ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު.
23 ޖެނުއަރީ 2018 - 20:27
ވިލާ ގްރޫޕަށް ކުއްޔަށްދޫކޮށްފައިވާ ތަންތަނުން ދައުލަތައް ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު 2.9 ބިލިއަން ރުފިޔާއަށް އަރާކަމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކުން އެނގެން އެބައޮތް ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށް އެ ކުންފުނީގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖަރުމަނުގައި މިވަގުތު ހުންނެވި ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ "އާޒިމާ ޝުކޫރު އެ ހައްދަވަނީ އެނގިހުރެ ކަނޑައެޅިގެން ބޮޑު ދޮގެއް" ކަމަށެވެ.
"އެބުނާ ފައިސާތަކާ ގުޅޭ ގިނަ މައްސަލަތައް ފެށީ އެ އާޒިމާ ވިލާގެ ލޯޔަރަކަށްހުރެ ދަށު ކޯޓުގައާއި ހައި ކޯޓުގައާއި ސުޕްރީމް ކޯޓުގައި ވެސް އެ ދައުވާތައް ކުރިޔަށް ގެންދެވި، އެއިން އެއް މައްސަލަ ސުޕްރީމް ކޯޓުން ވިލާއާ އެއްކޮޅަށް ނިންމެވިކަން ވެސް އެނގޭނެ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އާޒިމާ އެ ހުރިހާ ކަމެއް ކޮށްދެއްވުމުގައި ވިލާގެ ފަރާތުން އެކަމުގައި ހުރިހާ ކޯޓަކަށް ގޮސްފައި ކަމަށެވެ. އަދި އޭގެ ތެރެއިން އެއް މައްސަލަ ސުޕްރީމް ކޯޓުން ނިންމީ އެތައް މިލިއަން ޑޮލަރެއް ވިލާއަށް ސަރުކާރުން ދިނުމަށްކަން އެނގިހުރެ، އެ ވާހަކަތައް ތަކުރާރުކޮށް އާޒިމާ ދައްކަވާތީ ހިތާމަކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވެފައިވެ އެވެ.
ޓީވީއެމްގެ ޕްރޮގްރާމެއްގައި ދާދިފަހުން އާޒިމާ ވިދާޅުވެފައި ވަނީ ވިލާ ގްރޫޕަށް ކުއްޔަށްދޫކޮށްފައިވާ ތަންތަނުން ދައުލަތައް ދައްކަން ޖެހޭ ޖުމްލަ ފައިސާގެ އަދަދު 2.9 ބިލިއަން ރުފިޔާއަށް އަރާކަމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކުން ފެންނަން އެބައޮތް ކަމަށެވެ. އަދި އެ ފައިސާއަކީ 2007 ވަނަ އަހަރު ފެށިގެން ދައުލަތުން ވިލާ ގްރޫޕްގެ ކުންފުނިތަކަށް ދޫކޮށްފައިވާ ރަށްރަށާއި އެނޫންވެސް ތަންތަނުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ކަމަށް އާޒިމާ ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ވަކި މީހަކު ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައި އޮތުމަކީ ދައުލަތުން އެކަމާމެދު ފިޔަވަޅު ނާޅައި އޮންނަންވީ ސަބަބެއް ނޫން ކަމަށެވެ. އަދި އެފަދަ މީހަކާމެދު ފިޔަވަޅު ނާޅައި އިތުރު ވާހަކައެއް ދައްކަން އޮންނާނެތޯ އާޒިމާ ސުވާލު ކުރައްވާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާއިން
24 January 2018
ޢާޒިމާ އަށް ތެދެއްނުހެދޭނެ މިހާރު ވަޒީފާގެ ދަހިވެތި ކަމުގައި ގޮތްހުސްވެފައި ދުނިޔޭގެ ޢިއްޒަތާއި ޖާހަށްޓަކައި މޮޔަވެ ގޮތް ހުސްވެފައި ޤާސިމަށްދޭ އަނިޔާ އަކީ މިޤައުމުގެ އެތައްރައްޔިތުންނަށްދޭ އަނިޔާ އެއް. ޤާސިމަކީ އިޚުލާޞްތެރިއެއް
އުމަރު
24 January 2018
ރާއްޖޭގެ ބައެއް ފުންނާބު އުސްވެގެން އުޅޭ ޤާނޫނީ ވަކީލުން ދެކޮޅަށްވެސް މަސައްކަތްކޮށްދޭނެ، އެމީހުންގެ އިންޓަގިރިޓީއާއި މެދުގައި ސުވާލު އުފެދޭ، އެމީހުން ކިޔެވިއިރު އޮންނާނެ އެތިކަލް އެގްރީމެންޓެއް، އޭގައި ސޮއިކޮށްފައިވާނީ، އެކަމަކު އެމީހުންގެ އެއްވެސް ތެދުވެރިކަމެއް ނެއްކަން މިއެނގެނީ، އާޒިމާއަށް ވަރަށް ސާފްކޮށް އެނގޭނެ ވިލާގެ އެގްރީމެންޓްތަކަކީ ޓޫރިޒަމް މިނިސްޓްރީ މީރާ، އަދި ކޯޓްތަކާއި ރައީސް އޮފީސް ގުޅިގެން އުފައްދައިގެން އުޅޭ ކަންތަށްގަނޑެއްކަން، ވިލާއަށް މީރާއިން ރަންފައިސާފޮތި ލިބުނީ 2007 އަހަރަށްފަހު، އަދި ރައީސް ޔާމީނުގެ ވެރިކަމުގެ ފުރަތަމަ އަހަރު، އެހެންކަމުން ކިހިނެއްތޯ 2007 ގައި ވިލާއިން ހަދާފައިވާ ރިސޯޓްތަކުގެ ލީސް އެގްރީމެންޓްތަކަށް 2 ބިލިއަން ރުފިޔާ މިހާރު އަރާނީ، މިހާރުވެސް ގާސިމް ރައީސް ޔާމީނުގެ ކޮޅަށް އަރާބަލަ، އެހުރިހައި އެއްޗެއް ރިވާސްވެ ގާސިމް ސާފްވާނެ، އާޒިމާއަށް ވަރަށް ސާފްކޮށް މިކަންކަން އެނގޭނެ، އަދި ރިސޯޓެއް ގެންގުޅޭ ކޮންމެ މީހަކަށްވެސް އެނގޭނެ އާޒިމާ އެހަދަނީ ދޮގު
މުރަިދހޮޮ
24 January 2018
ވޮއިޑް އޮފް އޮނިޝިއޯ،، މާނައަކީ ވިލާއާއި ދައުލަތާއި ހަދާފަ ހުރި އެއްބަސްވުންތަކަކީ އޭގަ ޒާތުތަ އުފެދުމުގައިވެސް ބާތިލް އެއްޗެކޭ ކީކޭ ކަމަނާ ބުނަނީ
ަލީ1
24 January 2018
ކަލޯގެޔާ ވޮއިޑް އަބް އިނިޝިއޯ ދޯ
މައުސޫމު
24 January 2018
ގާސިމުގެ ލޯޔަރުން ކުރަންވީ ކަމަކީ މީރާގެ ހިސާބުން ދައްކާފިގަރު އެކުލެވޭގޮތަށް ވިލާއިން މީރާއަށް ދައްކާފައިވާ ހިސާބުގެ ތަފުސީލު މީޑިޔާއަށް ތިލަކުރުމެވެ. އޭރުން އެންމެދިވެހިންނަށް ޝައްކެއްނެތް މިންވަރަށް ސަރުކާރުން ވިލާއާއި މެދު ކުރާ ތުހުމަތަކީ ބާތިލު ހައްގުނޫން ތުހުމަތެއްކަން ޔަގީންވެ، ވިލާގެ ދިފާއުގައި ކުރަންޖެހޭ ކޮންމެކަމެއް ކޮށް ހައްލުލިބެންދެން ސާބިތުކަމާއިއެކު ތިބޭނެކަމުގައި ދަންނަވަމެވެ. އާއްމުފަރުދެއްގެ ޒާތީމައުލޫމާތު ދައުލަތަކުން އާއްމެއް ނުކުރެވޭނެއެވެ. އެހެންކަމުން މިކަމުގައި ރައްޔިތުންނަށް ސުބޫތު ދެއްކޭނީ ވިލާއިންނެވެ.
އަލީ11
24 January 2018
ވިލާއިން މީރާއަށް އެއްޗެއް ދައްކާފަ އޮތިއްޔާ ވިލާކަހަލަ ބޮޑު ކުންފުންޏަކަށް ތީކީ އެއްވެސް މައްސަލައަކަށް ވެގެން ނުވާނެ... ސަބަބަކީ ވިލާއަކީ އާދައިގެ ކުންފުންޏަކަށް ނުވެފަ އަދި ލީގަލް ޓީމެއް އޮންނަ ކުންފުންޏެއް.. މީރާގެ ކޮންމެމުއާމަލާތެއްގެ ލިޔެކިޔުން ރައްކާކުރެވޭނެ ކަމަށް ސިކުނޑި ގަބޫލް ކުރެވެނީ.. އެހެންވީމަ ބޭކާރު އަނގަނުތަޅާ ސަރުކާރުން ތުހުމަތު ކުރާ ކަންތައް ރައްޔިތުންނަށް ވިލާއިން އޮޅުންފިލުވަދޭންޖެހެ..
ހަސަނު.
24 January 2018
މަޤާމާއި ފައިސގެ އަޅުން އުޅޭނީ އެހެން
ހުތުރޭ
24 January 2018
ލޯޔަރުންނަށް ވެސް ހުތުރު...
އަސްވާރުން
24 January 2018
ދޮގު ހުވައެއް ކޮށްފި މީހަކީ ތިމާގެ ގެ ވީރާނާކޮށްފި މީހެކެވެ.
ޒަރު
24 January 2018
ވޯލްޑް އެނީ ސައިިޑް އެގްރީމެންޓް... އުފެދުމުގައިިވެސް ބާތިިލް
މެންޓަލިސްޓް
24 January 2018
އިނގިރޭސި ޑިކްޝެނަރަނީއެއް އަޅުގަނޑު ތަންކޮޅެއްކުރީން ބަލާލިއިރު " ޕޮލިޓިކްސް " އެބަސް ޑިފައިންކޮއްފައިއޮންނައިރު އޮވޭ %99 ލައިސް ކަމަށް ،،،، އެމޭރުމުން ބަލާއިރު ސިޔާސީއޭ މިކިޔާ ކުޅިވަރުގައި އެއްވެސް ބޭފުޅަކު ތެދެއްހަދާނެކަމަށް ބަލުމަކީ ގޯހެއް ،،، އަބަދުވެސް ބަލަންޖެހެނީ ވަރަށް އެހެންކަހަލަ ނަޒަރިއްޔާތަކުން ،،، ދެންއޮތީ ޕޮލިޓިކަލް ސައިންސްގެ އެންމެ ވަރުގަދަ ފޮތެއްކަމުގައި ވާ މައްކިއާވެލީގެ " ޕްރިންސް " ކިޔާފޮތް ،،، އެއީ ޕޮލީޓީޝަނުންގެ ބައިބަލްއޭވެސް ކިޔާއުޅޭ ،،، އެފޮތްދަންނަ ކޮންމެމީހަކަށްވެސް އެނގޭނެ ދުނިޔޭގައި ސިޔާސީމީހުން ޖަހާސަކަރާތާއި ހަދާފާނެ ދޮގުތަށް ،،، ދެންއޮންނާނީ 48 ލޯސްއޮޕްޕަވަރ އެވެސް ،،، އެއީވެސް އިންސާނީ ހަމަތަކުން ބަލާއިރު މާކަރަގަޅު ޓީޗިންގްސްއެއްނޫން ،،،، އެމަސައްކަތްވެސްކުރާނެ އެނޭންގޭ މީހުންކައިރީ ،، މާނައަކީ މެޖޯރިޓީއަކަށް އެއެއްނޭންގޭނޭ ،،، ވީމާ ސިޔާސީ ކުޅިވަރުގައި އޮންނާނީ ތިޔަހެން ،، އިޙްލާސްތެރިކަމާއި ތެދުވެރިކަމެށް ނޯންނާނެ ،،، އެއީ އަސްލަކީ ،،، މައައްސަލާމާ