ޚަބަރު / ޑޮކްޓަރުން

300 އަށް ވުރެ ގިނަ ދިވެހި ޑޮކްޓަރުން ހޯދަނީ

ތިނަދޫ ހޮސްޕިޓަލް: ގިނަ އަދަދެއްގެ ޑޮކްޓަރުން ހޯދަން މިނިސްޓްރީން ވަނީ އިއުލާނުކޮށްފައި.

ސަރުކާރު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް 300 އަށްވުރެ ގިނަ ދިވެހި ޑޮކްޓަރުން ހޯދަން ހެލްތް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރިި އިއުލާނުގައި ބުނީ ރާއްޖޭގެ އެކި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރަން 332 ސީނިއާ މެޑިކަލް އޮފިސަރުންނާއި މެޑިކަލް އޮފިސަރުން ބޭނުންވާ ކަމަށެވެ.

އެހެންކަމުން އެކަމަށް ޝައުގުވެރިވާ ޑޮކްޓަރުން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން ކުރިމަތިލާން މިނިސްޓްރީން ވަނީ އެދިފަ އެވެ. ޝަރުތު ހަމަވާ މީހުންގެ އިންޓަވިއު ވެސް އަންނަ މަހުގެ ތެރޭގައި އޮންނާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން ސީނިއާ މެޑިކަލް އޮފިސަރުން އަދި މެޑިކަލް އޮފިސަރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަނީ ރޭންކަށް ބެލުމަށްފަހުގަ އެވެ. ސީނިއާ މެޑިކަލް އޮފިސަރުންގެ މުސާރަ 19,230ރ އާއި 22,040ރ.އާ ދެމެދު އުޅޭއިރު ސާވިސް އެލަވަންސްގެ އުޅެނީ 6150ރ. އާއި 8250ރ. އާ ދެމެދު އެވެ. މެޑިކަލް އޮފިސަރުންގެ މުސާރަ އުޅެނީ 19،230ރ. އާއި 22،040ރ. އާ ދެމެދުގަ އެވެ. ސާވިސް އެލަވަންސްގެ ގޮތުގައި ލިބޭނީ 8،250ރ. އެވެ.

އެ މިނިސްޓްރީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ޑިރެކްޓާ ހުސެއިން މާނިއު ވިދާޅުވި ގޮތުގައި އެހާ ގިނަ ޑޮކްޓަރުން ހޯދަން އިއުލާނުކުރީ ދިވެހިންނަށް ވީހާ ވެސް ގިނަ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. އެހެންކަމުން 332 ޑޮކްޓަރުން ލިބުމުން، ސިއްހީ ހިދުމަތް ދިނުމަށް ގިނައިން މަސައްކަތް ކުރާނީ ދިވެހި ޑޮކްޓަރުންކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކިޔަވައިގެން އައިސް ވަޒީފާ ނުލިބިފައި ވެސް އެބަތިބި ބައެއް ޑޮކްޓަރުން. އެެހެންވެ އަޅުގަނޑުމެން މި ހޯދައިދެނީ ވަޒީފާގެ ފުރުސަތުތައް. ބޭރު މީހުން މަދުކޮށްފައި، ހުސް ދިވެހީންނަށް ބަދަލުކުރުން،" މާނިއު ވިދާޅުވި އެވެ.

"މިސާލަކަށް ރަށެއްގެ ސިއްހީ މަރުކަޒުގައި ދެ ބިދޭސީ ޑޮކްޓަރުން މަސައްކަތް ކުރާއިރު، އެ މީހުންގެ ރިޕްލޭސްމަންޓަށް ދިވެހިން މި ހޯދަނީ. ދެން ދިވެހި ޑޮކްޓަރުން ލިބިއްޖެނަމަ، ބިދޭސީ ޑޮކްޓަރުން އެހެން ތަނަކަށް ބަދަލުކުރަނީ. އެގޮތަށް ބަދަލު ނުކުރެވިއްޖެނަމަ އެއްބަސްވުމާ އެއްގޮތަށް ފޮނުވާލަނީ،"

ސިއްހީ ހިދުމަތްދޭ ތަންތަނަށް ޑޮކްޓަރުން ހޯދަން އިއުލާނުކުރިއިރު، މި މަހުގެ ކުރީކޮޅު ހެލްތް މިނިސްޓްރީން ވަނީ 160 ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން އިއުލާނުކޮށްފަ އެވެ. އޭގެތެރޭގައި، ގައިނޮކޮލޮޖީ އާއި މެޑިސިން އާއި އެނެސްތީސިއޮލޮޖީ އާއި އޯތޯޕީޑިކްސް އާއި ސާޖަރީ އާއި ޕީޑިއެޓްރިކްސް އާއި ޑާމެޓޮލޮޖީ އާއި އޮބްސްޓެޓްރިކްސް އާއި ސައިކޭޓްރީ އާއި އީއެންޓީ އާއި ރޭޑިއޮލޮޖީ އާއި ނެފްރޮލޮޖީ އާއި އޮޕްތަލްމޮޖޮލިސްޓް ހިމެނެ އެވެ.

ގިނަ އަދަދެއްގެ ޑޮކްޓަރުން ހޯދަން އިއުލާންކުރިއިރު، ސިއްހީ ދާއިރާ އަށް އަންނަމުންދާ ކުރިއެރުންތަކާ އެކު އެ ދާއިރާ އަށް މީހުން ބޭނުންވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އައިޖީއެމްއެޗުގެ 25 ބުރީގެ އާ އިމާރާތާ އެކު ރާއްޖޭގެ ސިއްހީ ދާއިރާ އިތުރު ހަރުފަތަކަށް ބަދަލުވާއިރު، ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް އިސްކަން ދޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެ އިމާރާތް މުޅިން ނިމި ހުޅުވަން ލަފާކޮށްފައި ވަނީ އަންނަ އަހަރުގެ ޖުލައި 26ގަ އެވެ. އައިޖީއެމްއެޗްގެ އާ އިމާރާތަކީ އެންމެ ރަނގަޅު ވަސީލަތްތައް ގާއިމުކުރެވޭނެ ހޮސްޕިޓަލަށް ވެގެންދާނެތީވެ، އައިޖީއެމްއެޗުން ވަކިވި ދިވެހި ޑޮކްޓަރުން ވެސް އެނބުރި ރާއްޖެ އައުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ދައުވަތު ދެއްވައިފަ އެވެ.

31 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 5%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Marynaa

28 November 2017

ރީނދޫ ކުލައިގަ ހުއްޓަސް މިފަހަރު މަގޭވޯޓު މިސަރުކާރަށް

The name is already taken The name is available. Register?

ދޮގެއްތަ؟

28 November 2017

ޑޮކްޓަރުން ހޯދައިންގެ ވާކަށް ނެތް. ޑޮކްޓަރުން ތަމްރީނު ކޮށްގެން ނެތް ވާކަށް. ޑޮކްޓަރުން ނެތިގެން ވާހަކަށް ނެތް. ދެން "މިހާރު" އާއި ރީނދޫތަކުންނަށް ރަނގަޅީ ކޮން ގޮތެއްކަން ކަލޭމެންނަށް އެބަ އެނގޭތަ؟ ތިތިބީ އާ ވައްތަރެއްގެ ބައްޔެއް ޖެހިފަ. ކަލޭމެން ސިކުނޑިތަކަށް ބޭސް ކުރަންވެސް ޑޮކްޓަރުން ހޯދަން އެބަޖެހޭ.

The name is already taken The name is available. Register?

ހސަނާ

28 November 2017

ކޮންތާކުންތޯ ހޯދަނީ؟؟ ޑޮކްޓަރުން އެއީ ދިޔަވަރު ހިކުނީމަ ފަރަށް އަރާ އެއްޗެއްތޯ؟ ނޫނީ 300 ޑޮކްޓަރުން ވަޒީފާ ނެތިފަ ތިބީތޯ؟؟ ދުނިޔޭގަ މީހުން މޮޔަވިއަސް ތިއީ ބޮޑުވަރު. ތިވާގޮތަކީ، ޑޮކްޓަރުންނާ، ޓީޗަރުން ގެނައުމަކީވެސް މިލިއަންޑޮލަރުގެ ވިޔަފާޜިއެއް. ކޮންމެހެން ލާރި ދީގެން ހައްދައިގެން ގެންގުޅެން ޖެހޭ ކުއްޖަކަށް މިލިއަނެއްހާ ޑޮލަރު ދެވޭނެ މަގު ތި ކޮށަނީ. މާދަން އަޑު އިވޭނެ ރާއްޖެއިން ޑޮކްޓަރުން ނުލިބިގެން އިންޑީއާއަށް ފުރިވާހަކަ!

The name is already taken The name is available. Register?

ބާބޫ

28 November 2017

ހީކުރަނީތަ މިރާއްގޭގައިތިބީ ހުސް މޮޔައިންކަމަށް ؟

The name is already taken The name is available. Register?

ހަބޭސްބބބބ

28 November 2017

ތިޔައީ ނުވިހާކުދިންގެ ފޫޅު ހޯދުން ފަދަކަމެއް ؟

The name is already taken The name is available. Register?

ހެ ހެ ހޭ

28 November 2017

ކޮންތަނެއްގަ ތިބިބައެއްތަ؟ 145 މިލިޔަން ޑޮލަރު ހަރަދުކޮށްފަ ޑޮކްޓަރުން ތަމުރީން ކުރަން ފެށިނަމަ އެމީހުން ފެންނާނެ. މީހާރުވާނެ ގޮތަކީ ބިލްޑިން އަޅައިގެން އެތާ މަސައްކަތް ކުރާނެ ބަޔަކުނުވެގެން އުޅެންޖެހޭނީި.

The name is already taken The name is available. Register?

ޖޯކު

28 November 2017

މާދަމާ 1000 އެސްޓްރޮނޯޓުން. 1000 ވަޒީފާ ވަގުތުން އުފެދުނީ.

The name is already taken The name is available. Register?

އަފިހުން ގޮއްޔެ

28 November 2017

"300 އަށް ވުރެ ގިނަ ދިވެހި ޑޮކްޓަރުން ހޯދަނީ"، ގެއްލިގެންތަ.

The name is already taken The name is available. Register?

ދީދީ

28 November 2017

މިގައުމުން ކިޔަވައިދީގެން ތައްޔާރުނުކުރާ ބަޔަކު ހޯދަން އިއުލާނުކުރިޔަސް ނުލިބޭނެ

The name is already taken The name is available. Register?

falaku ain

27 November 2017

ކޮބާ ޓްރޭނިންވެގެން ނުކުތް 10000 ޑޮކްޓަރުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454