ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ލަންކާގެ ދެ މަސްބޯޓު ހިފެހެއްޓި އިރު، ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފައިގެން ދަތުރުކުރި ލަންކާގެ ބޯޓެއް މިދިޔަ މަހު ކުރީކޮޅު ވެސް ދިވެހި ސިފައިން ވަނީ އަތުލައިގެންފައި.
ހއ. ކެލާ ކައިރިން ހިފެހެއްޓި ލަންކާގެ ދެ މަސްބޯޓުގެ ތެރެއިން އެއް ބޯޓު ކައިރީގައި ކޯސްޓްގާޑުގެ އުޅަނދެއް.-- ފޮޓޯ: އެމްއެންޑީއެފް
18 ޑިސެމްބަރ 2025 - 12:18
ބޭރުގެ އިންޓެލިޖެންސް މައުލޫމާތަކަށް ދިވެހި ސިފައިން ހިންގި އޮޕަރޭޝަނެއްގައި ހއ. ކެލާ ކައިރިން ސްރީ ލަންކާގެ ދެ މަސްބޯޓު އިއްޔެ އަތުލައިގެންފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ގާނޫނާ ހިލާފަށް ވަދެ އުޅުނު ލަންކާގެ ދެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައީ ސަރަހައްދީ ގައުމުތަކުން ހިއްސާކުރި، އިންޓެލިޖެންސަށް ކޯސްޓްގާޑާއި އެއާކޯއިން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގައި ކަމަށެވެ.
ހއ. ކެލާ ކައިރިން ހިފެހެއްޓި ލަންކާގެ ދެ މަސްބޯޓުގެ ތެރެއިން އެއް ބޯޓު ސިފައިންގެ ޑްރޯން އިން ލޮކޭޓްކޮށްފައި.-- ފޮޓޯ: އެމްއެންޑީއެފް
ލަންކާގެ އެ ބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައީ އިއްޔެ ހެނދުނު 8:30 ހާއިރު، ކެލާގެ އިރުން 51 ނޯޓިކަލް މޭލު ބޭރުގައި އޮއްވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ދެ ބޯޓު ހދ. ކުޅުދުއްފުށި ބަނދަރަށް ވައްދައި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން އެކަމާ ގުޅޭ ތަހުގީގު ކުރިއަށް ގެންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފައިގެން ދަތުރުކުރި ލަންކާގެ މަސްބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިދިޔަ މަހު ކުރީކޮޅު ސިފައިން އަތުލައިގަތެވެ. އެ ބޯޓުގައި 350 ކިލޯގެ މަސްތުވާތަކެތި ހުއްޓެވެ. އެ މައްސަލާގައި، އެ ބޯޓުގައި ތިބި ލަންކާގެ ފަސް މީހަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.
އެ މައްސަލައިގެ ތަހުގީގަށް ލަންކާ ހާއްސަ ޓީމެއް ވެސް ރާއްޖެ އައިސްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާޓިފިޝަލް ރީފް
18 December 2025
ތިހެން ހިފާ ބޯޓުތައް ހިފަހައްޓާފަ ފަހުން އާޓިފިޝަލް ރީފް ހަދަން ފައްތާލާނަމަ އެކަންކުރާ ބަޔަކަށް ލިބޭ ގެއްލުން ބޮޑުވާނެ. އަދި ރާއްޖެއަށް އެއިން ފުދޭވަރަކަށް ފައިދާ ކުރާނެ. މަހާ ކަނޑުގެ ދިރުން އިތުރުވެ ޑައިވްކުރާނެ ޕޮއިންޓްތައް ހެދޭނެ. އެއީ ދުނިޔޭގެ ބައެއްތަންތާ ކުރާކަމެއް. އެކަމަކު ރާއްޖެއިން އަބަދު ބޭރުގެ ތިކަހަލަ ބޯޓުތައް ދުވަސްކޮޅެއްކޮށްލާފަ އަނެއްކާވެސް ދޫކޮށްލާ.
މަހާރަދުން
18 December 2025
ބޭރުގެ މައުލޫމާތަކުން ނޫނީ ގޮނޑި ހޫނު ކުރާ ގޭންގަށް އެނގޭ އެއްކަމެއްވެސް ނޯވޭ ޕޮލިޓީޝަނުން ފަހަތުން ދުވުން ނުނީ....މީހަކު ހޯދަންވެސް އާންމުންގެ އހީ ތެރިކަމަށް... ދެން މިވަރުން މި ގައުމުގަ ފުލުހުންނާ ސިފައިންނާ ނުބައިތިއްބާ އެކަމަށް ވެސް ބަނގާޅީ ލީމަ ޚަރަދު 200 ގުނަ ދައްވާނެ ހަމަ ގައިމުބެސް...އަދިވެސް މުސާރަ ކުޑަވެގެން އާއިލާޔަށް ދެ އިންސުއަރެންސު ކުޑަވެގެން ތުން ފިއްތަނީ!!!
ކޮރަލް
18 December 2025
ޑްރޯން ، ކޯސްޓޤ ގާޑް ، ރާޑަރ އޮތަސް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ނުބެލެ އެވެ. ބޭރުގެ މަސްބޯޓް ހޯދަނީ މަސްވެރީންނެވެ. ދެން ބޭރުގެ މައުލޫމާތު ދޭފަރާތުން މައުލޫމާތު ދިނީމަ އެވެ.