ޚަބަރު

ގއ. އަތޮޅު ކައުންސިލް މެމްބަރުންގެ ސަސްޕެންޝަން އުވާލަން ގޮވާލައިފި

ގއ. އަތޮޅު ކައުންސިލް މެމްބަރުން އިންޑިއާ ސަފީރާއެކު ފޮޓޯއަކަށް ހުއްޓިގެން.

ހުއްދަ ނެތި ބޭރުގެ ސަފީރަކާ ބައްދަލު ކުރެއްވި ކަމަށް ބުނެ، ގއ. އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުންނަށް ކުރި ސަސްޕެންޝަން އުވާލަން ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިއަދު ގޮވާލައިފި އެވެ.

އިދިކޮޅު ޕާޓީތަކުން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް އިންތިހާބުކޮށްފައިވާ ކައުންސިލު މެމްބަރުން ސަސްޕެންޑް ކުރުމުގެ ގާނޫނީ އެއްވެސް ބާރެއް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ލިބިގެން ނުވާނެ ކަމަށެވެ. އަދި ކައުންސިލް މެމްބަރުން، ވަކި ޖަމާއަތަކާއި ނުވަތަ ވަކި ފަރުދަކާ ބައްދަލު ކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އެލްޖީއޭގެ އަމަލުތައް ހުރީ ގާނޫނީ ގޮތުން ބާރު ލިބިދީފައިވާ ކައުންސިލްތަކުގެ ގާނޫނީ ބާރު ގާނޫނާ ހިލާފަށް ކަނޑުވާލައި، ކައުންސިލްތަކުން ދިވެހި ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތައް ހުއްޓުވާލައި ގޮތަށެވެ. މިގޮތަށް ގާނޫނާ ހިލާފަށް މި ސަރުކާރުން އަމަލު ކުރަމުން އެ ގެންދަނީ، ދިވެހި ރައްޔިތުންނަށް ސީދާ ގޮތުގައި ބިރު ދައްކައި އަނިޔާވެރިކަން ދެއްކުމަށެވެ،" ބަޔާނުގައިވެ އެވެ. ކައުންސިލަރުން ސަސްޕެންޑް ކުރުމަކީ ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލައި، އެ ނިޒާމުން ރައްޔިތުންނަށް ލިބޭ ހިދުމަތްތައް ހުއްޓުވައި ސިޔާސީ ބޭނުމަށް ވަކި ފަރާތެއްގެ މުށުތެރެއަށް ހުރިހާ ބާރެއް އެއްކުރުމަށް ސަރުކާރުން ހިންގާ ހުދުމުހުތާރު އަމަލެއް ކަމަށް ވެސް އިދިކޮޅު ޕާޓީތަކުން ބުނެ އެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި އެހީތެރިވެދޭ ބޭރު ގައުމުތަކުގެ ސަފީރުން ދިވެހިންގެ ހާލަތާއި މަސައްކަތްތައް ބައްލަވާލެއްވުމަކީ ރާއްޖެއަށާއި ދިވެހިންނަށް މަންފާ ލިބޭނެ ކަމެކެވެ. ވަކިން ހާއްސަކޮށް ކައުންސިލަރުންނާ ބައްދަލުކުރެއްވުމުން ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި އެއިރަކު ދިމާވާ ދަތިތައް ދެނެގަނެވޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ކައުންސިލަރުންނާ އެކި ގައުމުތަކުގެ ސަފީރުންނާއި ބޭރުގެ އެކި ޖަމިއްޔާތަކާ ގުޅުން ބަދަހިކުރުމަކީ ރަށްރަށުގެ ތަރައްގީއަށް ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ގުޅިފައިވާ ޕާޓީތަކުން ދެކެމެވެ. އަދި މިކަން ކަމަކީ އެއްވެސް ކައުންސިލަކަށް ލާމަރުކަޒީ ގާނޫނުން މަނާކުރާ ކަންކަމެއް ނޫނެވެ،" ބަޔާނުގައިވެ އެވެ.

ޕާޓީތަކުން ބުނި ގޮތުގައި އެލްޖީއޭގެ ނިންމުމަކީ ބޭރުގެ ފަރާތްތަކަށް ކުރާ އިހްތިރާމް ކުޑަވެ އެ ފަރާތްތަކާ އެކު އޮންނަ ގުޅުމަށް ބުރޫ އަރާނެ ކަމެކެވެ.

އެހެންވެ، ކައުންސިލަރުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ދައުލަތުގެ މުއައްސަސާތަކުން ފުރިހަމައަށް އެއްބާރުލުން ދިނުމަށާއި އެލްޖީއޭ އިން ގާނޫނީ އިމުގެ ތެރެއަށް ރުޖޫއުވުމަށް ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.

ގއ. އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުން ތިން މަހަށް ސަސްޕެންޑް ކުރީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ ގއ. އަތޮޅު ކައުންސިލުން ބައްދަލުކޮށްފައިވަނިކޮށެވެ. އެލްޖީއޭއިން ކައުންސިލްތަކަށް އަންގާފައި އޮތީ ކައުންސިލްތަކަށް ޑިޕްލޮމެޓުންނާ ބައްދަލު ކުރެވޭނީ އެލްޖީއޭ މެދުވެރިކޮށް ހޯމް މިނިސްޓްރީން ހޯދާ ހުއްދައެއްގެ ދަށުން ކަމަށެވެ. އެ ނިންމުމާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެ ކައުންސިލަރުން މިޝްރާއާ ބައްދަލުކުރީ އެލްޖީއޭ އިން އެގޮތަށް އެންގުމުގެ ކުރިންނެވެ.

7 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 0%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ށައްސީރު

18 December 2017

ޜަނގާސައިޒްކޮށްލާ އޭރުންދެންވެސ އކަހަލަ ކަމެއް ނުކުރާނި..ވަރައއބަރާބަރު..

The name is already taken The name is available. Register?

އެދުރޭ

17 December 2017

މަށައް ކުރިންވެސް ހީވި ތި ހުސެއިން އާދަމް ތެޅިގަތްވަރުންވެސް ތިކަހަލަ ބޮނޑިއެއް ބޯނެޔޭ. ދެން އަވަހައް ބަނބުކެޔޮ ކައި. ރީތި އަޑެއް އިވޭނެ....

The name is already taken The name is available. Register?

އހމދ

17 December 2017

ރާއްޖޭގެ ރަށްތަކުގަ ފެންބޮޑުވެގެން ހަފްތާއެއް ނުވަނީސް ކާޑާ ގޭހާ ހުސްވާއިރު ކައުންސިލަރުންނަށް ކިހާ ވަރަކަށްބާ ރަށުގެ ހާލު ބެލެނީ؟ ދުރާލާ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ތަކެއްޗާ ސާމާނު ހުރިތޯ ބެލެނީ؟ ބޭރު ސަފީރުން ރަށްރަށް ހާލުގަ ޖެހޭ ވަގުތު އެހީގެ އަތެއް ދިއްކޮށްނުލާ ސިޔާސީ ގޮތުން ކަންކަން ކުރަންވެގެން އަޑިއަޑިން ބައްދަލުކުރީމަ އެއޮތީ މަގްސަދު ސާފުކޮށް ފެންނަން.

The name is already taken The name is available. Register?

ކަލީމް

17 December 2017

އުމަރަކީ ވަރަށް ގޮތެއްގަ ހުންނަވާކަމަށް ވިދާޅުވާ ބޭފުޅެއް. އެހެނަސް ޕީޕީއެމް ޕްރައިމަރީގަ ތިޖޫރީ އިންތާ ވަޅުގަނޑެއް ބައިންދާނެކަމަށް އުމަރު ވިދާޅުވި ބޭފުޅަކުވެސް ވެރިކަމަށް ހަރާ ވަޒީރުކަން ދިއްކޮށްދާއިރަށް އޭގަ އެހިފީ. އަދި ނުވިތާކަށް އެވަޅުގަނޑު ހެދުނުއިރު ފާރައަށްވެސް އިންނެވީ އުމަރު. އެހެންވީމަ އުމަރަކީ ހަމަ ވަޔަށް ކެނޑޭ މީހެއް.

The name is already taken The name is available. Register?

ޝީޝާ

17 December 2017

ވަކި ތަނެއް ނުވަތަ އޮފީހެއްގެ ދަށުގަ ތިބޭ ބަޔެއްނަމަ އާއްމުކޮއް ހިގާ ކަންތައްތަކުގެ އިތުރުކަމެއް ކުރާނަމަ އެބަޔެއްގެ ހެޑް އޮފީހަކަށް އަންގަންޖެހޭނެކަމަށް ފެނޭ މީ އަޅުގަނޑުގެ ޚިޔާލް

The name is already taken The name is available. Register?

އަބްދުއްލާ

17 December 2017

އިންޑިޔާ އަށް ތަ ؟ ތިޔަގޮވާލީ ، ދަތުރު ހަދައިގެން މޯދީ ގާތަށް ގޮސް ބުނަންވީއެއްނު ދަތުރެއްހަދައިގެން މާލެ އައިސް ޔާމީނާ ބައްދަލުކޮށް ފައިގަ ހިފާމައާފަށްއެދި ސަސްޕެންސަން އުވާލަދޭށޭ. ގަޓް ހުރިނަމަ ނިކަން މިކަން ކޮށްލަންވީއެއް ނު.

The name is already taken The name is available. Register?

ސޮކްތެރެޕީ

17 December 2017

މަށަހީވަނީ މިފަހަރު ޔާމިން ދެހާސް އަށާރަ ގެންދާނެހެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454