވާ އަދަދު ހަމަވުމުން، ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއުތައް ފުރިހަމަވެ، ކުޅުދުއްފުށީ ސިޓީއަކަށް ބަދަލު ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ. އެހެންވެ، އެކަމުގައި އެއްބާރުލުން ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.
ގާނޫނުގައި ވާ ގޮތުން ނަމަ، 10،000 މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށަކަށް ސިޓީއެއްގެ ދަރަޖަ ދޭން ޖެހެ އެވެ. މިހާރު ސިޓީއެއްގެ ގޮތުގައި ބަލަނީ މާލެ އާއި އައްޑު އާއި ފުވައްމުލައް އެކަންޏެވެ.
ޕީޕީއެމްގެ ހަ ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މި ރަށުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ރައީސް އޮފީސް
"އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން ދައްކާ ވާހަކައެއް، ކޮންއިރަކުންހޭ އަޅުގަނޑުމެން ސިޓީއަކަށް [ބަދަލު] ވާނީ؟. ހަމައެކަނި ހުރަހަކީ 180 ރައްޔިތުން ކުޅުދުއްފުށީގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓަރީ ވެގެން ދިއުން. އޭރުން އަޅުގަނޑުމެން ސިޓީއަކަށް ވުމަށް ކުރަންޖެހޭ ކަންތައްތައް ކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދުރު ނޫން މުސްތަގުބަލެއްގައި ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެގެން ދިއުމަކީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ދެކޭނެ އުންމީދެކެވެ. އަދި މިކަން ސަރުކާރުގެ ކޮންމެވެސް ހިސާބެއްގައި އެކަން "ނޯޓު" ކޮށްލާފައި ބޭއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ރަށްރަށަށް ބޮޑެތި ތަރައްގީތަކެއް އަންނަކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ، ރާއްޖެ އަށް ލިބެމުންދާ ތަރައްގީ ވިސްނައި ނުގެނެވޭ އެންމެ ބޮޑު ސަބަބަކީ ކުދި ކުދި ޖަޒީރާތަކެއްގެ ގޮތުގައި އޮންނާތީ ކަމަށެވެ. އަދި ތަރައްގީގެ ވާހަކަ އަޑުއިވެނީ ޓީވީ އާއި ނޫސްތައް މެދުވެރިކޮށް ކަން އޭނާ ފާހަގަކުރެއްވި އެވެ.
ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ކުޅުދުއްފުށީގައި ރޭ ބޭއްވި ޖަލްސާ. - ފޮޓޯ: ރައީސް އޮފީސް
ރާއްޖެއަކީ އެހެން ގައުމުތައް ފަދައިން އެއް ބައްރަކަށް ހިކިފައި އޮންނަ ގައުމަކަށް ވާނަމަ، ވަރަށް ގިނަ މަޝްރޫއުތައް ހިނގާތަން ހަމަ ލޮލަށް ބަލާލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މިދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ކުޅުދުއްފުށީ ރައްޔިތުންގެ ޝަކުވާއަކީ އެހެން ރަށްރަށުގައި ހިނގާ މިންވަރަށް ކުޅުދުއްފުށީގައި ޕްރޮޖެކްޓްތައް ނުހިނގާ ވާހަކަ އެވެ. ނަމަވެސް ކުޅުދުއްފުށީގެ މަގުތައް ހެދުމާއި ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަޝްރޫއުން މިސާލު ނަންގަވަމުން ނަޝީދު ވަނީ އެ ރަށު ފަސްގަނޑު ވެސް މަޝްރޫއުތައް ހިނގަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާާޢަބްދު ﷲ
13 November 2017
3000 އަކަފޫޓްގެ ގޯއްޗެއްދީ އޭރުން 35 މީހުން ތިރަށުގެ ރައްވެހިންނަށް ހަދައިދީފާނަން
އެކްސް
13 November 2017
މަށަކީ މިހާރުވެސް ސިޓީއަކަަށް ނިސްބަތްވާ މީހެއް. ކުޅުދުއްފުށި ސިޓީއަކަށް ހަދަން ބޭނުންވާ 179 މީހުން ހޯދައިގެން މަށާ ހަމައަށް އައުމުން 180 މީހަކަށް މަމިހިރީ ރަޖިސްޓްރީވާން ތައްޔާރަށް..
ނާސިހާ/ ކުޅުދުއްފުށި/ އެމް ބީ ބީ ސީ / އެމް ޑީ
13 November 2017
ނަން ސިޓީ އަކަށް ބަދަލުވިޔަކަސް 2019 ގައި އަޅުގަބޑު ކުޅުދުއްފުށީ ދަރިއެއްގެ ހައިސިއްޔަތުން މެމްބަރު ކަމައް ކުރިމަތީލާނީ ރައީސު ޔާމިނުގެ ޒުވާން ކުއްޖެއްގެ ގޮތުގައި އެމަނިކުފާނުގެ ވައުދު ފުއްދުމުގެ ބޭނުމުގައި. އަޅުގަނޑުމެން އިތުރަކައް ބީރެއްޓެހީންނައް ޖާގަދޭކަށެއްބޭނުމެއްނޫން.. ކުޅުދުއްފުށީގެ ތައުލީމީ ޒުވާނުން މިއަދު ތިބީ ލޯހުޅުވައިގެން. ރަށުގެ ކަންތައް ތަކުގައި
ސުއްކަތުރާ
13 November 2017
ނަމަކުން ކުރާނެ ކަމެއް އޮންނާނެ ކަމަށް ގަބޫލުކުރުމީ ގޯހެއް. މިނިވަންކަމާއެކު ރަށުގެ ކަންކަން ނިންމުމުގެ ބާރާއި އިހުތިޔާރު ރަށުގެ ވެރިންނަށް ލިބެންވާނެ ކަމަށް ގަބޫލުކުރަން. ނަމަވެސް އެކަން ވުމަށްވުރެ ނުވުން ގާތްކަމަށް ފެނުނު މަންޒަރުން ޔަގީންވަނީ. ރަށުގެ ބޮޑު މަސްރޫ ފެށުމުގެ ރަސްމިއްޔާތުގައި ރަށުގެވެރިންގެ ގޮތުގައި ރަށުގެ ރައްވެހިން ހޮއްވެވި ބޭފުޅުން ތިއްބެވީ "ތިރީގޮނޑީ"ގައި، މާނައީ ދެވަނަ ދަރަޖައިގައި ގިންތިކޮށްފައި. ފަހަރުގަ ސިޔާސީ ފިކުރު ތަފާތުވުމުން ވީގޮތްކަންވެސް ނޭންގެ.
ސަމްކޭޝް
13 November 2017
ކުއްޓި ނަޝީދު ގާނޫނީ ވަނީ ވަކިބޭފުޅަކު ވެރިކަން ކުރާއިރު، މިހާރުއެހުންނެވީ ޤާނޫނީގޮތުން ކިޔެވިތަކެތި ހަނދުމަފުޅުނެތިފަ! ހަރުދަނާ މަތިވެރި ޞަފުޞިއްޔަތު ތަކަކީ ކޮންމެ ހިނދަކުވެސް ތިމާގެ ދުލުން ޙައްގުގެ މަތިވެރިބަސް ބުނަންކެރޭ މަތިވެރި މުޢާތިނުން! ،،ފަތިފައްޗަށް ގުލްހާރު ގަތައިގެން އެމުނޭ،، ވާހަކަ ޅެންވެރިޔާ ގެނުވަނީ އެކަހަލަ ބޭފުޅުންގެ ކަރުފުޅަށް!
ބެއްޔާ
13 November 2017
ދިވެހި ގައުމުގައި މިހާރު ކަންތައްތައް އޮތްގޮތުން ރަށެއް ސިޓީއަކަށް ބަދަލު ކުރުމުން އެރަށަކަށް ފައިދާއަށްވުރެ ބޮޑަށް ވާނީ ގެއްލުން. އައްޑުއަކީ މިހާރު އެކަން ތަޖުރިބާ ކުރަމުންދާ ރައްޔިތެއް އުޅެމުންދާ ތަނެއް.
ޢަލިބޭ
13 November 2017
އައްޑޫ އަށް އެހެން ވެގެން އުޅެނީ ކައުންސިލަށް އުޅެން ނޭނގިގެންނެވެ. އެމީހުން ޤަބޫލުކުރަނީ އަދިވެސް ރައީސަކީ ކެނެރީގޭ ނަޝީދުކަމަށެވެ. ކުޅުދުއްފުއްޓަކަށް އެހެނެއް ނުވާނެކަމަށް ދެކެނީ. އެރަށުގެ މީހުންނަށް ތަރައްޤީ ބަލައިގަންނަށް އަދި ހޯދަން އެނގޭ.
ދޮންކަމަނަ
13 November 2017
ކޭ އެލް ސިޓީ ޖޭނުވެބަލަ އެކަކުވެސް ކޮންމެބޭފުޅަކުވެސް މިރަށައް އައިސް ކުއްޖަކާ ކައިވެނި ކޮއްގެން ސިޓީގަ އުޅެބަލަ ވަރައްނަަލަ ކުދިން އިއްޔެގަވެސް ފެނުނޭނޫންދޯ ވަޒީފާތައްވެސް އުފެދޭނެ ބޭނުމީ އެކުވެރިކަން ހަސަދަވެރިކަމެއްނޫން ހަސަދައިގެ އަލިފާން ނިއްވާލުމައް އާޔަތުލްކުރުސި ގިނަގިނައިން ކިޔާ
ދޮން އާމިރު
13 November 2017
މިބޭފުޅުންވެސް ވެއްޓިއްޖެ ހިސާބެއް ދޮއްތޮ....#ކޮރަޕްޝަން.
ފެއިލިއާ
13 November 2017
ކުއްޓި ނަޝީދު މާ ގާނޫނީ ވެގެން އުޅުނު ކުރީގެ ވެރިކަންތަކުގަ. މިހާރު ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ގަވައިދުތައް ވީދާ ކުދިކުދި ކުރާއިރު ޗުއްޕުވެސް ބުނެލާކަށް ނުކެރޭ!
ާސަތޭކަ
13 November 2017
ހަމަ ކުރަން ކައިވެނި ކުރޭ ކުޅިދުއްފުށިގެ 18 އަހަރު ފުރިފައިވާ ހުރިހާ ގޮއްޔެތައް، 9 މަސް ތެރޭ 400 ހަމަ ވާނެ