ޚަބަރު / މޯލްޑިވްސް މީޑިއާ ކައުންސިލް

ހަވީރުގެ ކުރީގެ މުވައްޒަފުންގެ މައްސަލައިގެ ތެރެއަށް މީޑިއާ ކައުންސިލް ވެސް ވަންނަނީ

"މިހާރު" އޮންލައިން ވެބްސައިޓާއި ނޫސް ލޯންޗްކުރުމަށް ބޭއްވި ހަފުލާގައި "ހަވީރު"ގެ ކުރީގެ މުވައްޒަފުން ބައިވެރިވަނީ: ސިވިލް ކޯޓުގެ ހުކުމުގެ ސަބަބުން "ހަވީރު"ގެ ކުރީގެ މުވައްޒަފުންގެ ހައްގުތައް ގެއްލިފައިވާ ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު ވެސް ދެކެވަޑައިގަންނަވާ.---މިހާރު ފޮޓޯ

09 ޖުލައި 2016 - 01:06

3 comments

"ހަވީރު"ގެ ކުރީގެ މުވައްޒަފުންނަށް އެއްވެސް މީޑިއާއެއްގައި ދެ އަހަރު ވަންދެން މަސައްކަތް ނުކުރެވޭ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމުގެ ތެރެއަށް ވަންނަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވެސް ނިންމައިފި އެވެ.

"ހަވީރު"ގެ ކުރީގެ މުވައްޒަފުންގެ ހައްގުތައް ގެއްލޭ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުފާނު ކުރަން ހައި ކޯޓާއި ސުޕްރީމް ކޯޓަށް އެ މުވައްޒަފުންގެ ފަރާތުން ހުށަހަޅާފައިވާއިރު، ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ ހުކުމުގައި ހިމެނޭ މުވައްޒަފުންގެ ބައި ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމަވައިފަ އެވެ. އަދި ދައުލަތުން އިސްތިއުފާނަށް ހުށަހެޅުމުން އެ މައްސަލަ އަށް ތަދައްހުލް ވާނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.

މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް މިރޭ "މިހާރު" އަށް ވިދާޅުވީ ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރާ މައްސަލަ އަށް ތަދައްހުލްވާން އެ ކައުންސިލުން ނިންމީ، މީޑިއާގައި މަސައްކަތްކުރާ އެތައް ބައެއްގެ ހައްގުތައް ގެއްލިފައިވާ ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ.

"އަޅުގަނޑުމެންނަކީ މީޑިއާތަކުގެ ދިފާއުގައި ނުކުތުމުގެ މަސްއޫލިއްޔަތު ގާނޫނީ ގޮތުން ހަވާލުވެފައި ތިބި މީހުން. ނޫސްވެރިންގެ ހައްގުތައް ގެއްލޭ ކަމަށް ފެންނަ ނަމަ، އެކަމަކަށް ހައްލެއް ހޯދައި ދީ، ހައްގުތައް ހިމާޔަތް ކުރުމަކީ ގާނޫނީ ގޮތުން މީޑިއާ ކައުންސިލާ މަތިކޮށްފައިވާ ކަމެއް،" އާސިފް ވިދާޅުވި އެވެ.

މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ އިދާރާ: "ހަވީރު"ގެ ކުރީގެ މުވައްޒަފުންގެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުގެ އެ މައްސަލައިގެ ތެރެއަށް ވަންނަ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ ނިންމާފައި.---މިހާރު ފޮޓޯ: ނިޝާން އަލީ

އޭނާ ވިދާޅުވި ގޮތުގައި "ހަވީރު"ގެ ކުރީގެ މުވައްޒަފުންގެ ހައްގުތައް ގެއްލޭ ކަމަށް ގަބޫލުކުރެވޭތީ، ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރާ މައްސަލަ އަށް ވަނުމާ ގުޅޭ ގާނޫނީ މަސައްކަތް މީޑިއާ ކައުންސިލުން އާދިއްތަދުވަހު ފައްޓަވާނެ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައި ވަނީ "ހަވީރު"ގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ކޮށްފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފު، ޣައިރު ގާނޫނީ އަމުރެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެ އަމުރުގައި ހިމެނޭ މުވައްޒަފުންގެ ބައި އިސްތިއުނާފު ކުރަން ދައުލަތުން ނިންމީ އެހެންވެ ކަމަށް ބަންޑާރ ނައިބުގެ އޮފީހުން ވަނީ ބުނެފަ އެވެ.

މި މައްސަލާގައި މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހަވީރުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް މައްޗަށް އައިސްފައިވާ ހުކުމުން ރާއްޖޭގައި އެ ނޫސްވެރިންނަށް މަޖުބޫރީ ހާލަތެއް ކުރިމަތިވެފައިވާ ކަމަށާއި އެހެންވެ މިނިވަން މީޑިއާގެ މިނިވަންކަން ވަޅުޖެހިދާނެ ކަމަށެވެ. މީޑިއާ ކައުންސިލުން ބުނީ، އެއީ އެ މީހަކު އިހުތިޔާރު ކުރާ ވަޒީފާއެއް އަދާ ކުރުމުގެ ހައްގުން މަހުރޫމްވެ، ވަޒީފާއާ ބެހޭ ގާނޫނުން ލިބިދޭ ރައްކާތެރިކަން ވެސް ގެއްލިގެން ދިޔަ ހުކުމެއް ކަމަށެވެ.

"ހަވީރު"ގެ ކުރީގެ ގިނަ ނޫސްވެރިން މިހާރު މަސައްކަތް ކުރަނީ އަލަށް އުފެއްދި "މިހާރު" އޮންލައިނާއި "މިހާރު" ނޫހުގަ އެވެ.

3 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 96%
icon sad icon sad 0%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝިފާގު

09 July 2016

ހަވީރުގެ މުވައްޒަފުންގެ މައްސަލަގަނޑުގެ ތެރެއަށް އަޅުގަޑުވެސް ވަންނަން ބޭނުމެވެ. އެއީ އެމީހުންގެ ހައްގުތައް ގެއްލިގެން އަޅުގަޑުވެސް ކަންބޮޑުވާތީއާއި އަޅުގަޑަށްވެސް މިފަދަކަމެއް މެދުވެރިވެދާނެތީއާއި އަޅުގަޑަކީ އެމީހުންެ މިހާރު ނެރޭ ނޫސް ކިޔާ މީހަކަށް ވާތީއެވެ.

The name is already taken The name is available. Register?

މުހަންމަދު 3

09 July 2016

މީޑިއާ ކައުންސިލުންވެސް މިތިބެންޖެހެނީ އެމީހުންގެ މަސްއޫލިއްޔަތު އަދާކުރަން ބިރުވެތިވެފައި، ސަރުކާރުން ނަގާ ކޮޅަކަށް ބަލާފަ އޭގެ ނިވަލުގައިނޫނީ އެއްވެސް އެކުޝަނެއް ނުނަގާ. އެޗް.އާރް.ސީ.އެމް އަށް މިވަރުވެސް ނުވޭ. ބިރުން ޗުޕް ވެސް ނުކިޔާ ތިބެނީ، ވަޒީފާ ގެއްލިދާނެތީ. މިއީ މުވައްސަސާ ތަކުގެ މިނިވަންކަން ޔަޤީންވާ މިންވަރު އުތަ؟

The name is already taken The name is available. Register?

ޔޫއާރ

09 July 2016

ހަވީރުގެ ކުރީގެ މުވައްޒަފުން ނަށް ދެ އަހަރު ދުވަސް ވަންދެން އެމީހުން ދިރިއުޅުމަށް ކުރަމުންދާ މަސައްކަތް ނުކުރެވޭނެ ކަމަށް ކޯޓުން ހުކުމް ކުރުމުން އެކަން ބިއުޓިފުލް ސަރުކާރުގެ އޭޖީން އިސްތިއުނާފު ކުރާއިރު އެކަމުގެ ތެރެއަށް މީޑިއާ ކައުންސިލު ވަނުން އެއީ ވަރަށް ރަނގަޅު ކަމެކެވެ. ޔޫއާރ އޯލްރެޑީ ލިޓިލް ލޭޓް. އެނީވޭ އިޓް އިންސްޕިރޭޓްސް ދަ ފްލޯރ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454