މަޖިލީހުގެ އިދިކޮޅު މެމްބަރުންތަކަކާއި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންތަކެއް މަޖިލީހުގައި. - ފޮޓޯ: މިހާރު
14 ނޮވެމްބަރ 2017 - 12:07
ޖުމްލަ އަދަދެއްގެ ޖަހައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ، އަންނަ އަހަރުގެ ބަޖެޓަކީ ހަމައެކަނި އަދަދުތަކެއް ކަމަށާއި، އެއީ ބަޖެޓެއް ފޮނުވުން ނޫން ކަމަށް މަޖިލީހުގެ އިދިކޮޅު މެންބަރުން ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުގައި އެއްވެސް ތަފްސީލެއް ހިމަނައިފައެއް ނެތެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގެ ގޮތުގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވީ ޖުމްލަ އަދަދެއްގެ ޖަހާފައި އޮތް ސިޓީ އެކެވެ.
މީގެ ކުރިން އަމަލު ކުރަމުން އައި ގޮތަކީ ބަޖެޓް ފޮނުވާކަން އަންގައި މަޖިލީހަށް ފޮނުވާ ސިޓީއާ އެކު ބަޖެޓްގެ ހުރިހާ ތަފްސީލެއް ހިމެނޭ ގޮތަށް ބަޖެޓް ފޮތް ވެސް މަޖިލީހަށް ފޮނުވަ އެވެ. އެކަމަކު، މި ފަހަރު ބަޖެޓު ފޮތް ވެސް ފޮނުވައިފައެއް ނުވެ އެވެ.
މަޖިލީހުގެ ކުރީގެ ރައީސް، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި ބަޖެޓު ފޮނުވަން ޖެހޭނީ މާލިއްޔަތުގެ ގާނޫނުގައި އޮންނަ ގޮތަށް ތަފްސީލާ އެކުގަ އެވެ. އަދި ތަފްސީލެއް ނެތި މަޖިލީހަށް ބަޖެޓު ފޮނުވުމަކީ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު މުނައްވަރު މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅުއްވަނީ. - ފޮޓޯ: މަޖިލިސް
މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީ އާއި އޭގެ ކުރިން އަމަލުކުރި ގާނޫނުއަސާސީ ޑްރާފްޓްކުރުމުގެ މަސައްކަތުގައި އުޅުއްވި ޝާހިދު ވިދާޅުވީ އޭނާ މަޖިލީހުގެ ރައީސްކަން ކުރެއްވި އިރު، ކުރީގެ ސަރުކާރުތަކުން މަޖިލީހަށް ބަޖެޓު ފޮނުވީ ހުރިހާ ތަފްސީލްތަކަކާ އެކު ގާނޫނުގައި ބުނާ މުއްދަތުގެ ކުރިން ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ ގާނޫނުގައި އޮންނަ ގޮތަށް ކަން ބަޖެޓު ފޮނުވަން ޖެހޭނީ. އެ ނޫން ގޮތަކަށް ބަޖެޓު ނުފޮނުވޭނެ،" އެމްޑީޕީގެ އިސް މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝާހިދު ވިދާޅުވި އެވެ.
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ އާންމު އުސޫލަށް ބަލާއިރު، ބަޖެޓު މަޖިލީހަށް ފޮނުވަން ވާނީ އާމްދަނީގެ ގޮތުގައި ލިބޭނެ އަދަދާއި ހަރަދު ކުރެވޭނެ ގޮތް ފަދަ މުހިންމު މައުލޫމާތާ އެކުގައި ކަމަށެވެ. އަދި ހިސާބު އަދަދެއް ފޮނުވިޔަސް، އެއީ ބަޖެޓު ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންތަކެއް މަޖިލީހުގެ ގޯތިތެރޭގައި.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
އަލީ ވިދާޅުވި ގޮތުގައި ބަޖެޓްގެ އަދަދު ސިޓީއެއްގެ ޒަރީއާ އިން ފޮނުވުމުން ދޭހަކޮށްދެނީ ބަޖެޓު ހުށަހެޅުމަށް ސަރުކާރު ތައްޔާރުނުވާ ކަމެވެ. އަދި މިކަމުން ސަރުކާރުގެ ޕްލޭނެއް ނެތް ކަން ސާފު ވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޒަމާނުއްސުރެ ކަންކަން ކުރަމުން އަންނަ އުސޫލާ އެއްގޮތަކަށް ނޫން މި ފެންނަނީ،" އަލީ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ ބަޖެޓު މަޖިލީހަށް ފޮނުވީ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވާ ގޮތަށް، ބަޖެޓުގެ އުސޫލުތަކާ މުޅިން ހިލާފަށް ކަމަށެވެ. އަދި ބަޖެޓު ފޮނުވި ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރަކީ ގާނޫނުތަކާ އެއްގޮތަށް ތަބާވާ ބައެއް ނޫން ކަމަށާއި ގާނޫނުގައި ކޮންމެ އެއްޗެއް އޮތަސް، ސަރުކާރުން މިހާރު އެ ކަންކަން ގަބޫލު ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބެލެވޭ ގޮތުގައި ސަރުކާރުން ބަޖެޓުގެ އަދަދު ޖަހާފައި ސިޓީއަކުން ބަޖެޓު ފޮނުވީ ގާނޫނުގައި ބުނެފައިވާ ތާރީހުގެ ކުރިން މަޖިލިހަށް ބަޖެޓް ހުށަހެޅިކަން ރަސްމީކޮށްލާށެވެ. ސިޓީގައި ހިމަނާފައިވާ އަންނަ އަހަރުގެ ބަޖެޓްގެ ޖުމްލަ އަަދަދު އެނގޭ ގޮތެއް ނުވި އެވެ. އެހެންކަމުން މިއީ ހަމައެކަނި ޖުމްލަ އަދަދެއް ޖަހައި، ސިޓީއަކުން ބަޖެޓް ހުށަހެޅި ފުރަތަމަ ފަހަރު ކަމަށްވެ އެވެ.
"މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމުގެ ޖަލްސާ ނުބޭއްވި ލަސް ވަނީ ފިނޭންސް މިނިސްޓްރީން ބަޖެޓުގެ ތަފްސީލްތައް ނުފޮނުވައިގެންނެވެ. ނަމަވެސް މި މައްސަލާގައި ފިނޭންސް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މި އަހަރަށް ލަފާކޮށް، މަޖިލީހުން ފާސްކޮށްފައި ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ފާސްކުރި އަދަދާ އެކު މި އަހަރުގެ ބަޖެޓުގެ އަދަދު 27.3 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ. އަދި 2016 އަށް މަޖިލީހުން ފާސްކޮށްދިނީ 27.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ކޮންމެ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނެ ކަމަށް ލަފާ ކުރެވޭ ހަރަދާއި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް ހުށަހަޅަންވާނެ އެވެ. މާލިއްޔަތު ގާނޫނު ބުނާ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް މަޖިލީހަށް ބަޖެޓު ހުށަހަޅަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
15 November 2017
ބަޖެޓުގައި ހުންނާނީ ހުސް ހިސާބުއަދަދު ،،،، އަސްލު ފުލްބަޖެޓެއްގެ ތަފްސީލް ދީފިއްޔާމުން އެކިޔަންއެނގޭ ނޫނީ އޭގައި އެވާގޮތް އެނގޭ ތިޔަމަޖިލިސްގައި ތިއްބަވާނީ ކިތަންމީހުންބާއޭ އަޅުގަނޑު ހިތައްއަރައި ،،، ތިޔަމަޖިލީހުން މިގައުމުގައި މިއަދު ހިނގަމުންދާ ވަރަށްގިނަ ގޯސްކަންކަމުގެ ޒިންމާ ނަންގަވަންޖެހޭނެ ،،،، ފުރަތަމަ ކަމަކަށް ތިޔަމަޖިލިސް މެންބަރުން ރޮނާލްޑޯމެން މެންޗަސްޓަރ އިން ރިއަލްމެޑްރިޑްއަށް ދިއަހެން ބޮޑެތި އަގުތަކުގައި ދާންފެށީވެސް ،،، ތިޔަމަޖިލިސްއިން ގޯނިގޯނީގައި ފައިސާބެހީމައި ހަވާލުވީވެސް ،،، ތިޔަމަޖިލިސްއިން ގައުމުވިއްކަންވޯޓްދިނީވެސް ،،، ތިޔަމަޖިލިސްއިން ރާއްޖޭގެ ޖޫޑިޝަރީ މިނިވަންނުވާނެ ހުރިހާގޮތެއްވެސް ހެދީ ،،، ތިޔަމަޖިލިސް އިން މެންބަރުންގެ ތައުލީމީ ފެންވަރުގެ ސްޓޭންޑަޑްއެއް ނެހެދީވެސް ،،، ކައްޗަށްއެޅި ބިންގާ ކެއްޗާހަމަވިޔަސް އޮންނާނީ ކަތިކޮށް ،،، އެކަންމިއަދު މިފެންނަނީ ،،، ވަރަށްވެދުން
އަބްދުއްލާ
14 November 2017
ބަޖެޓް ހަދަނީ ހިސާބު އަކުރުން ދޯ .ތާނަ އިންލިޔެގެނެއްނޫންދޯ .ވީމާ ހިސާބު އަކުރު ބަޖެޓަށް ނުވާނީ ކީއްވެ. މަޖިލީހެ ތަޅުމުން ފާސް ކުރަނީ ވެސް އަދަދެއް ނޫންތަ ؟ވަކިވަކިން ކޮންމެ ސަފްހާއެއް ފާހެއް ނުކުރޭދޯ .ކޮންމެ އޮފީހަކުންވެސް އެ އޮފީހުން ޖހާފައިވާ މިންރު އޮންނާނީ ޖުމްލަތެރޭ ހިމަނާފަ ނޫނަތަ ؟
އަލްޖިބްރާ
14 November 2017
ރިޔާސީ އިންތިޚާބުވެސް ދާނީ ހަމަ ތިޔަގޮތަށްބާ ؟
އަހަންމަދޭ
14 November 2017
ބަޖެޓް ނޭނގޭ ބަޔަކަށް ހިސާބު އަދަދާ ބަޖެޓާ ވަކި ކުރާކަށް ނޭގޭނެ. ދުވަހަކު ބަޖެޓަކަށް ބަހުސެއް ކޮށް ވާހަކަ ދައްކާ ހަދާނެތާ ބަޖެޓާކީ ކޯޗެއްކަން އެނގޭނަމަ. ބަޖެޓް ހުށަހަޅާއިރަށް ވޯކް އައުޓް ވޯކް އައުޓް ވޯޓް އައުޓް. ދެން ކޮން ވޯކްއައުޓެއް!
ތިބެބަލަ
14 November 2017
ހިސާބު އަދަދެއް ބަޖެޓަކަށް ނުވާނެ، ފޮނުވީ ބަޖެޓެއް ނޫންއޭ ކިޔާ މިހާރު ކޮން ހޯކްސް އެެއްތޭ ތަމެން ތިޔާ ފަތުރަން ފެށީ އެއީ ހަމަ 2018 ގައި ދައުލަތުގެ ބަޖެޓް އޭ އެނޫން ގޮތެއް ނޯންނާނެއޭ މަމެން ބަލާ ބެލުމުގައި. ތަމެން ޖެހޭނެއޭ މިފަހަރު ބަޖެޓަށް ވޯޓް ދޭން މިފަހަރު ބަޖެޓަށް ވޯޓް ނުދޭ މީހުންނަށް އަންނަ އަހަރު ބަޖެޓުން މުސާރަ އާއި އިނާޔަތް ތައް ނުދޭ ގޮތަށް ގާނޫނެއް މަމެން ޕިންކީން ފާސް ކުރާނަމޭ އެއިރުން ހުންނާނެ އޭ ތަމެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމު ދޯ.
އަންދާގާނޫން
14 November 2017
ތިހަމަ އަހަންނަށް މާކުރިންވެސް ހީވިގޮތް...އެހެންވީމަ އަހަންނެއް ހައިރާންނެއް ނުވޭ...
ޑާޑާޑާޑާ
14 November 2017
ހިސާބު އަދަދެެއް އެކަނި ޖަހައިގެން ބަޖެޓް ފާސް ކުރުން މާ ބޮޑަށް ރަނގަޅު ވާނެ އޭ އެއީ އޭ މިކަން ކުރަން އޮންނަ ގޮތަކީ. މިހާ ދުވަހު ދެން ބޮޑު ތަރްތީބު ހަދައިގެން ބޮޑު ޚަރަދު ކޮށްގެން ދައުލަތުގެ ބަޖެޓް ގައި ޖަހައިގެން ފާސް ކުރި ބަޖެޓް ތަކުން ކެއްކުނު ޑޮންޑޮނެއް ނެތެއް ނޫންތޭ. ޓު މީ އައި އޭމް ޑިލައިޓެޑް އޮން ދިސް. ޑާޑާޑާޑާ..
މޮޑަފްް
14 November 2017
އަދިވެސް ތަންކޮޅެއް ޅަ އިހަށްދުވަހު އޯލެވެލްހެދި ކުއްޖަކާ ފިނޭންސް ހަވާލުކޮއްލާ. އޭރުން އަދި މާ އަވަސްވާނެ.
ނިހާނޫ
14 November 2017
އަންވަރުއަށް ވަރަށް އިޙްތިރާމް ކުރިން އެކަމް އަމިއްލައަށް ތިޔަ ގެންދަވަނީ އިއްޒަތުން ނަފްސު ނެތި ކޮއްލަމުން އަމިއްލަ ޑިގްނިޓީ ނަގާލަމުން ތިޔަހެން ޕަޕެޓް ވާންޖެނުނު ސަބަބެއް އަޅުގަނޑަކަށް ނުވިސްނުނު.
ރަދީފް
14 November 2017
ބަލަ ވެރިޔާގެ ބަސް އެއީ ގާނުނަށް ވީމަ ދެން ކޮން ގާނޫނަކާއި ހިލާފް ވެވޭނީ.