ބިދޭސީންގެ މެޑިކަލް ރިޕޯޓް ހެދުމަށް ޚާއްސަ ކޮށްގެން މާލޭގައި ކުރިން ހިންގި ކްލިނިކެއް ކަމަށްވާ ކްރިސްޓަލް މެޑިކަލްސް: ބިދޭސީންގެ މެޑިކަލް ރިޕޯޓް ހެދުމުގެ ހުއްދަ އަނެއްކާވެސް އަމިއްލަ ކްލިނިކްތަކަށް ދޭން ވަނީ ފަށާފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
21 ޖެނުއަރީ 2018 - 12:37
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ވޯކްޕާމިޓަށް ބޭނުންވާ މެޑިކަލް ރިޕޯޓް ހެއްދުމުގެ ހުއްދަ، ބައެއް ކްލިނިކްތަކަށް ހެލްތު މިނިސްޓްރީން އަނެއްކާ ވެސް ދީފި އެވެ.
ބިދޭސީންގެ މެޑިކަލް ޗެކަޕާއި މެޑިކަޕް ރިޕޯޓް ކްލިނިކްތަކުން ނުހެއްދޭ ގޮތަށް މިދިޔަ އަހަރުގެ މެދު ތެރޭގައި ހަމަޖެއްސި އެވެ. އޭގެ ބަދަލުގައި އެ ހުއްދަ އޭރު ދިނީ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗާއި އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލް އޭޑީކޭ އަދި ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރުން ރަށްރަށުގައި ހުންނަ ސަރުކާރު ހޮސްޕިޓަލްތަކަށެވެ.
އިމިގްރޭޝަނުން ބުނީ ކްލިނިކްތަކަށް އެ ހުއްދަ އަލުން ދިން ކަން ހެލްތު މިނިސްޓްރީން އެ ތަނަށް އަންގާފައިވާ ކަމަށާއި އެހެންވެ އެ ތަންތަނުން ދޫކުރާ ރިޕޯޓް އިމިގްރޭޝަނުން ބަލައިގަންނާނެ ކަމަށެވެ.
1- އައިޖީއެމްއެޗް
2- ހުޅުމާލެ ހޮސްޕިޓަލް
3- އޭޑީކޭ ހޮސްޕިޓަލް
4- އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ސަރުކާރުގެ ހޮސްޕިޓަލްތައް
5- ޓްރީޓޮޕް ހޮސްޕިޓަލް
6- މެޑިކާ ހޮސްޕިޓަލް
7- އައިއެމްޑީސީ
8- ޕާލް މެޑިކަލް ސެންޓަރު
9- އެއިމްސް ޑައިގްނޯސްޓިކް ކެއާ
10- އީވް ކްލިނިކް
11- ސެންޓްރަލް ކްލިނިކް
12- އެޑްވާންސް ކްލިނިކް
13- އޭއެމްޑީސީ
14- ކްރިސްޓަލް މެޑިކަލްސް
15- ފަރުވާ ކްލިނިކް
16- އޮސް މެޑިކަލް ސެންޓަރު
ހެލްތު މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ކްލިނިކްތަކުން ދޫކުރާ ރިޕޯޓު ބަލައިނުގަންނަ ގޮތަށް އޭރު ނިންމީ، ބިދޭސީންގެ ސަބަބުން ގައިން ގަޔަށް އަރާ ބަލިތައް ރާއްޖޭގައި ފެތުރުމުގެ ފުރުސަތު އޮތުމުން، އެކަން ހައްލު ކުރުމަށެވެ.
އެކަމަކު އަލުން ހުއްދަ މި ދިނީ، ބަލަން ވާ ވަރަށް ބެލުމަށް ފަހު، މިނިސްޓްރީން ކަނޑައެޅި މިންގަނޑުތަކަށް ފެތޭ ކްލިނިކްތަކަށް ކަމަށް އެތަނުން ބުންޏެވެ.
އޭޑީކޭ އާއި އޭއެމްޑީސީން ދޫކުރާ މެޑިކަލް ރިޕޯޓު ބަލައިގަތުން ވެސް އިމިގްރޭޝަނުން ދުވަސްކޮޅަކަށް ކުރިން ހުއްޓާލި އެވެ. އެ ދެ ތަނުން ދޫކުރާ މެޑިކަލް ރިޕޯޓު ބަލައިގަތުން ހުއްޓާލީ، ގައިން ގަޔަށް އަރާ ނުރައްކާތެރި ބަލި ހުންނަ މީހުންނަށް، ސައްހަ ނޫން މެޑިިކަލް ރިޕޯޓު ހެއްދި މައްސަލަތަކެއް ފުލުހުންނާ ގުޅިގެން ބަލަމުން އަންނާތީ ކަމަށް އިމިގްރޭޝަނުން އޭރު ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެވެލި
22 January 2018
ތިހަދާ މެޑިކަލް ގެ ފެންވަރަކީ މެޑިކަލް ހަދާމީހާ ނޫން އެހެން މީހުންގެ ގައިން ލެއާ ތަކެތި ދެނީ. ކާކު ބަލަނީ. ތި ކަން ކޮށްގެން މުއްސަނދިވެފައި އެބަތިބި. ހުއްދަ ދޭ މީހުންނަށް ކަޓް ލިބުނީމަ އޯކޭ.
1234
21 January 2018
250 ރުފިޔާއަށް ފެށި މެޑިކަލް މިހާރު އެހަދަނީ 1300 ރުފިޔާއަށް. ކޮންމެ މެޑިކަލަކަށް ހަރަދުވާނީ ގިނަވެގެން 75 ރުފިޔާ ކަމަށް ވަނީ. ބަކީ އެއީ ޕްރޮފިޓް.
ކޮކްޓެއިލްރައީސް
21 January 2018
ދެން ބަލާނެކަމެއްނެތް، ޔާމަރު ހަބޭސް..............
ގާޒީ
21 January 2018
އައި ޖީ މ ހ އައް ކެއްނުވާވަރުވީ އުތަ؟
ބަންގްލަދިވުސް
21 January 2018
ކުރިން ހުއްޓާލީ މި މީހުންގެ ފުށުން ދިވެހިރާއްޖޭގަ ގައިން ގަޔައް އަރާ ބަލިތައް ފެތުރުމުގެ ފުރުސަތު އޮތީމައޯ. މިހާރު އެމީހުން ބަލިވުން ހުއްޓުނީތަ؟ ކީއްކުރާ މެޑިކަލްއެއްތަ؟ އެއީ މިހާރު ދިވެހިންނޭ. މިފަހަރު ރިޔާސީ އިންތިޚާބުގަ ވޯޓުނުލާނެ ކަމެއްވެސް ނޭންގެ. ގައިމު ދޮޅުލައްކައެއްހާ މީހުން އުޅޭނެ.
ޖަމާލު
21 January 2018
އަލުން ދިން ސަބަބަކީ ޓްރީޓޮޕަށް ދޭންވެގެން. މިއީ ބައިވަރު ލާރިގަނޑެއް ކާލާ ކަމެއް. އެހެންވީމާ ޓްރީޓޮޕަށް ނުދީ ވާކަށްނެތް. ދެން ހަމައެކަނި އެތަނަށް ދެވޭކަށްވެސް ނެތް. އެހެންވެ އެންމެނަށް ދިނީ.
ހޭކެނޑޭ
21 January 2018
އަދި ތި ކަމެއް ތި ގޮތަކަށް ނުނިމޭނެ ކަން މަމެންނަށް ޔަޤީން. ސަބަބަކީ ކަޓު ނެގުމުގެ މައްސަލަތައް ނުވަތަ ބައި އެލޭ މިންވަރު ބޮޑުންނަށް މަދުވާނެ ކަމަށް ފާހަގަ ވާތީވެ، ތީގެ ތެރެއިން ބައެއް ކުލިނިކް ތަކަށް މިހާރު ތި ދޫކުރި ހުއްދަތައް ބާތިލް ވާނެ ކަމާއި މެދަކު މަމެން އެއްވެސް ޝައްކެތް ނުކުރަން. ވ ސަލާން.
އަލިހޮއްކޮ
21 January 2018
މާދަމާ ތި ބަދަލް ކޮށްފާނެ ހަމައެކަނި ސެނެހިޔާއިންނޭ ހެދޭނީ ކިޔާފަ. އަމާޒު ލާހޫރޭ.
ދެޓްޑޭ
21 January 2018
ބިދޭސީންގެ މެޑިކަލް ހެއްދުމުގެ ހުއްދަ ކްލިނިކްތަކަށް އަލުން ދީފި ނަމަ އެއީ އުފާ ކުރަން ޖެހޭނެ ކަމެކޭ. ބިދޭސީންގެ މެޑިކަލް ހެއްދުމުގައި ކުރީގައި މަކަރާއި ހީލަތް ބަޔެއް އަމިއްލަ ކްލިނިކްސް ތަކުން ހަދާ ކަން އެއީ ކަށަވަރުވެ ޔަގީން ވާ ކަމެކޭ. އެކަން މިހާރު މިވަނީ ހައްލު ކޮށްފައޭ މަމެން ޕިންކީންގެ ވެރިކަމުގައި. މިރާއްޖެ އަށް 20 ހާސް ބިދޭސީން ވާރކް ވިސާ ނެތި އެތެރެ ކޮށްލީ އެމެން ރަންރީނދޫ ބޮޑޭގެ ވެރިކަމުގައި ޑީބީ މެން ކަޓް ކައްވާލައިގެންނޭ އެމެންގެ މިރާއްޖެ ރޮޓެން ކަންޓްރީ އަކަށް ހަދާފައި ވަނި ކޮށް ރާއްޖެ ބިއުޓިފުލް ކަންޓްރީ އަކަށް މިހަދަނީ މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ވެރިކަމުގައި އެކަނިއޭ. މަމެން މިރާއްޖޭގެ ވެރިކަމަށް އައި ދުވަސް އެއީ ރީތި އަބަދުވެސް ރީތި އުފާވެރި ދުވަހެކޭ. ދެޓް ޑޭ ދެޓް ޑޭ ދެޓް ޑޭ ސޯ ސްވީޓް. ކޭން ޔޫ ފީލް އިޓް. ދެޓް ޑޭ ދެޓް ޑޭ ދެޓް ޑޭ ސޯ ސްވީޓް ކޭން ޔޫ ފިލް އިޓް. އާރ ޔޫ ވިދް މީ.
ބޯހަލާކުއަސްލާ
21 January 2018
ތިޔަ ބޭފުޅާގެ ތިޔަ ކޮމެންޓްތަކާ ހެދި މުޅި ކޮމެންޓް ފީޑް ހަޑިވޭ! ތަންކޮޅެއް ކިޔާލަން ފަސޭހަ ސާދާ ދިވެހި ބަހުން ތިޔަ ފޮނި ނުކަނޑާ ހަގީގަތް ލިޔާނަމަ ވެސް ރަނގަޅު!
ޢަބްދުﷲނާފިޒު
21 January 2018
މިޒާތުގެ ދެބަންދިހާރަވެފަ ތިބޭ މީހުނަށްވެސް ކޯޑިނޭޓަރުކަން އެބަދޭވިއްޔަ، ކީއްކުރާނީ....ހާލަތު ދެއްތޮ.