2015 ގައި އޯލެވެލްގެ ގަދަ 10 ގައި ހިމެނުނު ކުދިންނަށް އެވޯޑު ދިނުމަށް ބޭއްވި ހަފުލާގެ ތެރެއިން.---ފޮޓޯ: މިހާރު
25 ފެބުރުއަރީ 2018 - 15:14
އޯ ލެެވެލްގެ ޓޮޕް އެޗީވާޒް އެވޯޑު ދިނުމުގެ ރަސްމީ ހަފުލާގައި އިނާމު ދޭނީ ގަދަ ތިނެއްގައި ހިމެނޭ ދަރިވަރުންނަށް އެކަނި ކަމަށް ހަމަޖެއްސުމަށް ފަހު، އެ ނިންމުން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބަދަލުކޮށްފި އެވެ.
އެ މިނިސްޓްރީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ގަދަ 10 ގައި ހިމެނޭ ހުރިހާ ކުދިންނަށް ވެސް ޓޮޕް އެޗީވާޒް އެވޯޑް ހަފުލާގައި އިނާމު ދޭނެ ކަމަށެވެ. އެކަމަކު ރަސްމީ ހަފުލާގައި އެވޯޑު ދޭނީ ގަދަ ތިނެއްގައި ހިމެނޭ ކުދިންނަށް އެކަނި ކަމަށް، ސާކިއުލާއަކުން ސްކޫލުތަކަށް އެންގުމަށް ފަހު އެ ނިންމުން ބަދަލު ކުރީ ކީއްވެ ކަމެއް ނޭނގެ އެވެ.
މި މަހުގެ ހަ ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، ޓޮޕް އެޗީވާޒް އެވޯޑު ހަފުލާގައި އިނާމު ދޭނީ ހަމައެކަނި 1، 2 އަދި 3 ވަނަ ލިބޭ ދަރިވަރުންނަށް ކަމަށެވެ. އަދި ގަދަ ތިނެއްގައި ހިމެނޭ ދަރިވަރުންނަށް އެކަނި އެވޯޑު ދިން ކަމަށް ވިއަސް، ގަދަ 10ގެ އެހެން ވަނަތައް ލިބޭ ދަރިވަރުންނަށް ވެސް ދައުވަތު ދޭނެ ކަމަށް ވެސް ބުނެފައި ވެ އެވެ.
ގަދަ ތިނެއްގައި ހިމެނޭ ދަރިވަރުންނަށް އެކަނި އެވޯޑު ދޭން 2015 ގައި ވެސް މިނިސްޓްރީން ނިންމި އެވެ. ނަމަވެސް ދަރިވަރުންގެ ޝަކުވާތަކާއި ހިތްހަމަނުޖެހުންތަކާ އެކު މިނިސްޓްރީން ފަހު ވަގުތު އެކަން ބަދަލުކުރީ އެވެ.
އޭރު މިނިސްޓްރީން ބުނީ ގަދަ ތިނެއްގައި ހިމެނޭ ދަރިވަރުންނަށް އެކަނި އެވޯޑު ދޭން ނިންމީ ހަފުލާ މާ ބޮޑަށް ދިގުދެމިގެން ދާތީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަތްފުނާ
26 February 2018
މިހާރުވެސް ސިލަބަސް ބަދަލުކުރަނަމަ ، މިހާރު ގަދަ 10ގައި ހިމެނޭ ތި ބުނާހާ ގިނަ ކުދިން ވަރަށް ބޮޑަށް މަދުވެގެން ދާނެ.އެހެން ޔުނިވަސިޓީއެއްގެ ސިލަބަސް ގެންނަންވީ.
އަށްޑޫ މީހާ
26 February 2018
ސޯޝަލް މީޑިޔާގަ ހިޔާލު ބަދަލުކޮށްލެވުނީމަ މިހާރު ބިރުން ބަދަލުކުރީތާ. ތިވަރުން ނުވާވަރު ކަންތަށް ކުރަން ނޫޅުނިއްޔާ މާރަންގަޅެއްނޫން. ގައުމަށް ރީތި ނަންގެނެސްދީފައިވާ ހުރިހާ ދަރިވަރުންނަށް މެޑަލްއާ އިނާމު ރައީސްގެ އަތުންދޭންޖެހޭ. މީ ކުރަން ޖެހޭވަރުގެ ކަންތަށް. މިސަރުކާރުގެ ކުރިމަތީގަ ދިވެހި ރައްޔިތުންނަކީ އެއްވެސް ބަޔެއްނޫން. ފެއިންވެފައިވާ ސަރުކާރަކުން ކަންތަށް ކުރާނެގޮތް މިއަދި މިފެނިގެންދަނީ،
ސާދާސީދާ
26 February 2018
މިޒަމާނުގައި ހެޔޮފުޅުކަމެއް ވާރކެއްނުކުރާނެ! ތީތި ކަޑަ!
ޔޯޔޯ
26 February 2018
މިސަރުކާރުގެ މިސާލަކީ ޔޯޔޯ އެއް.
ހަބޭސްބބބބ
26 February 2018
ތިއޭ މައްސަލަ އަކީ ކޮންމެވެސް ބަޔަކު ހަލޭލީމާ ތިކަންކަން ބަދަލުވާކަން މިހާރު އެއްމެންނަށްވެސް އެގޭ ؟
ހެހެ
26 February 2018
ކަންކަން ބަދަލުކުރާކަށް ނޫންތަ ހަޅޭލަވަނީ؟ ބަދަލުކުރީމަވެސް ގޯސް ދޯ ވަނީ؟
ފުންއަސަރު
26 February 2018
އިރެއްގާ ޓޮޕް10 އަށް އަރަނީ ދިހަވަރަކަށް ކުދިންނަށް ވެދާނެ. އެއިރާ މިހާރާ ވަރަށްވެސް ތަފާތުވެއްޖެ. މީސްމީހުން ކުދިންނަށް ކިޔަވައި ދިނުމަށް ރެއެއް ދުވާލެއް ނުބަލާ މަސައްކަތްކުރަނީ. ކުރީގާ ކިޔަވންނުދާން ވަރަށް ގިނަ ކުދިން ބޮޑާހާކާ. އެކަމު މިއަދު އެހުރިހާ ކަމެއް ބަދަލުވެ ކިޔަވައިދޭނޭމީހެއްގެ އިންތިޒާރުގާ ކުދިންއުޅެންފަށައިފި. އެކުދިން އަމިއްލައަށް މޮޅުވުމަށް މަސައްކަތް ކުރަން ފަށައިފި. މިހާރު ހުރިހާކުދިންވެސް ބަލަނީ އަދި މައިން ބަފައިންވެސް ބޭނުންވަނީ ތިމާގެ ދަރި ޓޮޕް 10 އަށް އަރާވަރުކުރަން. އެހާމަސައްކަތްކޮށް ޓޮޕް 10 އަށް އެރީމާ، ބެލެނިވެރިޔާއާ ދަރިވަރުގެ ކޯތާފަތްމަތީގާ އެއްޗަކުން ޖެހީމާ، ދެން ހަމަ ނުރުހެވޭނެ. ނިންމާ ކަމެއް ދުރާލާނިންމާ.
މަގޭ ހިޔާލު
26 February 2018
މީވެސް ޑިމޮކްރަސީ. ހެޔޮ އިރުއަރަންދެން ޖަލްސާ އޮތަސް އެންމެން ބޭނުންވަންޔާ ކޫސަނި ކަންތައްތައް ކުރަންވާނެ.
ހަސަދު
26 February 2018
ފުޓުބޯލަ މެޗެއްގެ މެދުން ގަވާއިދު ބަދަލުކުރުން އެއީ ކޮންކަހަލް ކަމެއްބާ!!. މީ އަޅެފަހެ ސަރުކާރެއްތަ. ހުތުހުރި ގޮތަކަށް ހުރިހާ ކަމެއް. ދިވެއްސަކަށްވީތީ ލަދު ގަންނަ ހިސާބުގައި ހުރިހާ ކަމެއް.
މިއަހަރު
26 February 2018
މިއަހަރަކީ 2018 ވަނައަހަރު. ރިޔާސީ ބޮޑުކަންތައްގަނޑެއް މިއަހަރުގެ ތެރޭގައި ހިނގާނެ. ޓޮޕް 10 ދަރިވަރުންނަށް އިނާމުތައް ދިނުމުގައިވެސް އެއަދަދު ކުޑަވުމުން އެކަމުގެ ވަރަށްގިނަ އަދަދެއްގެ ކުދިން އިނާމު ނުލިބި ގެއްލިގެންދާނެ. މިމަކަށްޓަކައިވެސް ސިޔާސީ ފައިދާއެއް ހޯދުން ވަރަށްވެސް ބޭނުން
މަރޭމިތުރާ
25 February 2018
އެޔެއް މިޔެއް ،މާދަމާއެއް އަދެއް، ހުކުރެއް ހޮނިހިރެއް މިހާރަކުނޭނގޭނެ، އެހާވެސް ކަންކަންދަނީގޯހުން.