ރައީސް ޔާމީންގެ ދައުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގްގެ ދެކަނބަލުން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ރާއްޖެ ވަޑައިގެން މަތިންދާބޯޓުން ފައިބާވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
19 ޑިސެމްބަރ 2017 - 19:25
ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ވަޑައިގެން މެލޭޝިއާ ބަހުން ކުރެއްވި ޓުވީޓެއްގައި ބޮޑުވަޒީރު ވިދާޅުވީ މިހާރު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގައި ކަމަށާއި އިރާދަކުރެއްވިއްޔާ ތަފާތު ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމަށެވެ. އެގޮތުން ސިއްހަތާއި ޓޫރިޒަމް އަދި މަތީ ތައުލީމްގެ ދާއިރާ ހިމެނޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
ރައީސް އޮފީހުން ބުނީ މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ އަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ރަސްމީ ބައްދަލުވުންތައް ބޭއްވެވުމުގެ އިތުރުން އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެ ކަމަށެވެ.
Baru sahaja tiba untuk lawatan rasmi saya di Maldives. Insya-Allah kita akan tingkatkan kerjasama dalam pelbagai bidang termasuklah kesihatan, pelancongan dan pengajian tinggi. pic.twitter.com/3cRd3LBLoy
— Mohd Najib Tun Razak (@NajibRazak) December 19, 2017
މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ކުރެއްވި ޓުވީޓް
މި އެއްބަސްވުންތަކުގައި ސޮއިކުރައްވާނީ ރައީސް އޮފީހުގައި މާދަމާ ބާއްވާ ހާއްސަ ރަސްމިއްޔާތުގަ އެވެ.
މިއީ ގިނަ އަދަދެއްގެ ދިވެހިން މަތީ ތައުލީމް ހާސިލްކުރަމުން އަންނަ ގައުމުގެ ބޮޑު ވަޒީރުކަމާ ނަޖީބު ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ.
މިއީ މިދިޔަ 33 އަހަރުގެ ތެރޭގައި، މެލޭޝިއާގެ ބޮޑުވަޒީރަކު ރާއްޖެ އަށް ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ. މެލޭޝިއާގެ އޭރުގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ރާއްޖެ ވަޑައިގަތީ 1984 ގަ އެވެ.
ރައީސް ޔާމީންގެ ދައުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގް މިއަދު ރާއްޖެ ވަޑައިގަތުމުން، ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، މިހާތަނަށް ވަނީ ދެ ފަހަރެއްގެ މަތިން މެލޭޝިއާ އަށް ވަޑައިގެންފަ އެވެ. މިދަތުރުފުޅުތަކުގައި އެކި ދާއިރާތަކުން ރާއްޖެ އަށް ލުއި ފަސޭހަތައް ހޯއްދަވައިދެއްވަން މަޝްވަރާކުރެއްވި އެވެ. މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، މެލޭޝިއާ އަށް ދާ ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން އެ ގައުމުގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ. ދިވެހިންނަށް ކުރިން ދެނީ 30 ދުވަހުގެ އޮން އެރައިވަލް ވިސާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިއްލުރިއެއާޕޯޓު ޓަވަރުން
20 December 2017
ކަމެއް ކޮއްދެންޏާ ރައްރަށުގެ ކައުންސިލު ތަކައް ފައިސާޔާ ވަސީލަތް ފޯރުކޮއްދެއްވާ މިހުރިހާ ދުވަހު ދިންއެހީތައްވެސް ރައްފުށަކައް ނުލިބޭ ހއ ހދ ށ ބަލާލިޔަސް މިކަންވަރައްބޮޑައް އެނގޭނެ ހުރިހާ ވަސީލަތެއް ތައުލީމެއް ދަތުރުފަތުރެއް އޮތީ މާލެފުޅު ސަރަހައްދުގަ އޭސީ ފެރީގަނުނީ ޖެހިފައޮތް ހުޅުލެޔައްވެސް ނުދެވޭ އަހަރެމެން ހަނިމާދޫއައްމިދަނީ ކަނޑިތީމުން ފުރައިގެން 4000 ރުފިޔާ ހަރަދުކޮއްފަ މާލެފުޅު ފުންނާބުއުސް ބޭފުޅުން 10 ރުފިޔާދީފަ 5 މިނެޓުން ދާއިރުވެސް ބޯފުޅައް އެނބުރުން އަރާ ކައިރީގަ އިންނަ ރައްފުށުމީހާ ކައިރީގަ ޖެހިގެން އިންނާތީ 300 މިލިޔަން ޑޮލަރުގެ ބުރިޖެއް އަޅާލަނީ ބަނޑުހަރުވެ ބޮޑުކަމު ނުދެވި ކުޅުދުއްފުށީ ހޮސްޕިޓަލައް ދާއިރައް ފޮނުވާލަނީ ދިއްދޫއައް ބާރަށު މަދިރިން ރައްޔިތުން ސަލާމަތް ކޮށެއްނުދެވޭ މިހެން މިކަންކަން ހުރީމަ މިބުނަނީ ރައްޔިތުންނައް ކަމެއްކޮއްދެންޏާ ސަރުކާރައް ފައިސާނުދީ ތިޔަބޭފުޅުންގެ ބެލުމުގެ ދަށުން ކައުންސިލަރު ތަކާ ގުޅުން ގާއިމު ކުރާށޭ ސަރުކާރު ބަނޑު ކެކޭނެ ވަރައް ބޮޑައް.
ރަދީފް
20 December 2017
ޓީވީއެމް އިއްޔެ ހަވީރު ލައިވް ކަވަރޭޖްގަ 2 ޕްރެޒެންޓަރުންވެސް ތަކުރާރުކޮށް ކިޔާ އަޑުއިވެނީ މިހެން ''މެލޭޝިއާގެ ބޮޑުވަޒީރު އަދި ދިވެހިރާއްޖޭގެ ރައީސް އެއީ ވަރަށް އެއްގޮތް ކަންތައް އެކުލެވޭ ދެބޭފުޅުން''. ޔޭސް ވަރަށް އެއްގޮތް ، ވ.ވ.ވ.ވ.ވެދުން
ދަވޭ
20 December 2017
މެލޭޝިއާ އަކީ އެއީ ރާއްޖޭގެ ވަރަށް ގިނަ ކުދިން ތައްލީމް ހާސިލް ކުރި އަދި ކުރަމުން ދާ ގައުމަކަށް ވާތީވެ މެލޭޝިއާގެ އެޑިއުކޭޝަނަލް ޕާރކެއް އެބަޖެހޭ ހުޅުމާލޭގައި ތަރައްގީ ކުރަން. އެގޮތުން މެލޭޝިއާ އަށް ބޮޑު ބިމެއް ހުޅުމާލޭން ދީގެން މެލޭޝިއާގެ އެޑިއުކޭޝަނަލް ޕާރކް އެއް ހުޅުމާލޭގައި ތަރައްގީ ކުރަންވީއެވެ. އަދި މެލޭޝިއާގެ ބޭންކް ވެސް ރާއްޖެ ގެންނަންވީއެވެ. އަދި މެލޭޝިއާގެ އެމްބަސީ އެއްވެސް ރާއްޖޭގައި ހުންނަންވީއެވެ. މީގެއިތުރުން މެލޭޝިއާ އަށް މާލެ ސަރަހައްދުން ބޮޑު ފަޅެއް ދީގެން އެފަޅު ހިއްކައިގެން އެފަޅުގައި އޮއިލް ރިފައިނަރީ އެއް ހަދަންވީއެވެ. އެގޮތުން ކާފު އަތޮޅު ގާފަރު ފަޅު އެއް ކޮށް މެލޭޝިއާ އަށް ދޭންވީ ގާފަރާއި އެކު ކުރިއަށް އޮތް 100 އަހަރު ދުވަހަށް އޮއިލް ރިފައިނަރީ އެއް ހަދައިގެން ތެޔޮ ރާއްޖެ އަށާއި އަދި މުޅި ދުނިޔެ އަށް ވިއްކަން. މިހެން މިކަން ވެއްޖެނަމަ މިކަމަކީ މީ ދެން އިންޑިއާ ގެ އިގްތިސާދު އަދި ލަންކާގެ އިގްތިސާދު ފަހަތަށް ޖައްސާލާނެ ކަމެއް ކަން މަމެންނަށް ޔަގީން ވެ ކަށަވަރު.
ކޮރޮޕްޝަންހޫޑް
19 December 2017
މީ ވަކިކަހަލަ ވިޒިޓަރސް އެއް ގުޅޭ ސަރުކާރެއް. ލަނޑަޔާ ލަނޑަޔާ...
ލީނޯ
19 December 2017
މަޙްލޫފު މެލޭޝިއާއަށް ގޮސް ބޮޑު ވަޒީރުގެ ދަތުރު ހުއްޓުވަން އުޅުނު ނަމަވެސް ހުއްޓުވައެއް ނުލެވުނު، މެލޭޝިއާއަށްވެސް ރާއްޖެވަނީ މުހިއްމުތަނަކަށް ވެފައި. ރައީސްޔާމީނަށް ޝުކުރު.
ހުރެވުނިޔާނުން
19 December 2017
ވެރިކަމުގަ ހުރެވުނިޔާނުން!