ޚަބަރު / ރާއްޖެ ޓީވީ

މިނިވަން ނޫސްވެރިކަމެއް ނެތުމުން ރާއްޖެ ޓީވީ މެދުކަނޑާލައިފި

ރާއްޖެ ޓީވީގައި މަސައްކަތް ނޫސްވެރިން ކޯޓު ކައިރީގައި. - ފައިލް ފޮޓޯ

މުވައްޒަފުންނަށް ލިބެމުން ދިޔަ އިންޒާރުތަކުގެ ސަބަބުންނާއި ފުލުހުން ރާއްޖެ ޓީވީ އަށް ދެމުން ދިޔަ ހިމާޔަތް މެދުކަނޑާލާފައިވާތީ، މިނިވަން ނޫސްވެރިކަމަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެ ރާއްޖެ ޓީވީގެ އާއްމު ބްރޯޑްކާސްޓިން މި ރެ އިން ފެށިގެން މެދުކަނޑާލައިފި އެވެ.

އެ ޓީވީން އެންމެ ފަހުން ދައްކާފައިވަނީ، އިދިކޮޅު އެމްޑީޕީ ހަރުގޭގައި މިރޭ ބޭއްވި އެއްވުމުގެ ހަރަކާތެވެ. އެ ކަވަރޭޖަށް ފަހު ރާއްޖެ ޓީވީގެ ސްކްރީނަށް އަރުވާފައިވާ މެސެޖުގައި ބުނެފައިވަނީ ޓީވީގެ މުވައްޒަފުންނަށް ކެނޑިނޭޅި ލިބެމުން ދިޔަ އިންޒާރުތަކާއި މީީޑިއާތަކުގެ ހިދުުމަތް، އިންޒާރެއް ނެތި ވަގުތުން ހުއްޓުވާނެ ކަމަށް އެމްއެންޑީއެފުން އަންގާފައިވާތީ އާއްމު ބްރޯޑްކާސްޓިން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

"މިނިވަން ނޫސްވެރިކަމުގެ މާހައުލެއް ނެތުމާއި، ރާއްޖެ ޓީވީ އާއި ރާއްޖެ ޓީވީގެ މުވައްޒަފުންނަށް ކެނޑިނޭޅި އިންޒާރުތައް ލިބެމުން ދިއުމާއި ފުލުހުން ރާއްޖެ ޓީވީ އަށް ދެމުން ދިޔަ ހިމާޔަތް މެދުކަނޑާލާފައި ވާތީ އާއި، މީީޑިއާތަކުގެ ހިދުުމަތް އިންޒާރެއް ދިނުމެއް ނެތި ވަގުތުން ހުއްޓުވާނެ ކަމަށް އެމްއެންޑީއެފުން އަންގާފައިވާތީ ރާއްޖެ ޓީވީގެ އާއްމު ބްރޯޑްކާސްޓިން މެދުކަނޑާލި ވާހަކަ ދަންނަވަމަވެ،" އެ މެސެޖުގައި ވެ އެވެ.

މީގެ ހަތް އަހަރު ކުރިން އުފެއްދި ރާއްޖެ ޓީވީ އަށް މީގެ ކުރިން ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އެގޮތުން 2013 ވަނަ އަހަރު އެ ޓީވީ ސްޓޭޝަންގައި ރޯކޮށްލާފައިވާ އިރު އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން، މިހާތަަނަށް އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައި ވަނީ ވެސް ރާއްޖެ ޓީވީ އެވެ.

އެ ޓީވީ ސްޓޭޝަންގެ އާއްމު ބްރޯޑްކާސްޓިން މެދުކަނޑާލި އިރު، ގައުމުގައި ފިތުނަފަސާދަ އުފައްދަމުންދާ ކަމަށް ބުނެ ރާއްޖެ ޓީވީ ބަންދުކުރުމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިދިޔަ އާދިއްތަ ދުވަހު ގޮވާލައިފަ އެވެ.

47 ކޮމެންޓް, 305 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 69%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދު.

09 February 2018

ތިޔަ ޓީވީއެއް ހުއްޓުވުން މާލަސްވެއްޖެ... މިރާއްޖެ ހަލާކުކުރުމުގެ އެއް އަސްލު ތި ޓީވީއަކީ

The name is already taken The name is available. Register?

މާރިޔާ

09 February 2018

ތިމީހުން މިނިވަން ކިޔަނީ ހަމައެކަނީ ދެބައޮޑުވުމާއި ނުރައްކަލަށް ގޮވާލުމަށް. އެމްޑީޕީގެ ޕްރޮޕޮގެންޑާ ފެތުރުމަށް

The name is already taken The name is available. Register?

ވިސްނާމީހާ

09 February 2018

ތިޔަތަނުން ނޫސްވެރިންނަށް މާހައުލެއް ނެތްކަމަށް ބުނާއިރު ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ކުރިޔަށް ގެންދިޔަ ޔަގީން ތިޔަކަމުގައި ފޮރުވިފައިވާ ސިއްރެއްވާނެ ނަޝީދުގެ ސްޓަންޓެއް ތީ

The name is already taken The name is available. Register?

ސަަބަސ76

09 February 2018

މަވަރަށް ދެރަވެއްޖެ

The name is already taken The name is available. Register?

ޢަހޫ

09 February 2018

ޕީއެސްއެމް އުވާލާ. ޕްރޮޕެގަންޑާ މެޝިނެއް. ހުޅުމާލެ އޭސީ ފެރީއަށް އަރައިފިއްޔާ ބޯހަލާކު. އެއޮށް ފަތުރާ ދޮގުމައުލޫމާތުން

The name is already taken The name is available. Register?

ދަހާ

09 February 2018

ވަރަށް މިސްވޭ ހޮޕް ޓް ސީ ޔޫ އޯލް ސޫން

The name is already taken The name is available. Register?

އަޙްމަދު.

09 February 2018

ރާއްޖެ ޓިވީއޭ ކިޔާތަން ބަދުންދު ކުރެވިގެން ދިޔައީތީ ﷲ حمد ކުރަން الحمدالله

The name is already taken The name is available. Register?

ހަސން

09 February 2018

މީ އުފާވެރި ހަބަރެއް، މީ ފިތުނައިގެ ޗެނަލްއެއް. ރިޕޯރޓްތައް ހަދައިގެން މީހުންގެ ހިތަށް ވަސްވާސް ވައްދާ ފިތުނަކޮށްފި.

The name is already taken The name is available. Register?

ގުޑް ޑޭ

09 February 2018

އުފާވެރި ޙަބަރެއް... ތިއީ ބޮޑު ސެކިއުލާރ، ޕްރޮޕެގަންޑާ ފަތުރާ ފިތުނައެއް...

The name is already taken The name is available. Register?

Thhhk

09 February 2018

ޜާއްޖެޓީވީއަށް މީހުންގެ އަބުރު ހިފެހެއްޓެންޏާ މިރާއްޖޭގަ ތިބޭނީ ހުސް އަބުރުވެރިން .ވަށްކަން ކުރާ ވާހަކަ ދަށްކައިގެން ވަށްކަން ހުއްޓުވެންޏާ އެކަން ކުރަން ޖެހޭ. ތަމެން ނަށް އެކަން ނޭގެން ޏާ ކިޔެވީ ކޯއްޗެއްތަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454