އެމްޕީއެލްގެ ޓަވަރުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ސަރުކާރުގެ ބައެއް ވަޒީރުންނާއި އެމްޕީއެލް އަދި ޓަވަރުތަކުގެ މަސައްކަތް ކުރާ ކުންފުނީގެ އިސްބައެއް ވެރިން.---ފޮޓޯ: އެމްޕީއެލް
15 ޖެނުއަރީ 2018 - 19:46
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ "ހިޔާ" ޕްރޮގްރާމްގެ ދަށުން އެމްޕީއެލް އިން ހުޅުމާލޭގައި 14 ބުރީގެ ރެޒިޑެންޝަލް ތިން ޓަވަރު އިމާރާތްކުރަން ސިންގަޕޫރުގެ ކުންފުންޏާ ހަވާލުކުރީ 500 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަގެއްގައި ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ސިންގަޕޫރު ކުންފުންޏެއް ކަމަށްވާ ޑަބްލިއު އެންޑް އޭ އޯވަސީސްއާ ހަވާލުކޮށްފައިވާ މި ޓަވަރުތައް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތަށް ފަހު، އެމްޕީއެލްގެ ބިޒްނަސް ޑިވެލޮޕްމަންޓް އަބްދުﷲ ފާއިޒް "މިހާރު" އަށް ވިދާޅުވީ މަސައްކަތުގެ އަގު 500 މިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޕީއެލްގެ ޓަވަރުތަކުގެ މަސައްކަތް ކުރާ ޑަބްލިއު އެންޑް އޭ އޯވަސީސްއަކީ، ސިންގަޕޫރުގައި ރަޖިސްޓަރީ ކޮށްފައިވާ އަދި އެ ގައުމުގެ ސްޓޮކް އެކްސްޗޭންޖްގައި ހިމެނޭ ކުންފުންޏެވެ.
"މި ކޮންޕެނީގެ ޕްރޮޖެކްޓެއް މިހާރު ވެސް ރާއްޖޭގައި އެބަ ހިނގާ. އަދި މި ރީޖަންގައި ވެސް އެބަދޭ. މި ކޮމްޕެނީ ހޮވީ ތަޖުރިބާ އާއި މިހާރު މި ބޭފުޅުން ބޭނުން ކުރަމުންދާ ޓެކްނޮލޮޖީގެ އިތުރުން އެ ބޭފުޅުން މިވަގުތު މި ސްކޭލްގައި އިތުރު ކިތައް ޕްރޮޖެކްޓްތޯ ހިންގާތޯ [ބެލުމަށް ފަހު]. އެ ބޭސިސް އަށް ބަލާފައި އެބޭފުޅުންނަށް މި ޕްރޮޖެކްޓް ދިނީ،" ފާއިޒް ވިދާޅުވި އެވެ.
ހުޅުމާލޭގައި އިމާރާތްކުރާ އެމްޕީއެލްގެ ތިން ޓަވަރުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށަނީ.---ފޮޓޯ: އެމްޕީއެލް
އޭނާ ވިދާޅުވީ ޑަބްލިއު އެންޑް އޭ އޯވަސީސް އަށް މަސައްކަތް ހަވާލުކުރީ މާލިއްޔަތު ގާނޫނާ އެއްގޮތަށް އިއުލާން ކުރުމަށް ފަހު، ޝައުގުވެރިކަން ފާޅުކުރި ކުންފުނިތަކުގެ ތެރެއިން ކަމަށެވެ. އަދި މި އަގުގެ ތެރޭގައި އިމާރާތް ކުރުމުގެ އިތުރުން ޑިޒައިން ފަދަ މަސައްކަތްތައް ވެސް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އެމްޕީއެލްގެ ތިން ޓަވަރުގެ ކުރެހުމެއް.
"މިހާރު ޑިޒަައިނިންގެ ކޮންސެޕްޝަލް ކޮންޕޯނެންޓް ނިމި، އެޗްޑީސީ އަށް ސަބްމިޓް ކުރެވި އެއަށް އެޕްރޫވަލް ލިބިފައި ވަނީ. ދެން މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ޑީޓެއިލް ޑިޒައިން އަށް. ޑީޓެއިލް ޑިޒައިން ވެސް މި ހަފްތާގައި އެޗްޑީސީ އަށް ސަބްމިޓް ކުރެވި، ފާސްވުމުން ދެން މަސައްކަތް ފެށުނީ. މިހާރު އެޗްޑީސީން އެޕްރޫވަލް ދީފައި މިއޮތީ ގްރައުންޑް ވޯކްސްތައް ކުރިއަށް ގެންދަން،" ފާއިޒް ވިދާޅުވި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އެމްޕީއެލްގެ ތިން ޓަވަރުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: އެމްޕީއެލް
އެމްޕީއެލްގެ ޓަވަރުތައް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، އެއްބަސްވުމުގައިވާ ގޮތުން މަސައްކަތް ފެށުމާ އެކު ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އަށް މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ އެވެ. އަދި ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ތިން ޓަވަރުގެ ފުުރަތަމަ ހަތަރު ބުރީގެ މަސައްކަތްތައް ނިންމުން ކަމަށް ވެސް ވިދާޅުވި އެވެ. ހަލީމް ވިދާޅުވީ ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނީ އަންނަ އަހަރަށް ކަމަށެވެ.
ވިޔަފާރީގެ ބޭނުންތަކަށް، ގްރައުންޑް ފްލޯ ބޭނުން ކުރެވޭ ގޮތަށް ހަދާ ތިން ޓަވަރުގައި ހުންނާނީ 536 އެޕާޓްމަންޓް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭފައި ހިމެނެނީ ތިން ކޮޓަރީގެ 330 އެޕާޓްމަންޓާއި އެއް ކޮޓަރީގެ 206 ސްޓޫޑިއޯ އެޕާޓްމަންޓެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ހަލީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: އެމްޕީއެލް
ހަލީމް ވިދާޅުވި ގޮތުގައި ވީހާ ވެސް ހެޔޮ އަގެއްގައި، ލުއި ގޮތަކަށް އެޕާޓްމަންޓްތަކުގެ އަގު ދެއްކޭނެ މަގު ފަހިކޮށްދިނުމަށް އެކަމާ ގުޅުން ހުރި މަސައްކަތްތައް ވެސް އެމްޕީއެލް އިން އަންނަނީ ކުރަމުންނެވެ. އަދި މިފަދަ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންގޮސް ނިންމައިލުމަށް، މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކުން ސަރުކާރަށް އެއްބާރުލުންދީ ދެވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމިން ހޮވައި ދިނުމަށް މަސައްކަތް ކުރުމަށް ވެސް ހަލީމް އެދިވަޑައިގަތެވެ.
ޑަބްލިއު އެންޑް އޭ އޯވަސީސްގެ ޗެއާމަން ރޭމަން ވިދާޅުވީ މި ޕްރޮޖެކްޓްގެ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމާނެ ކަމަށެވެ. އަދި އިމާރާތްތައް ހަދާނީ އެމްޕީއެލްއިން ގަބޫލުކުރާ ފެންވަރުގައި، ކޮލެޓީ އަށް ވަރަށް ބޮޑަށް އިސްކަން ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލްގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވެސް ބައިވެރިވި އެވެ. އަދި ޑަބްލިއު އެންޑް އޭ އޯވަސީސްގެ އިސް ބޭފުޅުން ވެސް ބައިވެރިވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއިއްޒު
31 July 2018
ޔަގު ނުހޮވައިފިނަމަ ފުލެޓު ތައް ކުރިއަށް ގެންދިއުން ހުއްޓާލަނީ ދެއްތޯ؟ ތިވަރުގެ ބޮޑު އިސްރާފެއް ކުރަން ހޮޔޮވާނެތަ އަޅެ.
ހައްވަ
16 January 2018
އެޓްލީސްޓް އެމަނިކުފާނު، ރާއްޖޭގެ އެކިކަންކޮޅު ތަކުން މަލެ އައިސް އުޅޭ މުވައްޒަފުން (ޙާއްސަކޮށް އެމް.ޕީ.އެލްގެ)ނަށް ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެެއް ހޯއްދަވައި ދެއްވީތީ ޝުކުރު ވެރިވަން.
އިދުރީސް
16 January 2018
"އޭނާ ވިދާޅުވި ގޮތުގައި އެމްޕީއެލްގެ ޓަވަރުތަކުގެ މަސައްކަތް ކުރާ ޑަބްލިއު އެންޑް އޭ އޯވަސީސްއަކީ، ސިންގަޕޫރުގައި ރަޖިސްޓަރީ ކޮށްފައިވާ އަދި އެ ގައުމުގެ ސްޓޮކް އެކްސްޗޭންޖްގައި ހިމެނޭ ކުންފުންޏެވެ." http://www.sgx.com/wps/portal/sgxweb/home/company_disclosure/stockfacts/!ut/p/a1/04_Sj9CPykssy0xPLMnMz0vMAfGjzOKN_d1NPDz9DbzcDYxcDRy9w4L8nS3NDQwsTIAKIoEKDHAARwNC-sP1o8BKjBwdTTwMnA0s_UMNzQ08Q50CTZzCQg29HU0wFIQZgBT4OwUHh4UZBroaQxXgcUNBboRBpqejIgBAlfow/dl5/d5/L2dBISEvZ0FBIS9nQSEh/
ޝެހެނާޒް
16 January 2018
ސާބަހޭ ރައީސް ޔާމީން.. ވަރަށް ބޮޑަށް ޝުކުރިއްޔާ.. އެމް.ޕީ.އެލްގެ މުވައްޒަފުން މަސައްކަތް ކުރާނީ ހިންހަމަޖެހިގެން، މަސައްކަތަށް ނުކުތުމުގެ ޝައުގާ އެކީ.. މިފަދަ ވެރިއެއްގެ ދަށުން ހިންގޭ ކުންފުންޏެއްގައި މަސައްކަތް ކުރެވޭތީ ވަރަށް ހިންހަމަޖެހޭ..
ސިއްތި
16 January 2018
ސިވލް ސާރވިސްގެ މީހުންނަށް ދެނީ 2 ކޮޓަރީގެ ޖަލު ގޮޅިތަކެއް! ވޯޓު ބޭނުމޯ؟؟__
ހީނާ
16 January 2018
ބަލަ މާލޭގައި މިހާރު ކުއްޔަށް ދޫކުރަނީ ޖަލު ގޮޅިތަކެއް ނޫންތޯ.. އެ ގޮޅިތަކުގެ އަގު ދެމަހު އަޅުގަނޑުމެންނަށް ލިބޭ މުސާރައަށް ވުރެ ބޮޑު.. އެހެންވީމަ، އަޅުގަނޑު ވަރަށް ހިންހަމަޖެހިއްޖެ އަޅުގަނޑުމެނާއި ދޭތެރޭ އެމަނިކްފާނު ވިސްނާލެއްވީތީ.. ޝުކުރިއްޔާ ރައީސް ޔާމީން.. އަޅުގަނޑުގެ ވޯޓް ތިޔަފަރާތަށް..
ހަނީފް
16 January 2018
ސްޓޫޑިއޯ އެޕާރޓްމަންޓް އަކީ ކީއްކުރަން އަޅާ ތަނެއް މީ އިސްލާމީ ޤައުމެއް
އަލީމް
16 January 2018
ސްޓޫޑިއޯ އެޕާޓްމަންޓަކީ ސްޓޫޑިއޯއެއް ނޫން. އެހަމަ ދިރިއުޅޭ ގޮތަށް މާ ބޮޑަށް ތަންތަން ވަކި ކުރުމަކާ ނުލައި ހަދާފައި ހުންނަ އެޕާޓްމަންޓްތައް
އަމްދު
16 January 2018
މި ސަރުކާރަށް ހީވެފަ އޮންނަނީ ސިވިލް ސަރވިސްގަޔާ ސަރުކާރުގެ ކުންފުނިތަކުގަ އެކަނިކަމަށް ސަރުކާރު މުވައްޒަފުންތިބެނީ.. ކޮންމެވެސް ކުއްޖަކު ސަރުކާރަށް އޮޅުންފިލުވާލަ ދީބަލަ ކޮބައިކަން ސަރުކާރު މުވައްޒަފުންނަކީ
އުނބުށެން
16 January 2018
ތިތަނުން ސަރުކާރަށް ދައްކަންވާ އެއްޗެއް ދެއްކީމާ ސަރުކާރުން ކުރަން ބޭނުންވާ ކަންކަން ކުރާއިރު ނުކުރެވޭ ކަންތައްތަކެއް ތިމަގުން ތިކަން ކޮށްގެން ހާޞިލްވަނީބާވައެވެ.
ވަރަށްވާހަކަ
16 January 2018
އެންމެންގެ ނަމުގައި ލޯނުނަގާފަ. ކުންފުނިތަކުގެ މުވައްޒަފުންނަށް ފްލެޓް ލިބެންވީކީއްވެ؟ ސިވިލް ސަރވިސް މީހުންނަށް ދެ ކޮޓަރި ކުންފުނިތަކުގެ މީހުންނަށް 3 ކޮޓަރި މިއީ ބަލައިގަނެވޭނެކަމެއްނޫން. ވޯޓް ހޯދަން ބޭނުންވާނަމަ ތަފާތުނުކޮށް އެންމެހާ ދިވެހިންނަށް ހަމަހަމަކަމާއެކު ފްލެޓް ލިބޭނެ އިންތިޒާމްތައް ކޮށްދީ. އެހެންނޫނީ ލޯބި ނުލިބޭނެ.
އިބުރާ
16 January 2018
މިލިޔަނުން ރައްޔިތުން އަތުން ރުފިޔާ ހޯދަން ކުރާކަމެއްތީ. އެހެން ނޫންންމަ ފުލުހުންނަށް 940 އަކަފޫޓަށް ވުރެ އިތުރަށް ޖާގަ ބޮޑުކޮއްދީފަ، މި އޮފީހަށް ވީމަ 650 ދޭންވީ ކީއްވެ. އަދިވެސް ވޯޓުގެ ވާހަކަ ދައްކަން ލަދު ކޮބާ
މަހޯން
16 January 2018
އޭކަލޯ ތިހެދީ ހުސްދޮގު. ވެބްސައިޓެއް އެބައިން. ގޫގުލް ސާޗްގެ އެންމެ ކުރީގައި އޮތީވެސް. ރީނދޫ މީހުން ކުރާނެކަމެއް ނޭގިގެން ހަދާ ބުހުތާނު ދޮގު!