ކެނެޑާގެ ބޮޑު ވަޒީރަށް މޯދީ ފުރަތަމަ މަރުހަބާ ވިދާޅުވެފައި ވަނީ ޓްވިޓާ މެދުވެރިކޮށް.
23 ފެބުރުއަރީ 2018 - 19:05
ނިއު ދިއްލީ (ފެބްރުއަރީ 23) - ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ނިއު ދިއްލީގައި މިއަދު ބައްދަލު ކުރައްވައިފި އެވެ.
ޓްރޫޑޯ އަށް އިންޑިއާ އިން އެކަށީގެންވާ ވަރުގެ މަރުހަބާއެއް ކިޔައިފައި ނުވާ ކަމަށް ބުނާ ވާހަކަތައް ދެ ގައުމުން ވެސް ވަނީ ދޮގުކޮށްފަ އެވެ. އެކަމަކު އިންޑިއާ އަށް ވަޑައިގަންނަވާ ގިނަ ލީޑަރުންނަށް އެއާޕޯޓަށް ވަޑައިގެން މޯދީ މަރުހަބާ ދެންނެވި ނަމަވެސް ޓްރޫޑޯ އަށް މޯދީ ފުރަތަމަ މަރުހަބާ ވިދާޅުވެފައި ވަނީ ޓްވިޓާ މެދުވެރިކޮށެވެ. ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި މޯދީއާ ބައްދަލު ކުރައްވާފައި މި ވަނީ ޓްރޫޑޯ އިންޑިއާ އަށް ވަޑައިގެންނެވިތާ ހަ ދުވަސް ފަހުންނެވެ.
ސިކުންގެ ފައްދުފަހަނަޅާފައިވާ މީހުންނަށް ކެނެޑާ ސަރުކާރުން މާބޮޑަށް ކަމޭހިތާ ކަމަށް ބުނެ ޓްރޫޑޯ އަށް ވަނީ އިންޑިއާގައި ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy