ޚަބަރު / މެމްބަރު މުހައްމަދު އަމީތު

ސަރުކާރުގެ ދަރަނި އަދާކުރަން އިބޫއަކީ ގާބިލް ބޭފުޅެއް: އަމީތު

ގައްދޫގައި ބޭއްވި ޖަލްސާގައި އަމީތު ވާހަކަ ދައްކަވަނީ. ދައުލަތުގެ ދަރަނި 47 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވި - ފޮޓޯ: އެމްޑީޕީ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދަރަނިތައް ދެއްކެވުމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަކީ ގާބިލް ބޭފުޅެއް ކަމަށާއި އެއީ ދަރަނި ދައްކައިގެން ގައުމު ހިންގޭނެ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ރޭ ވިދާޅުވެއްޖެ އެވެ.

އަމިއްލަ ރަށް ގދ. ގައްދޫގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ އެތައް މިލިއަން ރުފިޔާގެ މަޝްރޫއުތަކެއް ރަށްރަށުގައި ހިންގި ކަމަށް ސަރުކާރުން ބުނާ އިރު އޭގެ ތެރެއިން ބޮޑު އަދަދު ގޮސްފައި އޮތީ ބޮޑުންގެ ޖީބަށް ކަމަށެވެ. އެގޮތުން، ރާއްޖެ ވަނީ ފާއިތުވެދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި 47 ބިލިއަން ރުފިޔާ އިން ދަރާފައި ކަމަށް ވިދާޅުވި އެވެ.

ގައްދޫގައި ބޭއްވި ޖަލްސާ: އަމީތު ވިދާޅުވީ އިބޫ އަކީ ވިސްނުން އިސްކުރައްވާ ބޭފުޅެއް ކަމަށް

"ބޮޑުންގެ ޖީބަށް ފައިސާ ޖަމާކޮށްފައި، ބޮޑުން މުއްސަނދިކޮށްފައިވަނީ،" އަމީތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން ވަނީ ތަރައްގީގެ ނަމުގައި ރައްޔިތުން ބިކަކޮށް ނިކަމެތިކޮށްފަ އެވެ. އަދި އިދިކޮޅު ވެރިކަމެއްގައި އިބޫ އަށް ކުރިމަތިވެވަޑައިގަންނަވާނެ އެންމެ ބޮޑު މައްސަލައަކީ ދަރަނި އަދާކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ ކޮންމެ ދިވެއްސެއްގެ ބޮލުގައި މިވަގުތު 150،000ރ. ގެ ދަރަނި އެޅިފައިވާ ކަމަށެވެ. މި ދަރަނި ބަހާލުމުން ހަމައެކަނި ގައްދޫ ރައްޔިތުންގެ ނިސްބަތުން ވެސް އެއީ 500 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިން ރައީސް ޔާމީނާ އެއްކޮޅަށް މަސައްކަތް ކުރެއްވި އަމީތު، ޕީޕީއެމްގެ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގަތީ ރައީސް ޔާމީނަށް ތާއީދުކުރުމުގެ ފިކުރު ދޫކޮށްލުމަށެވެ. ރައީސް ޔާމީނަކީ މުސްތަގުބަލެއް، އަދި ތަސައްވުރެ ވެސް އޮތް ލީޑަރެއް ނޫން ކަމަށް ވިދާޅުވި އެވެ.

އިބޫ އަށް ތައުރީފްކުރައްވައި އަމީތު ވިދާޅުވީ ރާއްޖޭގައި ސިޔާސީ ގޮތުން ހުންނެވި އެންމެ ތަޖުރިބާކާރު އެއް ބޭފުޅަކީ އިބޫ ކަމަށެވެ.

"އަޅުގަނޑުގެ އިތުބާރު އިބޫއަށް އެބަ އޮތް، އިބޫ އިހްލާސްތެރިވާނެ. އިބޫ ކުރި ވައްކަމެއް ފެންނާކަށް ނެތް. ކޮރަޕްޝަނެއް ފެންނާކަށް ނެތް. އިބޫއަކީ ކެތްތެރިކަމާ އެކު ޖަޒުބާތު އިސް ނުކުރައްވާ ވިސްނުން އިސް ކުރައްވައިގެން މަސައްކަތް ކުރައްވާ ބޭފުޅެއް،" އަމީތު ވިދާޅުވި އެވެ.

17 ކޮމެންޓް, 333 ރިއެކްޝަންސް

icon happy icon happy 92%
icon sad icon sad 0%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮންދުބުރިމާ

02 September 2018

ކަލޯ އަމީތު ކަލޯ ހާދަ މޮޅެ ދޯ އިބޫ ވީމަ ދަރަނި އަދާ ކުރަން އެގިފަ ޔާމީން ވީމަ ދަރަނި އަދާކުރަން ނޭގުމަކީ ތިޔަދައްކާ ވާހަކާގައި އޮއްޓަރެއް ނެއްކަން

The name is already taken The name is available. Register?

ލިޕޭ

02 September 2018

ކުރިންކީ ދަރަނި ދެއްކޭކެ ގޮތެއްނެތޭ

The name is already taken The name is available. Register?

ޝެރީން

02 September 2018

އަމީތުމީ އިބޫގެ ތަރުޖަމާނުތަ؟ އަމީތުގެ ފިކުރު ބަދަލްވީމަ މިހާރު އިބޫ ވަރެއް ނެތް.

The name is already taken The name is available. Register?

ޒުވާން

02 September 2018

އިބޫ ހޮވުނީތަ؟ ދަރަނިއާ ހަވާލު ވަނީ.

The name is already taken The name is available. Register?

ބޮންޑް

02 September 2018

އެމްޑީޕިން ފާއިތުވި އަހަރު ތަކުގަ ހިންގި ހުރިހާ ޖަރީމާއެއް ހިންގި އިރު އިބޫއަކީ ޕީޖީ ލީޑަރު، އެ ހުރިހާ ކަމެއްގެ ޒިންމާ އިބޫ އުފުލަންޖެހޭ.

The name is already taken The name is available. Register?

އަހްމަދު

02 September 2018

އިބޫލޯނުދައްކަން ފުރަތަމަ ވިއްކާލާނީ އެއަރޕޯޓު ދެންއެސްޓީއޯ ދެންއަނެއްކާވެސް ސިވިލްސާވިސްމީހުންގެ މުސާރަ ކޮޅުކަނޑާލާ ހެދީމަ އެއީސަރުކާރުހިންގުނީކީނޫން

The name is already taken The name is available. Register?

ޖައި

02 September 2018

ފުރަތަމަ ކިޔާދޭންޖެހޭ ކިހިނެތްކަން ލޯނު ދައްކާނީ؟ ޑިޓޮކްސް ސެންޓަރެއް ހުޅުވައިގެންތޯ؟

The name is already taken The name is available. Register?

ގަޖޭ

02 September 2018

25 އަހަރު ހިންނަވަރު ދާއިރާގެ މެމްބަރުކަން ކުރިއިރު ހިންނަވަރަށް ލިބުނު ކުރިއެރުމެށް ނެތް، އެއީ ގާބިލްކަން ނެތީމަ، އެވަރު މީހަކަށް ދެއްކޭނެ ލޯނެއް ނެތް.

The name is already taken The name is available. Register?

ކިނބޫ

02 September 2018

އަހަރެން ވެސް ވެރިކަން ލިބިއްޖެ ނަމަ ދިވެހިން ހަނދަށް ގެންގޮސްދޭނަން.

The name is already taken The name is available. Register?

ރައްޔިތެއް

02 September 2018

ގައްދޫގައި ގައްދޫގެ ރައްޔިތުން ތަމްސީލު ކުރެވޭ ވަރު މީހެއް ނޫން އަމީތަކީ!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454