އެސްއޯގެ ކުރީގެ ކޮމާންޑަރު ޑީޑީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ-- ފޭސްބުކް
06 މާޗް 2018 - 21:56
ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ)ގެ ކުރީގެ ކޮމާންޑާ، އަބްދުﷲ އިބްރާހިމް (ޑީޑީ) ހައްޔަރު ކޮށްފައިނުވާނެ ކަމަށާއި އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ ފުލުހުން ކުރަމުން އަންނަ ތަހުގީގަކާ ގުޅިގެން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ގއ. ގެމަނަފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ޑީޑީ މިއަދު މާލެ އައީ ފުލުހުންގެ އެނއގުމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޭނާ ހުއްޓައި ފުލުހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެއަށް ފަހު ފުލުހުންގެ ލޯންޗަކަށް އަރުވައިގެން ގެންދިޔަ ތަނެއް ނޭންގެ އެވެ. ޑީޑީގެ އާއިލާއިން ބުނީ އޭނާ ހައްޔަރު ކުރީ ކަމަށެވެ.
SO ge kuree ge commander DIDI hayarukoffi
The most trusted news source in the Maldives
Mihaaru
ޑީޑީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުން--
ނަމަވެސް ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ޑީޑީ ހައްޔަރު ނުކުރާ ކަމަށާއި އޭނާ ފުލުހުންގެ މަރުކަޒަށް ގެންދިޔައީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ކަމަށެވެ. އެއީ ކޮން މައްސަލައެއް ކަމެއް ޝިފާން ވިދާޅެއްނުވެ އެވެ.
އެނގިފައިވާގޮތުގައި ޑީޑީއަށް ކުރަނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު، ސިޔާސީ ލީޑަރުން ހިމެނޭގޮތަށް ނުވަ މީހަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ފުލުހުންގެ ތެރޭގައި ހަމަނުޖެހުން އުފެއްދި ކަމުގެ ތުހުމަތެވެ.
އަދިވެސް ޑީޑީ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިތޯ ނުވަތަ ދޫކޮށްލާފައިތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ޝިފާން އެ ސުވާލަށް ޖަވާބެއް ނުދެއްވި އެވެ.
ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށް ޑީޑީ ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށްފައިވާއިރު، ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް) ގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފް، އާއި އިތުރު ފަސް ފުލުހަކު މިދިޔަ މަހު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ވަޒީފާއިން ވަކިކޮށްފައިވާ ސައިފް އާއި ޑީޑީ އަކީ ގާތް ދެ މީހުން ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅުގަޑު
07 March 2018
އަޅުގޑަށް އެގިފައިވާގޮތުން ކޯޓަށް މީހން ހާޒިރުކުމުގައި ޗިޓުފޮނުވައިގެންނާ ފުލުހންގެ ބަންދުގައި ބަހައްޓައިގެންނާ ހިމެނެއެވެ. އަދިހަމަ ފުލުހންގެ ތަހުގީގަށްވެސް ޗިޓު ފޮނުވައިގެން ހާޒިރިކުރެެއެވެ. އަޅުގަޑުގެ ސުވާލަކީ ފުލުހުންގެ ތަހުގީގަށް މީހުން ހާޒިރު ކުރަނީ ތަފާތު ކިތައް ގޮތަށް ހެއްޔެވެ؟ ނޭގޭތީ ހަމަ އަހާލީއެވެ.
ފސަފެސފ
07 March 2018
ހައްޔަރެއް ނުކުރެ. ދޫ ނުކުރާތީ އެ ސުވާލަށް ޖަވާބު ނުދެނީ.. އެހެންވީމަ ކިޑްނޭޕް އެއް ނު ތިކުރީ
07 March 2018
މިފަހަކަށް އައިސް ހައްޔަރެއް ނުކުރޭ. ހާދަ ރަނގަޅޭ. ގެންދާގޮތަށް ދޫނުކުރަނީ އުތަ.
އަހަންމ
07 March 2018
ޝިފާންމެން ގެންދަންވެސް މާގިނަ ދުވަހެއް އޮތްހެނެއް ހިއެއްނުވޭ.
ފުލުހުން
07 March 2018
ހައްޔަރެއްނުކުރޭ ނިކުތުން މަނާކޮށްފައިއޮތީ
ދަތްނެތްކުއްޖާ
06 March 2018
ރައްޔިތުންނަށް އަނިޔާ ކުރުމުގެ ލާމަސީލު.
ސިންތިލީ ވޫމް
06 March 2018
ތީ ބަޔަކު ހައްޔަރު ކަރާތަނެއް ނޫން، ތީ صَلَواتކިޔާ ތަނެއް. މީހުން މަދުވީމަ ގެންދަނީ صَلَوات ކިޔަން ތިޔަ މަރުކަޒައް.
ޢަބްދުﷲނާފިޒު
06 March 2018
އެސްއޯގެ ކުރީގެ ކޮމާންޑަރު ޑީޑީ ހައްޔަރެއް ނުކުރަން، ހާޒިރުކުރީ ތަހުގީގަށް، އަދިވެސް ހަމަ ތަޙުޤީޤު ކުރަނީ ހަމަ ކުރަނީ ދެން ހަމަ ކުރަނީ، ހަމަކުރަނީ ހަމަކުރަނީ ނުނިމޭ ކަސައުޓިއެއް ކަހަލަ ތަޙުޤީގެއް ކުރަނީ: ފުލުހުން.
ސާދާސީދާ
06 March 2018
އިތުރު 17 ފުލުހުން ވެސ ތިނަމުގަ ގެންގޮސް ގޮޅީގަ!
ޖެނެރަލް ޑީޑީ
06 March 2018
އެތެރޭގައި އަންނަނީ ހޫނު ގަދަ ވަމުމުން! އެންމެ ހޫނު ގަދަވާނީ މިހިގާ މަހުގެ ސޯޅަ ވަނަ ދުވަހު GMT ގަޑިން މެންދުރު 11 ޖަހާ އިރު