ބަންޑާރަ ނައިބު އަނިލް: އަނިލްއާ ދެކޮޅަށް ވަނީ އޭޖީ ވަކީލުން ޕެޓިޝަނެއް ހަދާފަ-- މިހާރު ފޮޓޯ
21 ފެބުރުއަރީ 2018 - 13:50
ބަންޑާރަ ނައިބު މުހައްމަދު އަނިލް އަމަލު ކުރައްވަމުން ގެންދަވަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ އެޓާނީ ޖެނެރަލްގެ އޮފީހުގެ ބައެއް ގާނޫނީ ވަކީލުން ތައްޔާރު ކުރަމުން ދިޔަ ޕެޓިޝަންގެ މަސައްކަތް ހުއްޓުވައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ އޮފީހުގެ އެތައް ގާނޫނީ ވަކީލުންނެއް އެ ޕެޓިޝަން ތައްޔާރުކުރީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ބަންޑާރަ ނައިބު އަނިލް ކަންތައް ކުރެއްވި ގޮތާ މެދު ހިތްހަމަނުޖެހިގެންނެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސުޕްރީމް ކޯޓަށް ސިފައިން ވަދެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ.
Hukum thanfeezukuan huri kanboduvunthah utthama fandiyaarah hushahalhaanan: Sarukaaru
The most trusted news source in the Maldives
Mihaaru
ހުކުމް ތަންފީޒު ކުރުމާ ގޮތުން އަނިލް ދެއްކެވި ވާހަކަ--
މި މަހުގެ ފަސް ވަނަ ދުވަހު ތައްޔާރު ކުރަން ފެށި އެ ޕެޓިޝަންގައި ވަކީލުން ސޮއިކުރުން ހުއްޓައިލީ، ބައެއް ވަކީލުން ވިދާޅުވި ގޮތުގައި، އޭގައި ސޮއި ކޮށްފި ނަމަ ވަޒީފާ އިން ވަކިކުރާނެ ކަމުގެ ބިރު އެކި ގޮތްގޮތުން ކުރިމަތިވުމުންނެވެ.
"ދެން އެނގެއެންނު މިހާރު ކަން ހިނގާ ގޮތް. ވަކީލުން ވެސް ބަރޯސާ ވާނީ ވަޒީފާ އަށް. ވަޒީފާ ގެއްލިދާނެ ކަމާ މެދު ބިރުހީވުމުން ހުއްޓައިލީ،" ޕެޓިޝަންގެ މަސައްކަތް ހުއްޓުވި ގޮތް ކިޔައިދެމުން ވަކީލަކު ވިދާޅުވި އެވެ.
އޭޖީ އޮފީހުގެ ވަކީލުން އެފަދަ ޕެޓިޝަނެއްގައި ސޮއިކުރުމުގެ ކަމެއް ހިނގާތޯ ބެލުމަށް، ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމަށް ގުޅުމުން އެކަމާ ބެހޭ ގޮތުން ވާހަކައެއް ނުދެއްކެވި އެވެ.
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ބަންޑާރަ ނައިބު ދެކޮޅު ހައްދަވަމުން ވިދާޅުވެފައިވަނީ އެ ހުކުމާ ގުޅޭ ގޮތުން ސަރުކާރުގެ ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. އެކަން ހައްލު ކުރުމަށް އުއްތަމަ ފަނޑިޔާރާ ވާހަކަ ދެއްކުމަށް ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށް ވެސް އަނިލް ވިދާޅުވެފައިވެ އެވެ.
Uthama fandiyaaraa gulhey gotheh nuvi: AG Anil
The most trusted news source in the Maldives
Mihaaru
އުއްތަމަ ފަނޑިޔާރާ ގުޅޭގޮތް ނުވި ކަމަށް އަނިލް ވިދާޅުވުން--
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކޮށް ސިފައިންނާއި ފުލުހުން ބުނެފައި ވަނީ އަމަލު ކުރާނީ ބަންޑާރަ ނައިބުގެ ލަފާގެ މަތިން ކަމަށެވެ. އެ އަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ހައްޔަރުކޮށްފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކޮށްދިނުމަށް އެދިވަޑައިގެން ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި ގޮތަށް ރައްޔިތުންގެ މަޖިލީހުން ރޭ ވަނީ ފާސްކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރެވޭނީ މަޖިލީހުގެ ދެ ބައިކުޅަ އެއްބައި (43 މެމްބަރުން) ހާޒިރުވެ ތިއްބަވާ ޖަލްސާއެއްގައި ކަމަށް، ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުންނާއި އިދިކޮޅު މެންބަރުން ވެސް ބުނަމުން އައިސް، އެ އަދަދަށް މެމްބަރުން ހަމަނުވުމުން، އެންމެ ފަހު ވަގުތު އެ ގަރާރު ފާސްކުރީ 38 ވޯޓުންނެވެ. އެ ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުމީހާ.
22 February 2018
ހުސް ދޮގު
ތައްތި
22 February 2018
ކީއްވެތަ ބިރު ފަހަނަޅައި ދާން ނުކެރެނީ.. ބޮޑެތި ކަންކަން ކުރެވޭނީ ގުރުބާނީތަކެއް ވެގެން.. ގައުމުގެ ހައްގުގައި ތިމާ ނުވި ގުރުބާނީއެއް އެހެން މީހަކު ނުވަތަ ބަޔަކު ވެދާނެ ކަމަށް ނުވަތަ ވާނެ ކަމަށް ހީކޮށްގެން އެކަކު އަނެކަކު ބޮލަށް ޖެހުން ހުއްޓާލަން ޖެހޭ.. ކަލާނގެ ސަފުން ބަދަލު ނުކުރައްވަތެ ގައުމެއްގެ ހާލާތު، ނުވާނަމަ ބަދަލު ކުރުމުގެ ހިޔާލާތު.. ވިސްނާ.. ރިޒުގު ދެއްވަނީ އޭޖީ އެއް ނޫން.. ޔާމީނެއްވެސް ނޫން.. ވަޒީފާ ގެއްލުނަސް ޖަލަށް ދާން ޖެހުނަސް އެހެން ކަމެއްވިޔަސް ވަރިހަމަ ކަމަށް އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ހޯދައިގެން ބިރުފަހަނަޅައި ދާން މާ ލަސްވެސް ވެއްޖެ ދަރީންނޭ..
ސިންތިލީ ވޫމް
21 February 2018
ކޮރޮޕުޝަނާއި ޑިކުޓޭޓާރަ ޝިފަކީ ފަސޭހަކަމާ އެކު ދިވެހި މުޖުތަމައިން (އަދި) ފޮހެނުލެވޭ ނެ ކަމުގެ ހެކި މީ. މީ ތައުލީމީ ޒުވާން ނުން ވަރައްވެސް ވިއްސްނަން ޖެހޭނެ ކަމެއް މިގައުމުގެ ކުރިމަގު ބިނާކުރަން.
falaku ain
22 February 2018
ތައުލީމީ ޒުވާނުން ތިބީ ކޮރަޕްޝަނާއި ފަސާދައިގެ ތެރޭގައި ގެއްލިފައިކަމުގައިވާނަމަ ވެރިކަމުގައި ހުންނަމީހާވެސް ހުންނާނީ ފަސާދަވެފައި.
ފާތި
21 February 2018
މިފަކީރު މިހިރީ ހަމަ ހުރިހާ ހަތަރެސްކަނެއް ހަމަވެފަ އުތަ؟! ސަހަރޯއޭ ހިތައްއަރާ ދޯ. ދެން އަމިއްލެއަށް އިސްތިއުފާދީފަ ގޭގަ އިނދޭ. ކޮންމެ ގޮތެއްވިޔަސް މީނަގެ މައްޗަށް ޝަރީއަތްކުރާނެ ދުވަހެއް އަންނާނެ. އިސްތިއުފާ ދީފިއްޔާ މިސަރުކާރުން ކުރާނެ، ނުދީފިއްޔާ ދެން އަންނަ ސަރުކާރަކުން ކުރާނެ.
ރިޒްގު
21 February 2018
ރިޒްގު ދެއްވަނީ ﷲ ސުބަހާނަހޫ ވަތައާލަ.... ލިބެނ ް އޮތް ރިޒްގާއި މެދު އުންމީދު ނަގާނުލާ.....
އައިޖޭ
21 February 2018
ތިޔަހެން ބިރުން އެނމެން ތިބީމަ ކުރިއަކަށް ނުދާނެ.... ހަމަ ދީނާއި ގައުމަށްޓަކައި ، ދަރިންގެ ދަރިންގެ ދަރީްނނަށް ޓކައި އެންމެންމެ ސްޓޭންޑެއް ނަގާ ތެދުވަން ޖެހޭނެ..
ބޭބެ
21 February 2018
ޤާނުނުއަސާސީ އިން ޖޭ.އެސް.ސީ އަށް ދހެފައިވާ ބާރު އެއްވެސް ފަރާތަކުން ނިގުޅައެއް ނުގަނެވޭނެ. އިސްތިުނާފު މަރުޙަލާ ނިމިފައިވާ ކުށްވެރިން ދޫކުރުމުގެ ބާރު ސްޕްރޭމް ކޯޓަކަށް ނޯންނާނެ ކުއްވެރިންނަށް މަޢާފުދިނުމުގެ ހައްޤު ޤާނޫނުގައިވާގޮތުގެ މަތިން ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާ އަށް
ކޮކްޓެއިލްރައީސް
22 February 2018
ބޭބެ ތިއުޅެނީ އޮޅުވާލަން، ކުއްވެރިއަކަށް ސުޕްރީމްކޯޓުން މާފެއް ނުދޭ، އެފަރާތްތަކާމެދު ޝަރީޢަތް ހިންގާފަވަނީ އަދުލު އިންސާފުން ބޭރުންކަމަށާ ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަ ނުކޮށް އެމީހުންގެ މައްޗަށް ހުކުމްކޮށްފަ ވާތީވެ އެމީހުން ބަންދުން ދޫކޮށްލުމަށާ، ހަމަ އެއާއެކު އަލުން އެމީހުންގެ މައްޗަށް ޝަރީޢަތްކޮށް އަލުން އެމައްސަލަ ހިންގުމަށް އަމުރުކުރީ، ދެން އެހެން ނޫނަސް 1 ފެބްރުއަރީގަ ތިޔަ އަމުރެއް ނެރުމާ ހަމައަށް އަޑަށް ބާރުލާފަ ސަރުކާރުގެ އިސްވެރިން ރައީސްމީހާވެސް ހިމެނޭގޮތަށް ގޮވަމުން ދިޔައީ ސުޕްރީމްކޯޓަކީ އެންމެ ފަހުބަސް ބުނާފަރާތޯ، އެކަމަކު މިހާރު މިވީ ބޮޑު....ދެއްތޮ.
ތައްތި
22 February 2018
މާ ބޮޑަށް ތި އިގެނީ..
ޖައިސާމް
21 February 2018
ގައުމުގަ ހުރިހާ ކަމެއްވެސް ޕީޕީއިން ކުރަނީ ބިރު ދައްކައިގެން
ޥަސް
21 February 2018
ތިހެން ހެދޭ ޕެޓިޝަންތަކަށް ހުއްޓުވައި އަދި ނުފޫޒު ފޯރުވަން މަސައްކަތް ކުރުމަކީ އެހެން ޤައުމުތަކުގައި ވަރަށް ދަށުދަރަޖައިގެ ކަމެއް. ނަމަވެސް މިތާގަ މިއީ ވަރަށް ނޯމަލްކަމެއް. ޢެހެންގައުމު ތަކުގަ ހުންނަ ކޮނަމެ މުއައްސަސާއަކަށް މިތާވެސް ތަނެއް އެބަހުރި. ޢެކަމަކު އެއްވެސް ކަމެއް ނޭގޭކަމަށް ހެދިގެން ފުލުހުންވެސް އަދި އެހެން މުއައްސަސާތަށް އެތިބެނީ.
ހާރިސްް
21 February 2018
އިސްލާމް ދީނުގައި އެންމެ މަތިވެރި ޖިހާދަކީ އަނިޔާވެރި ވެރިންގެ ކުރިމަތީގައި ބުނާ ޙައްގު ބަސް- ހަދީސް