ރައީސް ޔާމީން، މިރޭ ރިޔާސީ ބަޔާން އިއްވަވަނީ. ---ފޮޓޯ: ރައީސް އޮފީސް
21 ފެބުރުއަރީ 2018 - 23:22
ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން 24 ރަށަކާއި ދެ ހޮޓާ މި އަހަރު ހުޅުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި މިރޭ އިއްވެވި ރިޔާސީ ބަޔާނުގައި، އެމަނިކުފާނު ވިދާޅުވީ މި އަހަރު އަލަށް ހުޅުވޭ ދެ ހޮޓަލާއެކު އެނދުގެ އަދަދު 5،300 އަށް ވުރެ އިތުރުވާނެ ކަމަށެވެ. އެކަމަކު، އެ ރިސޯޓުތަކާއި ހޮޓާތަކުގެ ތަފްސީލެއް އެ މަނިކުފާނު ނުދެއްވަ އެވެ.
މީގެ އިތުރުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އާބާދީ ބޮޑުވަމުން އަންނާތީ، ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހި ކޮށްދިނުމަށް މާލެ އަތޮޅުގައި 27 ފަޅެއް ތަރައްގީ ކުރަމުން އަންނަ ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުގެ ބަޖެޓުން ފަސް ފަޅެއް ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މި ފަޅުތައް ތަރައްގީކޮށް ނިމުމުން، އެތައް ހާސް ވަޒީފާއެއް އިތުރުވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މި ފަޅުތައް ތަރައްގީކޮށް ނިމުމުން، 47،000 ވަޒީފާ އަލަށް އުފެދިގެން ދާނެ. މި ފަޅުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް އެ އިޝާރާތް ކުރެއްވީ ތައިލެންޑުގެ ސިންގް އެސްޓޭޓުން ކ. އެނބޫދޫފަޅުގައި "ކްރޮސް ރޯޑްސް"ގެ ނަމުގައި ތަރައްގީ ކުރަމުން އަންނަ އިންޓެގްރޭޓެޑް ރިސޯޓަށެވެ.
ކްރޮސް ރޯޑްސްގައި އެންމެ މަތީ ފެންވަރުގެ ނުވަ ރިސޯޓުގެ އިތުރުން ވިޔަފާރީގެ ތަފާތު ގިނަ ފުރުސަތުތައް ހިމެނޭ ގޮތަށް ތަރައްގީ ކުރާ 12،000 އަކަމީޓަރުގެ ޓައުންޝިޕްގައި ދުނިޔޭގެ އެންމެ މަޝްހޫރު ފެޝަން ބްރޭންޑްތަކުގެ ފިހާރަތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކުގެ އިތުރުން މަޝްހޫރު ހާޑް ރޮކް ކެފޭއެއް ވެސް ހުޅުވަން ނިންމާފައިވެ އެވެ. އޭގެ އިތުރުން އެތަނުގައި ޑިއުޓީ ފްރީ ފިހާރަ އާއި ކުޑަކުދިންނަށް ޚާއްސަ ގޮނޑުދޮށަކާ އެކު ހަދާ ބީޗް ކްލަބަކާއި ކަލްޗަރަލް ސެންޓަރަކާއި ވެލްނަސް ސެންޓަރަކާއި މެރިން ލައިފް ސެންޓަރެއް އަދި ޑައިވް ސެންޓަރެއް ވެސް ހުރެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ވިޔަފާރީގެ ފުރުސަތު ފަހިކުރުމަށާއި ރާއްޖެ އިން ބޭރުގެ އިންވެސްޓްމަންޓުތައް އިތުރު ކުރުމަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފަ އެވެ.
އެގޮތުން ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓަށް ދިވެހި އުފެއްދުންތައް ޑިއުޓީ ނެގުމެއް ނެތި އެކްސްޕޯޓް ކުރުމުގެ ފުރުސަތު އޮތް އެއްބަސްވުމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 1.6 ބިލިއަން ޑޮލަރު އިންވެސްޓް ކުރާ ގޮތަށް ޓޫރިޒަމް ދާއިރާ އިން 40 ފޮރިން އިންވެސްޓްމަންޓެއް މިދިޔަ އަހަރު ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޓޫރިޒަމް ދާއިރާ ފިޔަވައި އެހެން ސިނާއަތްތަކުން 1.8 ބިލިއަން ޑޮލަރު ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އިންވެސްޓްކުރާ ގޮތަށް 50 އިންވެސްޓްމަންޓެއް ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ބޮލަކަށް ޖެހޭ ނިސްބަތް މިދިޔަ އަހަރު ހުރީ 9671 ޑޮލަރުގަ އެވެ. މިދިޔަ އަހަރު ނިމުނުއިރު ރަސްމީ ރިޒާވް ހުރީ 586 މިލިއަން ޑޮލަރު ކަމަށާއި މި އަަދަދު މި އަހަރު 600 މިލިއަން ޑޮލަރަށްވުރެ އިތުރުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ދައުލަތުގެ އާމްދަނީ އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު، މި އަހަރު ދައުލަތަށް 22 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާދާސީދާ
22 February 2018
އަދުރޭ އާއި ނިހާނުތޯ އެތަންތަނަށް ޓުއަރިސްޓުންގެ ގޮތުގައި ޒިޔާރަތްކުރަނީ؟
މަބެ
22 February 2018
މިއަހަރު ހުޅުވާ 24 ރިސޯޓާއި ގެސްޓްހައުސް ތަކުގެ ތެރޭގައި ހދ. ގައި ހުޅުވާނެ އެއްވެސް އެއްޗެއް ހުރިބާވަ އެވެ. މިހެން މިބުނީ މިވީހާތަނަށް ހދ. ގައި އެފަދަ އެއްވެސް ތަނެއް ހުރިތަން ފެނިފައި ނެތުމެވެ. ހދ. ގައި ރިސީޓާއި ގެސްޓް ހައުސް ހުޅުވުމަކީ ޤާނޫނީ ގޮތުން މަނާކަމަކީ ކަމަކަށް ވުންވެސް އެކަށީގެންވެއެވެ.
ލަތީފު
22 February 2018
47،000 ވަޒީފާ ބޭރު މީހުންނަށް ދޭވާހަކަ ތޯ؟
ޗައިނާ
22 February 2018
އެއީވެސް ޗައިނާ މީހުންނަށް
ޖައިސާމް
22 February 2018
އެކި ކަހަލަ މޮޅު ވާހަކަ ދައްކައިގެން ކުރަން ތިއުޅޭކަންތައް އަހަރުމެންނަށް އިނގޭ. އަނެއްކާވެސް ކެމްޕެއިން ކައިރިވާތީ މޮޅެތި ވާހަކަ ދައްކަނީ. ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގެ ބަޖެޓު ވަނީ 10 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބޮޑުވެފަ. މިކަމުން ރައްޔިތުންނަށް ކުރީ ކޮންފައިދާއެއް؟ އަދި އެވެސް ހުރިހާ މުއައްސަސާތައް މުށު ތެރެއަށް ލައިގެން ހުރެ ގައުމުގަ ފަސާދަ އިންތިހާއަށް އާންމުކޮށްފަ. އެއްވެސް ދިވެހި ރައްޔިތަކު ޔާމިންގެ އަވާމެންދުރުގަ ނުޖެހުމަށް ގޮވާލަން.
އައްޑޫ ސިޓީ
22 February 2018
ސުލްހަވެރިކަމެއް ނެތް! މިނިވަންކަމެއް ނެތް! ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނެތް! އިދިކޮޅު މީހުމް ޖަލުގައި... ބާރުތަށް ރައީސް މީހާ މުށުތެރޭ... ޤާނޫނު އަސާސީއާއި ބޭނުންވާ ގޮތަކަށް ކުޅެލަނީ... ކުއްލި ނުރައްކަލުގެ ހާލަތު ކުޅިވަރަކަށް ވެއްޖެ.... މި ހާލުގައި 100 ރިސޯޓު އިތުރުކޮށްފަ ކޮންމެ ރަށަކަށް އިންޓަމޭޝަނަލް އެއާޕޯޓެއް އެޅިއަސް ޤައުމު ދާނީ ފަހަތަށް!
އަހުމަދު އިބްރާހިމް
22 February 2018
ޤާނޫނު އަސާސީގެ ހައްގުތަކުގެ ބާބުގައި އޮތީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމާއި މީޑިއާގެ މިނިވަން ކަމުގެ ވާހަކަ އެކަނިތޯ؟ ފެނާއި، ނަރުދަމާ އަދި ސިއްހީ ޙިދުމަތް ތަކަކީ ވެސް އަސާސީ ހައްގު ތަކޭ އިނގޭތޯ.....
އައްޑޫ ސިޓީ
22 February 2018
ލޮލް... އަހައްމަދާ އަސާސީ ހައްގުތަކަށް “އަސާސީ” ކިޔަނީ ކޮންމެވެސް ކަމަކު.. ރަދީފް ޗެކް ކޮށްލަބަލަ ނިކަން.. 100 ހައްގުން 5 ހައްގު ނިގުޅައިގަތަސް އެއަށް ކިޔަނީ ނިގުޅައިގަތިން... އެންމެ 5 ނޫންހޯ އޯކޭ ވާނެއޭ ނުބުނެވޭނެ.. އަހައްމަދާގެ ހައްގެއް މީހަކު ނިގުޅައިނުގަނޭ ދޯ އަދި؟ ހެހެ
أحمد.
22 February 2018
މުސްލިމު ވެރިޔާ އަށް އަޑުއަހާ ކިޔަމަން ވުމަކީ ވާޖިބެއް. އެ ވެރިމީހާ ކިތައްމެ ނުލަފާވިކަމުގައި ވިނަވެސް މެއެވެ.
ހާކިމާ
22 February 2018
އަނެއްކާ އަނެއް މޮޅުވާހަކަގޮވަން މިފެށީ.
މެންޓަލިސްޓް
22 February 2018
އެއީ ސަރުކާރުން ހަދާ 24 ރިސޯޓްތޯ ؟؟ ސަރުކާރުގެ ކުންފުނިތަކަކުނެތް ފައިސާއެއް ،، ފެނަކާ ،،،، އެމްޓީސީސީ ،،، އެމްއެމްއޭވެސް އޮތީ ދަރާފައި ،،،، ރައްޔަތުންގެ ތިޖޫރިހުރީ ފޫގޮސްފައި ،،، އަދިވެސް ޕީޕީއެމް ސަރުކާރުން ލޫޓްވާލި 1.2 ބިލިއަން ރުފިޔާ ރައްޔަތުންގެ ތިޖޫރިއަށް ނުވަދޭ ،،،، އެހެންވީމައި ރިޔާސީބަޔާން ދޭނެކަމެށްނެތް ،،، އެދިނުމުގެ ހައްގެއްމިހާރު ޔާމިންއަކަށްނެތް ،،، މަސީހްއަކަށް މަޖިލިސް ރައިސްކަން ކުރުމުގެ ހައްގެއްވެސް ނެތް ،،، މީހަގީގަތަކީ ،،، ދެން ގަބޫލްކުރިޔަސް ނުކުރިޔަސް މިހާރު ވެރިކަމުގެ އިރުއޮއްސިއްޖެ ،،، މިހާރު ފެންނަންހުރީ ހަމައެކަނި ރަތްވިލާކޮޅު ،،، މައައްސަލާމާ
ހަނދުކޭތަ
22 February 2018
މީނަ ހުޅުވާ ތަންތަނެއް ނޫން ރިސޯޓު ތަކަކީ ، އަދި އެތަންތަނަށް ފައިނޭންސް ހޯދާ ދެނީވެސް މީނަޔެއް ނޫން. އަލަށް ހުޅުވޭ ރިސޯޓު ތަކަކީ ދިވެހިންގެ ތަންތަން ނަމަ ތިގޮތަށް ބުނެވިދާނެ. މީނަ ކުރާ ކަމަކީ އުނދަގުލުން މީހުން ކުރިއެރުވި މި އިންޑަސްޓުރީ ހަލާކު ކުރުން.
އެމްސް
22 February 2018
ތިހުރިހާ ކަމަކުންވެސް ފައިދާވާތަން ފެންނަނީ ވަރަށް މަދު ބަޔަކަށް، ރަޢިއްޔަތުމީހާ މިދަނީ ދުވަހެއް ދުވަހަހަކަށް ބިކަ ވަމުން
ފުދި
22 February 2018
ފުދިއްޖެ، ފުދިއްޖެ، ދެން އޯކޭ.