އިންޑިއާ: އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ލިބުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައި.
19 ޑިސެމްބަރ 2017 - 12:39
އިންޑިއާގެ ބައެއް ސްކޫލްތަކުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް ވިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެ ޝަކުވާ ބޮޑުވެއްޖެ އެވެ.
މި މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރި ބައެއް ބެލެނިވެރިން "މިހާރު" އަށް ބުނީ ޑިޕެންޑެންޓް ވިސާ އާކުރަން ބެންގަލޫރުގައި ހުންނަ އިންޑިއާގެ ފޮރިން ރެޖިސްޓްރޭޝަން އޮފީހަށް ދިއުމުން ބައެއް މީހުންނަށް ވިސާ ދޭން ދެކޮޅު ހަދާފައިވާ ކަމަށެވެ. އެކި މީހުންނަށް އެކި އުޒުރުތައް ދައްކާ އިރު، އެންމެ ބޮޑަށް މި މައްސަލަ ކުރިމަތިވަނީ ދެ ސްކޫލެއްގައި ކިޔަވާ ދަރިވަރުންގެ ބެލެނިވެރިންނަށް ކަމަށް ވެސް އެ މީހުން ބުނެ އެވެ.
"މަގުބޫލު އެއްވެސް ސަބަބެއް ނުދައްކާ. ބައެއް މީހުން ގާތު ބުނޭ ދިވެހި ސަރުކާރުން ބޭނުން ނުވަނީއޭ، ވިސާ ދޭން. އަނެއް ބަޔަކާ ސުވާލު ކުރަނީ ރާއްޖޭގައި އިސްލާމް ކިޔަވައިދޭ އިރު ކީއްކުރަންހޭ، މި ކޮޅުގައި އިސްލާމް ކިޔަވައިދޭ ސްކޫލްތަކަށް ދަރިވަރުން ވައްދައިގެން އުޅެނީ،" ބެލެނިވެރިއަކު ބުންޏެވެ.
ވިސާ ލިބުމުގެ އުނދަގޫ ކުރިމަތިވާން ފެށީ، ބައެއް ބެލެނިވެރިން ބުނި ގޮތުގައި، މި އަހަރުގެ މެދުތެރެއިން ފެށިގެންނެވެ. ވިސާ ނުދީގެން މި އަހަރުގެ ޖޫން މަހުގެ ތެރޭގައި، އެއް އާއިލާއެއް އެނބުރި ރާއްޖެ އަންނަން ވެސް ޖެހުނެވެ.
"އެ އާއިލާގެ އެއް ކުއްޖަކު ގްރޭޑް 10 ގައި ކިޔަވަމުން އަންނަނިކޮށް މި މައްސަލަ ކުރިމަތިވީ. ދެން ހަމަ ގޮތެއް ނެތިގެން ރާއްޖެ އަށް ގޮސް ވިސާ ހޯދައިގެން އެނބުރި އައިސް އެހެން ސްކޫލަކަށް ވައްދައިގެން މިހާރު އެބައުޅޭ،" އޭނާ ބުންޏެވެ.
އެޑްވާންސް ކުލީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދައްކައިި ގެތައް ކުއްޔަށް ހިފައިގެން ދިރި އުޅޭ އިރު، ވިސާ ނުދީގެން ކުއްލިއަކަށް ރާއްޖެ ދާން ޖެހުމަކީ ވަރަށް ބޮޑު ތަކުލީފެއް ކަމަށް ބެލެނިވެރިން ބުންޏެވެ. ވިސާ އާ ކުރަން ޖެހެނީ، މުއްދަތު ހަމަވާން ގާތްގަނޑަކަށް ދެ ހަފުތާ އޮއްވަ އެވެ.
"އެތައް ބަޔަކު ވިސާއާ ކުރަން ޖެހިފައި ތިބި އިރު، ވާނުވާ ނޭނގިފައި މި ތިބެނީ. ވިސާ ދޭނެތޯ ނުދޭނެތޯ ޔަގީންކަމެއް ނެތް. ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނަށް [ބައެއް މީހުން] ދިޔައީމަ ބުނީ ވިސާގެ މައްސަލައެއް ކުރިމަތި ނުވާނެ ކަމަށް. އެކަމަކު މިކޮޅުން އަޅުގަނޑުމެންނަށް ވަރަށް އުނދަގޫކުރޭ. ވިސާ ނުދީ އެބަ ބުނޭ ދަރިން ހޮސްޓެލް އަށް ލާށޭ ވެސް."
އިންޑިއާ އަށް ކަނޑައަޅުއްވާފައިވާ ދިވެހި ސަފީރު އަހްމަދު މުހައްމަދު މިއަދު ވިދާޅުވީ އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ލިބުމުގައި ދަތިތަކެއް އުޅޭ ކަމުގެ ޝަކުވާ އެމްބަސީ އަށް ލިބިފައިވާ ކަމަށެވެ. އެކަމަކު ވިސާއާ ގުޅޭ ގޮތުން ކުރިން ހަމަޖެހިފައި އޮންނަ އުސޫލަށް އެއްވެސް ބަދަލެއް އައި ކަން އިންޑިއާ ސަރުކާރުން ރަސްމީކޮށް އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވިސާ ދިނުމުގެ އުސޫލަށް އެއްވެސް ބަދަލެއް ގެނައިތޯ އަޅުގަނޑުމެން މި އަންނަނީ ބަލަމުން،" އަހްމަދު ވިދާޅުވި އެވެ.
އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ އިރު، ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ދެ ގައުމުގެ ދެމެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ. ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގައި ރާއްޖެ-ޗައިނާ ސޮއި ކުރުމުން މި ހިޔާލު ތަފާތުވުންތައް ބޮޑުވެފައިވާ ކަން އިންޑިއާ ސަރުކާރުގެ އޮފިޝަލުންގެ ވާހަކަތަކުން ސާފުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Thhhk
20 December 2017
ޗައިނާ އިން ގެންނަ މުދަލުން %0 ޕަސެންޓް ޖީއެސް ޓީ ތޭ ؟
ހަމަޖެހި
20 December 2017
ޗައިނާ އަކީ އަޅެ މުސްލިމުންނާއި ރައްޓެހި ގައުމެއް ނޫން. މިކަމަށް ނުވިސްނާ ފިޔަވަޅު އެޅުމަކީ ބޯގޯސްކަމެއް
މުރަ
21 December 2017
ޗައިނާއަކީ އެއްވެސް ދީނަކަށް ރައްޓެހި ގައުމެއް ނޫން. ޚާއްސަކޮށް މުސްލިމުންނަށް ޖައްސާލައިގެން އުޅެނީކީ އެއް ނޫން. އެހެނަސް އިންޑިއާ އަކީ ޚާއްސަކޮށް މުސްލިމުންނަށް ތުރާކުރަން އުޅޭ ގައުމެއް ކަމަށް މީހުން ތުހުމަތު ކުރޭ
ޖަންގަލީ
20 December 2017
ހުުުޫހޫން ދޭބަލަ ޗައިނާ އައް ދަރިން ނަށް ކިޔަވާދޭން ކީކުރަންތަ އިންޑިއާ އަައް ދަނީ
Thhhk
20 December 2017
ޗައިނާއިން ބޭސްކުރަން އާާސަންދަ ލިބޭނެ މިސަރު ކާރުގަ ހާސްނުވޭ
ތަމިމު
20 December 2017
މިސަރުކާރުން ގެންނަ ތަރައްގީފެނި އިންޑިޔާއަށް ހަޖަމުކުރެވެނީ ދެން ހެޔޮދުއާ ސަލާން ކިޔާލަކިޔާލާ އިންޑިޔާއިން ހަމަ ތިބެންޖެހޭނީ ނޫނީ ވިޔަފާރީގެ ގުޅުންކަނޑާލާ އިންޑިޔާ ބަނޑަށް ޖައްސާލުމުގެ ގާބިލުކަން ހުރިސަރުކާރެއްމީ ދެން ފެންނާނީ ހަމަ އިންޑިޔާ ބަނޑަާށް ޖެހޭތަން ބަލަންތިބޭތި ސަޅިކޮށް ބަލިކޮށްލާނެ
ޒަމީނު
20 December 2017
އިންޑިޔާއަށްވުރެ ޗައިނާ މޮޅުވާނެ ޗައިނާއިން ނަރުހުންނާ ޑޮކްޓަރުންނާ ކާބޯތަކެތި ހިލަ ހިލަވެލި އަދި އެހެންސާމާނުގެނެސް އައިޖީއެމްއެޗްގަޅާލާ އަދި އެވަރުން ކަމުނުގޮސްގެން އިންޑިޔާއާ އޮތް ވިޔަފާރީގެ ގުޅުންވެސް ކަނޑާލާ ގައިމު ދެރަވާނީ އިންޑިޔާއަށް ކިޔަވަންވެސް ޗައިނާއަށް ކުދިންގޮވައިގެންދޭ އޭރުން އިންޑިޔާގެ ސްކޫލްތައް ގައިމުވެސް ހުއްޓޭނެ ދިވެހިންގެ ޑޮލަރުން ހިނގާ ގައުމެއްއިންޑިޔާއަކީ އިންޑިޔާގެ ހުރިހާ އިންޑަސްޓްރީތަކެއް ދިވެހިންނުދަންޏާ ހުއްޓޭނެކަން ޔަގީން މިކަން ކުރަން މިސަރުކާރަށް ކެރޭނެކަން ޔަަގީން އަވަސްކުރޭ ކޮންމެވެސް ލަސްނުކުރާތި
ޖުމޭ
20 December 2017
ހުރިހާ ދިވެހިން ސިންގަޕޫރަށް ކިޔަވަންދޭ އިންގޭ ބޭސްކުރަންވެސް މިސަރުކާރުވެ ވެރިންވެސް ވަޑައިގަންނަވަނީ ސިންގަޕޫރަކަށްނުން ގައިމު އިންޑިޔާއަކަށްނޫން ކީއްކުރަން ދިވެހިން އިންޑިޔާއަށް ދާންވީ އިންޑިޔާގެ ދަށުވެގެން އުޅެންވި ގައިމު ޔޫކޭ އޮސްޓްރޭލިޔާ ނިއުޒީލެންޑުންވެސް ގެ ގަނެވޭނެއެއްނުން ގަނެގެން އެތަންތަނުގައުޅޭ
އ.އ.ރ
20 December 2017
އިންޑިޔާގައި ދިރިއުޅޭ ދިވެހިރައްޔިތުންނަށް ދޭން އޮތް ނަސޭހަތަކީ ތިޔަ އުޅެނީ ގެރިއަކާހުރެ މުސްލިމުން މަރާ ގައުމެއްގައޭ... ތިޔަ މީހުންގެ އުނދަގޫ ބޮޑުވެގެން އިސްކަންދަރު ރަސްގެފާނަށް ޖެހުނީ ތިޔަތަނުން ބައެއް ހިފަން...އެހެންވީމާ މިއަދު ގެ ޖީލަށް ތިޔަ ވަބާ ނުޖެހޭނެ ކަމަށް ބަލައިގެން ނުވާނެ.. ދިވެހިލޮބުވެތި ރައްޔިތުން ކެތްތެރިކަމާއި އެކު މަސައްކަތް ކުރަންވީ ސިންގަޕޫރު ފަދައިން ދުނިޔޭގެ ބޮޑެތި ބާރުތަކާއި ގުޅިގެން ދިވެހިންގެ ވަރުގަދަ ކަނޑުގެ ފައުޖެއް ތައްޔާރު ކުރަން.. ސަލާމަތްކަން އޮތީ އަމިއްލަ ފައިމަތީގައި ހުރެގެން..
ފަޑުއްކަ
20 December 2017
މި ކަމާ ވެސް އުފާ ކުރާނެ ބަޔަކު ދިވެހިންގެ ތެރޭގައި ތިވޭނެއެވެ. ބޭރު ޤައުމު ތަށް ލައްވްއި ޚާއްސަކޮށް އިންޑިއާ އަދީ އެމެރިކާ ލާއްވާ ދިވެހިން ނަށް ދަތިކުރަން ހިތްވްރު ދޭ ބަޔަކު އެބަ އުޅެއެވެމ އެމީހުނަށް ހީވަނީ ރާއްޖޭގެ ވެރިކަން ބޭރު މީހުންގެ އެހީ ގައި ނަމަ ވެސް ބަދަލު ކޮށްލަން ޖެހުއްޖެ ކަމަަސެވެ.
ޖުހާ
20 December 2017
އިންޑިޔާއާ އެމެރިކާއަށް ދިވެހިން ދަތިކޮށްލީމާ ތިކަން ހަމަޖެހިދާނެ އެދެގައުމު ގައިމު ބަނޑަށް ޖެހޭނެ ދިވެހިރާއްޖެއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއްޔާ ގައިމު އެކަން ކުރަންކެރޭނެ މިސަރުކާރަށް ކޮބައިތަ މައްސަލައަކީ
ކުލި
20 December 2017
މިސަރުކާރުގެ ޕޮލިސީކަނޑައަޅުއްވާ ބޭފުޅުންވެސް ޗުއްޓީއަށާ ބޭސްފަރުވާއަށް ވަޑައިގަންނަވަނީ ސިންގަޕޫރަށް ކުދިންނަށް ކިޔަވައިދޭ ދިރިއުޅުން ބަދަލުކުރައްވަނީ އޮސްޓްރޭލިޔާ ނިއުޒިލެންޑް ޔޫކޭ ފަދަ ގައުމުތަކަށް ކީއްކުރަން ދިވެހިން އިންޑިޔާއަށް ދާންވީ މިސަރުކާރު އޮތްހާދުވަހަކު ދިވެހިން ސިންގަޕޫރަށް ގޮސް ކުދިންނަށް ކިޔަވައިދިނީމާ ނިމުނީނުން އިންޑިޔާއަކީ ކަމުދާ ގައުމެއްނޫން
ތަލަ
20 December 2017
އިންޑިޔާއަކީ ކަމުނުދާގައުމެއްގޮތަށް މިސަރުކާރަށް ސިފަކުރެވޭއިރު ކީއްކުރަން ދިވެހިން އިންޑިޔާއަށް ދާންވީ ކުދިންނަށް ކިޔަވައިދޭން ސިންގަޕޫރަށް ދޭބަލަ