ރިޕޯޓް / ދުންފަތް

ދުންފަތާ ދެކޮޅު މަސައްކަތަށް ވިޔަފާރިވެރިންގެ ނުފޫޒު!؟

ރާއްޖެ އިން މަރުވާ މީހުންގެ 81 ޕަސެންޓް މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގަ އެވެ. އޭގެ ގިނަ ބަލިތަކުގެ މައިގަނޑު އެއް ސަބަބަކަށް ދުންފަތް ވެ އެވެ. ސިނގިރޭޓު ބުއިމާއި އޭގެ ދުމުން ކުރާ ނޭދެވޭ އަސަރެވެ. ކެންސަރާއި ހިތުގެ ބަލިތަކާއި ނޭވާލާނިޒާމަށް ކުރިމަތިވާ މައްސަލަތަކެވެ. ފަރުވާއަށް އާސަންދައިން އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރަން ޖެހިފައިވާއިރު ގައުމު ބިނާކުރަން ތިބި ޒުވާނުން ވަނީ އެވަބާގެ ތެރޭގައި ބަނދެވިފަ އެވެ.

ގައުމުގެ އުފުއްދުންތެރިކަން ދަށަށް ގޮސް އަދި އަންނަން އޮތް ޖީލްތަކަށް އޭގެ ނޭދެވޭ އެތައް އަސަރެއް ކުރުމުގެ މައިގަނޑު ސަބަކަށް ދުންފަތް ވާނެ އެވެ. އެވަބާ ހުއްޓުވުމަށް ކޮންމެހެން ފިޔަވަޅުތަކެއް މިވަނީ އަޅަން ޖެހިފަ އެވެ. ނަމަވެސް ހިތާމައަކީ ވިޔަފާރިވެރިންގެ ނުފޫޒު ސަރުކާރުގެ ސިޔާސަތުގެ ތެރެއަށް ވަނުމެވެ.

ގަވައިދުތައް ރައީސް އޮފީހުން "ހިފަހައްޓާފައި"

ދުންފަތުގެ ގާނޫނު އޮގަސްޓް 2010 ގައި ތަންފީޒު ކުރަން ފެށިިއިރު އޭގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް އެއް އަހަރު ތެރޭގައި ހަދައި ނިންމަން ޖެހޭ ކަމަށް ގާނޫގައި ބުނެފައިވެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ 2012 ގައި އާންމު ގަވައިދު ހަދައި ގެޒެޓް ކުރުމަށް ރައީސް އޮފީހަށް ފޮނުވާފަ އެވެ. ނަމަވެސް މިހާތަނަށް ވެސް އެ ގެޒެޓްކޮށްފައެއްނުވެ އެވެ. މިހާތަނަށް ތަންފީޒުކުރަން ފެށީ ބައެއް ތަންތަނުގައި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރި ގަވައިދު އެކަންޏެވެ. ނަމަވެސް އެ ގަވާއިދު ވެސް ރަނގަޅަކަށް ތަންފީޒެއް ނުކުރެވެ އެވެ.

ރައީސް އޮފީސް: ދުންފަތުގެ ގަވާއިދު އަދިވެސް ތަންފީޒެއް ނުކުރެވޭ -- މިހާރު ފައިލް ފޮޓޯ

ސިނގިރޭޓް ވިއްކޭނެ ގޮތާއި އެހެން ވެސް ބައެއް ހައްދުތައް ހިމެނޭ ގޮތަށް ހަދާފައިވާ ގަވާއިދު އަދިވެސް ގެޒެޓެއް ނުކުރެވެ އެވެ. ދުންފަތާ ދެކޮޅު ކެމްޕޭންތައް ހިންގާ ފަރާތްތަކުން ދެކޭ ގޮތުގައި އޭގެ ސަބަބަކީ ވެސް ވިޔަފާރިވެރިންގެ ނުފޫޒެވެ. މިއީ ދުންފަތުގެ ބޮޑެތި ކުންފުނިތައް ދުނިޔޭގެ އެހެން ގައުމުތަކުގައި ފަތުރާފައި އޮންނަ ކަހަލަ ނުފޫޒުގެ ދަލެއް ކަމަށް، އެއް ބަޔަކު ދެކެ އެވެ. އެކަމަކު ސަރުކާރުގެ ވިސްނުން ތަފާތެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު ވިދާޅުވީ އެގަވައިދު ގެޒެޓް ނުކުރެވި ވަނީ ވަކި ހާއްސަ ސަބަބެއް ދިމާވެގެން ނޫން ކަމަށެވެ. އަދި "އާންމު އުސޫލުގެ މަތިން އެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް،" އިތުރު އެއްވެސް ތަފްސީލެއް ނުދެއްވައި، އޭނާ ވިދާޅުވި އެވެ.

އަހަރެއްގެ މައްޗަށް ރާއްޖެއަށް 462 މިލިއަން ސިނގިރޭޓް އެތެރެކުރެ އެވެ. އެކަމަކު ދުންފަތުގެ ބާވަތްތައް ވިއްކައިގެން ފިހާރަތަކާއި ރެސްޓޯރެންޓް/ކެފޭ ފަދަ ތަންތަނަށް މާ ބޮޑު ނަފައެއް ނުލިބޭ ކަމަށްވެ އެވެ.

"ހަގީގަތުގައި މީގައި ފައިދާ އޮތީ ދުންފަތް އެތެރެކުރާ ދެތިން ކުންފުންޏަށް. ކަންމަތީ ފިހާރަތަކުން ސިނގިރޭޓް ވިއްކައިގެން މާ ބޮޑު ފައިދާއެއް ނުވޭ. އަނެއްކޮޅުން ޖީލެއް ނެތި ގައުމަށް ލިބެނީ ގެއްލުން،" ސިއްހީ ދާއިރާގެ ތަޖުރިބާކާރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު ދުންފަތް ކޮންޓުރޯލް ކުރުން ހުއްޓުވަން ދުންފަތުގެ އިންޑަސްޓްރީން އަންނަނީ ސިޔާސީ އެކިއެކި ފަރާތްތަކަށް ހަރަދުކޮށް، ކެމްޕެއިންތަކަށް ފައިސާ ދެމުންނެވެ. ރާއްޖޭގައި ވެސް އެކަން ނުހިނގާ ކަމެއް ސީދާ ބުނާކަށް ނޭނގެ އެވެ.

ސިއްހީ ދާއިރާގެ ތަޖުރިބާކާރު ވިދާޅުވީ ދުންފަތް ވިއްކާ ފަރާތްތަކުން އެކަން ހުއްޓުވަން މަސައްކަތް ކުރާ ފަރާތްތަކަށް ފާޅުގައި ގޮންޖަހާ ކަމަށެވެ. އަދި އެމީހުން ކުރާ ކަންކަމުގެ ނަތީޖާ ނެރުނަ ނުދޭނެ ކަމަށް ބުނެ، ބައެއް ވިޔަފާރިވެރިން އިންޒާރު ވެސް ދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ރާއްޖެ ފިޔަވާ މި ސަރަހައްދުގެ އެހެން ބައެއް ގައުމުތަކުން ދުންފަތް ކޮންޓުރޯލް ކުރުމަށް ގިނަ ފިޔަވަޅުތައް ވަނީ އަޅާފަ އެވެ. މުޅި ދުނިޔެއަށް ބަލާއިރު ވެސް ދުންފަތް ކޮންޓުރޯލް ކުރުމުގެ ފިޔަވަޅުތައް ރަނގަޅަށް ނޭޅެނީ ތަރައްގީނުވާ އަދި ހަނގުރާމަތަކުގެ ސަބަބުން ހަމަނުޖެހުންތައް ބޮޑު އެފްރިކާގެ ގައުމުތަކުގަ އެވެ.

އެޅުނީ މަދު ފިޔަވަޅެއް އެކަމަކު ނަތީޖާ އެބަ ފެނޭ

ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓުވަން ކުރެވޭ މަދު މަސައްކަތްތަކުން ކޮންމެވެސް ވަރެއްގެ ނަތީޖާއެއް މިހާރު ވެސް އެބަ ނެރެވެ އެވެ. ދުންފަތުގެ ޓެކްސް ވަނީ ބޮޑުކޮށްފަ އެވެ. އަދި 2015 ގައި ދަމަނަވެށިން ފަރުވާ ހޯދި ތިން މީހަކު ވަނީ ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލައިފަ އެވެ. މިދިޔަ އަހަަރު ހަތް މީހުން އަދި މި އަހަރުގެ މިހާތަނަށް 31 މީހަކު ވެސް ވަނީ ދުންފަތާ ދުރަށް ގޮސްފަ އެވެ.

ގެޒެޓްކުރަން ފޮނުވާފައިވާ ގަވައިދުގައި ރަނގަޅު ވަރަށް ގިނަ ކަންކަން އެބަ ހުއްޓެވެ. އޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލް ނުކުރާ މީހުން ދުމުން ރައްކާތެރިކުރުމުގެ ފިޔަވަޅު އެޅުމާއި ވަކިން ސިނގިރޭޓް ނުވިއްކުން ފަދަ ބައެއް ކަންކަން ހިމެނެ އެވެ.

އެ ގަވައިދު ހަދާފައިވަނީ ދުންފަތް ކޮންޓުރޯލް ކުރުމުގެ ބޯޑުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ އެއްބަސްވުމާއި އެޓާނީ ޖެނެރަލްގެ ހުއްދައިގެ އިތުރުން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ވެސް ތާއީދާ އެކުގަ އެވެ. ނަމަވެސް ރައީސް އޮފީހަށް ފޮނުވި ހިސާބުން އަދި ހަބަރެއް ނުވެ އެވެ.

"ރައީސް އޮފީހުގެ ލީގަލް ޑިޕާޓްމަންޓުން ވެސް ގަވައިދު ރަނގަޅުކަމަށް އަންގާފަ އޮތީ. އެކަމަކު ރައީސް އޮފީހާ ހިސާބުން ހުއްޓޭ ސަބަބެއް ނޭނގެ،" ދުންފަތާ ދެކޮޅު ހަރަކާތްތަކުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

މިހާރު ސިނގިރޭޓް ފޮށިގައި ޖަހާ އިންޒާރަކީ 2004 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ލިޔުންކޮޅެކެވެ. ބައިނަލްއަގުވާމީ މިންގަނޑަށް ބަލާއިރު އެންމެ ލަސްވެގެން ކޮންމެ ދެ އަހަރުން އެއަށް ބަދަލު ގެންނަން ޖެހެ އެވެ. ހަމައެކަނި ލިޔުންކޮޅެއް އިނުމުގެ ސަބަބުން އެއިން ދޭން ބޭނުންވާ މެސެޖް ނުދެވޭ ކަމަށް ވެސް ބައެއް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

"ލިޔުން ކޮޅު އިނުމުން އޭތި މާ ބޮޑަކަށް އަޅައެއް ނުގަނޭ. އެހެންވީމަ ދޭން ޖެހޭ މެސެޖެއް ނުދެވޭ. އެހެން ނަމަވެސް ލިބޭ ގެއްލުންތައް ފެންނާނެ ފޮޓޯ ސިނގިރޭޓް ފޮށީގެ ބޭރުގައި ޖެހުމުން މެސެޖް ވަރަށް ސާފްކޮށް ދެވޭ،" އެޗްޕީއޭގެ ޑެޕިއުޓީ ޑައިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވި އެވެ.

"އެއީ އަލަށް ދުންފަތުގެ އިސްތިއުމާލް ކުރަން ފަށާފާނެ ފަރާތްތައް އެކަމުން ދުރުކޮށްދޭނެ ސަބަބެއް."

ދެން އޮތީ ވަކި ސިނގިރޭޓްގެ ވާހަކަ އެވެ. ދުންފަތަށް ދެވިހިފާފައިވާ މީހަކަށް ސިނގިރޭޓަކުން އެއް ރުފިޔާ ނުވަތަ ދެ ރުފިޔާ އަގު ބޮޑުވުމަކުން މާ ބޮޑު އަސަރެއް ނުކުރާނެ އެވެ. ނަމަވެސް ސިނގިރޭޓް ފޮށި ގަންނަން ޖެހުމުން ކުރަން ޖެހޭ ހޭދައިގެ ސަބަބުން އުނދަގޫވެ، ދުންފަތާ ދުރަށް ދިއުމުގެ ފުރުސަތު ހުޅުވިދާނެ އެވެ. ހާއްސަކޮށް އަލަށް ދުންފަތުގެ އިސްތިއުމާލް ކުރަން ފަށާ ޒުވާނުންނަށް ފޮށި ގަނެގެން އެކަން ކުރަން އުނދަގޫވާނެ އެވެ.

"މިހާރު ގެޒެޓްކުރުމަށް ހުށަހެޅި ގަވައިދު ތަންފީޒްކުރަން ފަށައިފި ނަމަ ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލާ މީހުންގެ ނިސްބަތް އެތައް ގުނައެއް ބޮޑުވާނެ،" ހަސަން ވިދާޅުވި އެވެ.

ދުންފަތަކީ އެތައް ބަޔަކު ބަލިއެނދަށް ދާން ޖެހޭ މައިގަނޑު އެއް ސަބަބެވެ. އެކަމަކު އެ ވަބާއިން ރައްޔިތުން ސަލާމަތްކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް އަދިވެސް ނޭޅެ އެވެ. އެހެންކަމުން މިކަމުގައި ރައީސް އޮފީހުގެ އިހުލާސްތެރިކަން ފެންނަން އެބަ ޖެހެ އެވެ. ވަކި ބައެއްގެ ނުފޫޒުގެ ސަބަބުން އާންމު ސިއްހަތަށް ގެއްލުން ހުރި ކަމެއް ކޮށްގެން ނުވާނެ އެވެ.

15 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 27%
icon angry icon angry 53%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރޫޓް

23 November 2017

ވިޔަފާރިވެރީންގެ މޫ އޮތީ ވަރަށަ އަޑީގައެވެ.

The name is already taken The name is available. Register?

މެންޓަލިސްޓް

23 November 2017

ދުންފަތާޢި އަސްލުދެކޮޅު ބަޔަނުނެތްކަމަށް އަޅުގަނޑަށް ދެންނެވެންއޮތީ ،،، މިހެންމިދެންނެވީ ދުންފަތުގެ ޑިއުޓީ ބޮޑުކުރަނީކީ އެކަން ހުއްޓުވަން ނޫނީ މަދުކުރުމުގެ ނިޔަތަކުނޫން ،،، ހުރިހާ ސަރުކާރަކުންވެސް އެކަންކުރަނީ ކަސްޓަމްސް ޑިއުޓީން ދައުލަތަށް ލިބޭ ފައިސާ ގިނަކުރަން ،،،، ދުންފަތާ ދެކޮޅުބައެއް މަޖިލިސްގައި ނޫނީ ސަރުކާރުގައި ތިބި ނަމަ އެތެރެކުރުން މަނާކުރީމައި ނިމުނީއެއްނޫންތޯ ؟؟؟ އޭރުން ބޯއެންމެން އެނުލިބިގެންތެޅިތެޅިފައި މައިތިރި ވާނެނޫންތޯ ؟؟ ނޫނީ ދެން އެތެރެކުރާނީ ވަގަށްނޫންތޯ ،،، އެވެސް މާގިނައިން ނުކުރެވޭނެ ،،، އެހިސާބުން ކޮންޓްރޯލްވީޢެއްނޫންތޯ ؟؟؟ ދެން އޮންނާނެ ނުރައްކަލަކީ މަނާކުރީމައި ވެރިކަން ވައްޓާލަން ބަޔަކުނުކުމެ ވައްޓާލަފާނެ ،،، އެކަމު އެކަން އެހެނެއްވެސް ނުވާނެކަމަށް މާހިރުން ބުަނަނީ ،، އޭރުން ވާނެގޮތަކީ މިހާރުވެސް ހޭޝްއޮއިލް ބުރައުންޝުގަރ ބަނގުރާ ބޭނުންކުރާ ހެން ވަގަށްއެކަންކުރާނީ ،،، ކޮންމެގޮތަކަށް ބެއްޔަސް ކެފޭތަކާއި މަގުމަތީގައި ނުބޯނެ ،،، ބޯންލިބޭމީހުންވެސް މަދުވާނެ ،،

The name is already taken The name is available. Register?

މުޒާހަރާ

22 November 2017

އެކަމަކު މުޒާހަރާކުރުން މަނާސަރަހައްދު ކަނޑައެޅި ގަވާއިދާއި ގާނޫނު ނިންމުމަށް ނުނަގާ 3 ދުވަސްވެސް.

The name is already taken The name is available. Register?

ގައުމު

22 November 2017

އަގުބޮދޑުވެގެން ނުބޯނަމަ ނުބޯނެ މަސްތުވާތަކެތި.ގައިމު މިގައުމުގެ ޒުވާނުން އެދަނީ އެތަކެތި ބޭނުން ކުރަމުން

The name is already taken The name is available. Register?

ދުންފަތް

22 November 2017

ބަލަ ސިގިރޭޓެއް 10 ރުފިޔާ ނުވަތަ 15 ރުފިޔާ އަށް ވުރެން ހެޔޮ އަގުގައި ނުލިބޭނެ ގޮތް ހެދުމުން ހަމަ ގައިމުވެސް ބޭނުން ކުރާ މިންވަރު އެތައްގުނަ އެއް ކުޑަވާނެ. ހަމަ ގައިމުވެސް ހުއްޓާނުލާނެ މީހުން އުޅޭނެ އެމީހުން މައިތިރި ކުރެވޭނީ އެމީހުނަށް ނުކަތާވަރަށް އަގު ބޮޑުކޮަށްގެން.

The name is already taken The name is available. Register?

ސަލާމް

22 November 2017

ބަލަ ތިހުރިހާ ކަމެއް ނުކިޔާ ތި އެތެރެކުރުމާއި ވިއްކުން މަނާ ކޮއްބަލާށެވެ.

The name is already taken The name is available. Register?

ކުމުންދޫ އަލީ

22 November 2017

އެއް ދުވަހު އެމްނެންޑީއެފް ބޭފުޅެއް ވައިޕާރ އެއް ދަމާ ދޫކޮއްލި ދުންގަނޑު ސީދާ އަޅުގަނޑު މޫނަށް، އެބޭފުޅާ މާފައްވެސް ނޭދި ޖަހާލީ ހިނިގަނޑެއް!

The name is already taken The name is available. Register?

ޑާޑާޑާޑާ

22 November 2017

ދުންފަތާއި ދެކޮޅަށް މަސައްކަތް ކުރަން ޖެހޭނެ ސަރުކާރުން އޭގެ މެކްސިމަމް ކެޕޭސިޓީގައި. އެއީ ގައުމެއް ގައުމެއްގެ ގޮތުގައި ބާއްވަން ބޭނުން ނަމަ ކުރަން ޖެހޭނެ ކަމެއް. ދުންފަތުގެ ވިޔަފާރި ކުރާ ފަރާތް ތަކަށް މިކަމުން ގެއްލުމެއް ނުވާނެ އެމެންނަކީ އެއީ ބިޒްނެސް ސައެންސްގެ އިލްމް ގެ އަލީގައި ވިޔަފާރި ކުރާ މީހުން ނަމަ. މަމެން ޕިންކީންގެ ވެރިކަމުގައި ރައްޔިތުންގެ ސިއްހަތާއި ގުޅިފައި ހުންނަ ކަންކަން ޖެހޭނީ ޑެޑް ސީރިއަސް ކޮށް އެފަދަ ކަންކަން ހައްލު ކުރަން. ދުންފަތް ސުޕާރީ ހީރާ ޕަންނާ މީ ސީދާ ސިއްހަތަށް ގެއްލުން ހުރި ކަންކަން. މީ މިއަދު ކެންސަރު އެހާ ބޮޑަށް އާންމު ވެގެން އުޅޭ ގޮތަކީ. ޓު މީ އައި އޭމް ކްއައިޓް ބޮަދަރޑް އޮން ދިސް. ސަަމް ބޮޑީ ހެލްޕް މައި ސޯލް ނައު. އައި ކާންޓް ޓޭކް ދިސް ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑީޑަޑަޑާޑާ ޑީޑަޑަޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑާޑާ

The name is already taken The name is available. Register?

އަލީބެއ

22 November 2017

އަޅެ ކޯޑިނޭޓަރުވެސް މިކަމާ އެއްބަސް ދޯ މަމެން އުފާކުރަން މިކަންތަކުގަ ކޯޑިނޭޓަރުގެ ވިސްނުން ތިގޮތަށް ހުރީމަ އަދި މިގައުމުގަ މިހިގާ ވައްކަމުގެ ކަންތަކުގަ ވެސް ކޯޑިނޭޓަރު ގެ ވިސްނުން ބަދަލުކުރަށް ވަފާދޭވެ

The name is already taken The name is available. Register?

ލުކްވެލް

22 November 2017

ދުންފަތާއި ދެކޮޅަށް ކުރާ ކެމްޕެއިން ގައި ދަރިންގެ މައިންބަފައިން ދަރިން ކުރިމަތި ސިނގިރެޓް އާއި އަދި ޝީޝާ އާއި ގުޑު ގުޑާ ނުބޯން އާދަ ކުރަން އެބަޖެހެއެވެެ. މިހާރަކަށް އައިސް އަންހެން ކުދިން ޝީޝާ އިންތިހާ އަށް ބޯ ތަން އެއީ ދެން ވަނީ އާންމު ކަމަކަށް ވެފައެެވެ. އެއީ އޭގެ ސަބަބުން އަންނަން އޮތް ޖީލަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް އެމެން ނަށް ދަރިން ލިބުމުން. މިކަން ޖެހޭނެ ހުއްޓުވަން. ރައީސް އޮފީހުގައި ތާށި ވެފައި އޮތް ގަވާއިދު ވެސް ރިލީޒް ކުރަންވީއެވެ. މީ ޒިންބާބްވޭ އެއް ނޫން ވިޔަފާރިވެރިން ބުނާ ގޮތަށް ހުރިހާ ކަމެއް ކުރަން ސަރުކާރުން. އެގޮތަށް އެކަން ނުވާނެއެވެ. މުޅި ރައްޔިތުންގެ ސަލާމަތާއި ރައްކަލާއި ގުޅިފައިވާ ކަންކަމުގައި ނޯންނާނެ ވިޔަފާރިވެރިންނަށް ބެލުމެއް. އެއީ ގައުމެއް ހިނގަން ޖެހޭނެ ގޮތަކީ. ދިސް ވޭ އިޒް ދަވޭ.

The name is already taken The name is available. Register?

ވާލުސޮރު

22 November 2017

ތިޔައީ ބޮޑު ވަބާއެއް! އުމުރުން 16 ވަރަކަށް އަހަރުގަ ހިލޭ ބިޑި،ސުއްޓާ، ސިނގިރޭޓް ލިބޭ (ވަގުތީ) ވަޒީފާއެއްގަ އުޅުނުއިރު ތަނުގަ އުޅޭ މީހަކު ބޯ ސުއްޓާގެ ވަސްޖެހި ދުންފަތުގެ ބާވަތްތަކާމެދު ފޫހިކަން އުފެދުނު. ޢެއަށްފަހު މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު ސިފައިންގެވަޒިފާގައުޅޭ މީހުންނަށް ހަފްތާއަކު ބެންސަން ސިގިރޭޓް ފޮށްޓެއް ހިލޭ ދިން އިރުވެސް ސިނގިރޭޓް ބޯހިތެއްނުވި. އަދިއަދަށްވެސް ސިނގިރޭޓް ދުމުގެ ވަސްޖެހުނަސް އުނދަގޫވޭ. އެކަމަކު ދުންފަތުގެ ދުމުން ސަލާމަތްވެވޭނެ ގޮތެއްނެރް. ގޭގެ ބެލްކަނީ އަށް ނުކުމެލިޔަސް ވަށައިގެން އަންނަނީ ދުންފަތުގެ ވިހަ ވަސްގަނޑު! ކޮންމެ ސަރުކާރަކުންވިޔަސް އިޚްލާސްތެރި ނިޔަތެއްގަ ދުންފަތާދެކޮޅަށް ހަރަކާތްތަކެއް ހިންގާނެނަމަ ހިލޭ ސާބަހަށް އެކަމާގުޅޭ ހުރިހާ ބިލްބޯޑުތަކެއް ހަދައިދޭންވެސް ވަރަށް ބޭނުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454