އަބުޅޯ މިރޭ ހައްޔަރުކުރީ މި އިންޓަވިއު ދެއްވަން ހުންނަވަނިކޮށް.
26 ފެބުރުއަރީ 2018 - 23:43
މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހައްޔަރުކޮށްފި އެވެ.
އަބުޅޯ ހައްޔަރުކުރީ ރާއްޖެ ޓީވީ އަށް އިންޓަވިއު ދެއްވަން ހުންނަވަނިކޮށެވެ. އަމީތު ހައްޔަރުކުރީ އޭގެ ފަހުން މ. ކުނޫޒު ކައިރިންނެވެ.
އަމީތާއި އަބުޅޯގެ އިތުރުން ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސާ އަދި ކުރީގެ ފިލްމީތަރި ވަލީދާ ވަލީދާއި އަދާލަތު ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ތޫބާ ރަޝީދު ވެސް ހައްޔަރު ކޮށްފައިވާ ކަމަށް އެ ދެ ޕާޓީން ބުންޏެވެ.
އެހެންވެ، އެ އެންމެން ވަގުތުން ދޫކޮށްލަން އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލައިފަ އެވެ.
ސިޔާސީ ބޭފުޅުން ވެސް ހިމެނޭ ގޮތުން ނުވަ ގައިދީއަކު ދޫކުރުމަށް އަންގައި ސުޕްރީމް ކޯޓުން މި މަހުގެ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މިދިޔަ ހުކުރު ދުވަހު ހަވީރު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި އެއްވުމުން ވެސް އަމީތާއި އަބުޅޯ ހައްޔަރުކުރި އެވެ. އެ ފަހަރު އެ ދެ ބޭފުޅުން ހައްޔަރު ކުރުމަށް ފަހު އެ ރޭ ވަނީ ދޫކޮށްލައިފަ އެވެ.
ރޭގެ އެއްވުމުގައި ވެސް ބައެެއް މީހުން ހައްޔަރުކުރި އެވެ. ނަމަވެސް މިރޭ އެ އެންމެން ވަނީ ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
27 February 2018
ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ ގޮވާލުންތަކަށާ ރައްޔިތުންނަށް ގޮންޖަހާފަ ގޮށްމުށުބާރުގެ ވެރިކަންކުރެވެނީ ކިހާދުވަހަކުތޯ ބަލަން މިތިބީ!! މަށަށް އިނގިގެން މިއަހަރުގެ ނޮވެމްބަރ 11 އާ ހަމަޔަށް ކެތްކޮށްލައިގެން ކިތަންމެ ރައްޔިތަކު ސަރުކާރާ ދެކޮޅަށް ބަހެއް ނުބުނެ އެބަތިބި. އޭގެ ފަހުން އެބަޔަކުވެސް ގައުމު ހަމަޔަކަށް އަޅުވަން ނުކުންނާނެ. އޭރުން ތިޔަކަހަލަ ކޮންމެ ސިޔާސީ ފަހުލަވާނަކަށް މަދުވެގެން 10 ފަހުލަވާނުން ނުކުމެ ތިބޭނެ.
އަބްދުއްލާ
27 February 2018
ކުއްލި ނުރައކްލުން ރާއްޖެ އަކު ކަމެއްނުކުރޭ އެންމެފަަހުންބަންގާޅުގަ ކުއްލި ނުރައްކަލުގަ ފުލުހުން ބަޑިޖަހާ30 މީހުން މަރާލި
ޒިންދަގީ
27 February 2018
ތެދެއް.. 30 މީހުން ބަޑިޖަހާ ނުމަރަންޏާ އަދި އެއްކަމެއްވެސް ނުވަނީ.. ލޮލް
ސަބްނަމް
27 February 2018
ހާދަ ފޯރި ގަދަ އޭ ދޯ.
ސަބްނަމް
26 February 2018
ކުއްލި ނުރައްކަލުގެ ސަބަބުން ވާކަމެއް