އިދިކޮޅު މެމްބަރުންނާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ބައެއް މެމްބަރުން ވެއްޓިފައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު
15 ފެބުރުއަރީ 2018 - 13:50
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މަޖިލީހުގެ އިދާރާ އަށް ވަދެވަޑައިގަންނަވަން އުޅުއްވުމުން ސިފައިންނާއި ފުލުހުން ހުރަސްއެޅުމުން ހިނގި ކުރިމަތިލުމުގައި ބައެއް މެމްބަރުންނަށް އަނިޔާވެއްޖެ އެވެ.
މަޖިލީހަށް ވަންނަން އުޅުނު މެންބަރުން މަޖިލީހުގެ އާ އިމާރާތުގެ ކަންމައްޗާ ހަމައަށް ފުލުހުން ފަހަތަށް ޖެއްސުމާ އެކު މެމްބަރުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުން ހިނގައި ބައެއް މެމްބަރުންނަށް އަނިޔާވެ، ބައެއް މެންބަރުން ބިންމައްޗަށް ވެއްޓުނެވެ.
އޭގެ ތެރެއިން، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދާއި ތޮއްޑޫ ދާއިރާގެ އިބްރާހިމް ހަސަނަށް ފަރުވާ ދޭން އެމްބިއުލާންސްގައި އޭޑީކޭ އަށް ގެންދިޔަ އެވެ. ނަމަވެސް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ނުލިބެ އެވެ.
އިދިކޮޅު މެމްބަރުންނާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ބައެއް މެމްބަރުން ވެއްޓިފައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވީ މެމްބަރުންނަށް އަނިޔާވީ އެ މެމްބަރުން ވެއްޓުނު ވަގުތު ބައެއް ފުލުހުން މެމްބަރުންގެ ގައިމައްޗަށް ވެއްޓުމުން ކަމަށެވެ.
"ތިނަދޫ މެމްބަރު އަބްދުﷲ ނޭވާ ނުލެވިގެން އުޅުނު ތަން އަޅުގަނޑު ދުށިން. ހޮސްޕިޓަލަށް ނުދިޔަސް އަޅުގަނޑު ބޮލަށް ވެސް ވަނީ އަނިޔާވެފައި،" މުހައްމާ ވިދާޅުވި އެވެ.
އިދިކޮޅު މެމްބަރުންނާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި އަނިޔާވި މެމްބަރު އަބްދުﷲ އެމްބިއުލާންސްގައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު
މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ފެށުން ލަސްވާ ސަބަބު ހޯދަން މަޖިލީހުގެ އިދާރާ އަށް ވަދެވަޑައިގަތުމަށް މިދިޔަ ތިން ދުވަހު ވެސް އިދިކޮޅު މެމްބަރުން ވަނީ މަސައްކަތް ކުރައްވައިފަ އެވެ. އެކަމަކު ސިފައިންނާއި ފުލުހުން އެ މެމްބަރުންނަށް ކޮންމެ ދުވަހަކު ވެސް ހުރަސްއަޅަ އެވެ.
ބައެއް މެންބަރުން އިއްޔެ މަޖިލީހުގެ އިދާރާގެ ފާރު މަތިން ފުންމާލައިގެން އެތެރެއަށް ވަދެވަޑައިގެންނެވި ނަމަވެސް ސިފައިން ވަނީ އެ މެމްބަރުން އުފުލާލައިގެން ބޭރަށް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނުބެ
16 February 2018
އަނިޔާވާލެއް ކުޑައީ!! ގައުމު ޚަރާބުކުރަން އުޅޭ މީހުންތީ!!! ކޮރަޕްޝަންގެ ހުތުރު ފައިސާއިން ފުރަތަމަ ނަފްސު ތާހިރުކުރެވޭތޯ ބަލާ!!
ރިޝީ ކަޕޫރު
15 February 2018
ނަޝީދު ޖަހާ ބެރަށް ނަށާލަ ނަށާލަ ތިބޭ. ނަޝީދުގެ ނުލަފާ ރޭވުންތަކުން ދިވެހި އުއްމަތް ސަލާމަތްކުރައްވާނދޭވެ
ދޮންމަނިކުބޭބެ
15 February 2018
ތެޅިފޮޅޭވަރަކަށް ދާނީ ހުޅުބު. ބައިތިއްބާ. މަޖިލިސް ހުޅުވަންވީމާ އިއްޒަތްތެރި މެމްބަރުންނަށް އަންގާނެ. އަންގަންދެން މަޑުންތިބޭ. ފޭކު ސްޓަންޓް ޖައްސައިގެން ފޮޓޯނަގާ ޓުވީޓު ކުރިއަސް ކަހަރުވަކެކޭވެސް މަމެން ހިތަށް ނާރާނެ
ޒާހިރު 1
15 February 2018
ފޭކު ފޮޓޯ ސްޓަންޓް
ާއަފުން
15 February 2018
ތިޔައީ ޑްރާމާ ކުޅުއްވާ މެންބަރުން. ތިޔައުޅުއްވަނީ ވެރިކަން ނުލިބިގެން ހިތަށް އަނިޔާވެގެން.
ކަމަނަބޭ
15 February 2018
ތިޔަ ޑުރާމާ ބަލާ ދިވެހިންވެސް އަދި ފަރންޖީންވެސް ފޫހިވެއްޖެ...
މުސްތޮފާ ތިމަރަފުށި
15 February 2018
ވަރަށް މޮޅު އެކްޓަރުންތަކެއް. މާރަނގަޅުވާނެ މަޖިލިހަށް ވަންނަން ނޫޅެ ފިލްމް ކުޅެން އުޅުނިއްޔާ. މިހާރުވެސް ނިދަން ތިވަންނަނީ އިރުއަރާފަހުން ވިިއްޔާ މަގުމަތީ ސަކަރާތް ޖަހަޖަހާފަ. މިހާރުވެސް ފޮޓޯ ނަގަން ވެގެން އެކްޓް ކުރަނީ މިމީހުން.