ޚަބަރު / ރައީސް މުހައްމަދު ނަޝީދު

އެޗްއާރުސީއެމުން ޒިންމާ އަދައެއް ނުކުރޭ: ނަޝީދު

ކުރިގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުވުމެއްގައި ތަގްރީރު ކުރައްވަނީ.-- ފައިލް ފޮޓޯ: އެމްޑީޕީ

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ޒިންމާ އަދާ ނުކުރާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ކޮމިޝަނަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންސާނީ ހައްގުތަކުގެ ދުވަހެއް ފާހަގަ ކުރާއިރު، އެޗްއާރުސީއެމުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށެވެ. މިދިޔަ ދެ އަހަރު ތެރޭގައި ޖަލުގައި އަށް މީހަކު މަރުވެފައިވާ ކަމަށާއި ތަހުގީގު ނުނިމޭ މަރުތަކާއި ގްރޫޕް މާރާމާރީތައް ވަރަށް ބޮޑަށް ހިނގާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖެއަށް ޑިމޮކްރަސީ ތައާރަފް ކުރީ، ލާއިންސާނީ އަމަލުތަކާއި ޣައިރު ގާނޫނީ ކަންކަން ހުއްޓުވުމަށެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓު.

އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނީ މިފަހަކަށް އައިސް ފުރައްސާރަ ކުރުމާއި އަބުރު ނަގާލުމާއި މީހުންގެ ފުރާނައަށް ގެއްލުންވާ ފަދަ އަމަލުތައް އިތުރުވެފައިވާ ކަމަށެވެ. އެކަމަކު، މިއަހަރުގެ ތެރޭގައި އިންސާނީ ހައްގުތަށް ހިމާޔަތްކުރަން ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.

އިންސާނީ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތްކުރަން ބޭނުންވާ މުހިއްމު ބިލްތަކެއް ފާސްނުވާ ކަން ފާހަގަކޮށް އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރަން އެ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގައި ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ޖަމިއްޔާތަކާއި ސިޔާސީ ފަރާތްތައް ވެސް ގުޅިގެން މަސައްކަތް ކުރަން އެދިފަ އެެވެ.

10 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 7%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮލެޖް

30 January 2018

ޓެރަރިސްޓް ނަޝީދު ތި ޒިންމާ އަދާކުރަނީތަ.

The name is already taken The name is available. Register?

أحمد.

29 January 2018

ހެހޭ ކަލޭ އެކަމު މިރާއްޖެ ނާރާތި ހިފާ ހައްޔަރުކޮއްގެން ގެންގޮސް ހަމަ ޖަލައްލާނީ إن شاءالله.

The name is already taken The name is available. Register?

އަޖައިބު

11 December 2017

ގާޒީއަކު ޣައިރު ގާނޫނީ ގޮތަށް ހައްޔަރުކޮށްގެން ދައުލަތުގެ އެންމެ އިސްވެރިއާ ހުންނަ އިރު ދޫކޮށްލަން ހިއުމަން ރައިޓްސް ކޮމިޝަނުން ގޮވިއަސް އެކަން ކުރި މީހާ ދޫނުކުރާނަމޭ ބުނީމަ ކޮމިޝަނުން ކީއްތޯ ކުރާނީ؟ ޑިމޮކްރަސީގެ ބައްޕަ ދެއްކި މިސާލު.

The name is already taken The name is available. Register?

ހަސަން ވަހީދު

10 December 2017

އަޅުގަޑުގެ އެއްމެ އަސާސީ ހައްޤުތައް މިސަރުކާރުން ނިގުޅާއިގެން އުޅޭތާ 2އަހަރުވަނީ. އަޅުގަޑުގެ އަސާސީމުސާރަ ނުދީގެން ހިއުމަން ރައިޓް ކޮމިޝަންގައި ޝަކުވާކުރާތާ އެހާދުވަސް ވީއެއްވެސް ކަމެއްނެތް ކުރެވުނު.

The name is already taken The name is available. Register?

ހަސަނާފ

10 December 2017

އެހެންވެ ދޯ ތަޅާނެ ކުދިންކޮޅެއް ހޯދަން އުޅުނީ. އިންސާނީ ހައްގާހުރެ ލޮލަށް ނިދިނައިސްގެން. ކޮންބަޔަކަށް އޮޅުވާޅަންތަ. ނުވާނެތިކަމެއް. ބިގްޓައިމް ފެއިލްޑް.

The name is already taken The name is available. Register?

ކޯއް

10 December 2017

ކޮވެލި ބޮނދާ އިނދެ ގޮވާ އަޑު އެހިންތަ

The name is already taken The name is available. Register?

ޔޫކޭ

10 December 2017

ތިމަންނަ އަށް ވެރިކަން ހޯދަން ކަނޑަށް ފުންމަން ޒުވާނުން ތަކެއް ކައިރީގަ ބުނީމާ ހުންނާނީ ޒިންމާ އަދާކުރެވިފަ.

The name is already taken The name is available. Register?

ރާއްޖެ

10 December 2017

ކުރި ކުށަށް ކޯޓުން ހުކުމްކޮށް ޖަލަށް ލީމާ ފިލައިގެން ގޮސް ހޮލިޑޭ ހެދުން. މި ވެސް ވައްތަރެއްގެ "އިންސާނީ ހައްގެއް"

The name is already taken The name is available. Register?

މަ

10 December 2017

ކަލޭ ގެ މައްސަލަ ފުރަތަމަ ބަލަން ޖެހޭނީ. ބަލަ ތިވެސް ކުއްވެރިއެއް، ޖަލުގަ ދެންތިބީވެއް ކުއްވެރިން. ކީއްވެ ކަލެއަށް ތިހެން އަރާމުގަ ހުރެވިފަ އެ ނިކަމެތީންނަށް ޖަލުގެ ގޮޅިތަކުގަ ތިބެން ޖެހެނީ. ކޮބާ އިންސާނީ ހައްޤު،،،

The name is already taken The name is available. Register?

ރަދީފް

10 December 2017

ހަމަ ނަމެއްގަ އޮންނަ ތަނެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އެއީ.ވ.ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454