އަބްދުއްރަހީމް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ތުޅާދޫން ވެސް އެމްޑީޕީގެ ފިކުރު ފޮހެލަން ޖެހޭ ކަމަށް ވިދާޅުވި.
26 ޑިސެމްބަރ 2017 - 16:57
އެމްޑީޕީގެ ފިކުރަކީ މުސްލިމުން ދިރިއުޅޭ ތަނެއްގައި ގެންގުޅެން ހެޔޮވާވަރުގެ ފިކުރެއް ނޫން ކަމަށް، ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ބ. ތުޅާދޫގައި ވިދާޅުވެއްޖެ އެވެ.
އުތުރުގެ ތިން އަތޮޅަކަށް ރައީސް އަބްދުﷲ ޔާމީން ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނާ އެކު ތުޅާދުއަށް ވަޑައިގެން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީގެ ފިކުރަކީ އެއްވެސް ރަށެއްގައި ގެންގުޅެންވާނެ ފިކުރެއް ނޫން ކަމަށެވެ. އެ ރަށުން ވެސް އެމްޑީޕީގެ ފިކުރު ފޮހެލުމުގެ ވިސްނުން ރައްޔިތުން ގެންގުޅެން ފަށަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އަބްދުއްރަހީމް މިގޮތަށް ވާހަކަ ދެއްކެވިިއިރު، ރައީސަށް މަރުހަބާ ދަންނަވަން، ރީނދޫ ޓައީގައި އެމްޑީޕީގެ ތިން ކައުންސިލަރުން ވެސް ބަނދަރު މައްޗަށް ވަޑައިގެންނެވި އެވެ. އަދި ޖަލްސާގައި ވެސް އެމްޑީޕީގެ ބައެއް ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
"ތަރައްގީ ބޭނުންވާ ތަނަކަށް އެމްޑީޕީގެ ފިކުރަކަށް ޖާގަ ދީގެން ނުވާނެއޭ. އެކުވެރިކަން ބޭނުންވާ ތަނަކަށް އެއްގޮތަކަށް ވެސް އެމްޑީޕީގެ ފިކުރު އަޔަދީގެން ނުވާނެއޭ. އެ ކަންކަމަށް ޖާގަ ދޭން ޖެހޭނީ މި ރާއްޖޭގައި ހަމައެކަނި ޕީޕީއެމްގެ ފިކުރަށް،" އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ ތުޅާދޫގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް ޔާމީން ތުޅާދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންތަކަކާ ސަލާމްކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
އެމްޑީޕީ އަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީ އާއި ގައުމުގެ އެއްބައިވަންތަކަމަށް މަސައްކަތްކުރާ ޕާޓީއަކީ ޕީޕީއެމެވެ. އަދި އިސްލާމް ދީން ދަމަހައްޓަން ބޭނުންވާ، ރާއްޖެ އަށް ހެޔޮގޮތްތައް ގެންނަން ބޭނުންވާ ޕާޓީއަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.
ތުޅާދޫގައި އަދި ޕީޕީއެމް އެހާ ވަރުގަދަ ނުވިއަސް ކުރިމަގުގައި އެ ރަށް ފެންނާނީ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ ވަރަށް ވަރުގަދަ ރަށެއްގެ ގޮތުގަ އެވެ.
އޭނާ ވިދާޅުވީ ތުޅާދޫ ރައްޔިތުން ތަރައްގީ ބޭނުންވާ ނަމަ ރައީސް ޔާމީން 2018 ގައި ވެރިކަމަށް ހޮވައިދޭން ޖެހޭ ކަމަށެވެ. އެ ރަށަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ދެން ވެސް ކުރިއަށް ގެންދެވޭނީ އޭރުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޒާ
27 December 2017
އަބްދު ރަހީމް ބުނަންބޭނުންވާ ވާހަކައެއް ބުނަން ވާނެ!!! އެކަމަކު މަވެސް އެމް، ޑީ، ޕީ
މުހޭ
27 December 2017
މަވެސް އެމްޑީޕީ ފިކުރު ބޭނުމެއްނޫން މަގޭޖީބަށް ބައިއެޅޭފިކުރު މަވެސް ބޭނުމީ ވަރިހަމަ ހަރާމެއް ހަލާލެއް ބަލާކަށް ނުޖެހޭނެ ޚުދުއަނބިމީހާވެސް ނާހާ އެހެންނުން
ލަދު
27 December 2017
މުސްލިމުން އުޅޭތަނެއްގައި ވައްކަން ކުރާމީހުން ގެންގުޅެން ހެޔޮވެސް ނުވާނެ. އެފަދަ މީހުން ޖެހޭނީ އިސަލާމްދީނުގައި ވާފަދައިން އަތްކަޑާފަ ބައިތިއްބަން. ލަދު
ސޮކްތެރެޕީ
27 December 2017
އަދުރޭ އެބުނީ ހަމަތެދުފުޅެއް އެމްޑީޕީ ވަނީ ނުރަކާތެރި ބަޔަކު ހިސޯރުކޮއްފަ.
ކޮކްޓެއިލްރައީސް
27 December 2017
"މުސްލިމުން ދިރިއުޅޭ ތަނެއްގައި އެމްޑީޕީގެ ފިކުރު ގެންގުޅެން ހެޔޮނުވާނެ": އަބްދުއްރަހީމް، ބުނަން ވާހަކައެއް، ހެޔޮނުވާނެ ކަންތަކާ ހެޔޮވާނެ ކަންކަން ރައްޔިތުންނަށް ބުނެދޭން އިނގޭ ވަރުގެ ފެންވަރެއް އުރައްޕެއް ޤާބިލުކަމެއް ހުރިމީހެއް ނޫންތީކީ، އެހެންވީމަ އަމިއްލައަށް ބެބޫހުއްތު ހެދިގެން ރައްޔިތުންނަށް ކަންކަން ބުނެދޭން ނޫޅެ މައިތިރި ވެގެން ހުރެވޭތޯ ބަލާ.
އަލީ.
26 December 2017
ގަތަރާ ގުޅުން ކަނޑާލާފަވެސް ބުނިތިކަހަލަ މޮޅުވާހަކައެއް މިހާރު ރައްޔިތުން ގަބޫލެއް ނުކުރާނެ ތިދައްކާ ދެކޮޅުނުޖެހޭ ވާހަކައެއް
ކޮމެންޓޭ
26 December 2017
ކޮސް ގޮވުން ނޫން އެހެން ކަމެއް ނުކުރޭ،2018 ކައިރިވާވަރަކަށް ބިރުން ތެޅެނީ.ވެރިކަން ގެއްލިދާނެތީ ދޯ މިހާރުން ފެށިގެން ކެމްޕެއިން ކުރަން ތި ފެށީ
ރެޑޭ
27 December 2017
ކޮމެންޓޭ އަށް ތައީދު
ހައްވާފުޅު ގޯތި ސޮރު
26 December 2017
ހެޔޮނުވާނެ އަބުދުއްރަޙީމުމެންގެ ވާހަކަދައްކަން...
ފައިސަލް އިބްރާހިމް
26 December 2017
މުސްލިމުން ދިރިއުޅޭ ތަނެއްގަ ސީދާ ދައުލަތުގެ ހަޒާނާ ލޫޓުވައިފައި ތިބި ބަޔެއް ބައިތިބަން ހެޔޮ ވެސް ނުވާނެ... ކޯފާ އަންނާނީ ކުއްކުރި މީހާއަށް އެކަންޏެއް ނޫން... އަދުރޭ މިކަމާ ކީކޭ ބުނަނީ؟؟؟
ނައިފަރޭ
26 December 2017
އަމިއްލަ ތެޔޮ ވަޅެއް ނެތް.. ނަމަވެސް ފެނަކާއަށް އެންމެ ގިނައިން ތެޔޮ ވިއްކަނީ ކާކު... މަށެއް ނުބުނާނަން ކާކު ކަމެއް.. ދައުވާކޮށް ފާނެ.. ސިޔާސީ މީހެއް އެއީ.. އިންތިހާބަކުން ބަލިވުމުން ތަބަކަށް ލައިގެން ޕާޓީގެ މަގާމެއް ދިން މީހެކޯ އެއީ..މިމީހުން ދައްކާ ވާހަކަ ކިހިނެއް ގަބޫލު ކުރެވޭ ނީ