ޕޮލިސް ކޮމިޝަނަރު އަރީފާ އެކު ރައީސް ޔާމީން: އޭނާ މިރޭ ވަނީ މަގާމުން ވަކި ކުރައްވާފައި
02 ފެބުރުއަރީ 2018 - 02:01
ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް މިރޭ މަގާމުން ވަކި ކުރައްވައިފަ އެވެ.
އިދިކޮޅު ލީޑަރުން ދޫކޮށްލުމަށާއި ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި، މިރޭ އަމުރު ނެރުމާ ގުޅިގެން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވަނީ އަރީފް މަގާމުން ވަކިކުރެއްވި ކަން ކަށަވަރުކޮށް ދެއްވައިފަ އެވެ.
އަނިލް ވިދާޅުވީ އެ އަމުރު ނެރުމާ ގުޅިގެން އަރީފާ ގުޅުއްވަން ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރެއްވި ކަމަށާއި އެކަމަކު ގުޅޭ ގޮތެއް ނުވި ކަމަށެވެ. އަރީފް މަގާމުން ވަކި ކުރެއްވުމުން ފުލުހުންގެ އިދާރާ ހިންގެވުން ހަވާލު ކުރައްވާފައިވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީއާ އެވެ.
ސުޕްރީމް ކޯޓުގެ އެ އަމުރާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ އެ އަމުރާ ގުޅިގެން ބަލަންޖެހޭ ކަންކަން ސަރުކާރުން ބަލަމުންދާ ކަމަށެވެ.
އެ އަމުރަށް ފަހު އިދިކޮޅު ފަރާތްތަކުން ދަނީ އުފާ ފާޅު ކުރަމުންނެވެ. އިދިކޮޅު ހުރިހާ ލީޑަރުން ވަނީ އެ ހުކުމަށް މަރުހަބާ ކިޔައިފަ އެވެ. ޖަލުގައި ތިއްބެވި އިދިކޮޅު ލީޑަރުން މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާންދޫ
02 February 2018
އަމިއްލަ ފައިގައި ނަމަ ނަމަ ފުރޯއިން ނުޖަހާތި ތިހެން ކަނޑަމުން ކަނޑަމުން ގޮސް .
ގޫގުލާ
02 February 2018
ސާބަސް ދަންވަރު ނިދާފަ އޮންނަ ގަޑީ ގުޅިއަސް ފޯން ނުނެގިދާނެ ދޯ.. ނިދާ ހޭލެވޭ އިރު މި އިނގެނީ މަގާމް ގެއްލިފަކަން.. ?
ކަނާތު
02 February 2018
ފަސްޓް ލޭޑި މެޑަމް ވެސް މިކަމުން ފިލާވަޅެއް ލިބި ރައީސް ގުޅުއްވީމަ އަބަދުވެސް ފޯނައް ޖަވާބު ދެއްވާ ހައްދަވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން.
ރަބަރު
02 February 2018
ޢަރީފް ހުރީ މީގެކުރިންވަކިކޮށްފަނޫންހެއްޔެވެ. މިކަހަލަ އަޑުތަކެއް އިވިފައިވީ.
ކުރުކުރު
02 February 2018
އެއީ އެސޮރު %100 އިތުބާރުކުރާ މީހާއަށްވީގޮތް، %500 އިތުބާރުކުރިމީހާއަށް ވީވަރު ނުވިކަން ނަސީބެއް.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
02 February 2018
އެންމެފަހުން “އެކަން” ކޮށްފި..!! އިތުރަށް ގޯސް ހަދައިފިނަމަ ދެން ފިޔަވަޅު އަޅާނީ ދުނިޔެއިން.
ފާތީ
02 February 2018
ސްޕްރީމްކޯޓަށް އެއްޗެއްބުނަނީކީނޫން. މަގޭސުވާލަކީ އަދީބު އަދި ހާމިދުސޭޓަކީ ސިޔާސީކުއްވެރިންހޭ?
ދާންދޫ
02 February 2018
އަދީބު އާއި ހާމިދު ސޭޓްގެ ޝަރީއަތް ކޮށް ހުކުމް ކޮއްފައިވަނީ މައްސަލައިގެ ތަޙްޤީޤު ނުނިމެނީސް އަވަސް އަރުވާލައިގެން ކަން އެއްމެނަށްވެސް އެގޭ . ތަޙްޤީޤު ނުނިމެނީސް ޝަރީއަތް ކޮށް ހުކުމް ކޮށް ޖަލަށް ލުމަކީ އިސްލާމީ ޝަރުޢީ ހަމައެއް އޮތް ގޮތެއް ނޫން . އަދި އެއީ ދުސްތޫރީ / ޤާނޫނީ ހަމައެއް އޮތް ގޮތެއްވެސް ނޫން . އެއީ ނޯތް ކޮރެޔާ ގައި އެކަނި އޮންނަގޮތެއް . އެހެންވީމާ އެގޮތަށް ނިންމެވީ. ސްޕްރީމް ކޯޓަށް ހަމަ އައްސަރިބަހާއި ސާބަސް .
ޙޫރު
02 February 2018
ރައިސް ޔާމީން ތީ ހަމަ މަލެއް. އެނގޭ ދެން މިއަހަރު އުޅުއްވޭނީ ތިހެންކަން. އަހަރެމެންވެސް ދަންނަން ސިޔާސީ ގޭމްސް ކޮންމެވެސް ވަރަކަށް. ޢަދި ރައިސް ޔާމީންވަރު ނުވިޔަސް އިކޮނޮމިކްސްވެސް. ފަޚްރުވެރި ދިވެހިން....މަންމާ..
ޢަބްދުﷲނާފިޒު
02 February 2018
އިދިކޮޅު ފަރާތްތަކުން އުފާފާޅުކުރަމުން ދަނިކޮށް ފުލުހުންވަނީ އެތަނަށް ގޮސް އެތާ އެއްވެފަ ތިބީ މީހުނަށް އަނިޔާ ކޮށްފަ، މަންޒަރުތައް އެހެރީ ފެންނަން، މިޒާތުގެ އަނިޔާ ކުރާތީ ފުލުހުންނަށް އާއްމުން އިހުތިރާމު ނުކުރަނީ، ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް މިއުއްމީދު ކުރަނީ، ވަރަށް ސަލާމް.
ރައްދެއްނޫން
02 February 2018
ބައްލަވާ ސަރުކާރުން ބުނެފައޮތީ ހުކުމަށް އިހްތިރާމް ކުރުމާއިއެކު ހުކުމުގައި ބަޔާންކޮށްފައިވާ އެންމެން މިނިވަން ކުރާނަމޭ. އެއްވެ އުޅުމުގެ ގާނޫނަކަށް ނޫނީ އިތުރު ގަވައިދަކަށްވެސް ސުޕްރީމް ކޯޓުން އެއްޗެއް ބުނެފައެއް ނެތް. ވީމާ ދެންހުރި ގާނޫނުތަކަށް ބޯ ލެނބުމަކީ އާއްމު ފަރުދުންގެވެސް ޒިންމާއެއް. އެއާއި ހިލާފުވާނަމަ ފުލުހުންވެސް އަދި ގާނޫނު ތަންފީޒުކުރާ އެހެން ފަރާތްތަކުންވެސް ފިޔަވަޅު އާޅާނެ. ވީމާ އެއްވެ އުޅުމުގެ ގާނޫނާ ހިލާފުވެގެން އާއްމުންނަށް ދަތިވާގޮތަށް މަގު ބަންދުވާގޮތަށް ކަންކަން ކުރަންޏާ ފުލުހުން އެކަން ހުއްޓުވާނެ. ވަރަށް ސަލާމް.
1828
02 February 2018
ރައްދެއްނޫން. ތިޔަބުނާ ގާނޫނަކާ ގަވައިދެއް ހެދީ ވެރިކަން ވައްޓަން ޖުމްހޫރީ މައިދާނަށް އެއްވެދާނެތީ. މިހާރު ނޫޅޭ ވެރިކަން ވައްޓާކަށް. 95% އޮތީ ވެއްޓިފައި. މިހާރު އޮތީ ރައްޔިތުންގެ ބާރު. އެހެންވީމައި ބާރުގެ ބޭނުންނުކޮށް މަގުތަކުގައި ދުއްވާ އެއްޗެހި ދުއްވަން ފުލުހުންނަށް އެއްވެފައިވާ މީހުން އެއްފަޅިއަކަށް ޖެއްސޭނެ ކޮންމެހެން ޕެޕަރ ސްޕްރޭއާ ކަރުނަ ގޭސް ނުޖެހިއެއް ކަމަކު.