ހައުސިން މިނިސްޓަރު ޑރ.މުއިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ޣައިރު ގާނޫނީ ބައްދަލުވުންތައް ބާއްވަން ރާއްޖޭގެ ބިމުން އެންމެ އިންޗިއެއް ވެސް ނުދޭނެ ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
15 ޖުލައި 2016 - 23:47
ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް އުފައްދާފައިވާ އިދިކޮޅު އިއްތިހާދާ ބެހޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތަކަށް އެ އިއްތިހާދުން މިރޭ ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
ހައުސިން މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު އިއްތިހާދަށް އިޝާރާތް ކުރައްވައި މުއިއްޒު ވިދާޅުވީ އެ އިއްތިހާދަކީ ޣައިރު ގާނޫނީ ޖަމާއަތެއް ކަމަށާއި ޣައިރު ގާނޫނީ ކަންކަމަށް ހިތްވަރު ލިބޭ ބައްދަލުވުންތައް ބާއްވަން ރާއްޖޭގެ ބިމުން އެންމެ އިންޗިއެއް ވެސް ނުދޭނެ ކަމަށެވެ.
އެމްޑީޕީ އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިއްތިހާދުގެ ތަރުޖަމާނު އަހުމަދު މަހްލޫފް މިރޭ ވިދާޅުވި ގޮތުގައި އޭނާ އަށް ވުރެ މުއިއްޒު ބައިވެރިވެވަޑައިގެންނެވި ކޯލިޝަންތައް މާ ގިނަ ވާނެ އެވެ.
އެގޮތުން ވަތަން އެދޭ ގޮތަށް ނަމުގައި އުފެއްދި ކޯލިޝަނާއި 23 ޑިސެމްބަރު އިއްތިހާދާއި ބޮޑުފަޅި ނަމުގައި ޕީޕީއެމުން ވެރިކަމަށް އައުމަށް އުފެއްދި ކޯލިޝަންގައި އަމަލީ ގޮތުން މުއިއްޒު ބައިވެރިވެވަޑައިގެންނެވި ކަމަށް މަހްލޫފް ވިދާޅުވި އެވެ.
މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ނުވަތަ އިދިކޮޅު އިއްތިހާދަކީ ޣައިރު ގާނޫނީ ބައެއް ކަމަށް މިނިސްޓަރު ވިދާޅުވާ ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.
"ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުން ކޯލިޝަނެއް ހެދުމަކީ ޣައިރު ގާނޫނީ ކަމަކަށް ވާ ނަމަ، މިހާރު އޮތް ސަރުކާރަކީ ވެސް ޣައިރު ގާނޫނީ ސަރުކާރެއް." ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މަހްލޫފް ވިދާޅުވި އެވެ.
ބޭރުގެ އެކި ގައުމުތަކުގެ އިސް ބޭފުޅުން އިދިކޮޅު އިއްތިހާދު ބަލައިގެންފައިވާ ކަމަށާއި އެހެންވެ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް މިނިސްޓަރު ވާހަކަ ދެއްކުވުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު މުއިއްޒު އިއްޔެ ވިދާޅުވީ ކާނިވާ ސަރަހައްދުގައި ޖަލްސާ ބޭއްވުމަށް އެމްޑީޕީ އަށް ދިން ހުއްދަ ބާތިލް ކުރީ ސުލްހަވެރިކަން ގެއްލޭ ގޮތަށް ކަންކަން ކުރަން އިއުލާން ކުރީމަ ކަމަށެވެ.
ޖަލްސާ ބާއްވަން ހުއްދަ ދިން ސިޓީގައި، ހުއްދަ ދިން ފަރާތް ނޫން އެހެން ބައެއްގެ ހަރަކާތަކަށް ތަން ބޭނުންކުރާ ނަމަ ހުއްދަ ބާތިލްކުރާނެ ކަމަށް ބުނެފައި ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ރޭ ބާއްވަން އުޅުނު އިއްތިހާދުގެ ޖަލްސާ، މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރުމަށް ފަހު އަންނަ ހުކުރު ވިލޭރޭ ބާއްވާނެ ކަން މިރޭ ވަނީ އިއުލާންކޮށްފަ އެވެ. އަދި ޖަލްސާ ބޭއްވުމަށް ނަގަން ޖެހޭ ހުއްދަތައް ނެގުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ އިއްތިހާދުން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިމަރަ
17 July 2016
މުއީޒު ކޮން ސިޔާސީ ހަރަކާތެއް ހުއްޓުވީތަ؟ އޭނާ ބުނީ ތިޔަ ކިޔާ ކޯޅިގަނޑެއް މިރާއްޖެއަކަށް ނިސްބަތެއް ނުވެއޭ، ދެން އެމަޑީޕީ އަށް ދިންތަނެއް ވިޔަފާރި އުސޫލުން އެހެންބަޔަކަށް ހަވާލު ކުރަން އުޅުނީމަ ލިބޭނެ ބޮނޑި ލިބުނީ ޕަކާސް
ޖޭމްސް
17 July 2016
ބުނަންތަ ވާހަކައެއް! މުއިއްޒޭ ކިޔައިގެން އަނގައަރުވާފަ ފާޑު ފާޑުގެ ވާހަކަ ދެއްކޭނެ އެކަކުވެސް ތިޔަ ޣައިރުގާނޫނީ ޖަމާޢަތަކުނެތް. ރައީސް ޔާމީންގެ ވަޢުދުތައް މުޢިއްޒު ހުއްޓުމެއްނެތި ތަންފީޒު ކުރުމުގައި އަވަދިނެތި އެއުޅުއްވަނީ! އެކަން މުޢިއްޒު ޖެހިލުމެއްނެތިކުރާނެ. އަދި ކުރިޔަށް އޮތްތާގައިވެސް ކުރާނެ!
ނެޝަނަލިސްޓް
16 July 2016
ރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގުމަކީ ގާނޫން އަސާސީން ލިބިފައިވާ ހައްގެއް! އެކަމަށް ހުރަސް އެޅުމަކީ މުއީޒް ކުރާ ޢައިރު ގާނޫނީ އަމަލެއް ކަމަށް ބެލިދާނެ!
ސަމީރު ޚާނު
16 July 2016
ބޭރުގެ މީހުން ބަލައިގެން އުޅުނީމާ އަހަރެމެންނަށް ކޮން ކަމެއް ދެން އެތާ ޖަލްސާވެސް ބާއްވަން ދިޔައީމާ ނިމުނީ ނޫން. މިބުނަނީ މިތާ ތިބި ބަޔަކު ބަލައެއް ނުގަންނާނޭ ބޭރުގަ އުފައްދާ ބޭރު މީހުންނާ ގުޅިގެން ދައުލަތާއި އިދިކޮޅު ހަރަކާތް ހިންގާ ކޯލިޝަނެއް ވިޔަސް އެހެން އެއްޗެއް ވިޔަސް. މި މަހްލޫފަކީ ސައިޒަށް ކެނޑޭނެ މީހެއް. ދެން ލާހިކެއް ނޫން ( އިންޝާ އައްލާހް ) މަޖްލިހަކަށް ނުހޮވޭނެ. އަލްހާނަށް ޖެހުނު ހާލު ޖެހިގެން އުޅޭތަން ފެންނާނެ.
ޢާމާލުމަންމަ
16 July 2016
ދެން މަހުލޫފު ތީ މަޖްލިސް މެމްބަރެއްނު. މިނިސޓަރު އިތުބާރު ނެތް ކަމުގެ ވޯޓު ނަގާ ކަންޑާލާ.
ޢާރިފް
15 July 2016
މުއިޒްމެން މަގާމްގެ ދިފާއުގަ ކޮންމެ އެއްޗެކޭވެސް ކިޔާފާނެ. ޥަގުތު ފާއިތުވުމުގެ ކުރިން އިދިކޮޅުއިންތިހާދާ ގުޅޭ.
ކޮލަމާފުށި
15 July 2016
މި މުއިއްޒަކީ ހިތުން މާލެސިޓީއައި އައްޑުސިޓީގެ މޭޔަރު...