އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމެއްގައި މުހައްމާ (ކ-2) ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ" މިހާރު
11 މާޗް 2018 - 15:50
ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އިވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) މިއަދު ހައްޔަރުކޮށްފި އެވެ.
އިދިކޮޅު ފަރާތްތަކާ އެކު އިސްކޮށް ހަރަކާތްތެރިވާ މުހައްމާ ހައްޔަރުކުރި ސަބަބާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދިއެއް ނުލިބެ އެވެ އެކަމަކު، މުހައްމާގެ ގާތް ބޭފުޅަކު ވިދާޅުވި ގޮތުގައި މުހައްމާ ވަނީ ހައްޔަރުކޮށް ދޫނިދު އަށް ގެންގޮސްފަ އެވެ.
މުހައްމާ ހައްޔަރު ކުރިއިރު، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެސްއޯއީގެ ދަށުން އިދިކޮޅު ސިޔާސީ ބައެއް ބޭފުޅުންނާއި އާންމުންނާއި އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ ބައެއް ވިޔަފާރިވެރިން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ ބަޔަކު ހައްޔަރުކުރިއިރު، އެކި މީހުންނަށް ކުރަނީ އެކި ތުހުމަތެވެ.
އޭގެ ތެރެއިން އެއް ބަޔަކު ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތު ކުރާއިރު، ދެން ތިބި މީހުންގެ މައްޗަށް ފުލުހުން ކުރަނީ ރިޝްވަތު ހިފުމާއި ދިނުމުގެ ތުހުމަތު ފުލުހުން ކުރާއިރު އަނެއް ބަޔަކަށް ކުރަނީ މާލޭގައި ރޯކޮށް، ހަމަނުޖެހުން ހިންގަން މަސައްކަތް ކުރުމުގެ ތުހުމަތެވެ.
އިދިކޮޅު ސިޔާސީ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރަށް ފަހު ހިނގި ސިޔާސީ ނުތަނަވަސްކަމާ ގުޅިގެން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރުގެ އެ ބައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ބާތިލްކޮށްފަ އެވެ. އެހެންވެ އެއަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ސަރުކާރުން ދެކެ އެވެ. ނަމަވެސް މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ކެނޑިނޭޅި ގޮވާލަމުންނެވެ. އަދި އެކަމަށް ގޮވާލައި ކޮންމެ ރެ އަކު މާލޭގައި އިދިކޮޅު ފަރާތްތަކުން އެއްވުން ވެސް ބާއްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
11 March 2018
ސަރުކާރުން ހުށަހަޅާފަ އޮތް ބިލު ފާސްކުރަން މަގުފަހި ކުރަނީކީ ނުން ބާ؟
ސާބަސް
11 March 2018
ސާބަސް މަނިކުފާނުގެކެރިވަޑައިގަތުމާތިހިއްވަރުފުޅައް.ގާނޫނާޚިލާފުޝަރީއަތަކައް އެއްބާރުލުންދެއްވާކައްނުޖެހޭ.
ތުނިޔަ
11 March 2018
ހުރިހާ ރައްޔިތުން ހައްޔަރުކޮށްފަ ގޮށްމުށުން ވެރިކަން ކުރޭ! މިރައީސަށް ލިބޭނެ ތާއީދެއް މިގައުމަކުނެތް!
ނަސީރު
11 March 2018
މިގައުމުގާ ކުއްލިނުރައްކަލެއްނެތް, މީ ކޮންފަދަ މުސީބާތެއް! ރައްޔިތުންނަށް އަނިޔާވެރިވަމުންދަނީ އިންސާފެއްނެތި, ހުރިހާ މުއައްސަސާއެއް މުށުތެރެއަށް ލައިގެން, ބާރާ ނުފޫޒު ބޭނުންކޮށްގެން, ﷲ އިރާދަކުރެއްވިއްޔާ, ދާދި އަވަހަށް އާރާބާރު ކެނޑި ހަމަބިމަށް ތިރިކުރައްވާނެ! އަނިޔާވެރިވާކަށް އަބަދަކު ނުހުރެވޭނެ,
ޒީމާ
11 March 2018
މިހާރު ކިތަންމެ ރައްޔިތުންނޭ ކިޔާފަ މީހާ މާ ސީރީޔަސް ވެގެން އުޅުނަސް ތީއަދިވެސް ހަމަ ކުރީގެ ސަރިޔަންކަޓޭ ގުޅިޔާ.
ފަރީދު
11 March 2018
ެައަނިޔާވެރިންގެ މަސައްކަތް ނާކާމިޔާބުކުރައްވާ, ހައްގަށް ނަޞްރުދެއްވާނދޭވެ! އާމީން
ސަނާ
11 March 2018
މުސީބާތެއްފަދަ, ވެރިކަމުން މި ގައުމު ސަލާމަތްކުރައްވާނދޭވެ!
ސުލައިމާނު.
11 March 2018
ބަލަ އެސްއޯއީގެ ދަށުން ރޭގަޓެރަސްމަތީގަ އެލިގަނެގެން އޮތްމީހާ ސަލާމައިނުކުރީކީއްވެ!!!؟؟؟
ޒިންދަގީ
11 March 2018
ހައްޔަރު ނުކޮށްތިބި މީހުން މިހާރު މަދީ.. ކިހާ ދުވަހަކު ހިފެހެއްޓޭނެބާ؟؟
ޢިދޫ
11 March 2018
ސާބަހޭ ދެން އަދުރޭ ޕެރެސް އަށް އަރަފަބުނޭ އިދިކޮޅު އެއްވުމަކުން އެއްވެސް މެންބަރެއް މިހާރަކު ނުފެނޭ.. އެންމެން ފިލާފިޔޭ.. އެވަރުގެ ބަޔެއްމީ ޕީޕީ މިޙުންނަކި