ޚިޔާލު / އޮޅުންބޮޅުން

އޮޅުންބޮޅުން: ޕާޓީތަކުގެ ބަސްމަގުން ސީރިއަސް ކަމަށް ބަލަން އުނދަގޫ

އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި ބޭއްވި ޖަލްސާއެއް ކުރިއަށް ގެންދަނީ --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އަހުމަދު އަބްދުﷲ

27 ޑިސެމްބަރ 2017 - 08:39

13 comments

ގައުމުގައި ވެރިކަން ހިންގާ ގޮތާ މެދު ސަރުކާރާ ޚިޔާލު ތަފާތުވާ ސިޔާސީ ޕާޓީތަކުން ދައްކާ ވާހަކައިން އެ ޕާޓީތަކުން ދާން ބޭނުންވާ މަގުގައި ކުރިއަށް ދިއުމަށް ސީރިއަސް ބާވައޭ، ބައެއް ފަހަރު ހިތަށްއަރަ އެވެ.

ސަރުކާރުން ހަދާ ގޯސްތަކާއި މަރުގޯސްތަކުގެ ވާހަކަ ޕާޓީތަކުގެ ލީޑަރުން އެއްވުންތަކާއި ޖަލްސާތަކާއި ބައްދަލުވުންތަކުގައި ދައްކަވަ އެވެ. އޭގެ ތެރެއިން ބައެއް ވާހަކަތަކަކީ ނުވަތަ ގިނަ ވާހަކަތަކަކީ، ނުވަތަ ހުރިހާ ވާހަކަތަކަކީ ޙަޤީޤަތް ކަމަށް ވެސް ވެދާނެ އެވެ. ނުވަތަ ޙަޤީޤަތް ނޫން ކަމުގައި ވެސް ވެދާނެ އެވެ.

ފެންނަން އޮތް ޙަޤީޤަތަކީ ޕާޓީތަކުން ބޭނުން ވަނީ ރައްޔިތުންގެ ވޯޓުން ވެރިކަން ބަދަލު ކުރުވުން ކަމެވެ. އެކަމުގެ މައިގަނޑު ސަބަބު އަޅުގަނޑުމެންނަށް އެނގެ އެވެ. ގައުމުގެ ވެރިކަން ހޯދާށެވެ. ބާރު ހޯދާށެވެ. ސަރުކާރާ ޚިޔާލު ތަފާތުވާ ޕާޓީތަކުން އެދޭ ގޮތަށް ސިޔާސީ މަސްރަޙް ބަދަލުވުމުން އަޅުގަނޑުމެންނަށް ލިބެނީ ކޮން އެއްޗެއްތޯ އެވެ؟ ނޭނގެ އެވެ. ބަދަލުކުރަނީ ކޮން ކަމެއްތޯ އެވެ؟ ނޭނގެ އެވެ. އޮންނާނީ ކޮން ކަހަލަ ސިޔާސާތެއްތޯ އެވެ؟ ނޭނގެ އެވެ. މުސްތަޤިއްލު މުއާސަސާތަކުގައި މަސައްކަތް ކުރައްވާ ތެދުވެރި، އިޚްލާޞްތެރި، ތަރުޖަމާ ކުރައްވަން މޮޅު ބޭފުޅުންނަށް ވާނީ ކިހިނެއްތޯ އެވެ؟ ނޭނގެ އެވެ. އަދި ވަގުތު ނުޖެހެނީ ޔޯލަ އެވެ. ދެރަ ގޮތެއް ދިމާވެދާނެތީވެ ޔޯލަ އެވެ. އިސް ސަފަށް ނެރުމަށް ދައްކާ މީހުން ގެއްލިދާނެ ކަމުގެ ބިރުހީވަނީ ޔޯލަ އެވެ.

ޚިޔާލު ތަފާތު ޕާޓީތަކުން ބައެއް ފަހަރު ދައްކާ ވާހަކައިން، ރާއްޖޭގެ ރައްޔިތުންނަކީ ސިޔާސި މައިދާނުގައި ކަންތައްތައް ހިނގާ ގޮތް ނޭނގޭ ފަދަ ބައެކޭ ހީވާ ކަހަލަ އެވެ. މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު މިހާރު ރާއްޖޭގެ ރައްޔިތުންނަކީ ސިޔާސީ ގޮތުން އެންމެ ހޭލުންތެރިކަން ބޮޑު، ގައުމުގައި ސިޔާސީ ގޮތުން ހިނގާ ކަންތައްތައް ރަނގަޅަށް އެނގޭ ރައްޔިތުންނޭ ދެންނެވުމަކީ ޙަޤީޤަތާ ޚިލާފް ވާހަކައަކަށް ނުވާނެ އެވެ. ތެދުފުޅެކެވެ. މިކަހަލަ ސާވޭއެއް ކުރެވިފައެއް ނުވެ އެވެ. މި ނިންމުމަށް އާދެވެނީ ގައުމުގައި އާދައިގެ މީހުން ދައްކާ ވާހަކަ އާއި ޚިޔާލުފާޅުކުރެވޭ ގޮތަށް ރިޢާޔަތް ކުރެވިގެންނެވެ.

އިދިކޮޅު ހަރަކާތުގެ އެއް ކެންޑިޑޭޓަކަށް ވުމަށް މަސައްކަތް ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް: ދެ ބޭފުޅުންގެ މައްޗަށް ވެސް ޖަލު ހުކުމެއް އެބަ އޮތް.

އެއްބަޔަކު ބޭނުންވަނީ ވެރިކަން ކުރުމަށް ޤާނޫނުއަސާސީން ކަނޑައަޅާފައި އޮތް ޝަރުތު ފުރިހަމަނުވާ ބޭފުޅަކު ރިޔާސީ ކެންޑިޑޭކަށް ހެދުމަށެވެ. އެގޮތަށް ހަމަޖެހޭނީ ފުރަތަމަ، ޤާނޫނުއަސާސީގެ އެ މާއްދާ އިޞްލާޙް ކުރެވިގެންނެވެ. ޤާނޫނުއަސާސީ އިޞްލާޙް ކުރެވޭނެ ފަަދަ އަދަދަށް އިދިކޮޅު ޚިޔާލުގެ މެންބަރުންނަށް މަޖިލީހުން ވޯޓެއް ނުލިބޭނެ އެވެ. ކޮންމެވެސް ގޮތަކުން ވޯޓު ހަމަކުރެވިގެން ކަމަށް ބެލެވިގެން އެފަދަ މައްސަލައެއް މަޖިލީހަށް ފޮނުވުނަސް، އެ މައްސަލަ މަޖިލީހުގެ ޖަލްސާ އަށް ހުށައެޅުމަށް އެޖެންޑާ ކުރެވޭނެ ކަމާ މެދު ޝައްކެވެ. ވަރަށް ނާދިރު ހާލަތެއްގައި އެފަދަ މައްސަލައެއް އެޖެންޑާ ކުރެވިގެން ފާސްކުރެވުނު ކަމަށް ބަލަމާތޯ އެވެ. މިހާރު ކަންތައް ހިނގާ ގޮތުން އެ ފާސްކުރުން ސައްޙަ ނުވުމަކީ ވަރަށް ކައިރި ކަމެކެވެ. ތަރުޖަމާއެއްގެ ތެރެއިންނެވެ. އަދި ސަރުކާރާ ޚިޔާލު ތަފާތު ޕާޓީތަކުގެ މެންބަރުން ފިޔަވައި އެހެން މެންބަރަކު ވޯޓު ލައިފި ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލުމަކީ ވެސް ކައިރި ކަމެކެވެ. ކަންތައް އޮތީ މި ގޮތަށް ކަން މި ޚިޔާލު ފާޅުކުރާ ފަރާތްތަކަށް ވެސް ރަނގަޅަށް އެނގޭނެ އެވެ. މި ވާހަކަ މިގޮތަށް މި ދައްކަނީ ކޮން ބަޔަކު ކޮން މަގަކުން ހިންގަވަން ބާވަ އެވެ؟

އެހެން ބަޔަކު ބޭނުންވަނީ ޝަރުޢީ ނިޒާމުގެ ތެރެއިން ޙުކުމެއް އައިސްގެން އަދަބުގައި ހުންނެވި ބޭފުޅަކު ކެންޑިޑޭޓަކަށް ހަދާށެވެ. އެ ހުކުމަށް ވާނީ ކިހިނެއްތޯ އެވެ؟ އެއީ ވަކި ބަޔަކު ޤަބޫލުކުރާ ޙުކުމަކަށް ނުވިޔަސް އެއީ ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން އައިސްފައިވާ ޙުކުމެކެވެ. ރާއްޖޭގައި މިހާރު އޮތް ޤާނޫނީ ނިޒާމުގެ ތެރެއިން އެކަން އެހެން ގޮތަކަށް މިހާރު ބަދަލުކުރެވޭނެ ގޮތެއް އަދި ފެނިފައެއް ނެތެވެ. ވެރިކަމުގައި އޮތް ސަރުކާރުން އެފަދަ ފުރުޞަތެއް ދޭނެތޯ އެވެ؟ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ އެއްވެސް ސަރުކާރަކުން ސީދާ ވަންނަން ބޭނުމެއް ނުވާނެ އެވެ. ދެން އޮންނާނީ "ނުޖަހާ، އައްދޮ ކިއުއްވައިގެން" ކަންތައް ކުރުވުމެވެ. ބޭރުގެ ސަރުކާރަކުން ނުވަތަ ޖަމާޢަތަކުން އެގޮތަށް ކަންތައް ކުރަން ބޭނުންވިޔަސް އެކަމަށް ވަގުތު ނަގާނެ އެވެ. މިހާރު ވެސް ރާއްޖެއާ ބަދަހި ގުޅުން އޮންނަ ބައެއް ގައުމުތަކުން އެކަހަލަ ކުލަވަރަށް ދާ ކަމަށް ބެލެވިދާނެ ބައެއް ކަންތައްތައް ތިލަވާން ފަށައިފި އެވެ. ކަންތައްތައް ހުރީ މިހެންކަން މި ވާހަކަތައް ދައްކަވާ ފަރާތްތަކަށް ވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. އަނެއްކާވެސް ސުވާލަކީ މި ވާހަކަތައް މިގޮތަށް މި ދައްކަވަނީ ކޮން މަޤްޞަދެއް ޙާޞިލު ކުރަންބާ ވައެވެ؟

އިދިކޮޅު ހަރަކާތުގެ އިސް މެމްބަރުންތަކެއް ސަރުކާރާ ދެކޮޅަށް މި މަހުގެ ކުރީކޮޅު އަޑުއުފުލަނީ.---ފޮޓޯ/ ހުސެއިން ވަހީދު/މިހާރު

ދޭތެރެއަކުން އިންތިޤާލީ ސަރުކާރެއްގެ ވާހަކަ ވެސް އާދެ އެވެ. ޤާނޫނުއަސާސީގައި އެއްވެސް ފުރުޞަތެއް ނުދޭ، އެކަހަލަ ތާކުންތާކު ނުޖެހޭ ވާހަކައެއް ކުރިން ބޭއްވި އިންތިޚާބެއްގައި ވެސް ދެކެވުނެވެ. ކަންތައް ހިނގި ގޮތް އަޅުގަނޑުމެން އެންމެންނަށް ވެސް މާ ދުރު ނޫން މާޒީން ސާފުވާނެ އެވެ. އެހެނެއް ނޫނެވެ. އިނގިރޭސި ވިލާތުގައި އަހަރުތަކެއް ކުރިން ވެރިކަމުގައި އޮތް ލޭބަ ޕާޓީގެ އިސް ދެ ލީޑަރުން އަމިއްލަފުޅަށް އެއް ބޭފުޅަކު ވަކި މުއްދަތަކަށް ވެރިކަން ކުރެއްވުމަށް ފަހު، އަނެއް ބޭފުޅަކަށް ފުރުޞަތު ދެއްވުމަށް ދުރަށް ޖެހިވަޑައިގެންނެވުން ކަހަލަ އެއްބަސްވުމަކަށް އައުމަކީ މުޅިން އެހެން މައްސަލައެކެވެ. ރާއްޖޭގެ ސިޔާސީ މާޙައުލުގައި މިދެކެވޭ ވަހަކަތަކަކީ ނޭނގިގެން ދެކެވޭ ވާހަކަތަކެއް ނޫނެވެ. އަޅުގަނޑުމެންނަށް ސާފުނުވަނީ މިފަދަ ނުވާނެ ކަންތަކުން ނެރެން ބޭނުންވާ ނަތީޖާ އެވެ. އެފަދަ ވާހަކަތައް ދެއްކުމުގެ މަޤްޞަދެވެ.

އަޅުގަނޑުމެން ވެސް އެއްބަސްވަމެވެ. ސަރުކާރާ އިދިކޮޅު ޚިޔާލުތަކުގެ ޕާޓީތަކުން އެންމެންނަށް ޤަބޫލު ކުރެވޭނެ، ރައްޔިތުން ދަންނަ ރިޔާސީ ކެންޑިޑޭޓެއް މިވަގުތު ނެރުމަކީ މިއަދުގެ ޙާލަތުގައި އުނދަގޫ ކަމެކެވެ. އެކަމަކު، އެއީ ކެންޑިޑޭޓަކީ މުހިއްމު މީހަކަށް ބެލުމުންނެވެ. އޭގެ ބަދަލުގައި ސިޔާސަތު ހާމަނުކުރެވެން ވީ ކީއްވެތޯ އެވެ؟ ޕާޓީ ވެރިކަމަށް އައުމުން ހިންގާނެ ސިޔާސަތެކެވެ. ކޮންމެ ނަމެއް ކިޔާ ކެންޑިޑޭޓަކަށް ވިޔަސް އެ މީހަކު ދާނީ ސިޔާސަތުގެ ފަހަތުންނެވެ. ޕާޓީ ވެސް ދާން ވާނީ ސިޔާސަތުގެ ފަހަތުންނެވެ. ފަރުދަށް ދޭ އަހުމިއްޔަތު ކުޑަކޮށްގެންނެވެ. ސަރުކާރާ ޚިޔާލު ތަފާތު ޕާޓީތަކުގައި ވެސް ނާޖާއިޒު ފައިދާ ނެގުމާއި ކަރަޕްޝަނާއި، ނުފޫޒުގެ ބޭނުން އިންތިހާ ދަރަޖައަށް ބޭނުންކުރާ ކަމަށް މީހުންގެ ތެރޭގައި ވާހަކަ ދެކެވޭ މީހުން ބައިވަރު އެބަ ތިއްބެވެ. ފަސްބައި ސާފު އާދައިގެ ކެންޑިޑޭޓެއް ނެރެވޭތޯ ބަލަންވީ ނޫންތޯ އެވެ؟ ސިޔާސަތު އިސްކޮށްގެންނެވެ.

މިހާރު ވެރިކަންކުރާ ޕާޓީގެ ސިޔާސަތު އަޅުގަނޑުމެންނަށް އެނގެ އެވެ. ފުލެޓް އަޅައިދިނުމެވެ. މާލެ ތޮއްޖެއްސުމެވެ. އަތޮޅުތައް މަޑުމަޑުން ފަޅުކޮށްލުމެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުން މާލޭ ސަރަހައްދަށް ގެނައުމެވެ. ތިމާވެއްޓަކާއި ތިމާވެއްޓެކެވެ. ވަޒީފާއެއް ލިބުނަސް ނުލިބުނަސް އެވެ. އެމީހުން ހެލިފެލި އުޅުމުގެ ޖާގައަށް ރިޢާޔަތް ކުރުމެއް ވެސް ނެތި އެވެ.

އެކަމަކު ސަރުކާރާ އިދިކޮޅު ޕާޓީތަކުގެ ސިޔާސަތަކީ ކޮބައިތޯ އެވެ؟ މިހާތަނަށް ސާފުވެފައި އޮތީ ސަރުކާރުން ކުރާ ކަންތައްތަކަށް ފާޑުކިއުން ކަމަށެވެ. އެހެން ކަމެއް އަދި އެނގޭކަށް ނެތެވެ. އެވަރުން ފަރުޖައްސާލެވިދާނެތޯ އެވެ؟ އެވަރަކުން އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކަށް ނުފުދޭނެ އެވެ.

13 ކޮމެންޓް, 52 ރިއެކްޝަންސް

icon happy icon happy 77%
icon sad icon sad 0%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަރިއްޕެ

27 December 2017

އިދިކޮޅުލީޑަރަކުބުނާއިރަށް ވާނެގޮތް އެގޭ.ހީއެއްވީ .ކޮބައި ޕ.އުގައިލް؟ މެނިފެސްޓޯއާހަމައަށްދާންވެއްޖެބާ؟

The name is already taken The name is available. Register?

އެފް އެމް

27 December 2017

މި އާރޓިކަލްގަ އެއްބައި އަދި މަދު ހަގީގަތުގަ ތިބުނާ ސިޔާސީ ލީޑަރުންވަނީ އެބައިމީހުންގެ ސިޔާސީ އެޖެންޑާ ހާމަކޮށްފައި އެކަން ހާމަކުރީ އަމަލުން ނަޝީދުގެ ސިޔާސަތަކީ ކޮންމެ މަސްލަހަތެެއް ގުރުބާންކޮށްފަވެސް އޭނަ ޖަލުން ސަލާމަތްވުމާއި އެކު އެމް.ޑީ.ޕީ އޭނަގެ ބާރުގަ ބޭއްވުން އެކަން ހާސިލްކުރަން ވެރިކަން ލިބިއްޖެ ނަމަ ކެސިނޯ އެޅިދާނެތޯ އަހާލަން ޖެހުނަސް ފަރުވާލެއް ނެތް ހިސާބަށް ކަންތައް ގެންދިއުން އޭގެ ސަބަބުން ކޮންމެ މަސްލަހަތެއް ގެއްލުނަސް ފަރުވާލެއް ނުބެހެއްޓުން ގާސިމްގެ ސިޔާސަތަކީ 2 ކަމެއް 1 ކަމަކީ މި ދުނިޔެމަތީގައި ރައީސުލްޖުމްހޫރިއްޔާގެ ލަގަބު ހާސިލްކުރުން 2 ވަނަ ކަމަކީ އަދިވެސް ވިޔަފާރީގެ މަސްލަހަތު ކުރިއަރުވައި ފުޅާކުރުން ވިޔަފާރި ކުރި އަރަން ހުރަސް އެޅޭހިނދު ފައިސާގެ ބޭނުންކޮށް އެވެރިކަމެއް ބަދަލުކޮއްލަން އުޅުން މީ ނޫންތޯ އަޅުގަނޑުމެން ތަޖުރިބާކުރި ކަންތަކަކީ

The name is already taken The name is available. Register?

ހަމަ

27 December 2017

މިހާރުވއެކަނި ބޮޑޭއަށް ބޮޑުފަޅި އެބަފެންނަހެން ހީވޭ

The name is already taken The name is available. Register?

farthy

27 December 2017

މިއަރޓިކަލްކިޔައިގެން މީހަކަށްވާނުވާނޭނގި ނުވަތަ ކަންއޮތްގޮތް ގަބޫލުނުކުރެވެންޏާ އެމީހަކަށްއެހެރީ ފިސާރިބާރުގަދަސިޔާސީސިހުރެއް ކޮންމެވެސް ޖަގަހައަކުންޖެހިފައި.

The name is already taken The name is available. Register?

މުޖޫ

27 December 2017

ވަރަށް ރަގަޅު އާޓިކަލެއް. ދެރައީ މިފަދަ ލިޔުން ކިޔައިފައިވެސް ވިސްނޭނީ ޖެހިފަހުރި ކުލައަށް ބުރަވެ.

The name is already taken The name is available. Register?

ބީރުބޮލު ވަޒީރު

27 December 2017

އިދިކޮޅު ސިޔާސީ ޕާޓީ(އޮޕޮސިޝަން) އަށް ކިޔާލާނެ ރީތި ދިވެހި ތަރުޖަމާ ބަހެއް "ޚިޔާލު ތަފާތު ޕާޓީ(ތައް)" މިއީ މިލިޔުމުން ފާހަގަކުރެވުނު ބަހެކެވެ.މުޅި ޖުމްލަކޮށް މި ލިޔުމުގައި ވަނީ ރަގަޅު ވާހަކަތަކެކެވެ.ބޮޑު މަންޒަރަށް ބަލާއިރު ފެންނަނީ ސީނުކަރައާއި އުތުރުކަރަ ތަޅުވައިގެން ބަޔަކު މީހުން އެހީމުންނަށް ގައުމުގެ ވެރިކަން ހޯދާށެވެ. ބާރު ހޯދާށެވެ.ބާރު ލިބުމުން ހަދާގޮތްވެސް ނިކަންސާފެވެ.ހުޅަނގުގެ ޑިމޮކްރަސީގެނެސް ގެން މި ފެނުނު 3 ރައީސުންގެ ސަރުކާރު ތެރޭގައިވެސް ކަންކަން ހިގަނީ ގާތަށް ގިނަވާގޮތަށެވެ.މަ ބޭނުންވަނީ ތެދުވެރި، އިޚްލާޞްތެރި، ފަސްބައި ހުދުސާފު ރައްޔިޔުންނަށް ވެރިކަންކޮށްދޭނެ ވެރިއެކެވެ.ތިމާއާއި ތިމާގެ ޕާޓީގެ މީހުންނަށް "ދީފައި" ބާކީ ދޭނެ ވެރިއެއް ނޫނެވެ.

The name is already taken The name is available. Register?

ކައުންސެލަރު

27 December 2017

100%ގެ ވާހަކައެއް. ސަރުކާރާ ދޭތެރޭ ނިއުޓްރަލް. ރައީސްމައުމޫން އަދި ޤާސިމް ފިޔަވައި ދެން ތިޔައުޅޭ "ލީޑަރުން" އުޅެނީ ހަމައެކަނި ވެރިކަމުގެ ދަހިވެތިކަމުގަ. އެހެންވެތާއޭ އަބަދު އަބަދު ކިޔަނީ ވެއްޓެނީ ވެއްޓެނީ ވެއްޓެނީ.. އެކަމަކު އެދުވަހެއް އައިކަމަކަށްނުވި. މިހެން މިކިޔަނީ ސަބަބަކީ އަބަދުވެސް ވެރިކަންނޫން އެހެންކަމެއް ހިތުގައި ނޯންނާތީ. ގެއްލުނު އެތި ބޮޑީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ނޫންކަމާ އަބަދުވެސް ވެއްޓެނީއޭގޮވާމީހާގެ ގެއްލުނުއެތި %1000 ބޮޑުކަން މާބޮޑަށްވެސް ފަހުމުވޭ.

The name is already taken The name is available. Register?

އަވަސް

27 December 2017

ކުރުގޮތަކަށް ބުނާނަމަ މިހާރުގެ ލީޑަރުން ފެއިލް ވީއެވެ. އިޚުލާސްތެރި ރަގަޅު ލީޑަރަކު ނެރުމުގެ ވަގުތު ކުޑަތަން ވީއެވެ.

The name is already taken The name is available. Register?

ކުނި

27 December 2017

ނޫނޭ ސިޔާސަތު ކަނޑައަޅައި އަޔްގުޅިނުކާވަރު ވައުދުތަށްވެގެން އައިސް އުދުހޭތަން އެބަފެނޭ

The name is already taken The name is available. Register?

ބޭސް

27 December 2017

"މުސްތަޤިއްލު މުއާސަސާތަކުގައި މަސައްކަތް ކުރައްވާ ތެދުވެރި، އިޚްލާޞްތެރި، ތަރުޖަމާ ކުރައްވަން މޮޅު ބޭފުޅުން" ކަސްތޮޅުތަކުންނާއި ފިއްތުއްތަކުންނާއި މަޖުބޫރުކަމުންނާއި ބިރުވެރިކަމުން މިންޖުވެ ހަމަ ނޭވާލުމަށް ފުރުޝަތު ލިބޭނެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454