ރައީސް ޔާމީން އެމަނިކުފާނުގެ ކެބިނެޓުގެ ބައްދަލުވުމެއް ކުރިއަށް ގެންދަވަނީ.
02 ފެބުރުއަރީ 2018 - 11:58
އެކިއެކި ކުށްތަކުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ރޭ ކުރި އަމުރަށް ފަހު ވެސް ވަޒީރުން ތިއްބެވީ ރައީސް އަބްދުﷲ ޔާމީނާއެކު ކަމަށް އެބޭފުޅުން ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) މިނިވަން ކުރުމަށް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ރޭ ނެރުނު އަމުރުގައި ސަރުކާރަށް ވަނީ އަންގައިފަ އެވެ.
Allah ge Heyo Rakhmathaa eku, Raees Yamin aai eku Saabithuve Eba Hurin🇲🇻
— Mohamed Saeed (@em_saeed) February 1, 2018
ރައީސް ޔާމީނާއެކު ހުންނެވިކަން ހާމަކޮށް އިކޮނޮމިކް މިނިސްޓަރު ސައީދު ކުރެއްވި ޓްވީޓް
އެ ބޭފުޅުން މިނިވަން ކުރުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާން ކޮށްފައިވާ އިދިކޮޅު 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ވެސް ވަނީ ބާތިލްކޮށްފަ އެވެ.
Islam dheenaa qaumuge haqqugai Raees Yameen kuravvamun gendhavaa ikhlaaastheri, hivvarugadha masakkai, rayyithunge furihama baiverivumaa eku kaamiyaab vaane. Haqqah nasru libigendhaane.
— Dr.Mohamed Muizzu (@MMuizzu) February 1, 2018
ރައީސް ޔާމީނާއެކު ހުންނެވިކަން ހާމަކޮ ހައުސިން މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓް
ރާއްޖޭގެ އެންމެ މަތީ ކޯޓުގެ މި އަމުރާ ގުޅިގެން، މި ސަރުކާރުގެ އެންމެ ބާރުގަދަ އެއް ވަޒީރު ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، މިއީ ހިތްވަރު ދައްކަންވީ ވަގުތު ކަމަށެވެ. އަދި އިތުރު ބަޣާވާތަކަށް ފުރުސަތު ނުދެވޭނެ ކަމަށާއި މުޅި ކެބިނެޓު ވެސް އޮތީ ރައީސް ޔާމީނާއެކު ކަމަށް ޝައިނީ ވިދާޅުވި އެެވެ.
ރައީސް އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ގައުމު ދޫކޮށް ދިއުމުގެ އެއްވެސް ވިސްނެވުމެއް ނެތް ކަމަށާއި ހުންނެވީ ރައީސް ޔާމީނާއެކު ކަމަށެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އިދިކޮޅު ފަރާތްތަކުން އުފާފާޅު ކުރަނީ-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވީި އިސްލާމް ދީނާއި ގައުމުގެ ހައްގުގައި ރައީސް ކުރައްވަމުން އަންނަ މަސައްކަތުގައި ރައްޔިތުންގެ ބައިވެރިވުމާއެކު ކާމިޔާބު ވާނެ ކަމަށެވެ. ހައްގަށް ނަސްރު ލިބިގެންދާނެ ކަމަށް އޭނާ ކުރެއްވި ޓްވީޓުގައި ވެ އެވެ،
ކޯޓުގެ އަމުރާއެކު އިދިކޮޅު ފަރާތްތަކުން އަންނަނީ އުފާާ ފާޅުކުރަމުންނެވެ. ނަމަވެސް އަމުރަށް 12 ގަޑިއިރު ވެސް އިދާރާތަކުން އެ އަމުރެއް ތަންފީޒެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލްޖިބްރާ
03 February 2018
ޔާމީނާ އެކު ތިބޭ! އެންމެ ފަހުވަގުތު ކޮޅުކެހިދީފާ ފިލާނެ ! މިހާރުވެސް ދަނީ ތައްޔާރުވަމުން !
ހޭއަރާ
03 February 2018
މިހާރު ގައުމު މިއޮތް ހާލަތުގައި ސާބިތުކަން މަތީ ރައީސާއެކު ތިއްބަވާ ބޭފުޅުން ކޮންމެވެސް ވަރަކަށް ރައީސަށް ސެންސް މޭކް ކޮށްދޭންވެއްޖެއެންނު؟ އެންމެ ފަހުން މިގައުމުގައި ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވި ވެރިއާއަށް ޖެހުނު ހާލުން އިބްރަތް ލިބިގަނެ ގޯސްކޮށް ކުރެވިފައިވާ ކަންކަމުގެ މައްޗަށް އިތުރަށް ގޯސް ނުހަދާ މިއަދުން ފެށިގެން ކަންކަން ރަގަޅުކުރަން ވިސްނަދޭނަމަ. ކަންކަން ދާންވާނެ ގޮތްކަމުގައި ހީވާ ގޮތާއި އިދިކޮޅަށް ކަންކަން ދާން ވަކި ހިސާބަކުން ދޫކޮށްލުމަކީ ބައެއް ފަހަރު ހިތްވަރުގަދަކަން ދައްކުވައިދޭ ކަމެއް. ގޮތްދޫނުކުރުމުގެ ލާމަސީލު ނަމޫނާއަކަށްވެ ހުރެ ކުރިހާ މަސައްކަތް ފެނަށްވެ ހުރިހާ އެއްޗެއް ގެއްލުމަކީ މާ ދެރަގޮތެއް.
ޖަންބޯ
02 February 2018
ޖެންޑަރ މިނިސްޓަރު ހުންނެވީ ރައީސް ޔާމީނުއާ އެކުގަބާ؟ އެކަމަނާގެ ހަބަރެއްވެސްނުވޭ!!!
އަބްދުއްލާ
02 February 2018
ސްޕްރީމް ކޯޓުގެ ހުކުމަކުން އެއްވެސްމީހެއްގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލް ކޮށްފައެބައޮތްތަ ؟މައާފްދިނުމާ އަދަބު ލުއި ކުރުމުގެ ގާނޫނު އުވާލީ ތަ ؟ ސަރުކާރުން ގާނޫނާ ހިލާފު ކަމެއްކުރަން އެއްވެސްފަރާތަކުން އަމުރުކުރެވިދާނެތަ؟
އަޖީތު
02 February 2018
އަބްދުއްﷲ ގާޒީ ކޯޓުން ދޫކޮށްލަން ހުކުމް ކުރުމުން ދޫނުކޮށް ބަންދުކޮށްފައި ބަހައްޓަައިގެން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ 13 އަހަރުގެ ހުކުމެއް އައިކަމަށް ވަންޏާ، ސުޕްރީމް ކޯޓުން ދޫކުރަން އަމުރުކޮށްފައިވާ 9 މީހަކު ބަންދުގައި ބަހައްޓައިގެން ޓެރަރިޒަމް އަށް ނުފެތޭނެ އެއްވެސް ގޮތެއް އޮންނާނެ ތޯ؟
މަމުއިޒް
02 February 2018
ތިޔަ ސަރުކާރުން ކުރާ ކަންކަމުގައި ބައިވެރިވާނެ ރައްޔިތުންނެއް މިގައުމަކު ނުތިބޭނެ. ތީ ހަޑި މުދުދާރު ޢަމަލުތައް ކުޅަދާމނަ ނުވާވަރަސް ހިންގާ ސަރުކާރެއްކަން ރައްޔިތުންނަށް ވަނީ ސާބިތުވެފައި
މިނިސްތަރުން
02 February 2018
އަލެފަހެ މިނިސްތަރުން އެކަނި ތިބެގެން ކޮންކަމެއްތޯ ކުރެވޭނީ؟؟؟؟؟؟؟
އަލީ.
02 February 2018
ޔާމިނާ އެކުނުތިބެ ރައްިތުންނާއެކު ތިބެބަލަ ކޯޓުއަމުރު ތަންފީޒުކުރޭ
ޑާޑާޑާޑާ
02 February 2018
މިތިބީ ސާބިތުކަންމަތީ ރައީސް ޔާމީނާއެކު ކަމަށް މަމެންގެ މިނިސްޓަރުން ވިދާޅުވުމުން މިހާރު ރަންރީނދޫ ޓްވިޓަރޭ މެންނަށް ހުންނާނެ ރަނގަޅަށް ރާކަނި މަސްކެވިފައި ދޯ. އިޓް ޑަޒް ސީމް ޓު މެޓަރ އެން އިޓް ޑަޒް ސީމް ޑެޑް ސީރިއަސް ޓު މީ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ..
ދިރާސަތުލް
02 February 2018
ވަރަށް ފިނޑި ބައެއް