އެމެރިކާގައި މުސްލިމުންގެ މިހާރުގެ އަދަދަކީ 3.45 މިލިއަން. --ފޮޓޯ:އޭޕީ
07 ޖެނުއަރީ 2018 - 13:47
ވޮޝިންޓަން (ޖެނުއަރީ 7) - ދެހާސް ސާޅީސް ވަނަ އަހަރާ ހަމައަށް ދާއިރު އެމެރިކާގައި ދެ ވަނަ އަށް އެންމެ މީހުން ގިނަ ދީނަކަށް އިސްލާމް ދީން ވާނެ ކަމަށް ރިޕޯޓެއްގައި ބުނެފި އެވެ.
މިދިޔަ އަހަރުގެ ހިސާބުތައް ދައްކާ ގޮތުން އެމެރިކާގެ މުސްލިމުންގެ އާބާދީ އަކީ 3.45 މިލިއަނެވެ. އެއީ އެ ގައުމުގެ އާބާދީގެ 1.1 ޕަސެންޓެވެ. ޕިއު ރިސާޗުގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި 2050 ވަނަ އަހަރާ ހަމައަށްދާ އިރު އެމެރިކާގައި މުސްލިމުންގެ އަދަދު 8.1 މިލިއަނަށް އަރާނެ އެވެ. އެއީ އެ ގައުމުގެ އާބާދީގެ 2.1 ޕަސެންޓެވެ.
އެމެރިކާގައި އިސްލާމުންގެ އާބާދީ އަހަރަކު 100،000 ގެ ރޭޓެއްގައި ދަނީ އިތުރުވަމުންނެވެ. އެއީ އެމެރިކާގައި މުސްލިމުން އުފަންވާ ރޭޓް އިތުރުވުމާއި މުސްލިމުން ހިޖުރަކުރާ މިންވަރު އިތުރުވުމުންނެވެ.
އެމެރިކާގައި އެންމެ ގިނައީ ކްރިސްޓިއަނުންނެވެ. އެމެރިކާގެ އާބާދީގެ 71 ޕަސެންޓަކީ ކްރިސްޓިއަނުންނެވެ. އެމެރިކާގައި ދެ ވަނަ އަށް މިހާރު އެންމެ ގިނައީ ޔަހޫދީންނެވެ. އެކަމަކު ޔަހޫދީންނަށް ވުރެ މުސްލިމުން ދަނީ އެމެރިކާގައި އިތުރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިފްލީން
08 January 2018
ޖޯން އެއް ޖިންނިއެއް ޖަނަވާރަކަށް ބެލުމެއްނެތި އިސްލާމްދީން ކުރިއަރައިގެންދާނެ އިންޝާﷲ
އެޑްމުންޑޯ
07 January 2018
ޖޯން އަށް ބުލަން އޮތީ ޖަޕާނުމަސްހެން އަދި ނުވިހިއަސް މުސްލިމުންގެ ފިކުރަށް ވުރެ ވަކިމޮޅު ފިކުރެއް ކަލެއަކަށް މިދުނިޔޭން ނުފެންނާނެޔޭ ، އެމެރިކާގެ މުސްލިމުންގެ އާބާދީ އިތުރުވަނީ އިސްލާމްދީނުގެ ފިކުރު އެހެންދީންތަކުގެ ފިކުރަށްވުރެ މަތިވެރިވެ މޮޅުވީމާ ،
މަންޑޭލާ
07 January 2018
މިކަމަ ރުޅި މިއަންނަނީ ކޮންކަހަލަ ބައިގަޑެއްބާ.
ޖޯން
07 January 2018
ޖަޕާން މަސް ވިހާގޮތައް ވިހާ މީހުން އުޅޭނަމަ އެބައެއްގެ އާބާދީ ވަރަށް އަވަހަށް އިތުރުވާނެ. ޢެއީ ކޮންމެހެން އެބައެއްގެ ފިކުރު މޮޅުވެގެންނޫން.
ސަޅިބައިސާ
07 January 2018
އެމެރިކާގައި މުސްލިމުންގެ އާބާދީ ބޮޑުވާއިރު ބޮޑުވަނީ މުސްލިމުންގެ ކޮން ފިރުގާއެއްތޯވެސް ބަލަންޖެހޭ. ސުންނީ މަޒުހަބުތޯ ސޫފީ މަޛުހަބުތޯ ނުވަތަ ސަލަފީ މަޒުހަބު ނޫނީ ޝީޢީންތޯ ބަލަންޖެހޭ. ޖިހާދީ ފިކުރުގެ މީހުން ގިނަވެ މިސްކިތްތަކުގަ ބޮން ގޮއްވަންފެށީމަ އޭރުން އިސްލާމުންނަށް އޭގެ ހުރިހާ މުޞީބާތެއް ކުރިމަތިވާނީ.
ޖޮލީ
07 January 2018
މަނިކްފާނުފެ ދިރާސާ ފުރިހަމަ ކުރައްވާ. ސޫފީންނަކީ ޝަރީޢާގައި ސުންނީ 4 މަޛްހަބަށް ތަބާވާ މީހުން.