މެމްބަރު ސައުދު (ވ) ވަހީދު (މ) އަދި އަމީތު މަޝްވަރާ ކުރައްވަނީ. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
21 ފެބުރުއަރީ 2018 - 16:36
ސުޕްރީމް ކޯޓު އޮތީ ސިފައިންގެ ބާރުގެ ދަށުގައި ކަމަށާއި އެ ކޯޓު މެދުވެރިކޮށް ސަރުކާރަށް އިތުރު ބާރުތަކެއް ނަގަން މަސައްކަތް ކުރަމުން އަންނަ ކަމަށް، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަށް މަޖިލީހަށް ނުވެންނެވޭ މައްސަލައިގައި، އޭގެ ތެރެއިން ބައެއް މެމްބަރުން މިއަދު ވެސް ވަނީ ސުޕްރީމް ކޯޓަށް ވަޑައިގެން، ފަނޑިޔާރުންނާ ބައްދަލު ކުރައްވަން މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް، ގަޑިއެއްހާއިރު، އެ ކޯޓުގައި ތިއްބެވުމުން ވެސް އެ މެމްބަރުންނަށް އެކަން ކާމިޔާބެއް ނުވި އެވެ.
ސުޕްރީމް ކޯޓުގެ ބޭރުގައި ހުންނަވައި، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒު އަނެއްކާ ވެސް ހުރީ ސުޕްރީމް ކޯޓަށެވެ. އަދި ގައުމު މިހާރު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސައުދު ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި، ސިފައިންނާއި ފުލުހުންގެ މަދު ބަޔަކު ރައީސް އަބްދުﷲ ޔާމީންގެ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވެގެން ކަންކަން ކުރަމުން އަންނަ ކަމަށެވެ. އަދި ގާނޫނުއަސާސީ ކުދިކުދި ކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި ގާނޫނުއަސާސީއެއް ނެތް. ރައްޔިތުންގެ މަޖިލީހެއް ނެތް. ޖުޑިޝަރީއެއް ނެތް. މި ބާރުތައް މިއަދު ވަނީ ފްރީޒް ކުރެވިފައި،" ސައުދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ކުރިމަތީގައި އިއްޔެ ސިފައިންގެ ވެހިކަލެއް މަޑުކޮށްލައިގެން. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ސައުދު ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުން އުޅެނީ، ސުޕްރީމް ކޯޓު މެދުވެރިކޮށް، އަނެއްކާވެސް އިތުރު ބާރުތަކެއް ނަގައި އެ ބާރުގެ ބޭނުން ސުޕްރީމް ކޯޓުގެ މައްޗަށް ހިންގައި، ރައްޔިތުން އިތުރަށް އަޅުވެތި ކުރުމަށެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ގާނޫނުއަސާސީގައި ނެތް ބާރުތަކެއް ރައީސް ޔާމީނަށް، ސުޕްރީމް ކޯޓުން ނުދެއްވުމަށް ސައުދު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ. ސުޕްރީމް ކޯޓު ތެރޭގައި މުޅިންހެން ސިފައިން ތިބި އިރު، އެ ކޯޓުގެ ފަނޑިޔާރުންނަށް މިނިވަންކަމާ އެކު ހުކުމް ކުރެވިދާނެތޯ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޖުޑިޝަރީގެ ދިފާއުގައި ފަނޑިޔާރުން ނިކުންނަވަން ޖެހޭ ހާލަތަށް ގޮސްފައިވާ ކަމަށް ސައުދު ވިދާޅުވި އެވެ.
"ޖުޑިޝަރީގެ ދިފާއުގައި ފަނޑިޔާރުން ނިކުންނަވާ. ނުނިކުމެއްޖެނަމަ، މާދަމާ އެއްވެސް ފަނޑިޔާރަކަށް ރައްކާތެރިކަމެއް ނޯންނާނެ،" ސައުދު ވިދާޅުވި އެވެ.
"އުއްތަމަ ފަނޑިޔާރު އޮތީ ޖަލުގައި، އެ ހާލަތުގައި ހުރިހާ ކޯޓުތަކެއްގެ ފަނޑިޔާރުން ޖަލަށްލެވުނީ. ފަނޑިޔާރުން ސާބިތުކަމާއެކު ނިކުންނަވާ. ވަކީލުން އެ ދައްކަވާ ނަމޫނާ އަޑު އަހާ. މަޖިލީހުގެ މެމްބަރުން ދައްކަވާ ނަމޫނާ އަޑުހާ،"
ރާއްޖެ ސަލާމަތް ކުރުމުގެ ހައްގުވެރީންނަކީ ސަލާމަތީ ބާރުތައް ކަމަށާއި އެހެންވެ، ރަހީނުކޮށްފައި ތިއްބެވި ހުރިހާ ބޭފުޅުން މިނިވަންކޮށް ދިނުމަށާއި ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވުމަށް ސައުދު ވަނީ ގޮވާލައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައިޝަތު
22 February 2018
ސްޕްރީމް ކޯޓްގައި ތަޅު އެޅުވީ ކޮންބަޔެއްތަ؟ ހަނދާންކޮށްދީބަލަ.
falaku ain
22 February 2018
ތިކުދިންނަށް ނޭގުނީތީ މަހައިރާންވެއްޖެ. ތިޔަ ދިޔަތަނުގެ ނަންބޯޑަށޭ ތިހެން ކިޔަނީ. އެތެރޭގައި ހިނގަނީ ރަސްކަމެކޭ.
ތީ ހަމަ ތެދެއް
21 February 2018
ތީ ހަމަ ތެދެއް........... ފެންނަމުންދާ ހަގީގަތް...........
ހަނޑޫ
21 February 2018
2019 އިގެ ރަޢިސް ހުރީ މެދުގައި ކަނާތްފަރާތުގައި ނައިބުރައީސް އަދި ވާތްފަރާތުގައި ހުރީ މަޖިލިސް ރައީސް
މާލޭ މީހާ
21 February 2018
އިދިކޯލޭމެނަކަށް ނޭނގޭ ސިފައިން ބަލަހައްޓަމުންދަނީ ސްޕްރީމް ކޯޓުގެ ސެކިއުރުޓީ ކަމެއް. ( އއ )
ސައިނީ
21 February 2018
ހަމަ އެއްޗެކޭ ބުނާއިރަށް ހެޑްލައިނަށް އެބައަރާ، ރީދުލޭމެން ތިކަހަލަ ވާހަކަތައް ބަލާނުލާ ޤަބޫލްކޮށް ތެޅިފޮޅިގަންނާނެ
ބަނާނާ
21 February 2018
މިގައުމުގައި މިއޮތީ ސިފައިންގެ ވެރިކަމެއް. ރޔ މިހާރު ހުންނެވީ ކޮމާންޑަރ އިންޗީފް ގެ ޔުނިފޯމްގައި.
ކޯޓް
21 February 2018
ކޯޓަށް ބިރުދެއްކިކަން ފޮޓޮއިން ހެކި އެބަހުރި. މިއަދު ކަލޭމެންނަށް މާދަން އަހަރުމެންނަށް. ދަރިންގެ ދަރިންނަށްވެސް މިކަންކަން ކިޔާދޭނަން. ތާރީހްގަ ލިޔާނަން.
މާލޭ މީހާ
21 February 2018
ސްޕްރީމް ކޯޓުގެ ބާރު އޮތީ ސްޕްރީމް ކޯޓުގެ އަތްމަތީގައި. މިޔަކަށް ދެބަހެއް ނުވެވޭނެ. ( އއ )
ތައްތި
21 February 2018
ކޮންމެއަކަސް ވަރަށް ދެރަ ކަމެއް.. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އެހާ ގަޓު ނެތީތަ ސުޕްރީމް ކޯޓު ހިސޯރުކޮށްގެން ތިބި ސިފައިން އެތަނުން ދާން އަމުރު ކުރަން.. އަމުރު ކުރީމަ ނުދިޔަޔަސް އަމުރު ކުރިކަން އޮންނާނެ އެއްނު.. އަދި އެއަމުރަށް ސިފައިން ތަބާ ނުވިކަން ތާރީޚުގައި ލިޔެވިގެންދާނެއެއްނު.. ހަމަ ކޮންމެ ބައެއްގެ ހައްގުގައިވެސް ނިކުނަން ޖެހެނީ އެމްޑީޕީ އެކަނިތަ؟ އެބައެއްގެ ހައްގު ހޯދަން އެބަޔަކު ނުކުރި މަސައްކަތެއް އެހެން ބަޔަކަށް ނުކޮށްދެވޭނެ.. ކަލާނގެސަފުން ބަދަލު ނުކުރައްވަތެ އެބައެއްގެ ހާލާތު، ނުވާނަމަ އެބައިމީހުންގެ ބަދަލުކުރުމުގެ ޚިޔާލާތު.. އަނެއްކާ ޕީޖީ އޭ ކިޔާފަ މިއިވޭ ވާހަކަތަކުގެ ހަގީގަތް ވަރަށް އަވަހަށް ހާމަވާނެ ކަމަށް އުންމީދުކުރަން.. އެއީ ހަގީގަތަކަށް ވެއްޖެނަމަ ގައުމު ހަމަމަގަށް އެޅުމުގެ ހެޔޮ ފާލެއް އެފެނުނީ..
ހާސަރު
21 February 2018
އެއީ ހަމަ ބޮޑު ތެދެއް