މެޕްސް ކޮލެޖް: .-- ފޮޓޯ: މިހާރު/ހުސައިން ވަހީދު
27 ނޮވެމްބަރ 2017 - 15:53
މަތީ ތައުލީމުގެ މާސްޓާ ޕްލޭނާ އެއްގޮތަށް، ކޮލެޖުތަކާއި ޔުނިވާސިޓީތަކުގެ ލެކްޗަރާއިންގެ ފެންވަރު މަތިކުރުމަށް، ލެކްޗަރާއިންނާއި ލެކްޗަރާއިންނަށް ވާން ބޭނުންވާ މީހުންނަށް އެޑިއުކޭޝަން މިނިސްޓްރީން އެހީވާން ނިންމައިފި އެވެ.
އެޑިއުކޭޝަަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ މަތީ ތައުލީމުދޭ ތަންތަނުގައި މަސައްކަތް ކުރާ ލެކްޗަރާއިންގެ ފެންވަރު ރަނގަޅު ކުރަން ހާއްސަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެހެންވެ އެ ޕްލޭނާ އެއްގޮތަށް، ލޯނު ސްކީމުގެ ތެރެއިން އެހީތެރިކަން ދޭން ނިންމާފައިވާ ކަމަށް ނަޒީރު ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމުގެ ދަށުން އެންމެ ބޮޑު އިސްކަމެއްދޭނީ ފުރަތަމަ ޑިގްރީ އާއި މާސްޓާޒް ޑިގްރީ ޕްރޮގްރާމުތަކުގައި ކިޔަވައިދޭނެ މީހުން އުފައްދައި ތަމްރީނުކުރުމަށެވެ.
"ރާއްޖޭގަައި މިވަގުތު ހުރި ދެ ޔުނިވާސިޓީ އާއި 12 ކޮލެޖުގެ ތެރެއިން މީހުން ތަމްރީނު ކުރަން ބޭނުންވާ ދާއިރާތައް ފާހަގަކުރައްވައި، ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަނާ ހިއްސާކުރެއްވި ކޮންމެ މުއައްސަސާއަކުން ކަނޑައެޅުއްވި ދާއިރާތަކަކުން މީހުން ތަމްރީނުކުރުމަށް ދެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ،" ނަޒީރު ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ އެ ލޯނު ސްކީމުގެ ފުރަތަމަ ބުރުގައި 11 ކޮލެޖަކަށް 22 ފުރުސަތު ދީފައިވާ ކަމަށެވެ. އެކަމަކު އެ ލޯނު ދެވޭނީ ތަމްރީނު ހެދި މުއައްސަސާއެއްގައި މަސައްކަތްކުރުން ލާޒިމްވާ ގޮތަށް ކަމަށް ނަޒީރު ވިދާޅުވި އެވެ.
މި ސްކީމުގެ ތެރެއިން ރާއްޖެ އާއި ރާއްޖޭން ބޭރުން ކިޔެވުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
މިިދިޔަ އަހަރުގެ އޮގަސްޓް މަހު ލޯންޗުކުރި މަތީ ތައުލީމުގެ ފުރަތަމަ މާސްޓަ ޕްލޭނުގައިވާ ގޮތުން މައިގަނޑު ފަސް ކަމެއް ކުރަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި މަތީ ތައުލީމުގެ ކޮލިޓީ މަތިކުރުުމާއި މަތީ ތައުލީމު ހިންގުމާ ގުޅޭ ކަންކަން ހަރުދަނާކުރުން ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަސްވާން
28 November 2017
ކޮންމެވެސް ތާކުން މާސްޓާސް ޑިގުރީ ގަނޑެއް ހާސިލްކޮށްގެން އައިސް ރާއްޖޭގައި ކިޔަވާ މީހުންނަށް މަލާމާތް ކުރަމުން "އަހަރެން ކެރިބިޔަން ގައުމެްގައި ކިޔަވަން ހުރި އިރު މާ މޮޅަށޭ ކިޔެވީ..." މިހެން ކިޔައިގެން ހުދުމުހުތާރު ގޮތްތަކަކަށް ކިޔަވައިދޭން އުޅޭ، ޓީޗިން ޑިޕްލޮމާނެތި ކިޔަވައިދާން ނިކުތީ އަތްފައިން ގޯސް ހެދޭ ކަހަލަ ލެކްޗަރުން ގެ ކިބައިން ސަލާމަތް ވާން މިއުޅެނީ . އަލްޙަމްދުލިﷲ
މުއްލާ
28 November 2017
ތިޔަ ޕްލޭނެއް ނުހެދިގެން އުޅެނިކޮށް މިހާރު މީސްމީޙުން އެގޮތް މިގޮތަށް ސަނަދު ބަރި ބަރިއަށް ހޯދައިފި! އެއްވެސް ކަމެއް ބެލޭނެ ނިޒާމެއް ނެތް! ޓެސްޓުގަ ކޮޕީ ކުރުމާ އެކި އެކި އެސައިންމެންޓް މީސް މީހުން ލައްވާ ހެއްދުމާ އެކި ފާޑު ފާޑުގެ މަކަރު ހެދުމާ ލާރިދީގެން ފާސްވުމާ އެތައްކަމެއް އެބަ ކުރޭ! މިއީ ދެން ދުނީޔޭގެ އެހެން ގައުމުތަކުގަ ވެސް ކުރާ ކަންކަން! އެކަމަކު އެކަން ބަލާ ފިޔަވަޅު އަޅާ! ދެން ލޯނު ނަގައިގެން ކިޔެވުމަކީ ސަރުކާރުގެ މާ ދީލަތި ކަމެއް ކަމަށް ދެއްކުންވެސް ރަނގަޅެއް ނޫން! ތަހުޒީބު ގައުމުތަކުގަވެސް އެކަން އޮންނަނީ އެހެން، އެކަމަކު އެތަން ތަނުގެ ސިޔާސީ ވެރިން މިކަހަލަ ކަލަ ގޮވަމުން މީހުން ވާވައްދަމަކުން ނުދޭ!
އައްޑޫ ބެއްޔާ
28 November 2017
ޓޮޕް ޓެން އަށް ދާކުދިން ލޯން. ކޮލެޖުގެ ލެކްޗަރާރ އިން ލޯން. ފްލެޓް ގަތުމަށް ލޯން. ބްރިޖް އެޅުމަށް ލޯން. ހޮސްޕިޓާ އެޅުމަށް ލޯން. މުސާރަދިނުމަށް ލޯން(ބޮނޑު)، އެއާޕޯޓް އެޅުމަށް ލޯން، އެސްޓީއޯ ކްރެޑިޓް ސްކީމަށް ލޯން، މިޤައުމަށް ލިބިފައި މިހުރީއަކީ އިޤްތިޞާދީ މާހިރެއްނޫނެވެ. ލޯން މާހިރެކެވެ.
ރާއްޖެ
28 November 2017
ރާއްޖޭގެ ކޮލެޖް ޔުނިވަރސިޓީ ތަކަކީ މިހާރު ސެޓްފިކެޓް ވިއްކާ ތަންތަން. ކޯސް ފީ ދައްކާލީމަ ގްރެޖުއޭޓް ވާނެ އެކައްޗެއް ނޭނގުނަސް.
ޚަލީލު، ފީވަށް
27 November 2017
ކިހިނެތް މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރާނީ... ބަލަ، ތިޔަ ބައި މީހުންނެއްނު އެމް.ކިޔޫ.އޭ އާ ކުޅެގެން ކޯސްތަކުގެ ފެންވަރު ދަށްކުރީ... ނަމުގެ 15 ހަފުތާއަކު ސެމިސްޓަރަކު ކިޔަވައިދޭން ޖެހޭ. އެކަމަކު ކޯސްތަކުގައި ކިޔަވައިދެނީ ސެމިސްޓަރަކު ތިން ދުވަހު. މިއީ ހަމަ ތި މިނިސްޓްރީއިން ހަމަޖެއްސި ގޮތެއްނު؟
މަރީ
27 November 2017
ލެކްޗަރައިންގެ ފެންވަރު މަތިވާނީ ކިހިނެއް؟ ރާއްޖޭގެ ޔުނިވަރސިޓީތަކަކީ ސިޔާސީ ހާލިތަކެއް. ފެންވަރު ހުރި މީހުން ވަކިކޮށް ތަަނަށް ވައްދަނީ ސިޔާސީ މީހުން.
ޕިކްސް
27 November 2017
ތިކަން ނުކުރިއްޔާ ރަނގަޅީ. މިހާރުވެސް ޓީޗަރުންގެ ފެންވަރު ރަނގަަޅު ކުރަންށޭ ކިޔާފަ ހިންގާ ކޯސްތަކުން ވާކަމެއް ހަރާމް. ނަމެއްގަ ކޯސްތަކެއް ހިންގިއަކަސް ކަމަކުނުދާނެ.