ރިޕޯޓް / ރައްޔިތުންގެ މަޖިލިސް

ހުސްވި ގޮނޑިތަކާ މެދު ސުޕްރީމް ކޯޓުން ބަހެއް ބުނަން ޖެހޭތަ؟

މިއީ ރައްޔިތުންގެ މަޖިލީހުގައި އެ މެންބަރުން ތަމްސީލު ކުރައްވަމުން ގެންދެވި ދާއިރާތަކުގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ވާހަކަ އެވެ. އެކަމަކު އެހެން ލިޔެފިއްޔާ އެ މީޑިއާއަކާ ދެކޮޅަށް ދައުވާކުރާނެ ކަމަށް އެ މެމްބަރުން އިންޒާރު ދެއްވާފައިވާތީ އެހެން ލިޔަން ވެސް އެބަ އުނދަގޫވެ އެވެ.

މަޖިލީހަށް ވަނުން މަނާކޮށްފައިވާ އެ 12 މެމްބަރުން ވިދާޅުވަނީ އެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމައިގެން ނޫނީ މައްސަލަ ހައްލުވާން ނެތް ކަމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވަނީ އެ މައްސަލައިގައި އެ ކޯޓުން ބަހެއް ނުބުނެ، ތިބެގެން ނުވާނެ ކަމަށެވެ.

ރައީސް މައުމޫން ކުރެއްވި ޓުވީޓް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވާ ގޮތުގައި މި މައްސަލައިގައި ސުޕްރީމް ކޯޓުން ސާފު ބަހެއް ބުނަން ޖެހެނީ އެތައް ހާސް ރައްޔިތުންގެ ވަކީލުންނާ ގުޅޭ ކަމަކަށް ވާތީ އެވެ. އަދި މިކަން ލަސްކުރުމަކީ ކޯޓުގެ އިހުމާލެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ޓުވީޓް

މި މައްސަލައިގައި އެންމެން ވެސް ސުޕްރީމް ކޯޓަށް އިނގިލި ދިއްކުރާ އިރު، ސުވާލަކީ ހަމަ ހަގީގަތުގައި ވެސް މި ކަމުގައި ސުޕްރީމް ކޯޓުން ބަހެއް ބުނަން ޖެހޭ ހެއްޔެވެ؟ އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން، ސުޕްރީމް ކޯޓުން އެކަމުގައި ވަކި ގޮތެއް ނިންމަން ޖެހޭ ހެއްޔެވެ؟

މަޖިލީހުގެ ގޮނޑިތަކެއް ހުސްވި ކަމާ މެދު، ހަމަ ގައިމު ވެސް މިހާރު މި އޮތީ ދެބަސްވުމެއް އުފެދިފަ އެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމީ، އެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ. ނަމަވެސް އެ މެމްބަރުން އެކަން ގަބޫލުނުކުރައްވާތީ، މި އޮތީ ޚިލާފު އުފެދިފަ އެވެ.

އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އަމަލު ކުރަންވީ ގޮތް ގާނޫނުއަސާސީގެ 74 ވަނަ މާއްދާގައި އެބަ އޮތެވެ. އެ މާއްދާގައި ބުނެފައިވަނީ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާ މެދު ޚިލާފެއް އުފެދިއްޖެ ނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

މި ކަމުގައި މުހިންމު ދެ ކަމެއް ފާހަގަކޮށްލަން ޖެހެ އެވެ. ފުރަތަމަ ކަމަކީ، އެ މައްސަލައިގައި ގޮތެއް ކަނޑައަޅައިދޭން އެދި، އެ 12 މެމްބަރުން އެ ވަރަށް އާދޭސްކުރާ އިރު ވެސް، އެ ކަމާ މެދު ބަހެއް ނުބުނެ ސުޕްރީމް ކޯޓު ހިމޭނުން އޮތުމެވެ. ދެ ވަނަ ކަމަކީ، އެ 12 ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް އަމިއްލަ އަށް ކަނޑައެޅުމަށް ފަހު ވެސް، އެ ދާއިރާތަކުގެ ބައި އިލެކްޝަން އިއުލާން ނުކޮށް އިލެކްޝަންސް ކޮމިޝަނުން ދިގު ދެންމުމެވެ.

ސުޕްރީމް ކޯޓުން މި މައްސަލައިގައި ގޮތެއް ކަނޑައަޅައިގެން މެނުވީ، އެ ދާއިރާތަކުގެ ބައި އިލެކްޝަން ވެސް ހަގީގަތުގައި ނުބޭއްވޭނެ އެވެ. ބައި އިލެކްޝަނެއް ބޭއްވުމުގެ ކުރިން ކަށަވަރު ކުރަން ޖެހޭ ކަމަކީ، އެ ދާއިރާތަކުގެ ގޮނޑިތައް ހުސްވެއްޖެ ކަމެވެ. އެކަން ކުރުމުގެ ދުސްތޫރީ ބާރު އޮތް ހަމައެކަނި ފަރާތަކީ ސުޕްރީމް ކޯޓެވެ.

ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އީސީން ކަނޑައެޅި މެމްބަރުންތަކެއް ސުޕްރީމް ކޯޓު ބޭރުގައި. --ފޮޓޯ/މިހާރު

އެ 12 ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ، އެ ގޮތަށް ކަނޑައަޅައިދިނުމަށް އެދި، ވެރިކަންކުރާ ޕީޕީއެމުން އެ ކޮމިޝަންގައި އެދުމުންނެވެ. ނަމަވެސް ހަގީގަތުގައި އެ ގޮނޑިތައް ހުސްނުވާ ކަން، ދުވާލުގެ އިރު ކަށަވަރުވާ ފަދައިން އެ ކޮމިޝަންގެ މެމްބަރުންނަށް ވެސް ކަށަވަރުވާނެ އެވެ. އެއީ މައިގަނޑު ފަސް ސަބަބަކާ ހުރެ އެވެ.

ޕާޓީން ވަކިވުމާއި މަޖިލީހުން ވަކިވުމާ ގުޅުމެއް ނެތް

ފުރަތަމަ ސަބަބު: ކައުންސިލަރުން ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީން ވަކި ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ބާތިލު ކުރަމުން، 2012 ވަނަ އަހަރު ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބު ކުރެވޭ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން، ޕާޓީ ބަދަލުކުރުމަކީ އެ މަގާމުން ވަކިވާނެ ސަބަބެއް ނޫން ކަމަށެވެ.

ދެ ވަނަ ސަބަބު: މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ، އެ މެމްބަރަކު ވަކި ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވުމަށް ފަހު، ޖުލައި 13، 2017 އަށް ފަހު، އިންތިހާބުވި ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، ނުވަތަ އެއްވެސް ގޮތަކުން، އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ، މަޖިލީހުގައި އެ މެމްބަރަކު ތަމްސީލު ކުރަމުން ދިޔަ ދާއިރާގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނިކޮށެވެ.

ތިން ވަނަ ސަބަބު: ރައްޔިތުންގެ މަޖިލީހުގައި އެ މެންބަރުން ފުރުއްވަމުން ގެންދެވި ގޮނޑި ހުސްވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންނަކީ، ސުޕްރީމް ކޯޓުގެ އެ ހުކުމްގެ މާ ކުރިން ޕީޕީއެމުން ވަކިވި ނުވަތަ ވަކިކުރި މެމްބަރުންނެވެ. އަދި ބައެއް މެމްބަރުންނަކީ، ޕާޓީއަކާ ނުގުޅި އަމިއްލަ ގޮތުން އިންތިޚާބުވެފައި ތިބި މެމްބަރުންނެވެ.

ހަތަރު ވަނަ ސަބަބު: ސުޕްރީމް ކޯޓުން އެ ގޮތަށް ހުކުމް ކުރުމުގެ ހަތަރު ވަރަކަށް މަސް ކުރިން ޕީޕީއެމުން މެމްބަރުންތަކެއް ވަކިކުރި މައްސަލަ، އެ މެމްބަރުން އިސްތިއުނާފް ކުރައްވާފައި ނުވަނީސް، އަދި އިސްތިއުނާފް ކުރުމަށް އެ ޕާޓީގެ އަސާސީ ގަވައިދުގައި ދީފައިވާ މުއްދަތު ފާއިތުވިތާ އެތައް މަހެއް ފަހުން، ޕާޓީން އަމިއްލަ އަށް އިސް ނަގައިގެން އެ މައްސަލަ އިސްތިއުނާފް ކުރީ ކަމަށް ބުނެ، އެ މެމްބަރުންނަކީ ޕާޓީން ވަކިނުވާ މެމްބަރުން ކަމުގައި އަލުން ހެދި އެވެ.

ނަމަވެސް އިސްތިއުނާފުގެ މައްސަލަ ނިންމި އިރު، ކުރީގެ ނިންމުމަށް އެއްވެސް ބަދަލެއް ނުގެނެ އެވެ. އެހެންކަމުން އެ މެމްބަރުން ވަކިކުރި ހަގީގީ ތާރީޚެއްގެ ގޮތުގައި ގާނޫނީ ގޮތުން ބެލޭނީ، އެންމެ ފުރަތަމަ އެ މެމްބަރުން ޕާޓީން ވަކިކުރި ތާރީޚެވެ. އިސްތިއުނާފު ނިންމި ތާރީޚެއް ނޫނެވެ.

ފަސް ވަނަ ސަބަބު: ޖުލައި 13، 2017 ގެ ކުރިން ޕާޓީން ވަކިވެފައިވާ ބަޔަކު، ޖުލައި 13ގެ ހުކުމަށް ރިއާޔަތްކޮށް، މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން ސުވާލު އުފެދިފައި ވަނިކޮށް، ޖުލައި 16 ވަނަ ދުވަހު ސުޕްރީމް ކޯޓުން އަމުރެއް ނެރުނެވެ. އެ އަމުރުގައި ބުނެފައިވަނީ، ޖުލައި 13 ގައި ކުރި ހުކުމްގައި ބަޔާންކޮށްފައިވާ ހާލަތެއް (އިންތިޚާބުވި ޕާޓީން ވަކިވުން، ވަކިކުރުން، އެހެން ޕާޓީއަކަށް ބަދަލުވުން) މެދުވެރިވެފައިވަނީ، ޖުލައި 13ގެ ކުރިން ކަމުގައިވާ ނަމަ، އެ ކަމެއްގެ މައްޗަށް އެ ހުކުމުގެ "އަސަރު އެއްވެސް ގޮތަކުން މާޒީ އަށް ރުޖޫއަވާ ގޮތަށް ރެޓްރޯސްޕެކްޓިވް ކޮށް" ތަންފީޒު ކުރުން ހުއްދަ ނޫން ކަން އެ ހުކުމުން ސާފުކޮށް އެނގޭނެ ކަމަށެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، އިލެކްޝަންސް ކޮމިޝަނަށް ވެސް ކަށަވަރު ވާނީ، ޕާޓީން ވަކިވުމުން މަޖިލީހުގެ މެމްބަރުކަމުން ވަކިވި ކަމަށް އެ ކޮމިޝަނުން ކަނޑައެޅި ބޭފުޅުން، ހަގީގަތުގައި މަޖިލީހުގެ މެމްބަރުކަމުން ވަކިނުވާ ކަމެވެ. ސަބަބަކީ އެ މެމްބަރުން ޕާޓީން ވަކިވެފައިވަނީ އަދި ވަކިކޮށްފައިވަނީ ސުޕްރީމް ކޯޓުން އެ ގޮތަށް ހުކުމް ކުރުމުގެ ކުރިން ކަމަށް ވާތީ އެވެ. އަދި ބައެއް މެންބަރުންނަކީ ޕާޓީއަކާ ނުގުޅި އަމިއްލަ އަށް އިންތިޚާބުވި ބޭފުޅުންނަށް ވާތީ އެވެ.

ޖެހިލުންވަނީ ކޮން ކަމަކާ؟

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އެ މެންބަރުން ވަނީ އެކަމަށް އިންކާރު ކުރައްވައި، ހުއްޖަތް ވެސް ދައްކަވައިފަ އެވެ. އެހެންކަމުން މިއީ ގާނޫނުއަސާސީގެ 74 ވަނަ މާއްދާގައި ބުނާ ފަދަ ހާލަތެއް މެދުވެރިވެފައިވާ މައްސަލައެކެވެ. އެހެންކަމުން މި މައްސަލަ އަށް ނިމުމެއް އަންނާނީ ސުޕްރީމް ކޯޓުން ގޮތެއް ނިންމައިދިން ދުވަހަކުންނެވެ.

ވީއިރު، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކެއް ހުސްވިކަމާ މެދު ސުވާލު އުފެދިފައިވާތާ ހަ މަސް ވެގެންދާ އިރު، އެކަމުގައި ސުޕްރީމް ކޯޓުން ސާފުކޮށް އެއްޗެއް ނުބުނެ ތިބެނީ ކީއްވެގެން ބާވަ އެވެ؟

އޭގެ އިތުރުން އެ ގޮނޑިތައް ހުސްވި ކަމަށް ކަނޑައެޅި ނަމަވެސް، ހަ މަސްދުވަސް ވެގެންދިޔަ އިރު ވެސް، އެ ދާއިރާތަކުގެ ބައި އިލެކްޝަން އިއުލާން ނުކޮށް އުޅެނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ކޮން ކަމަކާ ޖެހިލުންވެވަޑައިގަންނަވާތީ ހެއްޔެވެ؟ ނޫނީ އެ ނިންމުމަކީ ސިޔާސީ ގޮތުން ނިންމުނު ޣައިރު ގާނޫނީ އަދި ދުސްތޫރާ ޚިލާފު ނިންމުމެއް ކަމަށް މެމްބަރުންގެ އަމިއްލަ ޟަމީރު ގަބޫލުކުރަނީ ނޫން ބާވަ އެވެ؟ ނުވަތަ އެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމަފާނެ ގޮތަކާ މެދު ޔަގީންކަމެއް ނެތީ ބާވަ އެވެ؟

44 ކޮމެންޓް, 67 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 4%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުނބުށެން

25 January 2018

ތިބުނާ ހުކުމް ނުވަތަ އަމުރަށްވުރެ ހުއްޓޭބޭގެ ރައިވަރުވެސް ހަމަޖެހޭނެއެވެ. އެހެންޏާފަހެ، ފެށިގެން އަންނަ އިރު ބުނަނީ ރައްޔިތުންނަށްވީ އަހުދާ ވައުދާ ޕާޓީވެގެން ހޮވި ހޮވުމެއްގެ ވާހަކައެވެ. ކަންހިނގާ އިރު އަމިއްލަ ގޮތުން ކުރިމަތިލައިގެން ހޮވުނު މީހުންގެ ގޮނޑިވެސް ގެއްލިއްޖެކަމަށް ބަލައިފިއެވެ. ސަބަބުތައް ކަމަށް ބުނި ކަންކަމަށް ބަލާފައި ވަކިވާކަމަށް ނިންމޭނީ އެމީހަކަށް ލިބުނު ވޯޓުގައި ގިނައީ އެޕާޓީގެ މެންބަރުންކަން ސާބިތުކުރެވޭނަމަ ތާއެވެ. އެއީ ބެލޭނެ ކަމެއްވެސް ނޫނެވެ.

The name is already taken The name is available. Register?

ގޮޑި

25 January 2018

ސުޕްރީމް ކޯޓްގެ ބަހެއް ބޭނުން. ވަރަށް ސާފު. އަދި އެންމެ ހައިރާންވާކަމަކީ އެ މެމްބަރުންނަށް ރަސްމީކޮށް ގޮޑިގެއްލިޖެކަމަށް އެއްވެސް އިދާރާއަކުން ނާންގާ އެކަމަކު މަޖިލީހަށް ވަންނަން ދިއުމުން ސިފައިންހުރަސް އަޅާ. އާޅެ މިހާ ވަޒީފާގެ އަޅުންނަށް ވެފައިވާ ބަޔަކަށް އެވަރުގެ މަޤާމުތައް އަދާކުރެވޭނެތަ؟ މަސްއޫލިއްޔަތު އަދާކުރަން ބިރުގަންނަނަމަ އަވަހަށް އިސްތިޢުފަދީ. އެއިރުން ގައިމުވެސް އާޚިރަތުގައި މާފައިދާބޮޑުވާނެ.

The name is already taken The name is available. Register?

ހޭކެނޑޭ

25 January 2018

ބޯންއުލޭ ބޮނޑި މިހާރު އެ ތިބީ ބޮއިގެން. އިލެކްޝަން ކޮމިޝަން ، ކަސްޓަމްސް ، ޕޮލިސް އަދިވެސް ގިނަ މިނިވަން މުއައްސާސާ ތައް މިހާރު އެތިބީ ޤާނޫނާއި ޙިލާފް ވެވިފާ ކަމަށް މަމެން ދެކެން. މިކަމުގެ ހިތި 2018 ގެ ވޯޓަށް ފަހު އެވެރިންނަށް ވާނެ ގޮތް ރައްޔިތުން ދެކެން ތިބެމާ ދޮތަ!

The name is already taken The name is available. Register?

ހަސަނު

25 January 2018

ފުލުހުން އުޅެނީ އެމީހުންގެ ނަން ބުނެފާނެތީ ބިރުން.. ސުޕްރީމް ކޯޓު އުޅެނީ ބޮޑެތި މައްސަލަ ތަކުގާ ބަހެއް ބުނާން ބިރުން.. ހުރިހާ އެންމެން މި ތިބެނީ ބިރުން... ކިހިނެއްތޯ ޔާމީން ދިފާއުކޮށް މިއަހަރު ގެ އިންތިހާބު ޔާމީނަށް ހޯދަދެވޭނީ އެހާ ބިރު ގަންނަ ބަޔަކަށް...

The name is already taken The name is available. Register?

ނައީމް

25 January 2018

ގާނޫނީ ވާޖިބު އަދާކުރުމަށްފަހު އެކަމާ ލަދުން ބިރުން މިއުޅޭ ސަބަބެއް ނޭނގެ.

The name is already taken The name is available. Register?

އަލީގ

25 January 2018

މަގާމުގެ މަސްސޫލިއްޔަތު ނޫފުލޭ ނޫނީ އުފުލަން ނުކެރޭ އަދި އިސްތިއުފާ ދޭންވެސް ނުކެރޭ ޒިންމާދާރުވަޒީފާތަކުގަ ތިބިމީހުންނާމެދު ގޮތް ނިންމުމުގެ ބާރު ރައްޔިތުންނައް ލިބޭގޮތައް ގާނޫނު އަސާސީ އިސްލާހު ކޮއްގެން ނޫނީ ދެން މިގައުމައް ހަމަ ޖެހުމެއް ނާންނާނެ. ރައްޔިތުންނައް ބަސްބުނުމުގެ ބާރުލިބޭނެ ނިޒާމެއް އޮތްނަމަ އެހެންތިބޭ ހުރިހާއެއްމެން ރައްޔިތުންގެ ބަސްއިއްވާ މަގާމުން ވަކިކުރާނެ އަދި އެކަމައް އެކަށޭނަ މީހުންނައް ފުރުސަތުލިބޭނެ އަދި އެމީހުންނައް ހަގީގީ ވެރިންނަކީ ކޮންބައެއްކަންވެސް އެނގޭނެ..

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

25 January 2018

ޖަވާބު ވަރަށް ސާފު، ތިއޮތީ އަމިއްލައަށް ފައިން އެރިފަ.

The name is already taken The name is available. Register?

ގއ.ވިލިނގިލީ ދަންޑެހެލު

25 January 2018

ފައިސާ ފައިސާ ކިޔާފަ އޭރު ދުވީ މިއަދު މިކިޔަނީ ސ ކޯޓޭ ސ ކޯޓޭ ކޮބާތޯ ނަޒާހަތްތެިކަމުގެ ބިލް.

The name is already taken The name is available. Register?

ގއ.ވިލިނގިލީ ދަންޑެހެލު

25 January 2018

ގޮނޑިތަށް ހުސްވީމަ ހުސްވި ވާހަކަ ތިޔަދަށްކަވަނީ އެބޭފުޅުން އެ ގޮނޑިތަކަށް ބުރަމަސަތްކަތުން ހޯދާދެއްވި ރަށްޔިތުންގެ އިހުސާސްތަކުގަ ކޮޅުފައިންޖަހާފަ ފައިސާގެ ދަހިވެތިކަމުގަ ދުވީ ދެން ކޮންވާހަކަތަކެއްތޯއެވެ. މިދުވަސް އަތުވެދާނެކަމަކަށް އެކަކުވެސް ހީނުކުރޭ.

The name is already taken The name is available. Register?

އިނގޭތޭ

25 January 2018

މަމެންނަށް ޕާރޓީ ލައިން ކްރޮސް ކުރި މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަން ސްޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ބަލާލުމުން އިތުރަށް ސްޕްރީމް ކޯޓުން އެއް ޗެއް ބުނަން ޖެހޭނެ ކަން އެއް ގޮތަކަށް ވެސް ނުވިސްނެއޭ އިނގޭތޭ ތަމެންނަށް.

The name is already taken The name is available. Register?

ފާތު

25 January 2018

އެހެނިހެން ޕާޓީ ތަކުން ލައިން ކްރޮސް ކޮށް މުސްތަޝާރެއްގެ ފަހަތައް ދިޔައިމާ ގޮޑި އެއްނުގެއްލޭނެ. ނަމަވެސް މުސްތަޝާރު ކައިރިން ދުރަށްގޮސް އެހެން ޕާޓީއަކަށް ގޮސްފީވިއްޔާ ގޮޑިގެއްލޭނެ. އެއީ މިހާރު ރާއްޖޭގަ ކަންހިގާ އުޞޫލް. މިއަށް އަހަރުމެން ކިޔަނީ ޑިމޮކްރަސީ އެއްނޫން.

The name is already taken The name is available. Register?

ދާންދޫ

25 January 2018

ތިޔަ ސުވާލު ތަކުގެ ޖަވާބު ވަރަށް ސާފު . ޖަވާބަކީ މަތް ﷲ ގަންދީ ހުވައިކުރައްވައިގެން ކަންކަމާއި ހަވާލުވެ ވަޑައިގެން ތިއްބެވި އެއްވެސް ބޭފުޅެއްގެ ނަޡާހަތްތެރި ކަމަެއް ނެތުން . ވީމާ ހަޤީޤަތުގައި ކަންކަމާއި ހަވާލުވެގެން މިހާރު ތަންތަނުގައި އެތިއްބެވި ބޭފުޅުންނަކީ މަޤާމް ގައި ދެމި ތިއްބެވުމުގެ ހައިސިއްޔަތު ހަމަ ހަޤީޤަތުގައި ވެސް ގެއްލިފައިވާ އަދި ނަޒާހަތްތެރިކަން ގެއް ލިފައިވާ ބައެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454