ޑިސްޓިބިއުޝަން ފޮށީގައި ރޯކޮށްލުމުން ބޭނުން ނުކުރެވޭ ވަރަށް އަނދާފަ-- ފޮޓޯ: އެމްއެންޑީއެފް
18 ފެބުރުއަރީ 2018 - 13:52
މާލޭގައި ބަހައްޓާފައި ހުރި ކަރަންޓު ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އަލިފާން ރޯކޮށްލި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ކުރީގެ ބާ އިންޖީނުގެ ކައިރީގައި ސްޓެލްކޯ އިން ބަހައްޓާފައި ހުރި ޑިސްޓްރިބިއުޝަން ފޮށީގައި މިދިޔަ ބުދަ ދުވަހުގެ ރޭ ފަތިހު ރޯކޮށްލި މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފައިވާއިރު، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
UPDATE: Distribution fosheegai roakolli massalaagai 2 meehaku hayyarukoffi: Police
The most trusted news source in the Maldives
Mihaaru
ޑިސްޓިބިއުޝަން ފޮށީގައި އަލިފާން ރޯކޮށްލުން..
ފާށަނާކިލެގެފާނު މަގުގައި ހުންނަ ސްޓެލްކޯގެ އިލެކްޓްރިކް ސަބް ސްޓޭޝަންގެ ޑިސްޓްރިބިއުޝަން ފޮށީގައި ރޯކޮށްލުމުން ހަތް އިމާރާތަކުން ކަރަންޓު ކެނޑުނު ކަމަށް އެ ކުންފުނިން ބުނެފައި ވެ އެވެ.
ޑިސްޓްރިބިއުޝަން ފޮށީގައި ރޯވި އަލިފާންގަނޑު 10 ވަރަކަށް މިނިޓުގެ ތެރޭގައި ސިފައިން ނިއްވާލިއިރު، އެ ފޮށި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. ސްޓެލްކޯ އިން ފަހުން ވަނީ އޭގެ ބަދަލުގައި އާ ޑިސްޓްރިބިއުޝަން ފޮއްޓެއް ބަހައްޓައި ކަރަންޓުގެ ހިދުމަތް ދޭން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖުހާގެ ތާކިހާ
18 February 2018
ތީ ނުފެންނަ ބައެއްދޯ! ހަމަ ކައްކަ ގޭސް...
ފޮނިކަލޯ
18 February 2018
ކެމެރާއެއް ކުރިމަތިން 4 ކޭސް ކުކުޅު ވަގައް ނެގި ބަޔަކު ފުލުހުން ނުހޯދަދިން އެކަމަކު ހަމަ އެކެމެރާ އިން ކަރަންޓު ފޮށި ރޯކުރިމީހުން ހޯދިފަ މިހާރު މިވަނީ ، މިހުރީ ހާލު ހުރިގޮތް ލަދުން ބޯހަލާކު