ޚަބަރު / ހެލްތު މިނިސްޓްރީ

ގިނަ އަދަދެއްގެ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަނީ

އައިޖީއެމްއެޗްގައި ހުޅުވި ނޭޝަނަލް ޔޫރޯ ރީނަލް އެންޑް ފާޓިލިޓީ ސެންޓަރުން މީހަކު ފަރުވާ ހޯދަނީ: ގިނަ އަދަދެއްގެ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން ވަނީ އިއުލާންކޮށްފައި. --ފޮޓޯ/މިހާރު

ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ގިނަ އަދަދެއްގެ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނީ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް، އެކި ދާއިރާތަކުން 160 ސްޕެޝަލިސްޓު ޑޮކްޓަރުން ބޭނުންވާ ކަމަށެވެ. އޭގެތެރޭގައި، ގައިނޮކޮލޮޖީ އާއި މެޑިސިން އާއި އެނެސްތީސިއޮލޮޖީ އާއި އޯތޯޕީޑިކްސް އާއި ސާޖަރީ އާއި ޕީޑިއެޓްރިކްސް އާއި ޑާމެޓޮލޮޖީ އާއި އޮބްސްޓެޓްރިކްސް އާއި ސައިކޭޓްރީ އާއި އީއެންޓީ އާއި ރޭޑިއޮލޮޖީ އާއި ނެފްރޮލޮޖީ އާއި އޮޕްތަލްމޮޖޮލިސްޓް ހިމެނެ އެވެ.

ހެލްތު މިނިސްޓްރީން ބުނިގޮތުގައި ދާއިމީ ޑޮކްޓަރުުންގެ ގޮތުގައި ވަޒީފާ ދޭން ހަމަޖައްސާފައިވާއިރު އަސާސީ މުސާރަ އަކީ 30،990ރ. އެވެ. ސާވިސް އެލަވަންސަށް 10،200ރ. އާ އެކު އިތުރު އިނާޔަތްތައް ވެސް ލިބޭނެ ކަމަށް އިއުލާނުގައި ވެ އެވެ.

ޝައުގުވެރިވާ ޑޮކްޓަރުން މި މަހުގެ 14 ގެ ކުރިން ކުރިމަތިލާން ޖެހެ އެވެ. ޝަރުތު ހަމަވާ މީހުންގެ އިންޓަވިއު ވެސް މި މަހުގެ ތެރޭގައި އޮންނާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ގިނަ އަދަދެއްގެ ޑޮކްޓަރުން ހޯދަން އިއުލާންކުރިއިރު، ސިއްހީ ދާއިރާ އަށް އަންނަމުންދާ ކުރިއެރުންތަކާ އެކު އެ ދާއިރާ އަށް މީހުން ބޭނުންވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އައިޖީއެމްއެޗުގެ 25 ބުރީގެ އާ އިމާރާތާ އެކު ރާއްޖޭގެ ސިއްހީ ދާއިރާ އިތުރު ހަރުފަތަކަށް ބަދަލުވާއިރު، ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް އިސްކަން ދޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެ އިމާރާތް މުޅިން ނިމި ހުޅުވަން ލަފާ ކޮށްފައި ވަނީ އަންނަ އަހަރުގެ ޖުލައި 26ގަ އެވެ. އައިޖީއެމްއެޗްގެ އާ އިމާރާތަކީ އެންމެ ރަނގަޅު ވަސީލަތްތައް ގާއިމުކުރެވޭނެ ހޮސްޕިޓަލަށް ވެގެންދާނެތީވެ، އައިޖީއެމްއެޗުން ވަކިވި ދިވެހި ޑޮކްޓަރުން ވެސް އެނބުރި ރާއްޖެ އައުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ދައުވަތު ދެއްވައިފަ އެވެ.

10 ކޮމެންޓް, 46 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 7%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޭބެ

05 November 2017

ސަރުކާރުން އެބަޖެހޭ ޑޮކްޓަރުންގެ ކޮލިފިކޭޝަން ތަންކޮޅެއް ރަނގަޅަށް ބަލަން. މިހާރު ހޮސްޕިޓަލް ތަކުގައި ހުސް ބަންގާޅީން. ތަނެއް ދޮރެއް އެނގެނީކީނޫން.

The name is already taken The name is available. Register?

އަލީގ

04 November 2017

ކަމެއްނުކޮއް ހުންނަ ނޫނީ ނޫސްތަކުގެ ހަބަރުތަކައް ކޮމެންޓުކޮއްލަން ހުންނަ ކައުންސެލަރައްވެސް ތިވަރުގެ މުސާރައެއް މިގައުމުގަދޭ.

The name is already taken The name is available. Register?

ސަލާމް

04 November 2017

ޓްރީޓޮޕް އިން ސްޕެޝަލިސްޓް ޑޮކްޓަރުން އަށް 120،000.00 ރުފިޔާ ދޭ ކަމަށްވޭ އިތުރު އިނާޔަތާއެކު. ދެން ކިހިނެއް މޮޅެތި މީހުން ތި ތަނަނަށް ދާނީ.. ތިއުޅެނީ އައި.ޖީ.އެމް.އެޗް މޮޅެތި ކުދިންކޮޅު އެއްލާލާފައި އަލަށް ކިޔަވައި ނިންމާގެން އަހިސް އެކްސްޕީރިއެންސް ނެތް ޑޮކްޓަރުން ލައްވާ ރާއްޖޭ މީހުން ގިނީޕިގް އެކްސްޕެރިންމެންޓް ކުރަން ހަވާލުކުރަންނެވެ. ތި ނަމުން އިއްޒަތް ތެރި މީހުން ދާނީ ޓްރީޓޮޕް ކަހަލަ ތަނަކަށްށެވެ. އާމުން ޖެހެނީ ވޯކް އެކްސްޕީރިއެންސް ހޯދާ ސްޕެޝަލިސްޓް ޑޮކްޓަރުން ޓެސްޓް ސަބްޖެކްޓް އަކަށްވާށެވެ. ސަލާމް

The name is already taken The name is available. Register?

ލީނޯ

04 November 2017

ސިއްޚީ ދާއިރާގެ ބޮޑު އިންގިލާބު ފެށިއްޖެ! ބިލިއަން ރުފިޔާ ރާއްޖޭގައި ހިފެހެއްޓިގެންދާނެ.

The name is already taken The name is available. Register?

ހަބީބު

04 November 2017

ސަރުކާރުން އެބަޖެހޭ ރައްރަށުން އެންމެމޮޅެތި ދަރިވަރުން ހޮވުމައްފަހު ޑޮކްޓަރީކަން ކިޔެވުމައް ޖަރުމަނު ފަދަގައުމުތަކައް ފޮނުވަން މަޖިލީހުމުސާރަ 10.000 ރުފިޔާއައް ކުޑަކޮއްފަ ހާޒިރުނުވާދުވަހައް މުސާރަ އުނިވެސް ކުރަންޖެހޭ

The name is already taken The name is available. Register?

4321

04 November 2017

މުސާރަ ހަމަ ހަގީގަތުގަވެސް ކުޑަ. މިއުޅޭ ބޭރު ޓީޗަރުން ޓިއުޝަން ނަގައިދީގެން އެތައްހާސް ރުފިޔާއެއް ނަގާ. އަދި އެއްވެސް ކަމެއްނުކޮއް މަޖިލިސް މެމްބަރުން 80000 މުސާރައިގެ ގޮތުގަ ނަގާ.

The name is already taken The name is available. Register?

67777

04 November 2017

ކީއްވެ ދުވަހަކުވެސް ރާއްޖެތެރެ ރަށްރަށަށް އަމާޒުކޮށްގެން ޑޮކްޓަރުން ތަމްރީން ނުކުރީ

The name is already taken The name is available. Register?

ދިވެހި ޑޮކް

04 November 2017

ބޭރު ޑޮކްޓަރުންނަށް ލިބޭ ހުރުން 7000 ރުފިޔާ ކެއުން 3000 ރުފިޔާ އިތުރަށް. ދިވެހި މެޑިލަން އޮފިސަރަކަށްވެސް އަދި ސްޕެޝަލިސްޓަކަށްވެސް ނުލިބޭ މިއެއް. އެއް މަގާމެއްގެ އެއް މަސައްކަތެއް ކުރާއިރުވެސް ތަފާތުކުރުން ބޮޑު. ހުރިހާ އެންމެންގެ ނުހުންނާނެ މާލޭގަ ގެދޮރެއް. ހަމަ ރާއްޖެތެރޭ ޑޮކްޓަރުން ގިނަވާނީވެސް. ދެން ކާކު މަސައްކަތް ކުރާހުތުން ކުރާނީ މިގައުމުގަ؟ ކިޔަވައިގެން ތިބި އިލްމީ މީހުންނަށް ފުރައްސާރަކުރާ ސަރުކާރެއް މީ.

The name is already taken The name is available. Register?

ޟަން

04 November 2017

ޢެއީ އެކަންއޮންނަގޮތް.

The name is already taken The name is available. Register?

‫1234

04 November 2017

‫ތިހާ ކުޑަ މުސާރައަކަށް ސްޕެޝަލިސްޓުން މިރާއްޖެ ނާންނާނެ ބޮލެއް ހުރި މޮޅު މީހަކު. ތި މުސާރައަކީ މިހާރުވެސް ދިވެހި ޑޮކްޓަރުންނަށްދޭ މުސާރަ. އެކަމު އެމީހުންނަށް އޮވޭ ކްލިނިކްތަކަށް ގޮސް އިތުރު ފައިސާ ހޯދޭނެ މަގުތައް. މަހަކަ ލައްކަ ލައްކައިން ދިވެހި ޑޮކްޓަރުން ފައިސާ ނަގާ. ބޭރުގެ މޮޅުމީހުން އައިސް 4000 ޑޮލަރަކަށް މިރާއްޖަ ނާންނާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454