ސަލާމަތީ ބާރުތަކުން ސުޕްރީމް ކޯޓަށް ވަންނަން މަސައްކަތްކުރަނީ. -- ފޮޓޯ: މިހާރު
08 ފެބުރުއަރީ 2018 - 08:34
ސުޕްރީމް ކޯޓުން ނެރުނު އަމުރުތަކަކާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ކުއްލި ހާލަތު އިއުލާނު ކުރައްވައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި މައްސަލާގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް މިއަދު ބާއްވާނެ ކަމަށް ޑިޕްލޮމޭޓުންނާ ހަވާލާދީ އޭއެފްޕީން ބުނެފި އެވެ.
އޭއެފްޕީން ބުނީ މިއީ ސިއްރު ބައްދަލުވުމެއް ކަމަށާއި މި ބައްދަލުމަށް އދ.ގެ ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމަންޓުން ރާއްޖެއާ ބެހޭ ރިޕޯޓެއް ހުށަހަޅާނެ ކަމަށެވެ.
ހުކުމް ތަންފީޒުކުރަމުން ގެންދާ ސިޔާސީ ނުވަ މީހަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މި މަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ނުކޮށް ރައީސް ޔާމީން ވަނީ ކުއްލި ހާލަތު އިއުލާން ކުރައްވައި ސުޕްރީމް ކޯޓާއި ފަނޑިޔާރުންނާއި އާންމުންގެ ބައެއް ހައްގުތައް ހަނިކުރައްވައިފަ އެވެ. ކުއްލި ހާލަތު އިއުލާން ކުރެއްވުމަށް ފަހު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އަލީ ހަމީދުގެ އަނބިކަނބަލުންނާއި އެ އާއިލާގެ ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ވަކި ބަޔަކު ބުނާ ގޮތަކަށް އަމުރު ނެރުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދު ވަނީ ރިޝްވަތުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ނަގައިފަ އެވެ. ފުލުހުން ވަނީ މި ބޭފުޅުންގެ މައްޗަށް، ރިޝްވަތު ހިފުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުކޮށްފަ އެވެ.
ރާއްޖޭގެ މައްސަލާގައި އދ.ގެ އެންމެ މަތީ ފެންވަރުގައި މަޝްވަރާ ކުރަން މި ފަށަނީ ކުއްލި ހާލަތު ވަގުތުން އުވާލައި ކޯޓުތަކުގެ ނިންމުންތަކަށް ތަބާވުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަނެޒް ގޮވާލައްވާފައި ވަނިކޮށެވެ. އަދި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ވެރިޔާ ވެސް ވަނީ ކުއްލި ހާލަތު އިއުލާނު ކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީ ހަލާކުކޮށްލުމުގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތުން
09 February 2018
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރު ކޮށް ސަސްޕެންޑްކުރާމާއްދާ ބޮޑުހުކުމުން ބާރު ކަޑުވާލީއޭ. އެހުކުމް ކިޔާބަަލަ. އިންސާފު ލިބޭނެ ދޮރު ބަންދު ކޮށްފަ އޮތީ. އޭގެއިތުރައް އެއަމުރުން ދޭހަވާއަނެއް ކަމަކީ. އެއަމުރު ނެރުން ގޮތަށް އެހެން އެތަށް އަމުރެއް ނެރެދާނެ. 1 ފަހަރު މިފަނޑިޔާރުންނަށް ބާރުދިނީމަ ދެން މީހުންގެ ގެދޮރާ މުދަލާ އަނބިދަރިން ވެސް އަމުރުތަކުން މިމީހުން ބޭނުންގޮތަކަށް ނަގާ އަނބުރަން އެބާރު އެދެވެނީ ދޮތްތޯ? ގާނޫނުގަ ނެތް ސުޕްރީމް ކޯޓުން ހުކުމް ކުރުމަށް ފަހު ދެން ސުޕްރީމް ކޯޓަށްވެސް އެ ހުކުމް ބަދަލުކުރެވޭނެ އެއްގޮތެއްވެސް
ފާތުން
09 February 2018
ދެންބަލާލަބަލަ ބަޤަރާތް ސޫރަތުގެ5 ވަނައާތަތުން 13 ވަނަ އާޔަތަށް. އިސްލާހުކުރަން ނުކުމެ މިއުޅޭ މީހުންގެ ޑެފިނިޝަން ﷲ ތައާލާ މީގެ 14 ސަތޭކައަހަރު ކުރިން އަހަރެމެންނަށް އަނގަވާފަ އެބައިން
އަށްޑޫ މީހާ
09 February 2018
ކޮންމެ ތަނަކުން ބަޔާނެއް ނެރުނަސް މިރާއްޖެޔަކުން ތިޔަ ބަޔާނެއް ބަލައެއް ނުގަންނާނެވާހަކަ ބުނެލަން.
9876
08 February 2018
ދެން ހާސްކނޑާލާ އިސްލާމީ ގައުމުތަކުގަ ޑިމޮކްރަސީ ނަަހއްޓާދޭ ބައެއް އދ އަކީ. މެދުއިރުމަތިންފެންނާނެ އެކަން
އަންންނި
08 February 2018
ކޯލިޝަނުން ކިހާވަރެއްދީގެން ކޮމެންޓް ތިކުރަނި
ނިކަމެތިން
08 February 2018
މިކަންކުރަން މާލަސްވެސް ވެއްޖެ
ފަރާ
08 February 2018
މިއީ ގައުމު އިސްލާހު ކުރުމުގެ ނަމުގަ ގައުމުގައި ފިތުނަ ފަސާދަ އުފެއްދުމުގެ ނަތީޖާ.
ދީމާ
08 February 2018
އެރިޕޯޓް ވަރަށް ފުރިހަމަވާނެ، އެރިޕޯޓްވާނީ ހުކުރުމިސްކިދަކަށް ހުކުރަށް ދިޔަފަދަކޮށްފަ، ބަލަން ތިބޭތި
ޗޮއް
08 February 2018
އެންމެ ފަހު ކާޑަކަށް މިވީ ރައްޔިތުންގެ ބާރު އެްކޮށް ފުނޑާލާ ވަޅުލުން ދޯ. އެހެންތާ ވާނީ ރައްޔިތުން ނުރުހުނިއްޔާ ލެޖިޓިމޭސީ ގެއްލުނީމާ ދެން އޮންނާނީ މުލައްދަޑިތާ ހޮހޮޅައިގެ ޒަމާންގޮތަށް. މީތި ރަގަޅުވާނީ އަދި ލައްކަ ދުވަހުން.
ބެއްޔާ
08 February 2018
10
މެންޓަލިސްޓް
08 February 2018
މީހަކުބުނިއަޑުއެހީން 3 ވަނަ ބޮޑުހަނގުރާމަ ފެށޭނީ އިންޑިޔަން އޯޝަންތެރޭންކަމަށް ،،،، އެއޯޝަންގެ މެދުދެތެރޭން އުފެދޭ ސައިކޯ ކޮންޝަޝްނަސް އިންކަމަށް ،،،، އދ ގެ ސެކިއުރިޓީކައުންސިލްއިން ރާއްޖޭގެ މައްސަލާގައި ބަހުސްކުރާ ހިސާބުން ،،،، ޔޫއެސްގެ ވައިޓްހައުސްއިން ނެޝަނަލް ސެކިއުރިޓީކައުންސިލް އިން ބަޔާންނެރޭހިސާބުން ،،،،، އެވަނީ ކީއްކަން ވިސްނާލަން އެބަޖެހޭ ،،،، ފައިސާގެ ދަހިވެތިކަމުގައި ވަޒީފާގެ ބޭނުމުގައި ގައުމު އޮޅާލީމައި ވާނެ ހަތަރެތި މިވަނީ ،،،، ކާކީ ޔުނިފޯމްއެއް ލައިގެން ތިމަންމީ ކިންގޭ ހިތައްއެރިއަސް އިސާހިތަކު ހަމަބިމަށް ތިރިވެ އަދި ބިންގަނޑުގެ އަޑިއަށް ވިރިގެންދާނެ ،،، ޔުނިވާރސަލް ލޯ ،،، ކާރމާގައި ޖެހޭނެ ،،،، އެއީ ވަރުގަދަ ފޯސްއެއް ،،، މައައްސަލާމާ
ސުޖާ
08 February 2018
މެންޓަލިސްޓް ރަނގަޅު ވާކައެއްތީ