ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި ނިހާން ބައިވެރިވެވަަޑައިގަންނަވަނީ.---ފޮޓޯ: މިހާރު
05 ޖުލައި 2016 - 18:15
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު، އޭރުގެ އޮޑިޓަ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓްތަކުގެ މައްސަލާގައި މައުމޫން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ކޮށްގެން ނުވާނެ ކަމަށާއި އެމަނިކުފާނުގެ ދިފާއުގައި އަބަދުވެސް ހުންނަވާނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫންގެ ވެރިކަމުގެ ފަހުކޮޅުގައި ނެރުނު އޮޑިޓް ރިޕޯޓްތަކުގެ ތަހުގީގު ނިންމުމަށްޓަކައި، މި ފެށޭ އީދު ބަންދަށް ފަހު މައުމޫން އޭސީސީ އަށް ހާޒިރުކުރަން ނިންމި މައްސަލާގައި ނިހާން ވިދާޅުވީ އެއީ ސިޔާސީ ގޮތުން ނެރެފައިވާ ރިޕޯޓްތަކެއްކަން ސާފުކޮށް އެނގޭ ކަމަށާއި މި ހާލަތުގައި މައުމޫން އެ ކޮމިޝަނަށް ހާޒިރުކޮށްގެން ނުވާނެ ކަމަށެވެ.
"މިއީ ހަމަ ސީދާ މި ދަނޑިވަޅުގައި އައި ސިޔާސީ ޓައިމް ބޮމެއް. އޭރު ވެސް މިއީ މައުމޫނަށް އޭރުގެ އޮޑިޓަ ޖެނެރަލް އިބްރާހިމް ނައީމް ފޮނުވާލި ޓައިމް ބޮމެއް. ސީދާ ސިޔާސީ އޮޑިޓް ރިޕޯޓްތަކެއް،" މައުމޫނާއި ރައީސް އަބްދުﷲ ޔާމީންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ އެތެރެ ހަލަބޮލިވެފައިވާ މި ދަނޑިވަޅާ ގުޅުވައިގެން ނިހާން ވިދާޅުވި އެވެ.
"އޮޑިޓް ރިޕޯޓެއްގައި ބުނެފައި އޮންނާނެ ތީމުގޭގައި އުޅުއްވި މައުމޫންގެ ބޭބޭފުޅުން ބޭނުން ކުރައްވަން ދައުލަތުގެ ބަޖެޓުން ހަރަދު ކުރައްވައިގެން ބޭބީ ޑައިޕާސް ގެނައި ވާހަކަ. އެކަމަކު އެއީ ސިޔާސީ ފަރިއްކޮޅުތަކުގައި ބޭބޭފުޅުންގެ އަރިމަތިން މޭޒުމަތީގައި ބަހައްޓާފައި އޮންނަ ފޮތިކޮޅު ނޫނީ ނެޕްސްކިން. މި ހުންނަނީ އޭރުގެ އޮޑިޓަ ޖެނެރަލް ރިޕޯޓްތައް ސިޔާސީ ކޮށްލިވަރު. މިއީ ތަންކޮޅެއް ބޮޑުވަރު."
ޕީޕީއެމް އިސްލާހު ކުރުމާ ގުޅޭ ގޮތުން މައުމޫން މިދިޔަ ހަފުތާގައި ބަޔާނެއް ދެއްވަނީ: އެމަނިކުފާނު އޭސީސީއަށް ހާޒިރުކުރަން ވަނީ ނިންމާފައި.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
ނިހާން ވިދާޅުވި ގޮތުގައި މައުމޫންގެ ވެރިކަމުގެ ފަހުކޮޅުގެ އޮޑިޓް ރިޕޯޓުތަކުގެ މައްސަލަ ނިންމައި އެ ފައިލް ލައްޕަން ޖެހެ އެވެ. އަދި އެއީ އަވަސްކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މައުމޫން އަރިހުން އެއްޗެއް އޮޅުން ފިލުވަން ބޭނުން ނަމަ، ރައީސް މައުމޫން ހުންނެވި ތަނަކަށް އޭސީސީގެ ބޭފުޅުން ވަޑައިގެން، އިހުތިރާމާ އެކު އެމަނިކުފާނުގެ އަރިހުން އެކަމެއް ސާފުކޮށްލެވިދާނެ. ނޫނީ ރައީސް މައުމޫނަށް ސިޓީފުޅެއް ފޮނުވައިގެން ވެސް ކަންކަން އޮޅުން ފިލުވިދާނެ. އޮޑިޓް ރިޕޯޓްތައް ވީހާވެސް އަވަހަކަށް ނިންމުމަކީ އަޅުގަނޑު ވެސް އެދޭ ގޮތް. އެކަމަކު މިކަލަހަ ދަނޑިވަޅެއްގައި އަދި އެހެން ވަގުތެއްގައި ވެސް ރައީސް މައުމޫން އޭސީސީއަށް ހާޒިރުކޮށްގެން ނުވާނެ،" ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޮޑިޓް ރިޕޯޓްތަކުގައި ކޮންމެ ފަދަ ވާހަކައެއް ވެސް ހުރެދާނެ ކަމަށާއި އެހެން އެވަނީ ސިޔާސީ މަަސައްކަތަކަށް ވާތީ ކަމަށެވެ. އެކަމަކު މައުމޫންގެ އިސްތަށިފުޅުގައި ކަންކަން އެޅުވޭ ފަދަ ކަމެއް އެމަނިކުފާނު ނުކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ނިހާން ވިދާޅުވި އެވެ.
"ރައީސް މައުމޫން ޒިންމާ އުފުއްލަވަންޖެހޭ އެއްވެސް ކަމެއް މި އޮޑިޓް ރިޕޯޓްތަކުގައި ނުހުންނާނެކަން އަޅުގަނޑަށް ކަށަވަރު،" އޭނާ ވިދާޅުވި އެވެ.
އޭސީސީގެ ރައީސް ލުތުފީ (ކ) އާއި މުއައްވިޒް (މ) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ވީމީޑިއާ
އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު "މިހާރު" އަށް ވިދާޅުވީ މައުމޫން އެ ކޮމިޝަނަށް ހާޒިރުކުރަނީ، އޮޑިޓް ރިޕޯޓްތަކުގެ ތަހުގީގު ނިންމުމަށް ކަމަށެވެ. އަދި މިހާތަނަށް އެ ތަހުގީގުތަކަށް އެކި މީހުން ހާޒިރުކޮށް، ސުވާލު ކޮށްފައިވާއިރު، މައުމޫން މި ހާޒިރު ކުރަނީ އެންމެ ފަހު ބޭފުޅާގެ ގޮތުގައި ކަމަށް ލުތުފީ ވިދާޅުވި އެވެ.
ލުތުފީ ވިދާޅުވީ މައުމޫންގެ ވެރިކަމުގެ ފަހުކޮޅު ނެރުނު އޮޑިޓް ރިޕޯޓްތަކުގައި ހުރި ކަންކަން އޭސީސީން ބަލަމުން އަންނަތާ ކިތަންމެ ދުވަހެއް ކަމަށާއި "އަދި ކިރިޔާ މައުމޫނާ ސުވާލުކުރާ ހިސާބަށް ދިޔައީ" ކަމަށެވެ.
މައުމޫންގެ ވެރިކަމުގެ ފަހުކޮޅު، އޭރުގެ އޮޑިޓަ ޖެނެރަލް ނައީމް ނެރުއްވި އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި އޭރުގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ ބަޖެޓުން ގާތްބޭފުޅުންނަށް ހަރަދު ކުރެއްވި މައްސަލަ ހިމެނެ އެވެ. އަދި އެ ފައިސާތައް މައުމޫންގެ އަތްޕުޅުން ހޯދުމަށް އޮޑިޓް ރިޕޯޓުގައި ވަނީ ދައުލަތަށް ލަފާދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމީދު
23 June 2017
ނިހާނު އެވިދާޅުވީ ރަނގާަޅު ވާހަކަ ފުޅެއް. އަޅުގަނޑުވެސް އެމަނިކުފާނަށް ތާއީދު. ރައީސް މަޢުމޫން އަކީ 30 އަހަރުގެ ވެރިކަމެއް ނިންމާލުމަށްފަހު ޑިމޮކްރެސީގެ ރިވެތި މިސާލު ދެއްކެވި ބޭފުޅެއް. އިދިކޮޅު ފަރާތްތަކުން އިންތިޙާބު ކާމިޔާބު ކުރުމާއެކު އެމަނިކުާނުގެ އޮފީސްކޮޅުގައި އޭގެ އަނެއްދުވަހު ބައްދަލުކުރެއްވި ކުރެއްވުން ދިވެހި ރައްޔިތުން ބަލައިގަތީ ވަރަށް އުފަލާއެކު.ގަދަބާރުން ވެރިކަން ދަމަހައްޓާކަށް އެއްވެސް މަސައްކަތެއް ނުކުރައްވާ. ތިޔަ ބުނާ އޮޑިޓް ރިޕޯތެއް އޭރުވެސް އޮތް ދޯ.ބިރުން އުޅުއްވިތޯ؟ ނޫޅޭ ދެއްތޯ.އެހެންވީމާ ދެންވެސް ބުނެލަން އޮތީ ނިހާން ވިދާލުވި ފަދައިން އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް އެބަ ވަރަށް ސާފުކޮށް އެނގެޔޭ އެރިޕޯޓަކީ ސިޔާސީ ރިޕޯޓެއްކަން. އޭގައި އޮތީ ތާކުން ތާކު ނުޖެހޭ އޮލުވާލުން ތަކެއްކަން.
ޖޮބޭ
06 July 2016
ދެން ސަލާމަތް ނުވާނެހެން ހީވީމަ ފައިވާން އަތަށް ލައިގެން ދުވަން ތިޔަ ޕާލަމެންޓްރީ ގުރޫޕް ބެފުޅުން އުޅުއްވަން ނުހަދާ. ޥ.ސަލާމް
އުދުހޭ
06 July 2016
މުނާފިންގެ އެންމެ ފާޅުކަންބޮޑު އަލާމާތަކީ ދެކޮޅުން ކެއުމެވެ.
ބޫ
05 July 2016
ޕީސް ހެދޭތޯ މައުމޫނު ގޯނި ފުލަށް ވައްޓާލަނީ. ތިޔަ ގުއިރޯނުގައި ދެން މައުމޫނެއް ނުޖެހޭނެ.
ތުއްތުބޭބެ
05 July 2016
ހިތާމައިގެ ކޮޅެއްނެތް
ނަޒީފު
05 July 2016
އޭސީސީގެ މެންބަރުންގެ ނަޒާހަތްތެރިކަމާމެދު ވަރަށް ގިނަ ފަރާތްތަކުން ސުވާލުއުފައްދައި ކޮމެންޓުކޮށްފައި ހުއްޓާ ފެނެއެެވެ. މިހާރު އަޅުގަނޑުގެ ހިތުގައިވެސް ހަމަ އެސުވާލުތައް އެބަ އުފެދެއެވެ.
އުދުހޭ
06 July 2016
އަމިއްލައަށް އިސްތިއުފާއެއް ނުދޭނެ. ނަޒާހަތްތެރިކަމުގެ ފްލެޓް ގެއްލިދާނެ.
ޕީޕީ
05 July 2016
ކާލާ މަންނަ އިނީ ނިހާން ފަޅިއަކުނޫން
ހުސެން ޒައިދު
05 July 2016
ރައީސް މައުމޫނަކަށް ރައީސް ޔާމީން އަކާ ނުކުޅެވޭނެ
ްަްަްަހުމަދު.
05 July 2016
ނިހާންު. މައުމޫނު ތިކޮމިޝަނަކަށް ހާޒިރު ނުކުރެވޭނެ. އަހަންނަކީ ޕާޓީއަކަށް ތާއީދުކުރާމީހެއްނޫން. އެކަމަކު ހަނދާން ކުރާތި ކަލޭމެން މައުމޫނާ ކުޅޭދުވަހަކީ އަހަރެން މަގުމައްޗަށް ނުކުންނާނެ ދުވަސް.
އިސްލާހު
05 July 2016
ކޮންވާހަކަ އެެއް ދައްކާކަށް... ތީ ހަމަ ކަލޭމެން ކުޅޭ ގޭމް ..... ކާކަށް އޮޅުވާލަން ތިހެން ތިބުނަނީ ....