އަދުހަމް ޖަލްސާއެއްގައި ވާހަކަ ދައްކަނީ: އޭނާ މިހާރު އަންނަނީ ހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން
05 މާޗް 2018 - 15:30
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ފޭދޫ ދާއިރާގެ ރައީސް އަހްމަދު އަދުހަމް، ދޫނިދޫގައި ކުރަމުން ދާ ބަނޑުހައިހޫނު ކަމުގެ ހަޅުތާލު، ހެލްތު މިނިސްޓްރީގެ ސަމާލު ކަމަށް އޭނާގެ ވަކީލުން ގެނެސްފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަދުހަމް، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކެއުން ވަނީ ހުއްޓާލައިފަ އެވެ. އަދި މިދިޔަ މަހުގެ 16 ގައި ހައްޔަރުކުރި އަދުހަމް ޖަލުގައި އޮތީ، ގޮޅީގެ ފާޚާނާގެ އިސްކުރުން ފެން ބޮއެގެން ކަމަށް ވެސް އޭނާގެ ވަކީލު މަހުފޫޒް ސައީދު ވަނީ ވިދާޅުވެފަ އެވެ.
މިކަން ހެލްތު މިނިސްޓްރީގެ ސަމާލު ކަމަށް ގެނައުމަށް ވަކީލުން ވަނީ ސިޓީ ފޮނުވައިފަ އެވެ. އަދި މީގެ ކުރިން މި މައްސަލަ އެމްޑީޕީން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ.
ސިޓީގައި މަހްފޫޒް ވިދާޅުވީ ދަތެއްގައި ރިއްސާތީ، ދޫނިދޫގައި ހުންނަ ކްލިނިކަކަށް ރޭގަނޑު ދަންވަރު އަދުހަމް ގެންދިޔުމުން އެ ވަގުތުގެ ގޮތުންް ޑޮކްޓަރު ހިތްހަމަ ނުޖެހުން ފާޅުކޮށް، އިރުއަރަންދެން މަޑުނުކުރެވެނީތޯ ހަރުކަށިކަމާ އެކު ސުވާލު ކުރި ކަމަށެވެ. އަދި ދަތުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނި ކަމަށާއި އެކަމާ ޝަކުވާ ކުރުމުން، އިތުރު ފަރުވާ ދިނުމަށް ދެކޮޅު ހަދައި ކްލިނިކުން ބޭރުކޮށްލި ކަމަށް އޭނާ ވިދާޅުވި އެވެ.
މަހްފޫޒު ވިދާޅުވީ ހިތްހަމަނުޖެހިގެން އަދުހަމް އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް ޑޮކްޓަރު އިންކާރު ކޮށްފައިވާ ކަމަށާއި އެއީ ޑޮކްޓަރުންގެ އެތިކްސްއާ ވެސް ހިލާފު ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖަލުގައި ފަރުވާ ދިނުމަށް އިނީ ދަތުގެ ޑޮކްޓަރަކަށް ނުވާތީ އަދުހަމަށް ހަމައެކަނި ދެމުން ދިޔައީ ތަދުކަނޑުވާ ބޭހެކެވެ. އަދި ދަތުގައި ރިއްސުމަކީ އާންމު ބަލިތަކާ ތަފާތު އެކަމަށް ހާއްސަ ޑޮކްޓަރެއް ބޭނުންވާނެ ކަމަކަށް ވާތީ، އެކަމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށާއި އެއީ ޖަލުތަކާއި ޕެރޯލްގެ ގާނޫނާ ވެސް ހިލާފު ކަމެއް ކަމަށް ސިޓީގައި ވަކީލު ވިދާޅުވެފައި ވެ އެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި މަހްފޫޒް އެދިވަޑައިގެންފައިވަނީ، ކްލިނިކްގައި އިންނަވާ ޑޮކްޓަރު އެތިކްސްއާ ހިލާފުވެ، އެކަށީގެންވާ ފަރުވާ ހޯދުމަށް ގަސްތުގައި ހުރަސް އަޅާފައިވާތީ އޭނާއާ މެދު ފިޔަވަޅު އެޅުމަށެވެ.
އަދުހަމް ހައްޔަރުކުރީ، އިދިކޮޅު ސިޔާސީ އިސް ބޭފުޅުންތަކެއް ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލައި އިދިކޮޅު ޕާޓީތަކުން ބޭއްވި އެއްވުމަކުންނެވެ. އަދުހަމްގެ އިތުރުން ވެސް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ހައްޔަރުކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިންތިލީ ވޫމް
05 March 2018
ރަގަޅު ކަމެއް ތިޔަ 2 ތަނުގެ ސަމާލުކަމަށް އަދުހަމް ވާހަކަ ގެނައިކަން. ހިތާމަޔަކީ ތިޔަ 2 ތަނުން ކުރެ ތަނަކުން ވެސް ތިޔައީ މާކަ ބޮޑުމެގެ ގޮތުގާ ނުނަގާނެ އިދިކޮޅު މީހަކަށް އަދުހަމް ވީތީ!!!
ނައުފަލް
05 March 2018
"ޖަލުގައި ފަރުވާ ދިނުމަށް އިނީ ދަތުގެ ޑޮކްޓަރަކަށް ނުވާތީ އަދުހަމަށް ހަމައެކަނި ދެމުން ދިޔައީ ތަދުކަނޑުވާ ބޭހެކެވެ. އަދި ދަތުގައި ރިއްސުމަކީ އާންމު ބަލިތަކާ ތަފާތު އެކަމަށް ހާއްސަ ޑޮކްޓަރެއް ބޭނުންވާނެ ކަމަކަށް ވާތީ،" ދެން ކޮބައްޔޯ ދަތުގެ ޑޮކްޓަރު ދޭނެ ފަރުވާ އަކީ ދަތުގައި ރިއްސީމާ! ދަތްކޮނެގެން ނެގުންތޯ! ނޫނީ ދަތް އުފުރާލުންތޯ! އުފުރާލުމުން ވެސް ތަދުވާނެ! ތަދުވީމަ ވެސް ތަދުގެ ބޭސް ނުދީ ޚާއްޞަ ބޭހެއްތޯ ދެނީ! މިހެންކަމުގައިވާނަމަ އާންމު ބަލީގެ ޑޮކްޓަރުންނަށް އެއްވެސް ބަލި މީހެއްގެ ބެލިގެން ނުވާނެ!
ދޫނިދޫ ކުލިނިކު
05 March 2018
ދޫނިދޫ ކުލިނިކުގައި އުޅެނީ އަސްލުވެސް ސައިޒު އޮޅިގެންއުޅޭ އިންޑިއާ ބައެއް ! އެތާ މަސައްކަތްކުރާ ފުލުހުންވެސް ތިބެނީ އެކަމާ ވ ހިތްހަމަ ނުޖެހިފައި ! ހަދާފަ އޮންނަ މާމޮޅުއެއްބަސް ވުމަކާހެދި އެކުދިންބުނާގޮތުން އެއި އިންޑިއާ ބިންކޮޅެއް ! ދެން ގޮޅިފާހަނާ އިސްކުރުން ފެން ބުއިން އެއީ އެއްވެސް މައްސަލައެއްނޫން ! އެތާނުހުންނާނެ އިންސާނަކަށް ގެއްލުމެއްވާނެ ފެނެއް ! އެހެންނޫނަސް ބަނޑުހައި ހޫނުމަމުގެ ހަޅުތާލުކުރާމީހަކު ފެންވެސް ބޮއިގެން ނުވާނެތާ