ޚަބަރު / އެޓާނީ ޖެނެރަލް

ބަލައި ފާސްކުރަން ދަނީ އިޖުރާއަތުތައް ފުރިހަމަކޮށްގެން: އޭޖީ

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އާންމުން ހޭލުންތެރި ކުރުމާ ގުޅޭ މަސައްކަތް ކުރާ ސްޓިއަރިން ކޮމެޓީގެ މެމްބަރު އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސް ޒާހިދަށް، އޭޖީ އަނިލް މިއަދު ސެޓްފިކެޓް ދެއްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ދައުލަތުގެ ޔުނިފޯމު އެޅި މުއައްސަސާތަކުން، ކޯޓު އަމުރު ހިފައިގެން ތަންތަން ބަލައި ފާސްކުރަން ދަނީ ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަކޮށްގެން ކަމަށާއި އެ މަސައްކަތަށް ހުރަސްއަޅާ ނަމަ، ފިޔަވަޅު އަޅާނެ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ އެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އާންމުން ހޭލުންތެެރި ކުރުވަން މިއަދު ކެމްޕެއިނެއް ފައްޓަވައި ދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ ގާނޫނާ އެއްގޮތަށް އަމަލުކުރާ މުއައްސަސާތަކަށް، ސިޔާސީ މަގްސަދުތަކުގައި އެކި ގޮތްގޮތުން ހުރަސް އަޅަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ދޮގު ވާހަކަތައް ފަތުރައިގެން، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދާ ކަމަށާއި ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދާ މީހުންނާ މެދު ދައުލަތުގެ މުއައްސަސާތަކުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހޭލުންތެރިކުރުމުގެ ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ދައުލަތުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ ހުސައިން ވަހީދު/މިހާރު

"ކުށެއް މީހަކު ކޮށްފިއްޔާ އެ ކުށަށް އަދަބު ލިބޭނެ. އެ އަދަބު ދިނުމަށްޓަކައި އިޖުރާއަތުތަކެއް އޮންނާނެ. އެ އިޖުރާއަތުތައް ފުރިހަމަކޮށް، މުއައްސަސާތަކަށް ލިބިފައިވާ ބާރާއި އިހްތިޔާރުގެ ތެރެއިން ކަންކަން ކުރައްވާނެ. އެކަމާ މެދު ހިތްހަމަނުޖެހޭ ފަރާތްތަކުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުގައި ހަމަޖެހިފައިި އެބައޮތް،" އަނިލް ވިދާޅުވި އެވެ.

އެ މީހަކު ގާނޫނާ ޚިލާފަށް ކަމެއް ނުކުރާހާ ހިނދަކު، ގާނޫނީ ހިމާޔަތް ލިބޭނެ ކަން ވެސް ބަންޑާރަ ނައިބު ފާހަގަކުރެއްވި އެވެ.

ބަލައި ފާސްކުރަނީ ގާނޫނާ އެއްގޮތަށް ކަމަށް ވިދާޅުވެ، ބަންޑާރަ ނައިބު މުއައްސަސާތައް ދިފާއު ކުރެއްވިއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިސޯޓުތައް ބަލައި ފާސްކޮށް، ބައެއް މުދާތައް ގެންދިޔައީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ފުލުހުންނާއި ކަސްޓަމަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ. އަދި، ރިޝްވަތުގެ ތުހުމަތުގައި، ދެ ވަނަ ފަހަރަށް ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ހައްޔަރުކުރަން، އޭނާ ދިރިއުޅުއްވާ ގެ ބަލައި ފާސްކުރުމުގެ އަމުރު ނެރުނީ ވެސް ގާނޫނާ ޚިލާފަށް ކަމަށް ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އަނިލް ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާއަތު ފަދަ ގާނޫނުތައް ހަދަނީ، މުޅި މުޖުތަމައުގެ ލާބަޔާއި މަންފާ އަށެވެ. މިފަދަ ގާނޫނުތައް ކިތަންމެ ބޮޑުކޮށް ޗާޕްކުރި ނަމަވެސް އޭގައިވާ މަފްހޫމް އޮޅުވާލައިގެން ހިތުހުރި ގޮތަކަށް ކަންކަން ކުރާ ނަމަ ވާނެ ފައިދާއެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ. ސިޔާސީ ބައެއް ސަބަބުތަކަށްޓަކައި ގާނޫނުތަކުގެ މަފްހޫމްތައް ވެސް ގަސްތުގައި އޮޅުވާލަމުންދާ ކަމަށް އަނިލް ވިދާޅުވި އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އާންމުން ހޭލުންތެެރި ކުރުވުމުގެ ކެމްޕޭން ފައްޓަވައި ދެއްވުމަށް ފަހު އެޓާނީ ޖެނެރަލް އަނިލް ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ގާނޫނުގައި އޮތް އެއްޗެއް އެނގިވަޑައިގެން ތިއްބަވައިގެން މަފްހޫމް އޮޅުވައިލަމުންދޭ. އެހެންކަމުން އަޅުގަނޑުމެން އުއްމީދުކުރަން ދައުލަތުގެ މުއައްސަސާތަކުން އަމަންއަމާންކަން ގާއިމްކުރަން ކުރާ މަސައްކަތަށް ހުރަސްނާޅަން. އެއީ ދިފާއީ ވަކީލުން ކަމުގައި ވިއަސް އާއްމު ރައްޔިތުން ކަމުގައި ވިއަސް ސިޔާސީ މީހުން ކަމަށް ވިއަސް އެ ކަންތައް އެގޮތަށް ނުކުރަން،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.

އަނިލް ވިދާޅުވިީ ގާނޫނެއް ފާސްކޮށް ތަންފީޒުކުރަން ފެށުމުން ދިމާވާނެ ގޮންޖެހުންތައް ހުންނާނެ ކަމަށެވެ. އެކަން ހައްލު ކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަ ބަދަލުތަކަކީ ވީހާ ވެސް ފުރިހަމަ ބަދަލުތަކަކަށް ހެދުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު އެކުލަވައިލުމުގެ މަސައްކަތް 2005 ގައި ފެށި ނަމަވެސް، އެ ގާނޫނު މަޖިލީހުން ފާސްވީ 2014 ގައި ކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެ ގާނޫނަށް އަމަލުކުރުން ލަސްވެގެން ފާޑުކިއުންތަކެއް އަމާޒުވި ކަމަށެވެ. އެކަމަކު، "ހަމަ ތިބެފައި ގާނޫނެއް ގެނައީ ނޫން" ކަމަށާއި އެ ގާނޫނު ތަންފީޒުކުރަން ވެސް އިންތިޒާމީ ބޮޑެތި ބަދަލުތަކެއް މުއައްސަސާތަކުން ގެންނަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ބަންޑާރަ ނައިބު ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރުމުގައި ވަގުތު ނެގީ، މީހުން ތަމްރީން ކުރުމާއި އިންތިޒާމްތައް ހަމަޖެއްސުމަށެވެ.

"އަދިވެސް މި ގާނޫނަށް ގެންނަން ޖެހޭ ބައެއް ބަދަލުތަކެއް އެބަހުރި. އެ ކަންކަން މަޖިލީހަށް މިދިޔަ އަހަރު ހުށަހަޅައިގެން ފާސްވޭތޯ މަސައްކަތް ކުރިން. އެކަން މިދިޔަ އަހަރު އަޅުގަނޑުމެންނަށް ހާސިލްކުރެވިފައި ނުވަނީ ސިޔާސީ ސަބަބުތަކަކަށްޓަކައި،" އަނިލް ވިދާޅުވި އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އާންމުން ހޭލުންތެެރި ކުރުވުމުގެ ކެމްޕެއިން ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ ކޮމެޓީގެ ބޭފުޅުން އޭޖީ އަނިލް އާއި ޕީޖީ ބިޝާމާއެކު، މިއަދުގެ ހަފުލާގައި ފޮޓޯއެއް ނަގަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެ ބަދަލުތައް، ބަންޑާރަ ނައިބު ވިދާޅުވި ގޮތުގައި، މި އަހަރުގެ ތެރޭގައި ގެނެވޭނެ އެވެ. އޭގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކުން މި ގާނޫނު ތަންފީޒުކުރުމުގައި އިތުރު ހަރުދަނާކަމެއް އަންނާނެ ކަމަށް ވެސް އުއްމީދުކުރައްވާ ކަމަށް އަނިލް ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތު ގާނޫނަކީ ވަރަށް އުނދަގޫ އެއްޗެއް ކަމަށާއި އެ ގާނޫނާ ހެދީ ކުށްކުރާ މީހުންނަށް އަދަބު ނުލިބި ފިލުމަށް ޖާގަ ދިނުމަށް ކަމަށް ވެސް ތުހުމަތުތަކެއް ކުރި ކަމަށް އަނިލް ވިދާޅުވި އެވެ. ކޮންމެ ގާނޫނެއް ވެސް ގެންނަނީ އާއްމު ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދީ، މުއައްސަސާތައް ހިންގަން ތިއްބެވި ބޭފުޅުންގެ ވެސް ހައްގުތައް ރައްކާތެރިކޮށްދެވި ޖަވާބުދާރީކުރެވޭނެ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ ނުހިންގޭވަރުގެ ގާނޫނެއް ނޫން. މި ގާނޫނު ހިންގައިގެން މީހަކު ކުށުން ބަރީއަވެގެން ނުދާނެ. މި ގާނޫނު ހިންގައިގެން ކުށްވެރިން އަތުލެވޭނެ މާ ފަސޭހަ ގޮތްތަކެއް ވާނެ. އަދަބު ކަނޑައެޅޭނެ. އަޅުގަނޑުމެންގެ މުއައްސަސާތަކުން ވީ މިކަމަށް ހޭލުންތެރިވެ، ތައްޔާރުވާން،" އަނިލް ވިދާޅުވި އެވެ.

"ޖިނާއީ އިޖްރާއާތުގެ ގާނޫނު ދެނެގަތުން" ގެ ނަމުގައި އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ފެށި ކެމްޕެއިނަކީ މިދިޔަ ޖުލައި މަހު އަމަލު ކުރަން ފެށި ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ހޭލުންތެރި ކުރުވުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ހިންގާ ކެމްޕެއިނެކެވެ.

މި ކެމްޕެއިން އަންނަ މާޗް މަހުގެ ނިޔަލަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ. މި ކެމްޕޭންގެ އޮންލައިން ޕާޓްނަރަކީ "މިހާރު" އެވެ. ދެން ހިމެނެނީ ޕީއެސްއެމް އާއި ޗެނެލް 13 އެވެ.

24 ކޮމެންޓް, 71 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 0%
icon angry icon angry 92%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބޫ

30 January 2018

"މިފަދަ ގާނޫނުތައް ކިތަންމެ ބޮޑުކޮށް ޗާޕްކުރި ނަމަވެސް އޭގައިވާ މަފްހޫމް އޮޅުވާލައިގެން ހިތުހުރި ގޮތަކަށް ކަންކަން ކުރާ ނަމަ ވާނެ ފައިދާއެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ." މިކަން ހަމަ ސަރުކާރުގެ މުއައްސަސާ ތަކުން ދެއްތޯ އެކުރަމުންގެންދަނީ

The name is already taken The name is available. Register?

ޕްރަސާންތަ

30 January 2018

އަނިލްމެން ތިޔަ ކުރާ ކަންތައް ތަޙްޤީޤްކޮށް އަދަބު ދޭނީވެސް ހުރިހާ އިޖްރާޢަތްތައް ފުރިހަމަ ކުރުމަށްފަހު

The name is already taken The name is available. Register?

މުރަިދހޮޮ

30 January 2018

ބަލައި ފާސްކުރުމަކީ އެޓާނީ ޖެނެރަލް އަކާ ބެހޭ ކަމެއްނޫން

The name is already taken The name is available. Register?

ކޮމެންޓް ކުރާ މީހާ

30 January 2018

މި ކޮމެންޓާ ހަމައަށް 20 ކޮމެންޓް ކޮށްފަ އޮތް އިރު މި ޚަބަރުގެ މި އޮތްވާހަކަ އަށް ހަމަ އެކަކުވެސް އެއްބަހެއް ނުވި. އަޅޭ... އެޓާނީ ޖެނަރަލޫ.... އަމިއްލަ ނަފްސަށްޓަކާވެސް ތެދުބަހުން ވާހަކަފުޅު ދައްކަވާކަށް އަދިވެސް ނުވޭތޯ؟....

The name is already taken The name is available. Register?

https://mihaaru.com/auth/login

30 January 2018

އަތްޕުޅުގައިވާ ސަނަދަށް އެންމެކުޑަމިނުން އިންސާފުވެރިވަޑައިގެންދެއްވާނުތޯ؟

The name is already taken The name is available. Register?

ބަރުބާަދު

30 January 2018

އެންޓިކޮރަޕްސަން, ހިއުމަންރައިޓްސް, ސްޕްރީމްކޯޓު ކިޔާނެކަމެއްނެތް އެއްވެސްތާކުން މިއުޅެނީ ރައިއްޔަތުންލާ ސިޓީއެއްގެ ޖަވާބު 6 މަސްވާއިރުވެސް ނުލިބިގެން. އެކަމަކު ވަކިމީހަކު ބޭނުންވީމަ ދަންވަރު 4 ޖަހާއިރުވެސް އޭޖީ އައް ތިއޮންނަނީ އިޖުރާއަތުތައް ހަމަވެފަ. އިޖުރާއަތު ހަމަވާއިރު އެންމެކުޑަވެގެން ކޯޓުއޯޑަރުގަ ހެކިހޯދަން ޗެކްކުރަންޖެހޭ ގޭގެ އެޑްރެސްވެސްނޯވޭ. ލިޔެފަމިއޮންނަނީ ދިރިއުޅޭތަން. ދެންގޮސް އެގެޔެއް މިގެޔެއް ބެލުމެއްނެތި ވަދެގަންނަނީ. ތިޔަވާހަކަތަކުން ރައިއްޔަތުންނަކައް އޮޅުވައެއް ނުލެވޭނެ. އޮޅުވާތިލަނީ އަމިއްލަ ނަފްސައް.

The name is already taken The name is available. Register?

ފާތުން

30 January 2018

ސަރުކާރުން ކުރާ ހުރިހާ ގާނޫނާ ގަވައިދާ ޚިލާފުކަންތައްތަކުގެ ބޮޑަކީ މީ. މިއޮފީހުން ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެގެން ތިބެ ދެން ހިތުން މާމޮޅު ވާހަކަދެއްކިޔަސް ތިވާހަކަ ޤަބޫލުކުރާނީ މިހާރު ހަމައެކަނި މިސަރުކާރުގެ ކޮރަޕްޝަންގެ ބައިވެރިން. ތިކުރާ ހުރިހާކަމަކަށް ކޮންމެވެސް އެއްގޮތަކުން ޖަވާބުދާރީވާންޖެހޭނެ ދުވަހެއް އަންނާނެ. މިދުނިޔޭގަ ނޫނީ އާހިރަތުގަވެސް. އަދި ތިކުރާކަންތައްތަކަށް ތައުބާވުމުގެ ބަދަލުގަ އަދިވެސް ތިސަޕޯޓު ދޭއިރު ކޮންމެ މީހެއްގެވެސް މަރަކީ ކޮންއިރަކު އެމީހަކާ ބައްދަލުކުރާނެ އެއްޗެއްކަން ނޭންގޭކަންވެސް ހަނދާންކޮއްލައިގެން އުޅޭ. މީހުންގެ ހައްޤަށް އަރާ މީހުންގެ ނިމުން ރަނގަޅެއް ނުވާނެ.

The name is already taken The name is available. Register?

ބެއްޔާ ތުއްތު

30 January 2018

ކަލޯގެއާ އަހަރެމެންގެ އޭ.ޖީ ބޮޑުވާހަކައެއް ބުނެފިނޫންތޯ؟؟ ކަންކަން ހިނގާނީ ގާނޫނާ ގަވައދާ އެއްގޮތަށްށޯލަ. އަދި ކުށެއް ނުކުރާ މީހުންނަށް ގާނޫނުގެ ރައްކާތެރިކަންވެސް ލިބޭނެޔޯލަ؟؟ މިކަހަކަ ވާހަކަ ދައްކަން އޭނާ އަށް މިހާރު ދަސްވެއްޖެތާ؟؟ އަދި އޭޖީ އަށް އެކަން ދައްކޮށްދިނީވެސް ގާސިމު ކަމަށް ވަނީ؟؟؟

The name is already taken The name is available. Register?

އަސްލު

30 January 2018

ހެލްތް މިނިސްޓަރަށް. ދިރާސާތަކުން ދައްކާގޮތުގައި އެހެން ގައުމުތަކާއި އަޅާ ބަލާއިރު ދިވެހިރާއްޖޭގައި "އޮބޭސިޓީ" ނުވަތަ އަދަޔާ ހިލާފަށް ބަރުދަން މަތިވުން ނުވަތަ ފަލަ ވުމުގެ ބަލި އިތުރެވެ. ދުރުރާސްތާ ޕްލޭނެއް އެކުލަވާނުލަނީ ކަމުގައިވަނީނަމަ، އެމެރިކާ ފަދަ ފަލަ މީހުން އުޅޭ ގައުމަކަށް ރާއްޖެ ބަދަލުވެދާނެއެވެ. މިނިސްޓަރު މިކަމުގައި އިސްނަންގަވައި ޔޫތް މިނިސްޓްރީވެސް ޝާމިލްކޮށްގޮން، އަދި ނުވިތާކަށް 2018 ވަނަ އަހަރުގެ މެނިފެސްޓޯގައިވެސް މިކަން ހިމެނުން މުހިންމު ކަމަކަށް ފެނޭ. އަދި އެޓަރނީ ޖެނެރަލް އޮފީހުން މިކަމަށް ބިލެއް ތައްޔާރުކޮށް މަޖިލީހުން އެބިލް ފާސްކޮށް ޤާނޫނަކަށް ހައްދަވައިދެއްވުމަށް ގޮވާލަން. ރައްކާވެ ތިބިއްޔާ ދަތުރު! ދުޅަ ހެޔޮ ސިއްހަތެއްގައި ދިވެހިން! 'ސްޕޯޓްސް ފޯ އޯލް". -މިކޮމެންޓް ޕޯސްޓްކޮށް ދެއްޗޭ... ޕްލީސް-

The name is already taken The name is available. Register?

އުނބުށެން

30 January 2018

މަފްހޫމް އޮޅުވާލާކަމަށް ބުނުމަކީ ތެދެކަމަށްވަންޏާ ކަޅާއިހުދުން މައްދިވެހިބަހުން އެންމެ އާދައިގެ މީހާއަށްވެސް ރޭކާލާހާ ސާފުކޮށް ލިޔެފައިހުރި އެއްޗެއް އެނޫންގޮތަކަށް ބަދަލުކުރުވީ ކާކުބާވައެވެ. މިއަށް ކިޔަނީ ގުދޯގުދޯގޮވުމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454