އެންޑީއެފްގެ ކޯސްޓްގާޑް--
28 ނޮވެމްބަރ 2017 - 23:01
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާހިލާފަށް ވަތް ސްރީލަންކާގެ ދެ މަސް ބޯޓް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ވ. އަތޮޅާ ދިމާލު ބޭރުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ލަންކާގެ ދެ މަސް ބޯޓް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ދެ ބޯޓް ފެނިފައިވަނީ އެމްއެންޑީއެފުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮނީޓާ ކުރަމުން ދަނިކޮށް ކޯސްޓްގާޑުގެ ލޯންޗަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. ދެ މަސްބޯޓުގައި ވެސް ފަސް މީހުން ތިއްބެވެ.
މި މަހުގެ 18 ވަނަ ދުވަހު ވަނީ ރާއްޖެ ސަރަހައްދުން ލަންކާގެ ހަތަރު މަސްބޯޓް ފެނިފަ އެވެ. އެކަން މަސްވެރިންތަކެއް ސިފައިންނަށް އެންގުމުން ސިފައިން ޗެކް ކުރުމަށްފަހު އެ ބޯޓްތަކަކީ ހުއްދަ ނަގައިގެން ވަތް ބޯޓްތަކެއް ކަމަށް ބުނެ ފަހުން ވަނީ ދޫކޮށްލައިފަ އެވެ.
އެހެން ނަމަވެސް ފިޝަރީޒް މިނިސްޓްރީން ބުނީ ރާއްޖޭގެ ސަރަހައްދުން ފެނުނު ސްރީ ލަންކާގެ މަސްބޯޓުތައް ރާއްޖޭ ސަރަހައްދަށް ވަދެފައި ވަނީ ހުއްދަ ނެތި ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ، މަސްވެރިކަން ކުރާ ބޭރުގެ ބޯޓުތައް ދޭތެރެ ދޭތެރެއިން ފެނެ އެވެ.
ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން އިނޮސެންޓް ޕެސެޖް (އެއް ގައުމުން އަނެއް ގައުމަށް ދާން ކަނޑުގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ) އަދި ހާއްސަ ހާލަތެއް މެދުވެރިވެގެން ނޫން ގޮތަކަށް ރާއްޖެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރާ ނަމަ ހުއްދަ ނަގަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހާރަދުން
29 November 2017
ތި ބޯޓުތައް ތީ ޑިޕާރޓްމަންޓް އޮފް ޕަބްލިކް އެކްޒަމިނޭސަނުން ހުއްދަ ދީގެން ވަދެ އުޅޫ ބޯޓޫ ތަކެކޭ ދޫކޮއްލާ
އަހުމަދުބެ
29 November 2017
މަރުހަބާ އެވެ. މަދު ފަހަރަކު ނޫނީ ނުވާކަމެކެވެ. ސިފައިން ޕެޓްރޮލް ކޮށް މަސްބޯޓް އަތުލީއެވެ.
ޝޮކް
29 November 2017
ހަގީގަތަށްދަންނަވާނަަމަ 100 އަކުން އެކަތި ދޯ ތި އަތުވަނީ؟؟؟ ކަނޑުގެ ސަރަހައްދު މިއަށް ވުރެއްރަގަޅަށް ބެލެހެއްޓުމަށް ޒަމާނީ ބޮޑެތި އުޅަނދު ފަހަރު ހޯދެން ޖެހޭ ....ކުރަންޖެހޭ މުހިންމު ސުވާލު ކުރެވިފަ ނެތްކަން ފާހަގަ ކުރެވޭ... އުޅަނދުތަށް އަތުލާގަތުމުގަ ހަރަކާތްތެރި ކޯސްޓުގާރޑް ގެ ކޮން އުޅަދުތަކެއްތޯ ؟؟؟ މި ދެ ބޯޓު އަސްކަރިއްޔާގެ ބާރުގެދަށަށް ގެނެސް ޗެކްކުރިކުރުމުގަ މަސްބާނާ ފަހުއްޓަފެނުންތޯ....ހަތިޔާރުފަދަ އެއްޗެތި ފޮރުވާފަ ހުރިތޯ؟؟؟؟ މިހެންގޮސް މުހިންމު ސުވާލު ކުރެވިފައެއްނެތް !! ހަގީގީ ނޫސްވެރިކަމެއްއެބަ ކުރެވޭބާ؟؟؟ ދިވެހި ސަރުކާރަށްގޮވާލަން ރާޢްޖޭގެ ކަނޑުގެ ސަރަހައްދުތަށް ބެލެހެއްޓުމަށްޒަމާނީ ވަސީލަތްތަށްހަރުކުރެވިފައިވާމަނަވަރެއްހޯދުމަށް އޭރަށް ވަރަށްބޮޑުތަންކޯސްޓުގާރޑުން ގެ ސެއިލަރުންނަށް ފަސޭހަވެގެން ދާނެ
އަތްޖަހާ
29 November 2017
ދެން އަންގާނީ ބޯޓްތައް ދޫކުރެވޭނީ އެމް. ޑީ. ޕީ ލަންކާއިން ބޭރު ކުރީމައޭ.
ފައި ޖަހާ
29 November 2017
ހުއްޓުވިޔަސް ގޯސް، މަސް ކަނޑު ދަވާލައިގެން ދާން ދޫކޮށްލިޔަސް ގޯސް، ގިނަ މީހުން ސިޔާސީ ވެގެން ޑިމޮކްރަސީ ޅަފަތުގައި ބޮވިގެން ވާނުވާގަ
ތިޖުރީ ބިންތު ޔާމން
29 November 2017
މިފަހަރު ދޫނުކުރާތި ނަޝީދު ލަންކާޔައް އަންނަތަނުން ހައްޔަރުކޮއްފަ ރާއްޖެޔައް ހަވާލުކުރާމަތިން ތިމީހުންވެސް ދޫކުރަންވާނީ އަހަރެމެންނައް ދަމައިގަންނަން ލިބޭވަގުތު އަހަރެމެންވެސްވާނެ ދަމައިގަންނަން ގައުމު ކިތަންމެ ކުޑަޔަސް
ދޮންބީފާނު
29 November 2017
އެއީ ހިކިމަސް ވިއްކާ މަޢުޞޫމު ކުދިންކޮޅެއް. ހެހެހެހެ
މެންޓަލިސްޓް
29 November 2017
ތިޔައަތުވީ އެންމެ 2 ބޯޓްތާ ،،،، އަނެއްހެންބުނާނަމަ 100 އަކުން 1 ތިޔައަތުވަނީ ،،،، ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްބޭނުމަކީ ކުރީންސުރެން ހިނގަމުންއަންނަކަމެށް ،،،، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ބޮޑު ޒިންމާ އޮތީ އިންޑީޔާއަތްދަށުގައި ،،، އޭގެސަބަބު އެގޭނީ 2 ސަރުކާރަށް ،،، އަޅުގަނޑަކަށްނޭންގޭ ،،، މީގެދުވަސްގަނޑެއް ކުރީން ސޯމާލިއާގެ ކަނޑުފޭރޭމީހުން ނިކަންގިނައިން ރާއްޖެއަށް ލައްވެއުޅުނު ،،،، އޭރުވެސް އަދިފަހުންވެސް ހުންނާނެ އިނޑިޔާމިން ރާއްޖޭގައި ރާޑަރސްޓޭޝަން ބަހައްޓާފައި ،،، އެމީޙުން އެބަަލަހައްޓާނީވެސް ،،، ޗައިނާއާޢި އިންޑީޔާ ކުރާ ފިނިހަނގުރާމައެއްގެ މެދުގައި މިހާރު ރާއްޖެމިދަނީ ސޭނޑްވިޗްވަމުން ،،، ސައޫދީއާޢި އެކު ކޮއްފައިއޮތް 23 ގައުމުގެ ކޯލިޝަން އެގްރީމެންޓްއެއް އޮތީމައި މިހާރު ސަލާމަތުން އޮވެވެނީ .. މިހުންނަނީ އަސްލުގައި ނޫސްވެރިން ބަލާ ދިރާސާ ކުރަންޖެހޭ ކަންކަން ކަމުގައި އަޅުގަނޑު ދެކެން ،،، ވަރަށްވެދުން