ޚަބަރު / ވައްކަމާއި ފޭރުން

ބައިލައްކައެއްހާ ރުފިޔާ ހުރި ތިޖޫރި ފެނުނީ ވަކިލާރިކޮޅާ އެކު

ގދ. ހޯޑެއްދޫ: އެ ރަށު އިންޖީނުގޭ ތިޖޫރި ވަނީ ވަގަށް ނަގާފައި

ގދ. ހޯޑެއްދޫ އިންޖީނުގެ އިން ވަގަށް ނެގި ތިޖޫރި ހޯދުމުގެ މަސައްކަތް ކުރަނިކޮށް، އެ ރަށު ކުޅީ ސަރަހައްދުން އިއްޔެ އެ ތިޖޫރީ ފެނިއްޖެ އެވެ. އެކަމަކު ބައި ލައްކައެއްހާ ރުފިޔާއާ އެކު ވަގަށް ނެގި އެ ތިޖޫރީ ފުލުހުންނަށް ފެނުނު އިރު އޭގައި ހުރީ ވަކި ލާރިކޮޅު އެކަންޏެވެ.

ހޯޑެއްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޔާޒު ވިދާޅުވީ ފެނަކަ އިން ހިންގާ އިންޖީނުގޭގެ ޕެނަލް ރޫމު ތެރޭގައި ބަހައްޓާފައި ހުރި ތިޖޫރީ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި ކަމަށެވެ. އެކަމަކު ތިޖޫރީ ގެއްލުނު އިރެއް އެއްވެސް މީހަކަށް ނޭނގެ އެވެ.

"މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް އޮފީހުގައި ތިޖޫރި ހުރި ކަމަށްވޭ. އޭގެ ފަހުން ތިޖޫރި ނެތް ކަން އެނގުމުން ރިޕޯޓު ކުރީ. ވަގަށް ނެގި އިރެއް އެކަކަށް ވެސް ނޭނގޭ. ފުލުހުން އެ ތިޖޫރި ހޯދަމުން ދަނިކޮށް ފެނުނީ ރަށުގެ އޮޅު އަލަ ހައްދާ ސަރަހައްދުގައި އެއްލާލާފައި އޮއްވާ." އަޔާޒު ވިދާޅުވި އެވެ.

"އެކަމަކު ވަކި ލާރިކޮޅެއް ނޫނީ އެޔަކު އެއްވެސް އެއްޗެއް ނެތް،"

ފުލުސް އޮފީހުން ބުނީ އިއްޔެ އިރުއޮއްސުނު އިރު ތިޖޫރީ ފެނުނު އިރު އޭތި އޮތީ ވަރަށް ބޮޑަށް ހަލާކުކޮށްލާފައި ކަމަށެވެ.

މިއީ އެ ރަށު އިންޖީނުގޭ ތިޖޫރި ވަގަށް ނެގި ދެ ވަނަ ފަހަރެވެ.

ކައުންސިލުން ބުނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވެސް ތިޖޫރި ވަގަށް ނެގި ކަމަށާއި އެ ފަހަރު ލައްކައެއްހާ ރުފިޔާ ގެއްލުނު ކަމަށެވެ. އަދި ދެ ފަހަރު ވެސް ތިޖޫރި ފެނުނީ އެއް ސަރަހައްދަކުން ކަމަށް އެ ކައުންސިލުން ބުންޏެވެ.

ތިޖޫރި ވަގަށް ނެގުމުގެ ތުހުމަތުގައި އޭރު މީހަކު ހައްޔަރު ކުރި ނަމަވެސް ދުވަސްކޮޅެއް ނުވެ، އެ މީހާ ދޫކޮށްލާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

އަޔާޒު ވިދާޅުވީ އެންމެ މީހަކަށް ވެސް އުފުލޭ ވަރުގެ އެ ދެ ތިޖޫރި ވެސް ހުރީ ތަނެއްގައި ހަރުނުކޮށް، ބިންމަތީގައި ބަހައްޓާފައި ކަމަށެވެ. އަދި ޕެނަލް ރޫމް ތެރޭގައި ތިޖޫރީ ހުންނަ އިރު، އެ ތަނުގައި ޑިއުޓީ އަށް ހުންނަ މުވައްޒަފު، ގެއެއްގައި ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެ ނަމަ ކޮންމެ ވަގުތަކު ވެސް ބޭރަށް ނިކުންނަން ޖެހިދާނެ ކަމަށް ވިދާޅުވި އެވެ.

"ދެން އޭނާ ދާން ޖެހޭނީ އިންޖީނުގެ ބަންދުނުކޮށް އެ ހުރި ގޮތަށް ބަހައްޓާފައި. ހަގީގަތުގައި ބައެއް މުވައްޒަފުން ބޭނުމެއް ނުވޭ ޕެނަލް ރޫމްގައި ތިޖޫރި ބަހައްޓާކަށް. އެއީ އެހާ ފަރުވާ ކުޑަކޮށް ކަންކަން ހުންނައިރު، އެ ގެއްލިއްޖެއްޔާ އެ މީހަކު ޒިންމާ ނަގަން ޖެހޭތީ،" އެމްޑީޕީ ކައުންސިލަރު ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރާ ގޮތުގައި އިންޖީނުގޭ ތިޖޫރި ދެ ފަހަރު ވެސް ގެއްލުނީ ފެނަކައިގެ އިހުމާލުންނެވެ. އެއީ ދައުލަތުގެ ފައިސާ އެހާ ފަރުވާ ކުޑަކޮށް ބަލަހައްޓާތީ ކަމަށް އަޔާޒު ވިދާޅުވި އެވެ.

12 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 12%
icon angry icon angry 81%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޚިކި

08 January 2018

ލައްކަ އެެކޭ ހީވަނީތަ ބައިލައްކަވެސް ހަމަނުވޭ

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

07 January 2018

ނަސީބެއްނު ވަކިލާރިކޮޅާއެކު ފެނުނުކަން، ތަބީޢީ ކަމެއްވިއްޔަ ދެއްތޮ.

The name is already taken The name is available. Register?

އަތްޖަހާ

07 January 2018

600 މިލިއަން ޑޮލަރު ހުރި ރިޒާވްގަވެސް މިހާރު ހުރީ ވަކި ލާރި ކޮޅެއް.

The name is already taken The name is available. Register?

ޖޯޖް

07 January 2018

އަޅާނުލާ އެނިމުނީއެކަން

The name is already taken The name is available. Register?

ރަހިންބެ

07 January 2018

އެމީހަކާ އެމީހެއް ތިޖޫރީ ހުރިތާ ހުރީ ވަޅުގަނޑެއް

The name is already taken The name is available. Register?

ކޮކްޓެއިލްރައީސް

07 January 2018

ތިހުއްނަނީ އެވަރުގެ ކަންކަމެއް ނޫނޭ، ތަބީޢީ ކަމެއްކަމަށް ވިދާޅުވަނީ.

The name is already taken The name is available. Register?

އަލީ.

07 January 2018

ތިޔަނިމުނީ ތިހާހިސާބުން އެކަމަކު ނަޝީދައް 13 އަހަރުގެ ޖަލުހުކުން ސަރުކާރާދެކޮޅު ސިޔާސީ މީހަކައްވާތީ މިފަދަމީހުން އެއްދޮރުން ވައްދާފަ އަނެއްދޮރުން ގެޔައް

The name is already taken The name is available. Register?

ސަލީމު އިދުރީސް

07 January 2018

ފުލުހުންނައް ތިޖޫރި ފެނުންއިރު ފައިސާ ނެއްކަމައް ގަބޫލު ކުރަން ރައްޔިތުންނައް ދަތިވާނެ؛ ގައުމުގެ ރައީސް ފުލުހުންތެރޭ ކަރަޕުޝަން އޮތްވާހަކަ ބުނެފައޮތީމަ

The name is already taken The name is available. Register?

ތިޖޫރި

07 January 2018

ކޮބާހޭ ދޮންފަނު އިންޖީނުގެ ފަޅާލާ ތިޖޫރީގައި ހުއްޓާ ގެއްލުނު ފައިސާ. ޕޮލިސް ޖަވާބެއް ނެތްތޯ؟ މިހާރު ނޫހުން މިކަމާ އުޅެބަލަ ނިކަން

The name is already taken The name is available. Register?

ާއަމާޒު

08 January 2018

ދޮންފަނު 2 ތިޖޫރީ ފަޅާލައިފި ހަރާމުން ހަރާމް ވީކަމެއް ތުހުމަތަކަށްވެސް މީހަކު ނުގެންދޭ ކީއްކުރާނީ ދޯ

The name is already taken The name is available. Register?

ވައްކަން

07 January 2018

ވައްކަން ވައްކަން ވައްކަން ކޮރޮޕްޝަން ކޮރޮޕްޝަން ރިޝްވަތު . މިނޫން އަޑެއް ނީވޭ

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

07 January 2018

ތަބީޢީ ކަމެކޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454