އަމީތާއި އަބުޅޯ އަދި މަޖިލީހުގެ އެހެން ބައެއް މެމްބަރުން، ފުލުހުންގެ ބެރިކޭޑް ކައިރީގައި --. ފޮޓޯ:ނިޝާން އަލީ/މިހާރު
23 ފެބުރުއަރީ 2018 - 22:39
އިދިކޮޅު ޕާޓީތަކުން މިއަދު ހަވީރު ކުރި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު މިރޭ ދޫކޮށްލައިފި އެވެ.
ދެ މެމްބަރުންގެ އިތުރުން އެ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި އެހެން މީހުން ވެސް ވަނީ މިރޭ ދޫކޮށްލައިފަ އެވެ. އެކަމަކު ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް އަދިވެސް ހުންނެވީ ދޫނިދޫ ޖަލުގަ އެވެ. އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކު ބާއްވަމުން އަންނަ މި މުޒާހަރާތަކުގައި އެންމެ އިސްކޮށް ހުންނަވާ އެއް ބޭފުޅަކީ މަހުލޫފެވެ.
ސިޔާސީ ބައެއް ބޭފުޅުން ވެސް ހިމެނޭ ގޮތަށް، ނުވަ ގައިދީއަކުން މިނިވަން ކުރުމަށް މި މަހު 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، އޭގެ ދަށުން އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުކްވެލް
24 February 2018
މުޒާހަރާ ގާނޫނީ ވަކީލުން ފަތުރާ ޕްރޮޕެގެންޑާ އިން މުޅި ނޫހުގެ ފަލަ ސުރުޚީ ތައް ފުރާލާ އިރު ސަރުކާރު ކޮބާތޭ ސަރުކާރުގެ ކިތައް މިނިސްޓްރީ އެބަހުރިތޭ. ސަރުކާރުގެ މިނިސްޓްރީ ތަަކަށް ރާއްޖޭގެ އެންމެ މަޝްހޫރު އޮންލައިން ތިން މީޑިއާ ގެނެސް ގެން އެމެންނާއި އެކު ސަރުކާރުގެ މިނިސްޓްރީ ތަކުން ކުރާ މަސައްކަތް ރައްޔިތުންނަށް ގާތުން އޮޅުން ފިލުވާ ދިނުމަށް ޓަކައި ކުރަނީ ކޮން މަސައްކަތެއް ތޭ. އެތަން އެއްގޮތަކަށް ވެސް ނުފެނެއޭ. މިދަނީ ފެބްރުއަރީ މަސް ނިމިގެންނޭ ސަރުކާރުން ކުރާ އިގްތިސާދީ މަސައްކަތް ތަކަކީ ކޮބައިތޭ އެއިން އެއްވެސް ކަމެއް ފެނިގެން ނުދާކަން އެއި ހިތާމަ ކުރަން ޖެހޭނެ ކަމެކޭ. ޕީޕީއެމް ކަމަކީ ސިޔާސީ ގޮތުން ކަންކަން ފުރިހަމަ ކުރުން އެކަމަކު ކެބިނެޓް ގެ ކަމެކޭ ސީދާ ރައްޔިތުންގެ ބޮޑު އާބާދީ އަކާއި ގުޅިފައިވާ މާލެ ސަރަހައްދުން ފްލެޓްސް ތަަކަށް އެދި ފޯރމް ލާފައިވާ އެންމެންނަށް ފްލެޓްސް ލިބޭނެ ކަން އިއުލާން ކޮށް ލިޔުން ކޮންމެ މީހަކާއި ހަވާލު ކުރުން. އެއީ ކަން ކަން ކޮށް ދިނުމަކީ ރައްޔިތުންނަށް.
ކުރާށޭ
24 February 2018
ސަރުކާރުގެ ހުރިހާ އެނަރޖީ އެއް ސިޔާސީ ކަންކަމަށް ވަގުތުގެ ގޮތުން ދުއްވާނުލާ ސަރުކާރުން އެބަޖެހޭ ސަރުކާރުގެ އެނަރޖީގެ %80 އިގްތިސާދީ ކަންކަމަށް ސީދާ ރައްޔިތުންގެ ހިތް ތަކާއި ފަރުދީ ގޮތުން ގުޅިފައިވާ ކަންކަން ހައްލު ކޮށްދޭން. އެގޮތުން މާލެ ސަރަަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ މީހުންނަށް ފްލެޓްސް ތައް ލިބޭނެ ކަން ވަޒީރުންގެ މަޖްލީހުން ނިންމާ މިހާރު ހައުސިންގް މިނިސްޓްރީ އަށް ފްލެޓްސް ތަަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތައް ލިބޭނެ ކަން އިއުލާން ކޮށް ހަދާ އަދި އެ އެންމެންނަށް ފްލެޓްސް ތައް ލިބޭނެ ކަމުގެ ލިޔުން ހަވާލު ކުރަން ފެށުމުން މިހާރު ސަރުކާރު ވަދެފައިވާ ސިޔާސީ ޕެނިކް ރޫމް އިން ސަރުކާރު ނެރެވޭނެެެއޭ. ހެޔޮނުވާނެއޭ އަބަދު ސަރުކާރުން ސިޔާސީ ކަންކަމަށް ނުވިސްނާށޭ ރުމާލު ދޭއް ޖަގަހައިގައިވެސް ދައްްކަނީ މުޅިން ސިޔާސީ ވާހަކަ އޭ އިގްތިސާދީ ވާހަކަ ދައްކާ ތަން ނުފެނެއޭ އެއްގޮތަަަކަށް ވެސް މިކަން ކަން ބަދަލުކުރާށޭ. އެނޫންނަމަ ގޯސް ވާނެއޭ ވަގުތު އޮތްވާ މިކަން ކުރާށޭ ކުރާށޭ ކުރާށޭ.
ޖައްސަބަލަ
24 February 2018
މުޒާހަރާއިން ހައްޔަރުކުރި އަމީތާއި އަބުޅޯ ދޫކޮށްލާއިރު އެމެންނަށް އެއްވެސް އިންޒާރެއް ނުދީ ދޫކޮށްލާ އާންމު މީހާ އަށް މުޒާހަރާ އަށް ނުދެވޭނެ ގޮތް ހެދުން އެއީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫނޭ. އެމެން ޖެހޭނެއޭ ހައްޔަރުކޮށްފިނަމަ ހައްޔަރު ކުރަން ޖެހުނު ސަބަބާއި އަދި އެމެންނާއި މެދު ފިޔަވަޅު އެޅެން. މިރާއްޖޭގައި މިއޮންނަނީ ބޮޑު ކެކުރި ކުޑަ ކެކުރި އުސޫލު އޭ އެއީ އެއްގޮތަކަށް ވެސް އެކަން ވާން ޖެހޭނެ ގޮތެއް ނޫނޭ ކުއްލި ނުރައްކަލުގެ ހާލަތަކީ އެއީ ކުއްލި ނުރައްކަލުގެ ހާލަތޭ އެހެން ކަމަށްވާނަމަ މީންސް ހުރި ގޮތެއްގައި އެކަން ކުރެވެން ޖެހޭނެއޭ. އެމްޑީޕީ ހަރުގޭ ދޮށަށް އެއްވާން އެސްއެމްއެސް ފޮނުވާ މެޝިން މިހާރުން މިހާރަށް ދިރާގުން ކަނޑާލެވެން ޖެހޭނެއޭ ސަބަބަކީ އެއީ ކުއްލި ނުރައްކަލުގެ ހާލަތާއި ސީދާ އިދިކޮޅަށް އައިރު ގާނޫނީ އެއްވުމަކަށް އެމެން ގޮވާތީއޭ ހޯމް މިނިސްޓަރު ކުރަނީ ކޮން ކަމެއްތޭ މިފަދަ ކަންކަން ރަނގަޅު ކުރަން.
ޢަބްދުﷲނާފިޒު
24 February 2018
މިހާރު ތިއުލޭ ގޮތުން ފުލުހުންގެވެސް ހުޅުނބުދާހެން ވަރަށް ހީވޭ، އެހެން ނޫނީ ހައްޔަރު ކުރާ މީހުން އެހާ އަވަހަށް ދޫކޮށްލަނީ ކީއްކުރަން، ޓެރަރިޒމަގެ ދަޢުވާކޮށްފަ ޖަލަށްލާފަ ހައެއްކަމަސްވަންދެން ބަހައްޓަނވީނު.
ޣަރުމާން
24 February 2018
ވަރަށް ރަނގަޅު ނިންމުމެށް. މިހާރު ހުންނާނެ ހީސްލެވިފައި. ޢިދިކޮޅު މީހުންވެސް ދެން ނިކުންނަން ނުވިސްނާތި. ހައްޔަރުކުރާނެ. ޢަބަދުސް ވިސްނަވަންވާނެ ގޭގައި ތިބީމަ ހައްޔަރު ނުކުރެވޭނެކަން. 2018 އިންތިހާބާއި ހަމައަށް ސަކަރާތް ނުޖަހާ މަޑުކޮއްލަދީ.
ހޯރަ
24 February 2018
އަނިޔާ ވެރިކަން ފަހަތަށް ޖައްސާ އޯގާތެރިކަން ކުރިޔަށް ޖައްސާބަލަ. ރަށްއިތުން ބައިބައިވެ ގައުމް ފުޑިއްޖޭ. ހެޔޮނުވާނެ ގޮތްދޫކޮށް ގައުމަށްޓަކައި އެއްމެން އަތާ އަތް ގުޅާލައިބަލަ.