ރައީސް ޔާމީނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު.---ފައިލް ފޮޓޯ: ރައީސް އޮފީސް
04 ފެބުރުއަރީ 2018 - 01:16
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރަން އަދި އިސްތިއުފާ ދެއްވަން ވެސް ސަރުކާރުން ހުށަނާޅާ ކަމަށް އެ ދެ ބޭފުޅުންގެ ފަރާތްޕުން ވާހަކަ ދެއްކެވި ބޭފުޅަކު މިރޭ ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ފަރާތްޕުޅުން ވާހަކަ ދެއްކެވި ފަރާތުން އެހެން ވިދާޅުވިއިރު، އުއްތަމަ ފަނޑިޔާރު ހައްޔަރުކުރަން އުޅޭ ކަމަށް ބުނެ ގިނަ ބަޔަކު މިރޭ ވަނީ އެމަނިކުފާނުގެ ގެކޮޅު ކައިރިއަށް އެއްވެފަ އެވެ. އެކަމަކު ފުލުހުން ބުނީ، އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް ފުލުހުން ވަދެ އެމަނިކުފާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުނެ މީޑިއާގައި ހިއްސާ ކުރަމުން ދަނީ ދޮގު މައުލޫމާތެއް ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކުރުމަށް އުޅޭ ކަމަށް ބުނެ ފެތުރުނު އަޑާ ގުޅިގެން އެ ސަރަހައްދަށް އެއްވި މީހުން ފޮނުވާލުމަށް ފުލުހުން މިރޭ ހަރަކާތްތެރިވަނީ.---ފޮޓޯ: މިހާރު
އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ފަރާތްޕުޅުން ވާހަކަ ދެއްކެވި ފަރާތުން ވިދާޅުވީ އެ ދެ ބޭފުޅުން ވެސް ތިއްބެވީ ހެޔޮ ހާލުކޮޅުގައި ކަމަށެވެ.
"އެ ދެ ބޭފުޅުން ވިދާޅުވީ ހައްޔަރުކުރާކަށް ވެސް ނޫޅޭ ކަމަށް. އިސްތިއުފާ ދެއްވުމަށް ވެސް ހުށަހެއް ނާޅައޭ،" އޭނާ ވިދާޅުވި އެވެ.
މި ކަމާ ގުޅޭ ގޮތުން، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ސީދާ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒައީމު
04 February 2018
އެއްވެސްކޯޓަކުން ހުކުމެއްކޮށްފައިވާމީހަކު ދޫކޮށްލެވޭނީ އެހުކުމެއް ކޮންމެވެސްކޯޓަކުން ބާތިލް ކުރީމާ. 5ފަނޑިޔާރުންނަށްވެސް މިފަހަރު ތިއެޅުނީ ޅައެއްޗެއް. ހުކުމްބާތިލްނުކޮށް ކުށްވެރިންތަކެއް ދުލެއްނުކުރެވޭނެ. ގޮނޑި ގެއްލޭނެކަމަށް ކުރިހުކުމް ބާތިލް ކޮށްފާ ގޮނޑި ނިގެއްލޭނެކަމަށް ކުރިހުކުމް ރަންގަޅު.
ކައުންސެލަރު
04 February 2018
މިހާރު އަލީހަމީދުވަރެއްނެތެވެ. އެއްދުވަސްވަރެއްގައި ޖަނގިޔަލެއްގެވާހަކައިން އެމް.ޑީ.ޕީ މީހުން އުޅުނީ ނުނެއްޓެވިގެނެވެ. މިއަދު އެހެންތޯއެވެ. އަލީހަމީދުވަރެއްނެތެވެ. ސްޕްރީމް ކޯޓްވަރެއްނެތެވެ. ކީހާޅެން ފަރިއްސަށްވެ ނިމުނީއެވެ. އެމް.ޑީ.ޕީގެ ނުބައިމުން އަޅަމެން ސަލާމަތް ކުރައްވާށިއެވެ.
ހައްޤުބަސް18
04 February 2018
ކަލޯ މެންނަށް ވެސް މިހާރު ސުޕުރީމު ކޯޓު ކަޑަ އަލީހަމީދުވެސް ކަޑަ.. އެއް އިރެއްގަ ދެން މާ ކޯޓުވެގެން ކޯޓު އަމުރޭ ތަންފީޒޭ ގޮވާ ހަޅޭ ލެވި މިއަދު ކޮބާތޯ؟ ކޯޓު ގޯސްވީ އަމުރަށް ތަބާވާންޖެހޭކަމަކަށް ވެސް ނުވޭ.. ކީއްވެތަ އެއްކޮޅު ތިޔަ ފެންނަނީ؟ އަމިއްލަ ނަފްސަށް ވެފަ ހުރި ގިތް ވިސްނާލަބަލަ އޭރުން މި ވާނުވާ ސާފުވާނެ.. އިންސާނީ ތަބީއަތްކަން އެނގޭނެ
ޖޭކޭ
04 February 2018
ހަމަ އެގޮތް ކަލޭމެންވެސް.
މަހްމޫދު
04 February 2018
ފަނޑިޔާރުން ނެރުނު ހުކުމްގައި ކުރައްވާފައިވާ ސޮއާއި ކުރިން ސުޕްރީމް ކޯޓުން ނެރިފައި ހުރި ލިޔުންތަކުގައި ހުރި ސޮއަށް ބަލައިލީމާ ވަރަށް ސާފުކޮށް އިނގޭ މި ހުކުމަކީ އެބޭފުޅުން ސޮއި ކޮށްގެން ނެރުނު އަމުރެއް ނޫންކަން
އާމިރު
04 February 2018
ސޮއި ވައްތަރު. އަވަސް އަރުވާލާފަ ކޮށްފަ އިނީ. ސަބަބަކަށްވީ އަމުރު ނެރުމުގެ ކުރިން ސކ އިސް މުވައްޒަފެއް ގެންގޮސް ބަންދުކޮށްގެން އަމުރާ ބެހޭ މައުލޫމާތު އޮޅުން ފިލުވިކަން އެނގިގެން އެކަމާމެދު ވަގުކޮށް، ބޮނދާއޮވެ، ފިޔަވަޅެއް އަޅާފާނެކަން އެނގުމުން އެކަން ކުރުމުގެ ކުރިން އަވަހަށް އަމުރު ނެރެން ޖެހުން. އިންޓެލިޖެންސަށް ލާފަ ހުރި ޕޮލިސް މީހާ ހެކިވާނެ މިކަމަށް
އިކްރާމް
04 February 2018
މިއުޅެނީ ޙުކުމް ތަންފީޒުކުރަންވެގެން. އެގޮތުން ފަނޑިޔާރުންނާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހައްޔަރުކުރުމާއި، ކުރީގެ ރައީސް މައުމޫންވެސް ހައްޔަރުކުރާނެ. އެއަށްފަހު ދެންތިބިބަޔަކުވެސް ހައްޔަރުކުރާނެ. ވާނީ އެހެންނޫންތޯ ދިވެހިފަސްގަނޑުގައި އެއްވެސް ޙައްޤެއް ލިބެން ނުޖެހޭބަޔަކު ޖަލުން މިނިވަންކުރެއްވުމަށް ޙުކުމްކުރީމާ. ތި ޙުކުމް ރަނގަޅަށް ތަންފީޒުވަމުންދާ މަންޒަރު އެބަފެނޭ.
ނުވާނެއޭ
04 February 2018
ހައްޔަރު ކުރަން ނޫޅޭ އިސްތިއުފާ ދޭކަށް ހުށައެއް ނާޅާ ކަމަށް ސްޕްރީމް ކޯޓުގައި ތިބި އެންމެ ދެކުނު ވިންގް އަށް ނިސްބަތް ވާ ދެ ފަނޑިޔާރުން އަމިއްލަ އަށް ބުނި ނަަމަވެސް ތަމެން އަމިއްލަ އަށް ފެނިގެން އިސްތިއުފާ ދޭން ޖެހޭނެއޭ. ސަބަބަކީ ތަމެން އަމިއްލަ އެދުމުގައި ކަޓް ކާލައިގެން ނެރުނު އަމުރަކީ އެއީ ދަ ނަހަލާލު އަމުރު ކަމަށް ވާތީވެ ޓެކްސްޕޭޔަރ މަނީ މިކަމުގައި ވޭސްޓް ވުން ނޫން ދެން ކޮން ކަމެއްތޭ އޮތީ. ކިތައް މިލިއަން ބަރާ ކޮށްލެވުނުތޭ ސްވިސް ބޭންކްގެ އެކައުންޓަށް.
މެންޓަލިސްޓް
04 February 2018
އެހެންދެއްތޯ ،،،، ސިޔާސީގޭމްގައި ހުންނާނެ ވަރަށް ވާހަކަ ،،،، އެއްބައި ތެދުދޮގަށް ބަދަލުކުރަންޖެހޭ ހާލަތްތަކާޢި ،،،، އެޖްސެސް ބެގޭޖް އުޅޭނެ ،،،، ޑިސެޕްޝަންއާޢި ޑައިވާރޝަން އާޢި ފޯލްފްލެގް އޮޕަރޭޝަންސް ތައްހުންނާނެ ،،، އެއީ ޕޮލިޓިކްސް ކިޔާގޭމްގެ މައިގަނޑު ބައިބައި ،،، އެކި މީޑިޔާޢިންވެސް އެއްވާހަކައެއް ގެނެސްދޭނީ އެކިގޮތަށް ،، ޓްވިސްޓްކުރުމާއި ބަސްތަށް އޮޅުވާލައި ރައްދުވާ ފަރާތާއި ލިބިގަންނަ ފަރާތްވެސް އޮޅޭ ހިސާބަށް ދުއްވާލާނެ ،،، އެކަންކަން ދެނެގަނެގެން ޕްލިޓިކްސްތެރޭ އުޅެވޭނީ ،،، ކުރިކެޓް ކުޅޭއިރު ބޯލްގާޑް އަޅައިގެން ކުޅޭހެން ،،، ޕޮލިޓީކްސްގއިވެސް ގާޑްއަޅައިގެން އުޅެންވާނީ ،،،، އެއީ ވަރަށްޒާތެއްގެ ގޭމެށް ،،،، މައައްސަލާމާ
އެޑްމުންޑޯ
04 February 2018
މަޚްލޫފްމެންގެ ނުބައި ދުލުން މިގައުމު ސަލާމަތްކުރައްވާށި ، އެމްޑީޕީގެ ލާދީނީ ފިކުރުން މިގައުމު ރައްކާތެރިކޮށް އަމާން ކުރައްވާށި ، އާމީން
ބަސް
04 February 2018
ގައުމު ހަމަ މަގަށް އެޅުވުމަށް ކުރަންޖެހޭ ކަންކަމުގައި ފަސްޖެހިގެން ނުވާނެ.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
04 February 2018
އަދިވެސް ފަނޑިޔާރުންތޯ އިސްތިއުފާ ދެއްވަންވީ ؟؟! ފަނޑިޔާރު ކުރެއްވި ހުކުމް ޤަބޫލުނުކޮށް ގަދަދައްކާމީހާ ހިފާހައްޔަރު ނުކުރަންވީ ކީއްވެ؟! ބޭހާއި ނުކުޅޭތި ބަނޑި. ނޭގިހުއްޓާ އަނދައިދާނޭ... އޭމަކޮޔާ ފިހިދާނޭ.
ކަރުންމަތީގެ ޑޮކްޓަރު
04 February 2018
އުއްތަމަ ފަނޑިޔާރާއި އަލި ހަމީދުމެންނަށް ހެޔޮވިސްނުން ދެއްވާށި. ގައުމު މިހާލަތަށް ވައްޓާލި ކަމުގެ ޒިންމާ ތިބޭފުޅުން ނަންގަވަންޖެހޭނެ. މަދު ލަރިކޮޅަކަށް ތިބޭކަލުން ވިކިގެން ނުވާނެ. މިއަދު ދޫކޮށްލަން ތިޔަ ގޮވާލައްވާ މީހުންގެ ތެރޭގައި ތިބޭފުޅުންގެ ތެރެއިން ފަނޑިޔާރަކު ވަގަށް ނެގި މީހާ އާއި ޓެރަރިސްޓް އަމަލެއް ހިންގާ ނުވިތާކަށް ރައްޔިތުންގެ މިލިކިއްޔާތުން އެތައްމިލިއަން ފައިސާއަކަށް ޚިޔާނަތްތެރިވި މީހާ އެބަ ހިމެނޭ. އެމީހުންނަށް ހުކުމް ކުރެއްވީ ވެސް ހަމަ ތިޔަ ބޭފުޅުންނޭ އިނގޭތޯ. މިއީ ސިޔާސީ ކުށްވެރިންތޯ؟؟؟ މި މީހުންގެ ހަމަ އެއްވެސް ކުށެއްނެތި މުޖުތަމައަށް ނެރެންވީތޯ.. ވިސްނާ ވަޑައިގެން މިއަށް ޖަވާބެއް ދެއްވަފާނަންތޯ..