ކުޑަހުވަދޫ: އެ ރަށުގައި ހިންގި މާރާމާރީއެއްގައި ހަތަރު ކުޑަކުއްޖަކު ވަނީ ހައްޔަރުކޮށްފައި.-- ފޮޓޯ: ގޫގްލް މެޕްސް
06 ޑިސެމްބަރ 2017 - 10:28
ދ، ކުޑަހުވަދޫގައި، އެއްބަނޑު އެއްބަފާ ދެކުދިންގެ މެދުގައި ހިންގި މާރާމާރީއަކާ ގުޅިގެން ހަތަރު ކުޑަކުއްޖަކާއި މީހަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ އާދިއްތަ ދުވަހު މި މާރާމާރީ ހިންގާފައިވަނީ 17 އަހަރުގެ ބޭބެ ރަށަށް ގެނައި އެއްޗެއް ވަގަށް ނެގި ކަމަށް އޭނާގެ 15 އަހަރުގެ ފިރިހެން ކޮއްކޮއަށް ތުހުމަތުކޮށް ހަމަލާ ދިނުމުންނެވެ. އަދި އެ މަރާމާރީގައި އިތުރު ކުދިން ވެސް ބައިވެރިވި އިރު، 15 އަހަރުގެ ކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށް ވެ އެވެ.
"އެ ކުއްޖާ އެންމެ ފަހުން ގެންދަން ޖެހުނީ ހޮސްޕިޓަލަށް. އޭނާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނޭ،" ކައުންސިލުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަރާމާރީ ބޮޑުވީ ދެ ކުދިންގެ ރަހުމަތްތެރިން ވެސް އެކަމުގައި ބައިވެރިވުމުން ކަމަށެވެ.
ފުލުސް އޮފީހުން ބުނިގޮތުގައި މި މާރާމާރީގައި ބައިވެރިވި ކުދިން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގަ އެވެ. އަދި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
hahthari
06 December 2017
މަސްތުވާތަކެތި.
ރަދީފް
06 December 2017
ބޭބެ އާއި ކޮއްކޮ ތަޅައި ފޮޅަން ފަށައިފިނަމަ އެއީ ވަރަށް ވެސް ހިތާމަހުރިކަމެއް.އެހެނީ ރަހިމުގެ ގުޅުން ދެމެހެއްޓުން އެއީ އިސްލާމް ދީނުގަ ނުހަނު ބާރު އަޅާފައިވާ ކަމެއް.ނަފްރަތާއި ހަސަދައިން އެއްކިބާވެ ތިބޭ ސުލްހަވެރި ބައެއްކަމުގަ އަޅަމެން ލައްވާށި.އާމީން.
މުގާބޭގެ ސަޕޯޓަރު
06 December 2017
ރަހިމުގެ ގުޅުން އޮތް ހިސާބު މިރާއްޖޭގެ ވެރިކަމާ ހަމައިން އެބަފެނޭނޫންތޯ. ދެން ކުދި ކެކުރިއަށް އޮންނާނެ ގޮތް އެނގޭނުންތޯ.
ހޫމް
06 December 2017
މައްސަލަ ކޭސްކޮށްފައި، ލިޔުންތަށް ކަބަޑަށް ލާފައި ސިނގެރޭޓް އާއި ކޮފީ ބޮއެމަ ނިމުނީ.